އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ހިންގަމުންދާ "އިންޑިއާާ އައުޓް" ކެމްޕޭން ހުއްޓުވަން ކުރިމަތިވާ ގަނޫނީ ހުރަސްތައް ނައްތާލަން ގާނޫނު އަސާސީ އިސްލާާހުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އިންޑިއާ އައުޓް ކެމްޕޭންއަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިން އޮތީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ވެސް އެ ހަރަކާތް ހުއްޓުވަން ފާސްކޮށްފަ އެވެ. އަދި އ ހަރަކާތް ހުއްޓުވަން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކާއި ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރަން އަންގަން ވެސް އޮތީ ފާސްކޮށްފަ އެވެ.

ކޮމިޓީގެ ނިންމުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 33 މެމްބަރުންގެ ވޯޓާއެކު އެވެ.

ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށަކަށް ހަދަން ވެސް ބިލެއް ހުށަހެޅުމަށް މިހާރު ދަނީ ތައްޔާރުވަމުން ނެވެ.

އިންޑިއާ އައުޓް ކެމްޕޭން ހިންގަމުންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސީދާ އިރުޝާދުގެ ދަށުން ނެވެ. އަދި އެމަނިކުފާނު ޖަލުން މިނިވަންވަޑައިގަންފަހުން ދަނީ ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން އެ ކެމްޕޭން ހިންގަވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    ކޮބާ ތިމަޖުލިހުގަތިބި ޖޕ މނޕ މޑ އ ގެ މީހުން...ދިވެހި ގަ އުމު އަޅުވެތިވާކަމުގެ އިހުސާސް މުރެވޭތަ އެބަ...2023 ވެރިކަން ހޯދަންނުކުމެ ގަ އުމޭ ރަ އްޔިތުންނޭ ނުކިޔާތި...ފަ އިސާ އަށް ވޯޓުވި އްކާ މީހުންނާ ސޮ އިކުރާމީހުން ވޯޓުދޭނެ ފަ އިސާދެނިކޮށް ހާސަރެނުދެމިޔަސް...

    10
    1
  2. ވާވާ

    ދުވަސްކޮޅަކުން ލިވާތު ކުޅި މޑޕ ބޭނުންވާނެ ގާނޫފާސްކޮށްގެން އެކަން ހުއްދަކުރަން ދެން މޑޕ ފިކުރުގަ ތިބި މީހުން ހަމަ އޯކޭވާނެ އިސްލާމިކް މިނިސްޓަ ބުނާނޭ އިޖުރާތު ފުރިހަމަ ނުވެޔޭ ފަންސުރު ތުޑު ނެތޭ ބަލައެއްނުން މިދެންއިންޑިޔާ މިލަިޓަރީ މިތާތިބޭކަށް ނުޖެހޭ ސިރުކު ތިމީހުން ހެވިފަ ދީނުގެ ދިފާއުގަ އަޑު އުފުލި މީހުން ޖަލުގަ ޔޯގާ އަކީ ސިރުކުގެ އަމަލެއް

    10
  3. ލާލާ

    އަޅުބެތި ވިޔަސް ބޮޑުވަރު

    10
  4. ޟމ

    ތިއަށްވުރެ ފަސޭހަ ގޮތެއް އެބައޮތް، މި ޤައުމަށް ބަސްބުނާ އެންމެ އިސްފަރާތަނީ އިންޑިޔާ ކަމަށް ޤާނޫނު އަސާސީ އަށް އިސްލާޙެއް ގެނެސް ފާސްކުރީމަ ތިކަން ޙައްލުވީ

    12
  5. ހަގީގަތް

    އަޅުވެތި ވުމުގެ ފެށުން މީ

  6. ހުސޭނުބޭ

    ތިތަނުގައި އުޅޭ މީހުން މޯކުޅި ހުއްޓުވަން އެންމެ ފުރަތަމަ ޤާނޫނެއް ފާސްކޮށްބަލަ. އެހެންޏާ ފަހެ

  7. އަލީމޫސާ

    ތިބިލްފާސްކުރިޔަސް އިންޑިއާއައުޓްމުޅިދުނިޔެއަށް އެގިގެންގޮސްފަ އޮތީ މާލަސް ކަމަށް ބައެއް މީހުންބުނޭ. އަދި ތިބިލުން ދެން ވެރިކަމަށް އަންނަ ބަޔަކަށް ވާނީ ފައިދާ ، މީހުން ވަރަށް ޔަގީންކުރޭ އމޑޕ ދެން ވެރިކަމަށް ނުލިބޭނެކަން. ވީމަ އެމްޑީޕީ މި ބިލް ފާސްކުރުމުން ފައިދާ އޮތީ ދެން އަންނަ ވެރިކަމަކަށް. މިވެރިކަން ދެންމިއޮތީ ގާތްގަޑަކަށް ނިމިފަ.

  8. ކެނެރީގެ މާފަތް އެދުރު

    ވެރިކަން ރަސްކަމަކަށް ބަދަލު ކުރަން އުޅެ އުޅެ އެކަން ވާގޮތް ނުވޭ ދެއްތޯ؟ މިވެރިކަން ނިމުނީމަ ތިޔަ އިސްލާހުކުރާ އެތި އަނެއް ފުށަށް ޖަހާނެކަން ވިސްނާތި

  9. މިންޖުވާން

    މިކަމުން އެނގި ޔަޤީންވަނީ ދައުލަތެއް ހިންގުމާ ހަވާލުިވެ ތިބި ބައެއްގެ ނުކުޅެދޭ ކަމާއި ހިންގުމުގެ ކަންކަން މެނޭޖް ކުރަނ ނޭނގި އެތެރޭގެ ކަންކަން ބޮއްސުން ލާފަ ވާ މިންވަރު