15:46

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި 12 ރަށަކަށް އުދައަރައި ބައެއް ގެތަކަށް ގެއްލުން ވުމުގެ ސަބަބުން ބައެއް އާއިލާތައް ވަގުތީ ހިޔާގައި ދިރިއުޅެމުންދާ ކަމަށް ނެޝަނަލް ޑިޒާޒްޓާ މެނޭޖްމަންޓް ސެންޓަރ (އެންޑީއެމްއޭ) އިން ބުނެފި

14:18

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުދަ އެރުމުގެ ސަބަބުން ގދ. ރަތަފަންދޫގެ 90 ގެއަކަށް ގެއްލުންވެއްޖެ.

14:17

ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފި.

14:17

ތ. ތިމަރަފުށި އެއާޕޯޓްގެ ރަންވޭ އަށް އުދަ އެރުމުގެ ސަބަބުން އެއާޕޯޓް އޮޕަރޭޝަންތައް މެދުކަނޑާލައިފި.

14:16

ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން އިރުޝާދު ދީފި.

14:15

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކުރިއަށް ވުރެ ބާރަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭތީ ރައްޔިތުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެދިއްޖެ.

14:15

ތ. ތިމަރަފުއްޓަށް އުދަ އެރުމާ ގުޅިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިިފި.

14:15

ރާއްޖޭގެ އެކި ހިސާބުތަކުން އަރަމުން އަންނަ އުދައާ ގުޅިގެން ދިވެހިންނަށް ރައްކާތެރިކަން ދެއްވުން އެދި ދުއާ ދަންނަވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ.

00:13

އުތުރަށް ނެރުނު ރީންދޫ ސަމާލު ހުދަށް ބަދަލުކޮށް، ވަގުތު އިތުރުކޮށްފި.

23:28

ރާއްޖޭގެ އެކި ރަށްރަށަށް އުދައެރުމާ ގުޅިގެން ލިބެމުންދާ ގެއްލުމުގެ ސަބަބުން ރަައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަމުގައި ބައިވެރިވެ، އެންމެންނަށް ރައްކާތެރިކަން ދެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ. އެމެރިކާގައި މިހާރު ދިރިއުޅުއްވާ މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައި.

22:10

މިއަދު ރާއްޖޭގެ ރަށްރަށަށް އުދައަރައި އެންމެ ބޮޑު ގެއްލުމެއްވި ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލަށް ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށުގެ ރައްޔިތުންގެ ހާލު އޮޅުންފިލުއްވައިފި.

 

22:03

45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް 15 އަތޮޅަކަށް ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި

20:02

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިއަދު އުދައިގެ ސަބަބުން 200 އަށްވުރެ ގިނަ ގެއަކަށް ގެއްލުން، މަޑެވެލީ 98% ގެއަށް ލޮނުވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރ (އެންޑީއެމްއޭ) އިން ބުނެފި

19:43

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ބާރުވެ، ކަނޑުތައްވެސް ގަދަވެދާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފި

19:10

ގދ. ވާދޫގެ ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރުކޮށްފައި
ގދ. ވާދޫގެ ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރުކޮށްފައި
ގދ. ވާދޫގެ ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރުކޮށްފައި
ގދ. ވާދޫގެ ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރުކޮށްފައި
ގދ. ވާދޫގެ ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރުކޮށްފައި

19:01

އދ. ފެންފުށީގައި ހުޅަނގު ތުނޑި ސަރަހައްދުގައި އުޅެނިކޮށް އެރި ރާޅާއެކު ޒުވާނަކު ގެއްލިއްޖެ

18:03

އެމްއެންޑީއެފްގެ ތަރުޖަމާން ހަނާ މުހައްމަދު ވިދާޅުވީ، އުދަ އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް.

މިގޮތުން ސ.މަރަދޫ ސ.ހިތަދޫއަށް ޓީމްތައް ފޮނުވައިގެން ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތްވަނީ ފަށާފައިވާ ކަމަށް ހަނާ ވިދާޅުވި.

ހަނާ ވިދާޅުވީ، އުދައިގެ ސަބަބުން އައްޑޫ ސިޓީގެ ބައެއް ރަށްރަށުގެ ގެތެކަށް ވެސް ލޮނު ވަދެފައިވާއިރު، އައްޑޫ ސިޓީއަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަަމަށް.

މީގެ އިތުރުން ގދ. ކާނޑެއްދޫ ޕޯސްޓްގެ ސިފައިން ދަނީ އުދައިގެ ސަބަބުން ގދ. އަތޮޅުގެ ރަށްތަކަށް ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި.

މިގޮތުން ގދ. މަޑަވެލީގައި ކާނޑެއްދޫ ޕޯސްޓްގެ ސިފައިން މިހާރު ހަރަކާތްތެރިވަމުންދާކަމަށް ވިދާޅުވި.

