މިހާރު ބޮޑެތި، ބޮޑެތި ކަންތައްތައް ވަމުން އެދަނީ ލިމިޓެއް ނެތިކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީން ބާއްވަމުންދާ "ތައްޔާރު" ޖަލްސާގައި ގާސިމް އިޝާރާތް ކުރެއްވީ މިހާރު ލީކްވަމުންދާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކަށެވެ. ނަމަވެސް ސީދާ ވީޑިއޯތަކުން ފެންނަ ފާހިޝް އަމަލު ފާހަގަ ނުކުރައްވާ ގާސިމް ވިދާޅުވީ އެފަދަ ފާހިޝް ކަންތައްތަކުގެ ވާހަކަ ޖަލްސާގައި ދައްކަން ބޭނުންފުޅުނުވާ ކަމަށެވެ.

ޖަލްސާގައި ގާސިމް ދެން "ބަހުގެ ހަމަލާއެއް" ދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. މައްސަލައިގެ ތަހްގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރު ނުކުރެވޭނެ ކަމަށް "ވަކިބޭފުޅަކު" ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަން އެގޮތައް ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ނަޝީދުގެ ނަން ވިދާޅުނުވެ ގާސިމް ވިދާޅުވީ "ވަކިބޭފުޅަކު" އެގޮތައް ވާހަކަދެއްކެވި ނަމަވެސް މާތްﷲ ގަންދީ ހުވާކޮށްގެން ތިއްބެވި މުއައްސަސާތަކުގެ ވެރިން ޒިންމާ އަދާކުރާނެކަމާއިމެދު ޝައްކެއް ނުކުރައްވާ ކަމަށެވެ. "އަޅުގަނޑަށް ކަށަވަރު މުއައްސަސާތަކުގެ ވެރިންގެ ބޮލުގައި މާތްﷲ ޒިންމާއެއް އަޅުވާފައި އެބައޮތްކަން. އެބޭފުޅުން ޒިންމާ އަދާކުރައްވާނެ. އެވާހަކަ ދެއްކުމުގެ މާނައެއް ނެތް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދައުލަތުގެ ޒިންމާ އަދާކުރަން ހުރި އެއްވެސް ވެރިއަކު އަދި އެއްވެސް މީހަކު އެމީހެއްގެ ޒިންމާ އަދާކުރުމުގައި ފަހަތައް ޖެހިގެން ނުވާނެއޭ. ﷲގެ ކޯފާއެއް ދިވެހިރައްޔިތުންނަށް ކުރިމަތިވާކަށް އަޅުގަނޑުމެން ނޭދެން." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ވަކިމީހަކު މައްސަލައިގައި ހިމެނޭތީ "އެއްޗެއް ފޮރުވާފައި" މައްސަލައިގެ ތަހްގީގު ކުރިއަށް ނުގެންދާނެ ކަމަށާއި އެއީ ކޮންމެ މީހަކު ހިމެނޭ މައްސަލައެއް ނަމަވެސް މައްސަލައިގެ ތަހްގީގު ކުރިއަށްދާނީ ރަނގަޅަށް ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ފުލުހަށް ހާޒިރުކުރާ ނަމަ އެކަން އަންގައިދިނުމަށް މަޖިލީހުގެ ރައީސް ނަޝީދު ވަނީ ހޮނިހިރު ދުވަހު އެދިފައެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ހޮނިހިރު ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެއްވެސް މައްސަލައެއްގައި މަޖިލީހުގެ އެއްވެސް މެމްބަރަކު ފުލުހަށް ހާޒިރުކުރާ ނަމަ މަޖިލީހުގެ ރައީސަށް އަންގައިދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

މެމްބަރެއްގެ މައްސަލައެއް ބެލި ނަމަވެސް، އެކަން ފުލުހުންނަށް އަންގާކަށް ގާނޫނު މަޖުބޫރެއް ނުކުރެއެވެ. ނަމަވެސް މެންބަރަކު ހައްޔަރުކޮށްފި ނަމަ އެކަން މަޖިލީހަށް އަންގަންޖެހޭނެ އެވެ.

މެމްބަރުން ފުލުހަށް ހާޒިރުކުރާއިރު އެކަން އަންގައިދިނުމަށް އެދިފައި މި ވަނީ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްސަލަތަކެއް ބަލަމުން އަންނަނިކޮށެވެ. އޭގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއްގެ މައްސަލައިގެ ތަހުގީގު ވަނީ ފަށައިފަ އެވެ. މި މައްސަލަތައް ބަލަމުން އަންނަ އިރު ނަޝީދު ވަނީ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި، މެންބަރުންގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަލީ

    ކަލޭމެން ވަކި ލިމިޓެއް ކަނޑައަޅާފަތަ އޮތީ ކުރިން؟؟

    12
    2
    • ޝާހް

      ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ގަ މަނާ ކަންތައްތައް ފެންނަން ހުރޭ

    • ކިއ7ންތެރި

      މިއޮއް ހުރިހާ ދުވަހު ފިލާއޮވެފަ، އިންތިހާބު ކައިރިވާ އިރައް ވެރިކަން ބޭނުންވެގެން ނުކުތީ. މަގުމަތިން ވެސް ބޮޑަތި ކްންތައް ވަމުން ދަނީ. އެއްވެސް އެއްޗެއް ނޭންގޭ މޯހަކާ ޓްރާންސްޕޯޓް ހިންގަން ހަވާލު ކޮއްފަ

