ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭހެން ގިނަ ބައެއްގެ އޮރިޔާން ފޮޓޯތަކާއި ވީޑިއޯތައް ލީކު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ދިވެހި ފުލުހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

މީސްމީޑިއާގައި ލީކުވެފައިވާ ވީޑިއޯތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި އެމަނިކުފާނުގެ ގާނޫނީ ވަކީން ނާޒިމް ސައްތާރުގެ ވީޑިއޯ ހިމެނެއެވެ.

ވީޑިއޯގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އެމްޑީޕީގެ ގައުމީ މަޖިލީސް ގްރޫޕުގައި ނަޝީދު ވިދާޅުވީ، ފުލުހުންނާއި ގުޅިގެން ގިނަ ބައެއްގެ ފޮޓޯ ނަގާފައިވާ ކަމަށާއި އަދި އެ ފޮޓޯތައް ވެސް ނިކުންނާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށާއި އެބޭފުޅުންނަށް ފުލުހުންގެ އިދާރާ އިސްލާޙް ނުކުރެވުނު ކަމަށް ނަޝީދު ވިދާޅުވިއެވެ. ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ސަރުކާރާއި ބައެއް ވަޒީރުންގެ ބޭނުމަށް އެމަނިކުފާނުގެ ކޮއްކޮ އާއި އެމަނިކުފާނު ކަތިލި ނަމަވެސް ނުގުޑާނެ ކަމަށެވެ.

ނާޒިމްގެ ބަރަހަނާ ވީޑިއޯގެ މައްސަލައިގައި މިހާރު އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ، "ދެން އޭނާ ކުޑަގޮޅިއަށް ލާނެ" ކަމަށެވެ.

އިތުރަށް ނަޝީދު ވަނީ ނާޒިމް ޖަލަށް ލި ނަމަވެސް ބަރަހަނާ ފޮޓޯ އާއި ވީޑިއޯގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ފުލުހަށް ހާޒިރު ކޮށްގެން ނުވާނެ ކަމަށާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އާއި ވެސް ބެހިގެން ނުވާނެ ކަމަށް ބުނެ ނަޝީދު ވަނީ އިންޒާރެއް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ލޮލް

    މަށަށް ހީވަނީ މިހާރު ފުލުހުންވެސް ތިބީ މަޖުބޫރީ ހާލަތެއްގައި ހެން. ހަނދާނަށް އަންނަނީ މައުލާނާ ހާލުގެ ވާހަކަ.

    50
    1
    • ިފިޓް

      މި ކަލޭގެ ފުލުހުންގެ ނަމާއި އަބުރު ކަތިލައިފި މީނަ ހިފާ ހައްޔަރުކުރަންޖެހޭ ވަގުތުން ވަގުތަށް

      29
      1
  2. ޓިބެޓް

    ސައްހަ އެއްޗަކަށް ދޯ މިވީ

    64
  3. ޢާދަނުބެ

    ދެން ތިކަންކުރާ މީހުން ކުށްވެރިޔެއް ނުވެޔޭނުން ލާދީނީ ވިޔަސްތީބޮޑުވަރު

    59
  4. ށުމަން

    ޜައްޔިތުން ނިކުމެ އެމީހުން ދަމާ ނެރޭނެ. ކަލޭ ހޮވާފަ ތިބި ބައެއްތަ އެއީ؟؟ މިހުރިހާ ނުބަޔެއް ހަދާ މީހަކީ މި ކަލޭގެ!

