މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ އެއްޖިންސުން ގުޅުން ހިންގި ވީޑިއޯގެ މައްސަލަ މަޖިލީހަށް ހުށަހަޅަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރުސަތު ނުދެއްވުމުން ޕީޕީއެމްގެ މެންބަރުން މަޖިލީހުގައި ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކަކީ ތުހުމަތެއް ކަމަށާއި އެހެންކަމުން ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތެއްގެ މައްޗަށް މަޖިލީހުގައި ވާހަކަދައްކަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އަދި ފޮޓޯގެ ޗެއިން އޮފް ކަސްޓަޑީ އުފެދިފައި އޮތްގޮތް ދެނެނުގަނެ އެއްވެސް މީހެއްގެ އަބުރަށް ގެއްލުންވާ ގޮތައް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކަމެއް ކުރުން އެއީ މިރާއްޖޭގެ އުސޫލުތަކާއި ހަމަތަކާއި ހިލާފުކަމެއް ކަމަށެވެ.

ދެމައްސަލަ ބަލައިނުގަތުމަށްފަހު ނަޝީދު ދެން ފުރުސަތު ދެއްވީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ސުވާލު ކުރުމަށެވެ. ޝިޔާމަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ނަޝީދު މަޖިލިސް ގެންދަވަނީ ގާނޫނާއި ހިލާފަށް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަން ފައްޓަވާފައެވެ. އަދި ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތު ނުދެއްވާނަމަ މިނިސްޓަރާއި ސުވާލު ނުކުރައްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ނަޝީދު ދެން ފުރުސަތު ދެއްވީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިނިސްޓަރު އަސްލަމާއި ސުވާލު ކުރުމަށެވެ. ސައީދު ވެސް ވަނީ ނަޝީދުގެ ނިންމެވުން ގާނޫނާއި ހިލާފު ކަމަށް ވިދާޅުވެ މިނިސްޓަރާއި ސުވާލު ކުރައްވަން ދެކޮޅު ހައްދަވާފައެވެ.

ޕީޕީއެމްގެ މެންބަރުން ގެންދަނީ ނަޝީދު މަޖިލިސް ކުރިއަށް ގެންދަވަނީ ގާނޫނާއި ހިލާފަށް ކަމަށް ވިދާޅުވެ މަޖިލީހުގެ ތަޅުމުގައި އަޑުއުފުލަމުންނެވެ. މެންްބަރުން އަޑުއުފުލަމުން ގެންދަވާތީ މަޖިލިސް ޖަލްސާ މިހާރު އޮތީ ހުއްޓިފައެވެ.

ނަޝީދު ބަލައިނުގަތް މައްސަލަ އަކީ ދިވެހިރާއްޖެފަދަ ސައްތަ އިން ސައްތަ މުސްލިމް ގައުމެއްގައި ފަހަކަށް އައިސް ކަންބޮޑުވާ މިންވަރަކަށް ލިވާތު ކުރުމާއި ގިނަ ބަޔަކު ބައިވެރިވެގެން ގުޅުން ހިންގުންފަދަ ބިރުވެރި ފާހިޝް އަމަލުތައް ގިނަވެ، މިފަދަ އަމަލުތައް ކުރަމުންދާކަން ވީޑިއޯތަކުން ފެންނަކަން ފާހަގަކޮށް މިފަދަ މުންކަރާތްތައް ހުއްޓުވަން ފިޔަވަޅުއަޅަން ސަރުކާރަށް ގޮވާލުމަށް ޝިޔާމް ހުށަހެޅުއްވި މައްސަލައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލަ މަޖިލީހަށް ހުށަހަޅަން ނަޝީދު ފުރުސަތެއް ނުދެއްވިއިރު އެމައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވިފައި ވަނީ ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުލްސައްތާރަށެވެ. ނާޒިމް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުން ދާއިރު ނާޒިމް ވަނީ ވީޑިއޯއިން ފެންނަނީ އޭނާ ނޫންކަމަށް ބުނެފައެވެ. ނަޝީދު ވަނީ އެމަނިކުފާނުގެ އަންއޮފިޝަލް ޓްވިޓާ އެކައުންޓް ކަމަށްވާ "އެލެކްސް އަހްމަދު" އިން ނާޒިމްގެ ވާހަކަތައް ރީޓްވީޓް ވެސް ކޮށްފައެވެ.

އޭގެ އިތުރުން ގްރޫޕް ހަދައިގެން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތު ކުރެވިފައިވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ފުލުހަށް ގެންގޮސްގެން ނުވާނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ އިންޒާރުދެއްވާފައެވެ.

