އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުގެ އަދަބު ދެވޭ ބިލު ޔޫގެންޑާގެ ރައީސް ޔޮވޭރީ މުސެވީނީ ތަސްދީގުކުރައްވައިފި އެވެ.

ރައީސް އެ ބިލު ތަސްދީގު ކުރެއްވީ، ބިލު ފާލަމަންޓްއިން ފާސްކޮށްފައި ވަނިކޮށް ކުރިމަތިވި ބައިނަލްއަގުވާމީ ފިއްތުންތަކާ ގުޅިގެން ބިލު ތަސްދީގުކުރުން މަޑުޖައްސާލައިފައި އޮތްތާ ދުވަސް ކޮޅެއް ފަހުން ނެވެ.

ކުރިންވެސް އެއްޖިއްސުން ގުޅުން ހިންގުމަކީ ޔޫގެންޑާގައި ގާނޫނީ ގޮތުން ކުށެކެވެ. ނަމަވެސް ފަހަކަށް އައިސް އެއް ޖިއްސުން ގުޅުން ހިންގުމުގެ ކަންކަން އިތުރުވުމާއި އެކަން ޕްރޮމޯޓްކުރާލެއް އިތުރުވެފައިވާތީ ޕާލަމަންޓްއިން ވަނީ އެއް ޖިއްސުން ގުޅުން ހިންގާ މީހުންނަށް މުޅި ދުނިޔޭގައި ވެސް ދޭ އެންމެ ހަރުކަށި އަދަބު ދެވޭ ގޮތަށް ގާނޫނެއް ހަދައިފަ އެވެ. އެ ބިލު ޕާލަމަންޓްއިން ފާސްކުރި އިރު ބިލާ ދެކޮޅު ހެއްދެވީ އެންމެ މެމްބަރެކެވެ.

އެގޮތުން 18 އަހަރުން ދަށުގެ ކުއްޖަކާއެކު އެއް ޖިއްސުން ގުޅުން ހިންގުމާއި އެއިޑްސް ޖެހިފައި ހުރި މީހަކު އެހެން މީހަކާ އެއް ޖިއްސުން ގުޅުން ހިންގައިފި ނަމަވެސް މަރުގެ އަދަބު އަދަބު ދެވޭނެ އެވެ.

އެ ގާނޫނަށް އެމެރިކާގެ ރައީސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ރައީސް ޖޯ ބައިޑެން ވިދާޅުވީ މިއީ އިންސާނި ހައްގުތަކަށް އަރައިގަތުން ކަމަށެވެ.

ޔޫގެންޑާއަކީ ނަސާރާ ދީނުގެ ގައުމަކަށްވާ އިރު އެ ގައުމުގެ ގިނަ މީހުން ދެކެނީ އެއް ޖިއްސުން ގުޅުން ހިންގުމަކީ ވަރަށް މުޑުދާރުކަމެއްގެ ގޮތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަހްމަދު

    ﷲއަކްބަރު!

    26
    1
  2. ކޮސް

    ފިރިހެނަކު ރައީސަށް ލޯބީގެ ސިޓީއެއް ފޮނުވީ

    2
    5
  3. މަރީ

    މިގަވްމުގަ އެމީހުން ޕާޓީހަދަނީ

    7
    1
  4. ޔާރި

    ސަޅި. އަލްހަމްދުލިﷲ

    14
    2
  5. ހުސޭނުބޭ

    މި މީހުން މާރަގަޅު!

    17
    2
  6. ސަމާ

    ބަރާބަރު. ޔުގެންޑާގެ މި ގާނޫން ނަމުނާއަކަށް ބަލަން ޖެހޭ. އިންސާނުންނަކީ ޖަނަވާރުތަކަކެއްފަދަ ބަޔަކަށްވާން ދޫކުރެވިގެންނުވާނެ.

  7. ހުސެން

    އިމްރާނު އިލިޔާސް ޒައިދު އިޔާޒު ފެނޭތަ ވެރިން ކޮބާ ތިޔަ ބުނާ ސޯލިހު ސޮލަހު