    75
    1
  5. ދޫނި ރާއްޖެ

    އަޖައިބެއްނު. ހިލޭ އަންހެނުންނަކާ އެކު ކީއްވެތަ އަނދުން ހުސޭން ވެސް އޮރިއާމާ އޮތީ؟؟؟ އޭނަގެ އެބަހުއްޓޭ ހަލާލު އަތްބެއް. އޮއްވާ ލަވަކިޔާ ހަންނާނުގެ މަންޖެއަކާ އެކު ރޯ އޮރިއާމާ އޮންނަން ޖެހޭ ގޮތެއް މަމެންނަކަށް ނުވިސްނޭ. އެކަންވެސް ހަލާލުގޮތުގައި ކުރިނަމަ މީހަކު އަޅައެއް ނުލީހޭ...އޮރިއާމާ އޮތް މީހާ އޯކޭ އެކަން ހާމަކުރާ މީހާ ކުއްވެރި. ކޮން ކަހަލަ ބައެއްތަ މީ އަޅެ. ލިވާތު ކުރާ މީހާ އޯކޭ އެބޮޑު ފާފަ ހުއްޓުވަން އުޅޭ މީހުން ކަޑަ.

    62
    2
  6. ޑިމޯކްރޭޒީ

    އަޅެ ދެން ކޮއްކޯފުޅު ކުރި އެބޮޑު ހުތުރު ފާހިޝު އަމަލު ހަމަ ގޯހެއް ނުވި ދެއްތޯ؟ އަނދުން ހުސޭން ހިލޭ އަންހެނެކާ ފިރިހެނެކާ އެކު ރޯ ބަރަހަނާކޮށް އެއުޅުނު ގޮތްވެސް ހަމަ އޯކޭ ދޯ؟ ކުއްކުރީމަ ވަކި ބަޔަކަށް އަދަބު ދީފައި، އަނެއް ބަޔަކަށް އެމީހުންގެ ހައިސިއްޔަތާ މަގާމުގެ ގޮތުން އަދަބު ނުދެވެންޔާ މިއީ ކޮންކަހަލަ އިންސާފެއްތޯ؟؟؟ އިންސަފުގެ ވާހަކަ ދެން އަންނި މެން ނުދައްކާތި!!!

    71
    1
  7. ކޮރަލް

    އަދި ވެސް އެމްޑީޕީގެ މެމްބަރުން ޕާޓީ އިން ވަކި ވާ ކަށް ނުވޭ ހެއްޔެވެ؟ އެއްޖިއްސުން ގުޅުން ހިންގީމަ ވެސް އެމައްސަކަތް ކުރަނީ އެމީހުން ދިފާއު ކުރާށެވެ. އެއީ ޕާޓީގެ ރައީސް އެވެ. އެވަރު ޕާޓީއެއްގެ ހުރުން ހުއްދަ އެއް ނުވާނެ އެވެ.

  8. ބުއްޅަބޭ

    ދެންއާމްރައްޔިތުން ހާޒިރުކުރަނީ ކީއްވެތޯ ނަށީދުގެ އެންގުމައް ރ ޔާމިން ހާޒިރުކުރަނީ ސަރުކާރުގެ 3ބާރުގެ ބާރުއޮތީމަތޯ ސުވާލުއުފައްދާނެ މީހުން މިހާރު އައްނިގެ އަސްލުބޭނުމަކީ މިކަމުގަ ސަރުކާރު ބަލިކޮއްލަން އެފުރުސަތުނުދީ ތަހުގީގުކުރަންވީ އޭރުން އެގޭނެ ތެދު ދޮގު އެއްމެނައް

  9. ޝަކީލް

    އަދިވެސް ސަރުބަތު ބޮއެގެން އަނގައިން ބޮކި އާވި އަރުވަމުން ދެލޯ ކަޅިއަރުވައިގެން ހުރޭ ކޮސް ގޮވާ..

    40
  10. މުނާޒު

    ޢިސްލާމް ދީނަށް ފުރަށްސާރަ ކުރާމީހުނަށް ސަރުކާރުގެ އިސްމަގާމުތަައް. ޢިސްލާމްދީން ފަތުރާމީހުން ކުޑަގޮޅިއަށް.

