ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނަ މިދަނޑުވަޅުގައި ގިނަ މީހުން އެއްވެގެން ބާއްވާ ހަފްލާތައް ލަސް ކުރަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

އެޗްޕީއޭއިން މިއަދު ބުނީ، ރާއްޖޭގައި ކޮވިޑްގެ ވޭދަނަތައް ޖޫން މަހުގެ ދެވަނަ ހަފްތާއާއި އަޅާބަލާއިރު ޖޫން މަހުގެ ތިން ވަނަ ހަފްތާގައި 185 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި އޭގެ އިތުރަށް އެނދުމަތި ކުރާ މީހުން އިތުރުވެ މިމަހުގެ ތެރޭގައި ތިން މީހަކު ވެސް ބަލީގައި ނިޔާވެފައިވާ ކަމަށެވެ.

ވޭދަނަތައް އިތުރުވަމުން އަންނާތީ އާންމު ފިޔަވަޅެއްގެ ގޮތުން އޮފީސް، ސްކޫލް، ކޮލެޖް، ފިހާރަތައް، އެއާޕޯޓް، ފެރީ ޓާމިނަލްތައް، ދަތުރުފަތުރު ކުރާ ވަސީލަތްތައް (ފެރީތަކާއި ބަސް، ޓެކްސީ، މަތިންދާ ބޯޓު، ސީޕްލޭން) މިސްކިތް އަދި ބޭންކު ފަދަ ތަންތަނުގައި މާސްކު އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މީގެ އިތުރުން ކޮންމެހެން ބާއްވަން ޖެހޭ ހަފްލާތައް ފިޔަވައި އެހެން ހަފްލާތައް ލަސް ކުރުމަށާއި ކޮންމެހެން ބާއްވަން ޖެހޭ ހަފްލާތައް ވެސް ވީހާ މަދު މީހުން އެއްވާ ގޮތަށް ނުވަތަ އޮންލައިކޮށް ބޭއްވޭނެ އިންތިޒާމު ހަމަޖައްސަން ވަނީ އެދިފައެވެ. އަދި ރައްކާތެރި ގޮތުގައި އިވެންޓްތައް ބޭއްވުމަށް ކަނޑައެޅިފައިވާ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރުމަށް ވެސް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޮޕޕޕޕޕޕޕޕޕޕޕޕ

    ކަލޭމެން ދައްކާ ދަޅައަކަށް ހެއްލިގެން އުޅެއުޅެ ފޫހިވެއްޖެ. ތިއީ "އޯލްޑް ސެކްޝަން" ގެ ބެއެއް

  2. Anonymous

    ޤައުމު ހިންގަން އެނގޭ ބޔަކަ ޙަވާލުކުރޭ.
    ރައްޔިތުން ކޮވިޑޭ ކިޔައިގެން ހަލާކުކުރަން ނޫޅޭ.

  3. ...

    މިހާރު އެކަމު ހޮސްޕިޓަލަކުންވެސް ކޮވިޑް ޓެސްޓު ހަދާދެނީ ސާރޖަރީއަށް އެކަނި ކަމަށް ވަނީ. މާލޭގަ މި އޮތް ވަރެއްވެސް ނޭނގޭނެ