އެމްޑީޕީއަށް އެންމެ ރަނގަޅީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮވުން ކަމަށް އައްޑޫމީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިގޮތަށް ވިދާޅުވީ، ރައީސް ސޯލިހް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަކީ ވެރިކަން އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވަހަކަތަކާއި ގުޅިގެންނެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލުމަކީ އެއީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ނަޝީދު ވިދާޅުވީ، 2018 ވަނަ އަހަރު ރައީސް ސޯލިހް އިންތިހާބުގައި ވާދަކުރެއްވިއިރު، ފޮރިން މިނިސްޓަރު ޝާހިދު ވެސް ވާދަކުރައްވާނެ ކަން ބައްދަލުކޮށް ދެންނެވި ކަމަށެވެ. ނަމަވެސް އޭރު ޝާހިދު ނުކުތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އޭރު ވާދަ ކުރައްވަން ޖެހެނީ ރައީސް ސޯލިހު ކަމަށް ޝާހިދުގެ އަރިހުގައި ދެންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތެއް ނޫން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދުދެއްވަމުން ރޮޒައިނާ ވިދާޅުވީ، ރައީސް ސޯލިހް ދެވަނަ ދައުރަކަށް ހޮވުމަކީ އެމްޑީޕީއަށްވެސް އަދި ގައުމަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"ރަނގަޅު ހެޔޮލަފާ ވެރިއަކު ލިބުމުން އެ މީހަކަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް". ރޮޒައިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެހި ގާނޫނު އަަސާސީއާއެކު އެންމެ އަމާންވެރިކަމެއް ކޮށްދެއްވީ ރައީސް ސޯލިހް ކަމަށެވެ.

"ހަމަޖެހުމަށް ލޯބި ކުރާ ވެރިއެއް ބޭނުމީ". ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ މިގޮތަށް ވިދާޅުވިއިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް "ރުކުން" ހަމަ ބޭފުޅެއް ކަމަށް ވެސް ނަޝީދު ރޭ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އހ

    އޭރުން ދެން ހުރި ކުޅިތައް ހުއްދަ ކުރާނީ ދޯ

    50
    2
    • ބޯދިގުޒައީމް

      ދިރުވާލަން ރަނގަޅީ މުޅިއެތި ރޭގަނަޝީދު ދެއްކިވާހަކައިން އެނގުނު ޑީއާރުޕީތެރެއީން އެމްޑީޕީއައްއެތެރެވި ހިބަރުވަދުއަޅާގުރޫޕް2018 ރިޔާސީޓިކެޓްވެސް ހިފަންއުޅުނުކަން ޒައީމައްވެސް ދިނީމިވަރު 2013 އިންތިހާބާދިމާކޮއް ޕާޓީވެސް ފޭރި...

      12
      2
  2. ހަގީގަތް

    ރަނގަޅު ހެޔޮލަފާ ވެރިއަކު؟؟؟؟؟؟؟ ކޮންގޮތަކުންބާ ސޯލިހު ހެޔޮލަފައީ.

    56
    1
  3. ރަބަރޭ

    ނަޝީދު އަށްތަ އިގެނީ ވެރިކަމަށް ކުފޫ ހަމަވާ މީހެއް ދެން ވެރިކަމަށް ކުރިމަތި ލާން ހުރީ މަކަރުވެރި ބޮޑު ވަގެއް އެވަގު ކަލޭގެ ބަލި ކުރެވޭނީ އިބޫސޯލިހުއަށް

    11
    45
    • ޔޯގާ

      އެއީ ރަބަރޭގެ އަމާތަ؟

      11
  4. ހަގީގަތް

    އޭރުންދޯ ދެން ހުރި މުންކަރާތްތައް ހުއްދަކުރާނީ

    53
    1
  5. ހ މ ޒ

    މީސްތަކުންގެ ހިތުގައި އިސްލާމްދީނާއިމެދު ބިރުވެރިކާ ނަފުރަތު އުފެއްދުމާއި ދީނީމީހުންގެ ބޮލުގައި ޓެރެރިސްޓުންގެ އިލްޖާމް އެޅުވުމުގެ މަގްސަދުގައި ވަރަށްބޮޑަށް ރޭވިގެން ކުރިކަމެއް މިޢީ

    48
  6. މާމި

    ރަގަޅުވާހަކައެއް އެއިރުން ގެންގުޅޭ އެތިކޮޅު ވެސް ވިއްކާލާނީ މީހަމަ ބުއްދިފިލާ ގޮސް ތިބިބައެއް