ވީޑިއޯތައް ލީކްވަމުން ދާއިރު ވީޑިއޯތަކުން ފެންނަ މަންޒަރުތަކުގައި ބަޔަކު ހިންގި އަމަލު ކުށްވެރިކުރުމުގެ ބަދަލުގައި ނަޝީދު ގެންދަނީ ވީޑިއޯ ލީކް ކުރުމުގައި ފުލުހުންގެ ބައިވެރިވުން އޮތް ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މުހައްމަދު

    އެއްވެސް މީހެއްގެ އަބުރަށް ގެއްލުންވާ ގޮތައް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކަމެއް ކުރުން އެއީ މިރާއްޖޭގެ އުސޫލުތަކާއި ހަމަތަކާއި ހިލާފުކަމެއް ނޫން ދީނީ މީހަކަށް ނުވަތަ ނިކަމެތި ރައްޔިތަކަށް ކަމެއް ކުރެވިއްޖެއްޔާ.. ނަމަވެސް ހިލާފު ކަމަކަށް ވަނީ ބޮޑެތި ބޮޑެތި މީހުން ކުރާ ލާދީނީ ކަންތަށްތަ ފަޅާއެއީމައެކަނި.

    19
  2. ހުސޭނުބޭ

    އެކުޅިވަރުގެ އެންމެ އަޑީގައި އޭނާ ހުރުމުން ފުރުސަތެއް ނުދޭނެދޯ!

    22
  3. ޕޮގުބާ

    މަޖިލީހު ރައީސް ކަމުން ބޭރު ކުރޭ

    31
  4. ކޮރަލް

    އަންނި މިދައްކަނީ ދައުރު ވަމުން ދާ ފޮޓޯ ތަކެއްގެ ވާހަކަ އެވެ. ވީޑިއޯގެ ވާހަކަ އެއް ނުދައްކަ އެވެ. ފޮޓޯ އާ ވީޑިއޯ ހާސް ތަފާތު ވާނެ އެވެ. ޝައްކެއް ނުވާ ވަރަށް ވީޑިއޯ އިން އެހެރީ ފެންނާށެވެ. ފުލުހުންނަށް ހިތު ހުރި އެއްޗެއް ކިޔާ އިރު ފުލުހުން ނިދާފަ އެެވެ.

    24
  5. އެލެކުސް މައިކާލޯ

    ތީނަބޭރުކުރަންވީނުން

    25
  6. ސަން

    ނަޝީދު ގެ މައްސަލަ ބަލަން ޖެހޭ... ކުށްވެރިން ފޮރުވަން އުޅޭތީ

    25
  7. ދެބޯގެރި

    އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ އެފަދަ ނުބައި ޢަމަލު ހިންގާމީހުން ޤާނޫނުގެ ކުރިމައްޗަށް ގެންދިއުމަށް ދެކޮޅުހަދާނީ އެކަންކަމަށް ތާއީދުކޮށް އެފަދަ ޖަރީމާހިންގާމީހުން އެފަދަ މުޑުދާރު މީހުން އިސްލާމީ ޤައުމެއްގެ އެއްވެސް ބާވަތެއްގެ ވެރިކަމަކަށް ކުފޫހަމަނުވޭ ވަގުތުން ވަގުތައް ބޭރުކުރޭ

  8. ނާއިލު

    ބަލަ ވަކި ބަޔަކު ވީމަތޯ އަބުރެއް އޮވެގެން އުޅެނީ.

  9. ވާނުވާ

    މަޖުލިސް ގެ ރައީސް މިގައުމު ދިފާއު ކުރަން ތިބި މީހުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވާ އިރުވެސް އޯކޭ އާމު ރަށްޔިތަކު އެއްޗެއް ބުނެފިއް ޔާ ވަގުތުން ގޮޅިއަށް

  10. ކަކުނިބޯ

    ކުރިން އޮތީ ވެބްކެމްދޯ. މިހާރު މާލޭމީހުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަން މިއިން އެނގެނީ. އެއްއެނދުގަ ތިންމީހުން.އަވަސްހައްލެއްބޭނުން🤣🤣🤣🦀

  11. ޖާބެ

    މައްޗަންގޯޅިން މީނަޔައް ވޯޓުދިންމީހުން ހޭއަރާކައް ނުވޭބާ؟ ތިޔަ ވޯޓުދިން މީހުންގެ ރަމްޒުކޮށްދޭ ތަމްސީލްކޮށްދޭ މީހަކީ މީނަ! މިގޯސް ހަދަން ތިޔަ ވޯޓުލީ މޯހުންގެ ކިތައް ޕަސެންޓްތޯ ތާއީދުކުރަނީ؟

  12. ހއ

    ސިޔާމުމެން 4 މެމްބަރުން މުސްތަގުބަލްގަ މީހުން އިހްތިރާމްކުރާނެ މި ލޮބުވެތި ދިވެހިރާއްޖެ މި ނާމާން ހަޑިމުޑުދާރު ވަޅުގަނޑައްވެއްޓިފަވާވަގުތުގާވެސް ކެރިގެން ނިކުމެ ތިޔަތިއްބެވީ ހަމަސާބަސް

  13. ޔާނު

    ރޔ އާ ބެހޭގޮތުން ދުނިޔޭގަ ލެއްވިހާ ހުތުރު އެއްޗެހި އެއްކޮށްގެން އެތިވަރުތައް ގޮވާހެދީ ރޔ ގެ އަބުރު ނެތީމަތާ ދޯ އަންނީ!

  14. މަރުމޯލް

    ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން
    އެއްޖިންސުން ގުޅުން ހިންގި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލެންޖެހޭނެ