ގދ. ރަތަފަންދޫއަށް ވަރަށް ބޮޑަށް އުދަ އަރައި އެރަށުގެ ގެތަކަށް ބޮޑެތި ގެއްލުންތައް ވަމުން އެބަ ދެއެވެ.

ރަތަފަންދޫ ކައުންސިލް ސެކެރެޓަރީ ޖެނެރަލް ނިޒާމް އިބްރާހިމް "ވަގުތު"އަށް ވިދާޅުވީ، މިއަދު މެންދުރު 2:00 ޖެހި ހާއިރުން ފެށިގެން އެރަށަށް ވަރަށް ބޮޑަށް އުދަ އަރަމުންދާ ކަމަށެވެ. އަދި އެރަށަށް ބޮޑަށް އުދަ އަރަމުން ދަނީ ހުޅަނގު ދެކުނު ފަރާތުން ކަަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރަށުގެ ތިން ބައި ކުޅަ ދެބައި އަޑީގައި ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި ހުރިހާ ގެއަކަށް ފެން ވަދެފައިވާތީ ވެލި ބަސްތައް ޖެހެމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނިޒާމް ވިދާޅުވިއެވެ.

ނިޒާމް ވިދާޅުވީ، އެރަށަށް އުނދަ އަރާފައި ވަނީ ނޭނގި ހުއްޓާ ކަމަށެވެ. އަދި ކައުންސިލުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް ވަނީ ވިދާޅުވިއެވެ.

މިހާރު އެރަށު ކައުންސިލުން ވަނީ ސިފައިންނާއި ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި، އެރަށުގެ ގާތްގަނޑަށް 70-80 ގެއަކަށް ވަނީ އުދައިގެ އަސަރުކޮށްފައެވެ.

އަދި އެ ސަރަހައްދުގައި ކޯރުކެނޑުމުގެ މަސައްކަތްތައް ކައުންސިލުން ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަހުމަދުވަގާރު

    ވީޑިޔޯގެ އަސަރު ކުދިންނޭ.ދެން އަންނާނީ ބިންހެލުން

  2. ޑައެލޯގް

    ރާއްޖޭގައި އެއްޖިންސުން ގުޅުންހިންގުމާއި ފާހިޝްއަމަލާއި ރަލާއި މިފަދަނުބައި ޢަމަލުތައް އާއްމުވެ މިފަދަ ކަންކަމަށް ބީރުކަންފަތެއް ދީފައިވާ ސަރުކާރެއް އޮވެ އެސަރުކާރާ ދެކޮޅަށް ރައްޔިތުން މަޑުން ހުންނަންވެއްޖެނަމަ މިފަދަކަންކަން ފެންނާނެއެވެ.

    • ގައިދުރު

      ކެލިފޯނިޔާގައި އެއް ޖިންސުން ކައިވެނި،އެމީހުންނަށް އުދަ ނާރާ

  3. އަލީ

    ފާހިޝް އަމަލު ތައް ގިނަވެ އެއްޖިންސުން ގުޅުންހިންގީމާ ފިޔަޅުނޭޅެ، ދީނަށްފުރައްސާރަ ކުރުމުން ހައްޔަރަ ނުކުރެވެ. މާތްﷲ އަށް ބިރުވެތިވާ މީހަކު ވެރިކަމަކުނެތް. ނަތީޖާ ފެންނަމުން މިދަނީ.