އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި އައްޑޫ އެމްޑީޕީ އެކްޓިވިސްޓަކު ޕާޓީން ވަކިވެއްޖެއެވެ.

އެމްޑީޕީން ވަކިވާން ސިޓީ ފޮނުވީ އެމްޑީޕީ އެކްޓިވިސްޓް މުހައްމަދު މިކްސަން އެވެ. އޭނާ ބުނީ ޕާޓީން ވަކިވާން ނިންމީ ޕާޓީގައި އިންސާފާއި ހަމަހަމަކަން ނެތުމުން ކަމަށެވެ.

އޭނާ ބުނީ އޭނާ މީގެ އެތަކެއް އަހަރުތަކެއް ކުރިން އެމްޑީޕީ އާއި ގުޅުނީ އެމްޑީޕީއާއި ބޮޑު އުންމީދެއް އޮވެގެން ކަމަށާއި އަދި އެމްޑީޕީގެ އުސޫލުތަކަށް ތާއިދުކޮށް ލޯބިކުރާތީއެވެ. ނަމަވެސް އެންމެ މުހިންމު އެއް އުސޫލު އަދި ޕާޓީ ލޯގޯ ރަމްޒުކޮށްދޭ ހަމަހަމަކަމާއި އިންސާފް އަދި ހައްގު ބަސްބުނުން މިހާރު އެމްޑީޕީގެ ތެރޭގައިއޮތް ކަމަކަށް ގަބޫލުނުކުރެވޭ ކަމަށް މިކްސަން އެމްޑީޕީން ވަކިވާން އެދި ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

ﷲ ނަހީ ކުރައްވާފައިވާ އެންމެ ބޮޑު ފާފަތަކުގެ ތެރެއިން އެއްޖިންސުން ގުޅުންހިންގުމާ އަދި ގުރޫޕް ހަދައިގެން ބަދު އަހުލާގީ އަމަލު އެމްޑީޕީގެ އިސް ފަރާތްތަކުން ހިނގާ މަންޒަރުތަކުގެ ވީޑިއޯތައް ސޯސަލް މީޑިއާގައި މިދަނީ ބާރު ސުޕީޑްގައި ދައުރުވަމުން ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އެމްޑީޕީން އެއަމަލުތައް ކުއްވެރިކޮށް ބަޔާނެއްގައި މިންވަރުވެސް ނެރެފައި ނުވާ ތާންގައި އެފަދަ އަމަލުތައް ހިންގި ފަރާތްތަކާމެދު އެމްޑީޕީން އެއްވެސް ފިޔަވަޅެއް ވެސް އަޅާފައި ނުވާކަން އޭނާ ފާހަގަ ކުރިއެވެ.

އެމްޑީޕީއަށް އެންމެ މުހިންމު ވާންވާނީ މާތް ވެގެންވާ އިސްލާމް ދީނުގެ އަސްލުތަކާއި އުސޫލުތައް ދަމަހައްޓާ ނެގެހެއްޓުން ނަމަވެސް އެމްޑީޕީން ޕާޓީގެ އަސްލުތަކާއި އުސޫލުތަކަށް އިޙްތިރާމް ކުރާތަން ނުފެންނަ ކަމަށް މިކްސަން ބުނެފައިވެއެވެ. މިހެން މިކަން އޮތުމުން އިތުރަށް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރުމަށް ޒަމީރު ތަންނުދޭކަމަށާއި އެހެންކަމުން އެމްޑީޕީގެ ދަފްތަރުން އޭނާގެ ނުން އުނިކޮށް ޕާޓީން ވަކިކޮށްދެއްވުން އެދޭކަމަށް ސިޓީގައި ބުނެފައި ވެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެމްޑީޕީން އަމަލު ކުރަމުންދާ ގޮތުން އެމްޑީޕީގެ އެހެން ބައެއް މެންބަރުން ވެސް އަންނަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލޮރެންޒޯ ރަޖަބު

    ބޭކާރު ބޮލެއް!

    10
    51
    • ޝަޢުބާން

      ކަލޭތިއީވެސް އެކުޅީގެ މީހެއް ދޯ؟

      8
      15
    • ޒޯކް

      ޕީޕީއެމް ކާނަލް ވެސް އެ ކޮޓަރިޔަށް ދިޔަ ދެއްތޯ؟؟ އެމްޑީޕީއިން ވެސް ނާޒިމްތާ

      5
      15
  2. ކިޔުންތެރިއެއް

    ރަނގަލު ނިންމުމެއް. ޢަލްޙަމްދުލިﷲ..

    47
    1
  3. ޚިޔާލު

    ވަރަށް ރަގަޅު ނިންމުމެއް. ﷲ އަށް ޝުކުރުކުރޭ .

    42
    1
  4. ޖާވިދު

    އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެމްޑީޕީން އަމަލު ކުރަމުންދާ ގޮތުން އެމްޑީޕީ އިން އަޅުގަޑު ވަކިވާން ނިންމާއިފިން އެއްވެސް ކަމެން ބޭނުންމެން ނުން ދުއާއަކީ މާތްﷲ މިޤައުމަށް މުސީބާތެއް ނުޖެއްސުން އެހެންމީހުންގެ ފާފައިގެ ސަބަބުން ހައްގުވާ އަދަބު ދެވެންޖެހެނޭ ކޮންމެ އިންސާނެންވިއަސް.

    36
    1
  5. ހަގީގަތް

    ކޮއްކޯ އަދިކިރިޔާ ތިއެގުނީ އަސް އެމްޑީޕީ. އަވަހައް ތިބައިގަޑާދުރުވޭ މާތްﷲ އެގެވި މަގުގައިހުރުންބުދިވެރި

    39
    1
  6. ހުތާ

    ހުސެން ރަޝީދު ގެ ރައުޔަކީ ކޮބައިތޯ؟

    12
    1
  7. ގަދަރު

    މުޙައްމަދު މިކްސަން އެއީ
    އިންސާފުން ވާހަކަ ދައްކާ
    މީހެއް

    28
    2