އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުގެ އަދަބު ދޭން ޔުގެންޑާ ސަރުކާރުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލް، ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފިއެވެ. މިބިލް ގާނޫނަކަށް ވާނީ ޔުގެންޑާގެ ރައީސް ޔޮވެރީ މުސެވެނީ ގާނޫނު ތަސްދީގު ކުރުމުންނެވެ. ޔޮވެރީ ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ގާނޫނު ތަސްދީގު ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުގެ އަދަބު ދޭން ހުށަހެޅި ބިލާއި ދެކޮޅަށް ގާނޫނު ހަދާ މަޖިލީހުގައި ވޯޓް ދިނީ އެންމެ ދެ މެންބަރުންނެވެ. ޔުގެންޑާގެ ގާނޫނު ހަދާ މަޖިލީހުގައި 389 މެންބަރުން ތިބެއެވެ.

އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުގެ އަދަބު ދޭން ޔުގެންޑާ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ޖަމިއްޔާތަކުންނާއި ހުޅަނގުގެ ގައުމުތަކުން އަންނަނީ ޔުގެންޑާ ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންނެވެ.

ޔުގެންޑާ އަށް އެންމެ ބޮޑު ޕްރެޝަރެއް ކުރަމުން އަންނަ އެއްގައުމަކީ އެމެރިކާ އެވެ. އެމެރިކާ އިން ވަނީ ޔުގެންޑާގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ނުކުރާތީ އެގައުމަށް ދެމުން އަންނަ އެހީތައް ވެސް 2014 ވަނަ އަހަރުން ފެށިގެން ހުއްޓާލާފައެވެ.

ކްރިސްޓިއަނުންގެ މެޖޯރިޓީ އޮންނަ ގައުމެއް ކަމަށްވާ ޔުގެންޑާގައި ކުރިން ވެސް އެއްޖިންސުން ގުޅުން ހިންގުމަކީ މަނާ ކަމެކެވެ. ނަމަވެސް މީގެ ކުރިން އެފަދަ އަމަލުތައް ހިންގާ މީހުންނަށް ވެސް ދެމުން އައީ ޖަލު އަދަބެކެވެ. މިއީ އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުގެ އަދަބު ދޭން އެގައުމުގެ ގާނޫނުގައި ހިމެނި ފުރަތަމަ ފަހަރެވެ.

އެފްރިކާގެ ގައުމުތަކުގައި އެއްޖިންސުން ގުޅުން ހިންގުން އާއްމު ކުރަން ހުޅަނގުގެ ގައުމުތަކުން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް މިހާރު ވެސް އެފްރިކާގެ 37 ގައުމެއްގައި އެއްޖިންސުން ގުޅުން ހިންގުމަކީ ގާނޫނީ ގޮތުން ކުށެކެވެ. އަދި ނައިޖީރިއާ، ސޫދާން، މޮރިޝަސް ފަދަ ގައުމުތަކުގައި އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ބައެއް ހާލަތްތަކުގައި މަރުގެ އަދަބު ވެސް ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަޖުލިސް

    ރާއްޖޭގައި ކުޅިކުޅެނީ ސިޔާސީ މީހުން އެހެންވީމާ ގާނޫނަށް ބަދަކުގެނެވޭކަށްވެސް ނޯންނާނެ

    21
    1
    • ނަނަނަ

      އެހެންތަ؟ އަފިހުން ކައިގެން ފާރުމަތިން އަރާ އުޅުނީ ކޮން ބައެއް؟

  2. ހުސޭނުބޭ

    ޑިމޮކްރަސީ އަކީ ތިއީ. ރައްޔިތުން ބޭނުންވާ ގޮތަށް ތި ޤާނޫނު ތިއޮތީ

    6
    1
  3. ސޮޑު

    ރާއްޖޭގައިވެސް ތިޔަކަހަލަ ކަންކަން ކުރާ ސޮޑުންނަށް ގާނޫނުގެ ތެރެއިން މަރުގެއަދަބު ދޭންވީހަމަ…

    5
    1