17:07

ފިޔޯރީއަށް އުދަ އަރައި އެރަށު ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައި، އަދި ދަަނޑުބިންތަކަށްވެސް އޭގެ އަސަރު ވަނީ ކޮށްފައި.

17:06

އުދައެރުމުގެ ސަބަބުން ފިޔޯރީއަށްވެސް ގެއްލުންތަކެއް ލިބިފައި ފޮޓޯ: އާޒިފް
އުދައެރުމުގެ ސަބަބުން ފިޔޯރީއަށްވެސް ގެއްލުންތަކެއް ލިބިފައި ފޮޓޯ: އާޒިފް
އުދައެރުމުގެ ސަބަބުން ފިޔޯރީއަށްވެސް ގެއްލުންތަކެއް ލިބިފައި ފޮޓޯ: އާޒިފް
އުދައެރުމުގެ ސަބަބުން ފިޔޯރީއަށްވެސް ގެއްލުންތަކެއް ލިބިފައި ފޮޓޯ: އާޒިފް

16:50

އުދަ އަރައި އައްޑޫ ސިޓީ ހަންކެޑެ ސަރަހައްދުގައި އިންޑިއާގެ އެފްކޮންސް އިން ހަދަމުންދާ ބްރިޖަށް ގެއްލުން ވެއްޖެ

16:31

ގދ. ހޯނޑެއްދޫއަށް ވަރަށް ބޮޑަށް ދަނީ އުދަ އަރަމުން. އެރަށުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި، އެރަށުގެ ގެތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން.

ގދ، ހޯނޑެއްދޫގައި އުދަ އަަރައި ފެންބޮޑުވެަފައި
ގދ، ހޯނޑެއްދޫގައި އުދަ އަަރައި ފެންބޮޑުވެަފައި

16:16

ގދ. މަޑަވެއްޔަށް އުދަ އަރާފައި
ގދ. މަޑަވެއްޔަށް އުދަ އަރާފައި
ގދ. މަޑަވެއްޔަށް އުދަ އަރާފައި

16:16

މިހާރު ރާއްޖޭގެ އެކި ރަށްތަކަށް އުދައަރަމުންދާއިރު، ގދ. މަޑަވެލީގެ ހަތަރު ބައިކުޅަ ތިން ބަޔަށް ލޮނު އަރާފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި

16:01

ގދ. ރަތަފަންދޫއަށް ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންތައް ވަނީ.

15:59

ގދ. ރަތަފަންދޫއަށް ވަރަށް ބޮޑަށް އުދަ އަރައި އެރަށުގެ ގެތަކަށް ބޮޑެތި ގެއްލުންތައް ވަމުން އެބަދޭ.

15:37

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އައްޑޫގެ ހުރިހާ އަވަށްތަކަށް އުދަ އަރަމުންދާ ކަަމަށް. އަދި ބައެއް ގޭގެއަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް. ފުލުހުންނާއި ސިފައިންގެ އެހީތެރިކަމަށްވެސް އެދިފައިވާ ކަމަށް އޭނާ ވިދާޅުވި.

15:34

މިހާރު ގދ އަދި ގއ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ދަނީ އުދަ އަރަމުން.

15:32

އައްޑޫ ސިޓީގެ އެކި ރަށްތަކަށް ވަރަށް ބޮޑަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވަމުން އެބަދޭ

15:31

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު މެންދުރު ފަހު އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލުވެސް ނެރެފައެވެ.

މެޓް އޮފީހުން މިއަދު މެންދުރު ފަހު ނެރުނު ސަމާލުގައި ބުނެފައި ވަނީ، މެދު ރާއްޖެ ތެރޭގެ އަތޮޅުތަކުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އުދަ އަރާފަނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިހާރުވެސް މި ހިސާބުގެ ބައެއް ރަށްތަކަށް އުދަ އަރައި ގެއްލުންތަކެއް ވަމުންދާއިރު، މި ބްލޮގްގައި އެ މައުލޫމާތު ގެނެސް ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ޑިސާސްޓަރ ގެ ހަބރެއް ނުވެ އެވެ.

  2. އަލީ

    ފާހިޝް އަމަލު ތައް ގިނަވެ އެއްޖިންސުން ގުޅުންހިންގީމާ ފިޔަޅުނޭޅެ، ދީނަށްފުރައްސާރަ ކުރުމުން ހައްޔަރަ ނުކުރެވެ. މާތްﷲ އަށް ބިރުވެތިވާ މީހަކު ވެރިކަމަކުނެތް. ނަތީޖާ ފެންނަމުން މިދަނީ.

  3. ޢަލީ

    ކޮންމެ ނަމެއްކިޔަސް ތީ ހަމަ ﷲގެ ކޯފާ