    12
  7. ޑައެލޯގް

    އެމްޑިޕީއަކަށްނޫން ރަގަޅީއަކީ ރޮޒައިނާމެނަށް ރަގަޅީ އިބޫ ހޮވިޖިއްޔާއެވެ. އޭރަށްތާ މިލިއަނުން ވައްކަން ކޮށްލެވޭނީ

    13
  8. އަލާގިރި

    ނަމްބަރު އެކެއް: ރަނގަޅު ހެޔޮލަފާ ވެރިއެއްގެ ސިފަ ހުރީމަތޯ އިސްލާމްދީނަށް ހިތުހުރި ގޮތެއް ހަދަން ފުރުސަތުދީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުވަނީ. ދީނީ ޢިލްމުވެރިން ކުށެއް ނެތި ހިފާ ހައްޔަރުކުރަނީ. އެއްޖިންުސުން ގުޅުން ހިންގުވަން މަގުފަހިކުރުވައި ހިތްވަރުދީ ކުޅި ކުޅުނު މީހުން ދޫކޮށްލައިގެން އެމީހުން ހިމާޔަތްކުރަނީ. ހެޔޮލަފާ ވީމަތޯ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ބޮޑު ލިސްޓެއް އޮއްވައި ކުރީގެ ރައީސް ޔާމީނު އެކަނި ކޯޓުތަކަށް ދަމަނީ. ހެޔޮލަފާވީމަތޯ މިހެންގޮސް ކޮޅުން ނުލާވަރަށް ކިޔިދާނެ.
    ނަމްބަރު ދޭއް: ފެހި ގާނޫނު އަސާސީއާއެކު އެންމެ އަމާންވެރިކަމެއް ކޮށްދިނުންތޯ އެއީ ތަކެތީގެ އަގުބޮޑުވެ ރައްޔިތުން ހަނާއަރުވާލަނީ. ތިމާމެންނަށް މޮޅުވާ ގޮތަށް ރައްޔިތުންނަށް ނިކަމެތިކަން އަންނަ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަނީ އެވެސް އަމާން ވެރިކަމެއްތޯ. އަމިއްލަ ގައުމުގައި ރައްޔިތުންގެ ބާރުވެރިކަން ކެނޑި ބިރެއްނެތި މަޖާކުރުވުމާއި އެކަމަށް ހިތްވަރު ދިނުމާއި މީހުން ލައްވައި ދީނަށް ފުރައްސާރަ ކުރުވައި މިސްކިތްތަކުގެ ހުރުމަތް ކަނޑުވައި އެމީހުން މޮޔައިންނަށް ހަދަނީ އަމާންވެރިކަމެއް ވީމަތޯ. ރައްޔިތުންނަށް އެމީހުންގެ ޝުޢޫރެއްފާޅުކޮށްލަން މަގުމައްޗަށް ނުކުތަސް ހިފާ ހައްޔަރުކޮށް ޖަލަށްލަނީ އަމާންވެރިކަމެއްވީމަތޯ.
    ނަމްބަރު ތިނެއް: ހަމަޖެހުމަށް ލޯބިކުރާތީތޯ އިންޑިއާ ސިފައިން ރާއްޖެ އަރުވައި އެމީހުން ބޭނުންގޮތަކަށް މިތަނުގައި އުޅުމުގެ ހުއްދަދީ، ގޮތް ނޭންގޭ އެއްބަސްވުންތައް ހަދައި މުޅި ގައުމު އެމީހުންގެ އުނގުތެރެއަށް ވެއްޓި މިނިވަންކަން ގެއްލިފައި މިވަނީ.
    ރޯޒޭނާ ކަލޭ ފަޅޮލޭ ކިޔާ މިތާ އަނގަ ނުފަތުރާތި.

    15
  9. މުގުރާން

    މި ގައުމަށް އެންމެ ރަނގަޅީ އެމް،ޑީ،ޕީ މިގައުމުގެ ވެރިކަމާއި ކައިރިވެސް ނުވުން!!!!!

    16
  10. އަލީ ބުނީ

    ފަހާމީހުން މަޖިލިހައް ހޮވީމަ ވާނީ މިހެން.

    36
  11. ރުކު ރުކު

    މީހަމަ ބޮޑު މުސީބާތެއް

    37
  12. ރ ކ އ

    މީހަމަ ބޮޑު މުސީބާތެއް

    15
  13. 2023

    ސޯލިހަކީ ހަމަ ތާކު ހުރި ބުދެއް ކަހަލަ މީހެއް... އަސްލު ވެރިކަން ކުރަނީ ސިއްކަ ފަޒުނާއާ ބޯގަންވިލާ ފައްޔާޒުއާ... ރޮޒެއިނާ މީ ފައްޔާޒުގެ ސެކެޓުރީ!!!

