ބައިނަލްއަގްވާމީ ޔޯގާ ދުވަހު ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތާ ގުޅިގެން ފިޔަވަޅު އަޅައި ދިނުމަށް އެދި ފުލުހުންނަށް ސިޓީ ފޮނުވާފައި ނުވާނެ ކަމަށާއި އޭގައި ނެރެފައިވާ ފަތުވާ އަކީ އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ނެރެފައިވާ ފަތުވާއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ބާއްވަން އޮތް ހަރަކާތް ހުއްޓުވައި ދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން މި މަހުގެ 15 ވަނަ ދުވަހު ފުލުހުންނަށް ފޮނުވި ސިޓީއެއް މީސް މީޑިއާގައި އާންމުވިއެވެ. އެ ސިޓީގައި ސޮއިކޮށްފައި ވަނީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަހްމަދު ހިޝާމްއެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފުލުހުންނަށް ފޮނުވާފައިވާ އެ ސިޓީއަކީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށެވެ.

އެ ސިޓީގައި ހިމަނާފައިވާ ފަތުވާ ނެރެފައި ވަނީ އެ މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި އަމަލުކުރަން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ޔޯގާގެ ޝަރުއީ ހުކުމާ މެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށް ފަހު އާންމު ކުރެވޭނެ ކަމަށް މިނިސްޓްރީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ހިޝާމް އަހްމަދު ސޮއިކުރައްވައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި އެ ސިޓީގައި ވަނީ މިހާރަކަށް އައިސް، މެޑިޓޭޝަން ގޮތުގައި ނުވަތަ ތަފާތު ބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ.

ސިޓީގައި ބުނި ގޮތުގައި ސެޕްޓެމްބަރު 2004 ވަނަ އަހަރު މިސްރުގެ ފަތުވާދޭ މަޖިލިހުން ނެރެފައިވާ ފަތުވާއެއްގައި ވަނީ ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެކެވެ. އެއީ ހިންދޫ ދީނުގެ އަޅުކަމާއި ގުޅިފައިވާ ކަމެއް ކަމަށާއި ކުޅިވަރެއްގެ ގޮތުގައި ނުވަތަ ކަސްރަތެއް ގޮތުގައި ވެސް އެކަން ކުރުން ހުއްދަވެގެން ނުވާ ކަމަށް ފަތިބާ މަޖިލިހުގެ ނިންމުމާ ހަވާލާދީ ސިޓީގައި ބުނެފައިވެއެވެ.

އޭގައި ބުނީ ނޮވެމްބަރު 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލިހުން ނެރެފައިވާ ފަތުވާގައި ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއް ކަމަށް ބުނެފައިވާ ކަމަށެވެ. އެ ކުޅިވަރުގެ ސަބަބުން މުސްލިމުންގެ އަގީދާ އަށް އަސަރު ކުރާ ކަމަށް ބުނެފައިވެއެވެ.

މި މެޑިޓޭޝަނަކީ ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެއީ އެމީހުންގެ ދީނީ ސަގާފަތާއި ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ އިރު އަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް ކަމަށް ފުލުހުންނަށް ފޮނުވި ސިޓީގައިވެއެވެ.

އެހެންކަމުން މިފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތާއި ހިލާފް ކަމަކަށްވާތީ އާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަމަކަށްވާތީ، އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި، އެފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ފިޔަވަޅު އެޅުމަށް އެ ސިޓީގައި ވަނީ ފުލުހުންނަށް އަންގައިފައެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަކީ ޔޫތު މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) އިން ގުޅިގެން ބޭއްވި ހަރަކާތެކެވެ. އެ ހަރަކާތް ކުރިއަށް ދަނިކޮށް ބަޔަކު އަރައިގަނެ، ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުން 21 މީހަކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކޮރަލް

    މަގާމް ގެއްލިދާނެ ބިރު ގަންނަ ނީ އެވެ. .

