ލިވާތު ބާގައިގެ މީހުން ކިބައިން ރާއްޖެ ސަލާމަތް ކުރަން އަރަފާތު ބިމުގައި ދުއާކޮށްދޭން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ދިވެހި ހައްޖުވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖާޖީން މިރޭ ފުރަން ފެށުމުން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލިވާތު ބާގައިގެ މީހުންނާއި އެމީހުންނަށް އެހީވާ މީހުންގެ ކިބައިން ރާއްޖެ ސަލާމަތް ކޮށްދެއްވުމަށްއެދި އަރަފާތު ދުވަހ ދިވެހި އެންމެހާ ހާޖީން ދުއާ ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޝަހީމް ވަނީ ހުރިހާ ހާޖީންނަށް ވެސް އަމާން ދަތުރަކަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ހާޖީންގެ ދަތުރުތައް ކުރާ މަންޒަރު ފެނުމުން ވަރަށް އުފާވާކަމަށެވެ.

ހައްޖު ކޯޕަރޭޝަން އުފެއްދީ ޝަހީމް އިސްލާމިކް މިނިސްޓަރަކަށް ހުންނެވިއިރުއެވެ.

މި އަހަރު ރާއްޖެއިން 453 މީހުން ހައްޖަށް ދާއިރު، ސައޫދީ އެއާލައިންސުން މިރޭ ފުރީ އޭގެތެރެއިން 157 މީހެކެވެ. ހައްޖާޖީން ފުރަން ހަމަޖެހިފައި ވަނީ މިއަދާއި އަންނަ ބުދަ ދުވަހާއި ހޮނިހިރު ދުވަހު އެވެ.

ލިވާތު ބާގައިގެ މީހުން ކިބައިން ރާއްޖެ ސަލާމަތް ކުރަން އަރަފާތު ބިމުގައި ދުއާކޮށްދޭން ޝަހީމް އެދިވަޑައިގެންފައި މިވަނީ ގާނޫނީ ވަކީލް ނާޒިމް ސައްތާރު އާއި އަދި ބައެއް އެހެން މީހުން ވެސް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އަދި މިއަދު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ މީހުން ކުށްވެރިކުރުމުގެ ބަދަލުގައި އެވީޑިއޯތައް ލީކް ކުރުމުގައި ފުލުހުންގެ ބައިވެރިވުމެއް އޮތްކަމަށް ތުހުމަތުކޮށްފައެވެ.

ލީކްވަމުންދާ ވީޑިއޯތަކާއި ގުޅިގެން ފުލުހުން އެކަށީގެންވާ ފިޔަވަޅެއް ނާޅާކަމަށް ބުނެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަބަރޭ

    ތިޔައީ މީގެ 800 އަހަރު ކުރިންވެސް ދިވެހިރާއްޖޭގައި ކުރަމުން އައި ކަންތައްތައް

    7
    2
  2. ގަން

    ލިވާޠު އެކަންޏެއްނޫން. ޒިނޭކުރުންވެސް. ލިވާޠު މި ފެށެނީ ޒިނޭކުރުން ޢާއްމުވުމުގެ ސަބަބުން.

    9
    1
  3. ޢަހުމަދުވަގާރު

    ނަޝީދު ބުނީ ރަނގަޅަކަށް ނު. އެވާހަކަ ދެއްކުން ވެސް ދީނުގަ މަނަލެއްނު،؟? މިވާހަކަ ދެއްކި މީހުން ގަޒްފު ކުރަން ދައުލަތައް ގޮވަން

    1
    7
  4. ކުރުނބާ

    މިއީ ޝިރުކެއް އަވަހަށް މުވައްހިދުން ނުކުމޭ ޝަހީމު މަތަކުރަން މީސްމީހުން ކައިރި ތިގޮތަށް ދުއާކޮށްދޭން އެދުމަކީ ހަމަ އަޅުކަމުގައި ބައިވެރިކުރުން

    2
    7
  5. ބޮޑު ޝެއިޚް

    ތި ޝަޙީމުގެ ނިކުމެފަހުރި ވީޑިއޯތަށްވެސް ވަކިން ތާޙިރެއްނޫން!

    2
    2