    41
  11. ޚިނއ

    ދެން ނެތްތަ ބޮލުގަ އަޅުވާނެ މީހެއް

    32
  12. ޢަދުނާނު

    "އޮރިޔާން ފޮޓޯ" ނެރެވޭނެ ދެގޮތެއް. އެއްގޮތަކީ އޮރިޔާން ފޮޓޯ ނެގޭނެހެން، ސުންދުސް ފޭރާމުގައި ހަމައަށް ނަހަމަގޮތްގޮތަށް އުޅުން.
    ނޫންނަމަ، ފޮޓޯ އުފައްދާ "ޢިލްމުވެރީން" މިބުނީ ފޮޓޯ އުފެއްދުމުގެ ޢިލްމު އުނގެނިގެން ތިބި ކުޅަދާނަ، ޢިލްމުވެރިބަޔަކު، ނޫންނަމަ އުޖޫރަ ދީގެން އެފަދަ ޢިލްމްވެރިން ލައްވާ ތައްޔާރުކޮށްގެން "އޮރިޔާން" ފޮޓޯ އާންމުކުރުން! ނޫންތަ؟

    21
  13. Anonymous

    ލާދީނީ މީހުން ނުބައި ކަންތައް ކުރީމާ ކުށްވެރިވަނީ ފުލުހުންތަ؟ ތީ ކިހިނަކުން ވާކަމެއްތަ؟ ލާދީނީ މީހާ ބޭނުންވަނީ މިގައުމު ސަދޫމު ފަދަ ތަނަކަށް ހަދަންތަ؟

    • އިބްރާ

      ބަލަ ފުލުހުން ގަދަކަމުން ބިރުދައްކައިގެން ކުރުވި ކަމެއްނަމަ ތިކަމުގަ ޝާމިލުވާ މީހުން އެވާހަކަ ބުނަންވީނު. އަމިއްލައަށް ބޭނުންވެގެން ސަމޫދު ބާގައިގެ މީހުން އުޅުނުހެން އުޅެފަ ކޮޕުން ކުށްވެރި ކުރިޔަސް ތިކަން ތިމީހުން ނުކުރާ ކަމަކަށް ނުވާނެ ދޯ. ލަދުން ބޯ ހަލާކުވެއްޖެ މިކިޔާ އެއްޗަކުން

  14. Anonymous

    މި ގައުމުގައި ލާދީނީ ކަންކަން ފެތުރުމަށްޓަކައި ތިހުރިހާ އެއްޗެއް ލީކުކުރާ މީހަކީ ލާދީނީ މީހާ ކަމުގައި ނުވާނެބާ؟

    21
  15. ބަރުގޮނު

    މިވަރަކަށް މީހަކު "ފުއްޕާފައި" ފުލުހުންވެސް އޭގެ ތެރޭގައި ހިމަނައިގެން ވާހަކަ ދައްކާނީ ކޮންމެވެސް ކަމެއް އޮތީމާ.

    21
  16. އެޖެންޑާ2021

    އެކަހަލަފޮޓޯކުޅި ނުކުޅުނީމަ ޕޮލިހުންނަށް ލީކު ކޮށެއްނުލެވޭނެއްނު. މިޤައުމުން އިސްލާމުދީނުގެ މާތްނޫރު ފޮހެލަން ބޭނުންވެގެން އުޅޭމީހުން މަދެއްނޫން. ޚާއްޞަކޮށް އެމް.ޑީ.ޕީ ގެފިކުރަކީ ހުޅަނގުގެ ޑިމަރކްރަސީ ފިކުރު. މިހާރު އަންނިއާއި،އިބޫއާ އެއްގާ ދަށުންފެހިކާނެ.

    20
  17. ކަންނަން

    މީ ހަމަ ސަދީމް ގެ އިންސާފަ މި ޤައުމުގަ މިއޮތީ މިހާރު!

    16
  18. ހއ

    މި ައްނި ކުރިންވެސް ތިޔަވެރިންގެ އަގު ވައްޓާލީ މިހާރު އަނެއްކާވެސް އެދިމާކުރީ އެކަންކުރަން ރައްޔިތިންނޭ މިފަހަރު މިކަލޭގެއައް ފުރުސަތުނުދޭތި

    11
  19. ދޯ

    ފޮޓޯބެލި މީހުން ވެސް ޖަލަށް ދާ އިންސާފު މީ...

    13
  20. ޑޮކްޓަރނނނ

    އިންސާނުންނަކީ އިހުސާސްތަކާ އެކު މާތްﷲ ލެއްވެވި ބައެއް. އެހެންނަމަވެސް އޭގެން ކޮންމެ ހިޔާލަކާ އިހުސާސެއްގައި އަހަރުމެން ޖެހިގެން އުޅެން ވެއްޖިއްޔާ ޖަނަވާރުންނާ އަހަރުމެންނާ ތަފާތެއް ނެތް!
    އުފެދުމުގައި، ބައެއް ފިރިހެނުންގެ އަންހެން ހޯމޯންސް ގިނަވެފައި އަންހެނުންގެ ފިރިހެން ހޯމޯންސް ގިނަވެދާނެ. އެކަމަކު އެއަކީ ތިމާގެ އަމިއްލަ ނަފްސުގެ ކޮންޓުރޯލް ދޫކޮއްލާ ފާހިޝު އަމަލުތައް ކުރަން އޮތް ހުއްޖަތެއް ނޫން.
    އަދި އެފަދަ އަމަލުތައް ކޮއްގެން ވެސް ނުވާނެ!

    11
  21. މާމީ

    ރާއްޖޭގެ ފުލުހުންނައް ނުވީމަ އިންޑިއާގެ ކާކީސޯޓުލީ ޕޮލިހުންނާ ހަވާލުކުރޭ

  22. އަލީ

    މާރިއާ ލައްވާ ޕޮލިހުންނާ ތަޅަން ތަޅާކުދިންކޮޅެއް ހޯދަން ގުޅާލަބަލަ އެއިރުން ގުނަވަންތައް ވަކިން ހޭލާނެ

    10
  23. ަސދސަ

    އަނެއްކާ މީނާގެ އާއިލާ އިތުރު ބައެއްގެ ފޮޓޯ އުޅެނީބާ ؟

    12
  24. މުހައްމަދު

    އޭނައެއް ނޫން އަދުން އަޅައިގެން އޮތީ. ކުޑަކުއްޖާ އަނދުން އަޅައިގެން ނިދާފަ އޮތީ. ބަލާބެލުމަށް އެސޮރަށް ނޭންގެ އަހަރެއް ވީހެންވެސް. އެހާވެސް ކުޑަ

  25. އިސްޢާފް ސަލީމް

    ފުލުހުންވިޔަސް ހުރިއެއްޗެއް ދޯ ލީކުކުރެވޭނީ؟ އެއީ ހުރިއެއްޗެއްތާ ދޯ؟

  26. ނަޒީ

    ކޮއްކޯފުޅުގެ ވީޑިޔޯ ހާދަ ފޯރިގަދައޭ ދޯ؟ ހީވަނީ ހަމަ ކުޅަދާނަ ކެޔޮޅަކު މުޑަނުގައި ގޮދައި އުކާލާހެންވިއްޔާ!!!!!

  27. ސައްފަތު

    ނަޝީދުގެ ސިކުނޑިއަށް ވެރިކަމުގެ ވިސްނުން އައި ހިސާބުން ފެށިގެންވެސް މީނާއަކީ ފުލުހުންދެކެ ވަރަށް ރުޅިއަންނަ މީހެއް. މީނާގެ ޢަމަލުތަކާއި ބަސްމަގުން މިކަން ކަށަވަރުވޭ.

  28. ޓިންޓިން

    ޢެއި ނަޝިދު ބުނި ކަމުގަވިޔަސް ތެދެއްl