    17
  14. ބެއްޔާ

    އިބޫއަށް ދެވަނަ ދައުރެއް ދޭންޖެހޭ ބައެއް ސަބަބުތައް:- ބާކީ ބައި ތިޔަބޭފުޅުން ކޮމެންޓްސްގައި އިތުރު ކޮށްދެއްވާ..އަދި ޝެއަރ ކުރައްވަވާ!
    1. އެންމެގިނައިން މިސްކިތުގެ ހުރުމަތް ކެނޑުނީ އިބޫގެ ވެރިކަމުގައިވާތީ
    2. އެންމެ ގިނައިން އިސްލާމްދީނަށް ފުރައްސާރަކޮށް އެމީހުން ފުރުވާލާފައިވާތީ
    3. އެންމެ ގިނައިން ކޮވިޑް ވައްކަން ކުރި ދައުރަކަށްވާތީ
    4. ރާއްޖެ އުފެދުނީއްސުރެ އެންމެ ބޮޑު ދަރަނި ރައްޔިތުން ބޮލުގައި އެޅުވީތީ
    5. ޝިރުކުފަތުރާ މުޝްރިކު ހިންދޫން ޕްރޮމޯޓް ކޮށްދޭތީ
    6. އެއްޖިންސުން ގުޅުން ހިންގުމަށް ބާރުއަޅާ ފައިސާ ޚަރަދު ކުރާ ކޮމަންވެލްތާ އަޅުން ގުޅުނީތީ
    7. ދީނީ ޢިލްމުވެރިން ޙައްޤުން ކަމަކާ ނުލާ ބަންދުކޮށް ލިވާތު ކުރާ އަމިއްލަ ޕާޓީ މީހާ ދޫކުރާތީ
    8. ނޫސްވެރިންގެ ކަރުގައި ހިފާ އެމީހުންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކޮށްދެއްވީތީ
    9. ވެރިކަމަށް މަހެއް ނުވަނިސް އިސްލާމީ ޝަރީއަތުގައިވާ މަރުގެ ޙުކުމް ތަންފީޒު ނުކުރާނެ ކަމުގެ ޔަޤީންކަން އަލިފުދާލަށް ދިނީތީ
    10. މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ތިމަންމެންގެ ސިޔާސަތެއް ނޫނޭ ބުނެ ދާޚިލީ ވަޒީރަކު ބަސްބުނީ އިބޫގެ ވެރިކަމުގައިވާތީ
    11. ތެލުގެ އަގު ނުކުޅަދާނަ ވަރަށް ބޮޑުކޮށް ޖުމްލަ 11 ފަހަރަށް 4 އަހަރު ތެރޭ އުފުލައިދިނީތީ
    12. ކީރިތި މާތް ރަސޫލާއަށް ފުރައްސާރަ ކުރި މީހުން ޤާނޫނުގެ ކުރިމައްޗަށް ނުގެނެސް އެމީހުންނަށް މަޤާމާ މުސާރަ ދެއްވާތީ
    13. މާލޭ ސަރަޙައްދުން ބޯހިޔާ ވަހިކަމުގެ އެއްވެސް އަމިއްލަ ޕްރޮޖެކްޓެއް ނުހިންގުނީތީ އެކަމުގެ އުފަލުގައި
    14. ދަރަނި ދަންތުރަ އިންޑިޔާއިން ނަގައި ހަރުދަނާ އެއްވެސް ބިޔަ މަޝްރޫއެއް ނިންމާފައި ނުވާތީ
    15. އެމްއެމްޕީއާރސީގެ ޚިޔާނާތުގެ މައްސަލަ ނުބެލުނުތަނުގައި އިބޫ ހިމެނޭހެން ސައްޙަ ލިސްޓް އާއްމު ކުރަން ނުކެރޭތީ
    16. ޕީޖީ ޝަމީމަށް ކުރެވޭ ކުޑަކުއްޖަކާ ބެހުނު ކަމަށް ނޫސްތަކުން ރިޕޯޓް ކުރި މައްސަލަ އޮއްބާލަދެއްވީތީ
    17. ނަޝީދުގެ މައްޗަށް ފުލުހަށް ހުށައަޅައިފާވާ އެއްވެސް މައްސަލައެއް ނުބަލައި އިންސާފު ޤާއިމްކޮށްފައިވާތީ
    18. ރުވާންޑާގެ އަންހެނަކު ރޭޕް ކުރި މައްސަލައިގާ ޕާޓީކުދިން ސަލާމަތްކޮށް އަންހެނާ ވަގަށް ފުރުވާލީތީ
    19. މާގިރި މައްސަލައިގާ އަލީ ވަހީދު ފުރުވާލާ ބާކީ މީހުން ފޮރުވައިގެން މުސާރަ ދެއްވާތީ
    20. ލިވާތު ކުރި މީހުންގެ މައްސަލައިގާ އެއްވެސް ބަހެއް ނުބުނެ އެމިހުން ހައްޔަރު ނުކުރާތީ
    21. އިދިކޮޅުގެ އަޑު ކަނޑުވާލަން އިދިކޮޅު ލީޑަރަށް ޙަރާމް ހުކުމެއްކޮށް އެކަން ފަޅާއަރާފައިވާތީ
    22. ބޭރު ބިދޭސީން ގެ މައްސަލަ ހައްލުކޮށްފައި ނުވާތީ
    23. އިންސާނީ ވަގުފާރި މައްސަލައިގާ ތިމާގެ ޕާޓީ މެންބަރަކު ސަލާމަތްކޮށް މައްސަލަ ވީތަނެއްވެސް ނޭގޭވަރު ކޮށްފައިވާތީ
    24. ގާތް މީހުންނަށް ބަދަލުގެ ގޮތުގައި ރައްޔިތުންގެ ބައިތުލް މާލު ބަހާ އެ ފައިސާއިން ކެންޕޭން ކުރައްވާތީ
    25. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ހިތާނުވާ މީހުންގެ ސުލޫކީ ކަންތަކުގައި އެމީހުން ވަކި ކުރައްވާތީ
    26. ވީނުވީއެއް ނޭނގި އެންމެ ގިނަ މީހުން ގެއްލިފައިވަނީ އިބޫގެ ވެރިކަމުގައި ރެކޯޑް ހައްދަވާފައިވާތީ