    46
  2. ލޮލް

    އަނހަ! މިނިސްޓްރީގައި ތިބި ޢަދާލަތު ޕާޓީގެ ޢިލްމުވެރިން ހާދަ ވަރަކަށް ފިތިފައި ތިބިހެން ހީވެޔޭ. އަނެއްކާ ތިބޭފުޅުންވެސް ބުލެކުމެއިލް ވެފައި ތިއްބެވީތޯ؟ ދުވާލަކު ތަންކޮޅެއް އިއުލާނުކުރީމާ ރައްޔިތުން މިތިބެނީ ވާނުވާގައި. ތަންކޮޅެއް ކެރިގެން ރައްޔިތުންނާ ކުރިމަތިލާބަލަ.

  3. ޝަފާއު

    މިއޮޓިވާ އިސްލާމިކު މިނިސްޓަރީއެއް ލިބިފާ. އަދި ލިވާތު މައްސަލާގަވެސް މިވެރިންގެ ޚަބަރެއް ނެތް. މިއެންމެންވެސް ޖެހޭ ޖަލައްލާން.. މިހެން ރައްޔިތުން ބަލަން ތިއްބާގައުމު ސަދޫމަށްވެނިމެނީ.

    40
  4. މަ

    ސިޓީއެއް ފޮނުވާފަ އެބަ އޮތް. ތިބުނަނީ މިނިސްޓްރީގެ އެފަދަ ކަންކަމަށް ފަތުވާދޭ ކޮމެޓީގެ އިޖުރާޢަތުތަކާ ޚިލާފަށް ކޮށްފަވާ ކަމެކޭ! އެހެން ވިއްޔާ އެސިޓީ ފޮނުވިއިރު މިނސްޓަރ ކޮބާ؟ އެ ސިޓީ އިޖުރާޢަތު ތަކާ ޚިލާފަށް ލިޔެފަ ފޮނުވީ ކޮން އިސްލާމިކް މިނިސްޓރީއަކުން؟ މިއޮތީވާ ޖެހިފަވާ ބައްޔެއް! އެއް ދޮގު ހަދައިފިއްޔާ އެއިން ރކެން 1000 ދޮގު ހަދަން ޖެހޭނެޔޭ ބުނާހެން، މިހާރު އެ އުޅެނީ އެންމެމަތީ މަޖިލިހޭ ކލިޔައިގެން ދޮގެއް ރޯފިލުވަން.

  5. ކީކޭބާ ތިޔަކިޔަނީ

    ބުނެބަލަ ތިމަންނަ ސިޓީއެއް ނުފޮނުވަމޭ. މަޤާމު ގެއްލިދާނެތީ. އިސްލާމިކް މިނިސްޓްރީ ތައްގަނޑު އިނިއްޔާ އޭގެ މާނައަކީ މިނިސްޓްރީއިންނޭ ފޮނުވީ،

    40
    1
  6. ދެރަކަމެކޭ

    މިހާރު ދެން މިވާއެއް ނުވާއެއް ނޭނގެ..ޚަބަރު ފަތުރާ މީހުންވެސް ތަންކޮޅެއް ޒިންމާދާރުވެބަލަ..ތެދު ޚަބަރެއްކަން ކަށަވަރުކޮށްފަ ނޫނީ ފާޑު ފާޑުގެ އެއްޗެހި ނޫސްތަކުގަ ޖަހާ އާއްމު ނުކުރުން މުހިންމު..ޤަބޫލު ކުރަންވީ ކާކު ދައްކާ ވާހަކައެއްކަން އަދި ޤަބޫލު ނުކުރަންވީ ކާކު ދައްކާ ވާހަކައެއްކަން ނޭނގި މުޅިން ފިތުނަ ފަސާދަ އުފެދެނީ..

    13
    17
  7. އަޙުމަދު

    ފަށައިގަންނަ މުން ސިޓީ ފޮނުވިކަމަށް އިންކާރު ކުރިނަމަވެސް މުޅި ބަޔާން ކިޔާލުމުން އެއީ ފޮނުވި ސިޓީއެއް ކަން ޔަޤީން ކުރެވިއްޖެ ، ފަހުން ސާފުކޮށްދޭނެ އުޅެފައިވަނީ އެފަތުވާ ނެރެފައިވަނީ އިޖްރާތްތަކާއި ޚިފަށްކަން، ﷲ ގެ ޙަޟުރަތުގައި ކޮންމެ މީހަކު ވެސް ޖަވާބު ދާރީ ވާންޖެހޭ ނެ. ވިސްނާ ފިކުރު ކުރައްވާށެވެ.

