އދ. ދިގުރަށުގެ ޒުވާނުން ނުކުމެ އެ ރަށުގެ ކައުންސިލް އިދާރާ ބަންދުކޮށްފިއެވެ.

ދިގުރަށު ކައުންސިލް މެމްބަރު އަބްދުﷲ އަލީ "ވަގުތު" އަށް މައުލޫމަތު ދެމުން ވިދާޅުވީ، ޒުވާނުން ރުޅި ގަދަވީ އެ ރަށުން ގޯތި ދިނުން ލަސްވާތީ ކަމަށެވެ.

އެހެންވެ މިއަދު މެންދުރު 12 އިން ފެށިގެން ކައުންސިލް އިދާރާ ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯތި ދިނުން ލަސްވެގެން އުޅެނީ އެކަމާ ގުޅޭ ގޮތުން ކޯޓުގައި މައްސަލައެއް ހިނގަމުންދާތީ ކަމަށް ވެސް އަލީ ވަނީ ފާހަގަކުރައްވާފައެވެ.

"ކުރިން ގޯތި ލިބިފައިން ދެމަފިރިއަކު އޭނާގެ ދަރި މައްޗަށް ގޯތި ރަޖިސްޓްރީކޮށްފައި ގޯއްޗަށް އަނެއްކާ އެދުނީ. ކައުންސިލްއިން ބުނިން ދެން ކުރިމައްޗެއް ނުލެވޭނެޔޭ. ދެން ދެމަފިރިން ކޯޓަށް ދިޔައީ. ދެން ކޯޓުން އެ މައްސަލާތީ ގޯތި ދޫނުކުރެވިފައި ވަނީ. އެ މައްސަލަ ކޯޓުން ވެސް ދަނީ ވެސް ދިގު ދަންމަމުން. އެހެންވެ ޒުވާނުން ރުޅިގަދަވީ ގޯތި ދޫކުރާލެއް ލަސްވާތީ" އަލީ ވިދާޅުވިއެވެ.

ގޯތި ދިނުމުގެ ކަންކަން މިހާރު ނުވަ މަހެއްހާ ދުވަސް ލަސްވެފައިވާ ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން އެލްޖީއޭއިން ވެސްެ އެއްބާރުލުން ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙަސަޥަ

    ކޯޓުވެސް ބަންދުކުރޭ. ތިއީ 1 ދުވަހުން ނިންމެންޖެހޭ މައްސަލައެއް. ތިނުންގޮތެއް ދެންނެތް.

    20
    3
  2. އަތޮޅޭ

    ޕޮއިންޓް ލިބޭ އުސޫލް އޮތީ ވަރަށްބޮޑަށް އެއްފަރާތަކަށް ބުރަވެފަ..ހަމަ ސީދާ އެޖެންޑާ 19#

    15
    3
  3. މަޑޭ11

    ތިއީ ތިރަށުގެ ހާލަތުތާ ގދ.ހަވަރު ތިނަދޫގެ ހާލަތު ތިއަށްވުރެވެސް ގޯސް ހަވަރު ތިނަދޫ ކައުންސިލްގެ ބޯގަމާރު ރައީސް ބުނަނީ ތިނަދޫއިން ގޯތި ދޫނުކުރާނެކަމަށް. އެއީ އޭނައަށް ރައީސް އޮފީހުންނާއި ޕްލޭނިން މިނިސްޓްރީން އަންގާފަޔޯ އޮތީ ހަވަރު ތިނަދޫއިން ގޯތި ދޫނުކުރަން. ރައްޔިތުން ފެލިފެލި ތިބޭށޯ ސައުދުއަލީ އަންގަނީ

    15
    2
  4. އަލީ

    މިހާރު ރާއްޖެއިން ގޯތިހޯދުމުގައި ވަކި ސަހަލުރަށެއްނެތް.

    15
  5. ބަލޭމިހާ

    މީއެކިޔާ ރަން 30 އަހަރުފެއްޓި ރައްޔިތުން އަޅުވެތިކުރުމުުުުުުުުުުުުުުުުުުުުގެ ސިޔާސަތުގެ ދަށުން ރައްޔިތުންނައް ގޯތިނުދީ ދަތިކުރުރުމުގެ ސިޔާސަތު ދިގުމުއްދަތަކައް ވެރިކަން ކުރުން ރައްޔިތުން ފާގަތި ދިރިއުޅުމެއް އުޅެންޏާަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ މިމީހުންނަކައް ވޯޓެއްނުދޭނެނޫންތޯ ރައްޔިތުން ދަތިހާލުގައި އުޅެންޏާ ރުފިޔާދީގެންނާއި ގޯތީގެ ހުވަފެން ދައްކައިގެން ވޯޓްލިބޭނެނޫންތޯ ރައްޔިތުންވިސްނަންވީ ކާބައިން ގެޒަމާނުއްސުރެން އަހަރުމެންނަކީ އަމިއްލަވަންތަކަމެއްގައި އުޅެމުން އައިބަޔެއް ދަޑިފަނުންނާއި އަމިއްލަޔައް އަކިރިނަގައިގެން އުވަދަވައިގެން ގެދޮރުބިނާކުރަމުން އައިބަޔެއް މިއަދު އަހަރުމެން ކައިރިޔައް އައިސް އާދެސްކޮއްގެން ވޯޓްހޯދައިގެން ވެރިކަމައްއަރައި އަހަރުމެން މިކުރަނީ އަޅުވެތި ހައުސިންގް ޕުރޮޖޭކްޓޭ ކިޔާ އިންގިރޭސިނަމެއްކިޔާފައި ކުއްޔައް އުޅެންޖެއްސޭތޯ އެބަލަނީ ރެއާދުވާލު

  6. 221

    މާލޭ ބޭފުޅުންނަށް އެކަނި ގޯތި ލިބެންވާނީ