    17
  15. ޖާބެ

    ދިވެހިރާއްޖެޔައް ރަނގަޅީ އެމް.ޑީ.ޕީ ޔައް ވެރިކަން ނުލިބުން

    17
  16. ސަލީމްބޭ

    މިިދިވެހިރާއްޖެއަކީއެމްޑީޕީއެއްނުންރޮޒެއިނާއަށްއެއްމެރަނގަޅުގޮތްރޮޒައިނާކިޔާހުރިހާއެއްމެންގެނަމުގާނުކިޔާ

  17. އަހްމަދު

    ސޯލިހް ދެވަނަދައުރަކަށްހޮވަންބޭނުންވަނީ މިހާރުތިޔަހިންގާ ފާހިސްކަންތައްތައް ދެގުނަކުރަންތޯ

    11
  18. ނާދިރާ

    ލަޢުނަތްލެއްވި ޝައިތާނަށްވެސް ރަނގަޅީ މަންޖެ ތިޔަ ބުނާ ގޮތް.

    13
  19. އަރެންގެ ވަގުތު

    ރަނގަޅު ހެޔޮލަފާ ވެރިއަކުނޫން އޭނައަކީ، ބޮޑު މުސީބާތެއް އެއީ

    13
  20. އިސްޢާފް ސަލީމް

    ތަނެއްދޮރެއް ނުދެނެހުރި ޖާހިލަކު ވެރިކަމަށް ގެނައި،މާ ޤަވްމަށްވަމުންމިދާގޮތް ހުރިހާ ލޯތަކުން ދެކޭނެ! ދެން ހޯހޯ!!!!

    13
  21. ނަޒީ

    މީނަ މި ބޭނުންވަނީ ތަސްމީނު އަބަދުވެސް ސިންގަޕޫރުގައި ބަހައްޓައިދޭނެ ވެރިޔެއްތާ!

  22. ހުސެންބެ ބ

    ލާހިކެއްނުން

  23. އަމިއްލަ އެދުން

    އެމްޑީޕީއަކަށް ނެތް ތިޔާކަމަކުން ހެވެއް ރަނގަޅެއް މަންޖޭ.. ޕާސަނަލީ ރޮޒެއިނާއާ ނާޝިޒު ފައްޔާޒު މިމިސްމީހުންގެ އަންބޮނޑި ބޮޑުވާނީ.

  24. ޢަޙުމަދު.

    ރޮޒޭނާ ތިބުނީ ހަމަ ރަނގަޅުވާހަކައެއް.

    1
    2
  25. Anonymous

    މީދެން ކާކު.! އައްޑޫ މީހުން ވާވައްދާފައި މާގާމް ހޯދައިގެން ލާރިން ކޮންކަމެއްތޯ ކުރަނީ. އެއްމެ ރަގަޅު ތިޔަލިބޭ ބޮޑުލާރިގަޑުން ލާރިޔެއް ނުދިނަސް . ބަލާ މުޅި އައްޑޫ އޮތޮޅަށް އުދައަރާއި އެތައްގެއްގެ މީހުން ހާލުގައި ޖެހިފަ. ކޮންކަމެއްތޯ ހައިސިޔަތުން ކޮންކަމެއްތޯ ކޮއްދެވުނީ .