      3
      1
  2. ޤައުމު

    ތީމޭންއެއް.
    ޤާސިމް ވެސްޓެސްޓް ކޮށްލަން ރަނގަޅު

    6
    5
  3. މޕ

    ކިތަންމެ ގޯސް ކަމެއް ސަރުކާރުން ކުރިޔަސް ކުއްވެރި ކުރާކަށް ގާސިމަކަށް ނުކެރޭނެ ނަގޫ ފިތިފަ ތިބި ބައެއްވީމަ

    13
    1
  4. ކުރާށޭ

    މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ވަކިކޮށް ގާސިމް އިބްރާހިމް އަށް މަޖްލީހުގެ ރައީސް ކަން ދޭށޭ މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ވަކިކޮށް ގާސިމް އިބްރާހިމް އަށް މަޖްލީހުގެ ރައީސް ކަން ދޭށޭ މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ވަކިކޮށް ގާސިމް އިބްރާހިމް އަށް މަޖްލީހުގެ ރައީސް ކަން ދޭށޭ މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ވަކިކޮށް ގާސިމް އިބްރާހިމް އަށް މަޖްލީހުގެ ރައީސް ކަން ދޭށޭ މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ވަކިކޮށް ގާސިމް އިބްރާހިމް އަށް މަޖްލީހުގެ ރައީސް ކަން ދޭށޭ މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ވަކިކޮށް ގާސިމް އިބްރާހިމް އަށް މަޖްލީހުގެ ރައީސް ކަން ދޭށޭ މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ވަކިކޮށް ގާސިމް އިބްރާހިމް އަށް މަޖްލީހުގެ ރައީސް ކަން ދޭށޭ

  5. ހަހަ

    ލޮލް. ކަލޭއައް މާދަން ބިލިޔަނުން ދޭނެ ކޮންމެވެސް ބަދަލެކޭ ކިޔާފަ. ކަލޯ ތިޔަ ބުނި އެތިވެސް އޭރައް ނުހުންނާނެ ހަދާނެއް. 😂

    14
    3
  6. އަލްޖިބްރާ

    ތިހުރިހާ ކަމެއް އެގިހުރެ މިޤައުމުގައި ކަލޭވެސް ކުރީ ބަޣާވާތް ! ބަޣާވާތް ކުރިމީހުންނަ ޝަރުޢީ ގޮތުން މަރު ހުއްދަވާނެ ! އެކަން ތަންފީޒު ނުކުރާ ބަޔަކު ތިބިތަނެއް ދާނީ ހަލާކުވެ ސުންނާފަތިވެގެން ! ކަލޭ މާރީތި ވާހަކައެއްކަމަށް ވެގެން މަމޮޅުވާކަށް ފާޑު ފާޑުގެ ވާހަކަ ދައްކާކަށް މާރީއްޗެއް ނޫން ! ތިއީ މިޤައުމު ހަލާކު ކުރަން ނިކުމެ ހުރި އެކަކު !

    11
  7. ހގގ

    އިންތިހަބު ކައިރިވީމަ ކަލޭ ތިޔަ ފާޅު ވީ

    13
  8. ސޫއޫދު

    މިފަހަރު ގުރޫޕް ހަދަން އެއްބަސްވާނީ އިންޑިއާގެ މަލިކުން ފަޅުރަޝެއް ފަޅެއް ގިރިއެއް ދޭނަމަ އިންޑިއާއަކީވެސް ކޯލިޝަން ޕާޓްނަރެއްވީމަ ފަސޭހަވާނެ ކާމިޔާބުކުރަން ހުޝައެޅުން

    13
  9. juhaa

    ގާސިމު ރަނގަޅުވާނެ އަތްދަށު ވަޑި އަކަށް

  10. ސެންޗޯ

    އެހެންތަވާނީ ކަލެއާ މައުމޫނާ ގެނެސްފައޮތް ސަގާފަތެއް

    13
  11. Anonymous

    މީހުންގެ އަނބިންގެ ގާތަށް ވަނުން ޕްރޮމޯޓް ކުރުމަށް އިނގިރޭސިވިލާތުން ފައިސާ ދޭނަމަ، މީހުންގެ އަނބިންގެ ގާތަށް ވަންނަ ވީޑިއޯތައް ވެސް ލީކުވާނެ. އެންމެން މިއުޅެނީ އިނގިރޭސިވިލާތުން ދޭ މިލިއަން ރުފިޔާތައް ކައްވާލެވޭތޯ.

    10
  12. އުގުރި

    ކޮންމެވެސް ތަނަކުން ދޮންވެލި ކޮޅެއް ފެނުނީބާ ރިސޯޓް ހަދަން

    10
  13. ބެއްޔާ

    ޖާބިރު ބުނީ ގާސިމް ވިއްކައިގެން ލިބޭނެ ވޯޓެއް ނޯންނާނެޔޯ.

    1
    2
  14. ރ

    ޖޭޕީ، ޖޭޕީ، ޖޭޕީ.. ބެސްޓް

    1
    2