  8. ޖާބެ

    މުނާފިގުން ގެ ކިބައިން މިޤއުމު ސަލާމަތްކުރައްވާށި… ދިނީ ތާކިހާއަޅައިގެން އުޅޭ ލާދީނީ އެޖެންޑާ ފަތުރާ ބައިގަޑު

  9. ޤާދިރު

    މަގާމުގެ ދަހިވެތިކަމުގައި މި މީހުން މުރުތައްދުވާން ވެސް ފަސް ނުޖެހޭނެ.

    11
  10. ސަލް

    ދީނަށް ހަރާންކޯރުވާންފެށީތޯ.. އާޚިރަތައް ބިރުވެތިވޭ..

    18
  11. ސުނީލްސް

    އިޖުރާތު އޮޅާލާ.. އެއޮތީ ސިޓީގައި ބަޔާންކޮއްފައި ކަން އޮތްގޮތް....

    12
  12. މަބޭ

    ކުރިންސިޓީއެއްފޮނުވިފަ އޮތީޔާ އެވެސްވާނީ ސައްހަ އެއްޗަކައް ތިމަންނާމެންގެންގުޅޭ އުސޫލުތަކާ ހިލާފު ރައުއެކޭނުބުނެވޭނެ އެވެސް ކަންހިންގިތާ އެތައްދުވަހެއްފަހުން ވަކިމީހަކުު ކަރުންނާރުނަގާ ޔޯގާހަރާމޭ ކިޔާސަލާމަތެއް ނުވެވޭނެޔޭ ގޮވަންފަށާއިރައް އިސްލާމިކް މިނިސްޓްރީ ތުރުތުރުއަޅާ ބިމާހަމަތިޔަވަނީ

  13. ދެބޯގެރި

    މާތްކަލާކޯ ތިޔައީ މިނިސްޓަރުކަމަށް ކުފޫ ހަމަވާބޭފުޅެއްނޫން މަޤާމުގެ ދަހިވެތިކަން ބޮޑުވިޔަސް ތީދެން ބޮޑުވަރު ބުއްދި ހަމަ ނުޖެހޭ މީހުން ދައްކާ ވާހަކަ ނުގައްކައި މަޤާމުން ދުރައްދޭބަލަ މިފަދަ ހޭލުންތެރި ޒަމާނެއްގަ މީހުން ދައްކާކަހަލަ ވާހަކަ ދައްކަބަލަ ދެން އެންމެ ބުއްދިވެރިގޮތަކީ އަވަހަށް ގެޔަށް ވަޑަިގަތުން

  14. ހުސޭނުބޭ

    ވީމާ ދެތަނެއް އެބަ އުޅޭ. ލާދީނީ އިސްލާމިކް މިނިސްޓްރީއަކާ އިސްލާމް ދީނުގެ އިސްލާމިކް މިނިސްޓްރީއަކާ. މަނިކުފާނު މިނިސްޓަރުކަން ތި ކުރައްވަނީ ލާދީނީ އިސްލާމިކް މިނިސްޓްރީގައި.

  15. Anonymous

    ފަތުވާ ކޮމޮޓީވަނީ އިޖުރާޢީ ގޮތުން އުވިފައި ! މުންކަރާތަކީ މާކަ ބޮޑު ޢިޖުރާޢީ އަކުން ހުއްޓުވޭ ކަމެއްތޯ !

  16. މިނިސްޓަރުކަލޯ

    އިޖުރާތްތައް ހަދަން ތިބޭ.. ތިއްބާ އަޖަލަޖެހި ގޮސް މާތް ރަސްކަލާނގެ ކަނޑައަޅުއްވާފައިވާ އިޖުރާތްތަކާއި ކުރިމަތިވާ ދުވަހު ބުނާތި ތިމަންނާ އިޖުރާތް ފުރިހަމަ ކުރަންށޭ ހުރީ ގައުމު ސަދޫމަށްވެ އަދި ހިންދޫއިންގެ ޔޯގާ ގައުމުގެ ބަޔަކު ހިންގިއިރު.