ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިއަދު އުދައިގެ ސަބަބުން 200 އަށްވުރެ ގިނަ ގެއަކަށް ގެއްލުން، މަޑެވެލީ %98 ގެއަށް ލޮނުވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މިއަދު ހެނދުނުން ފެށިގެން ބައެއް ރަށްތަކަށް ދަނީ އުދަ އަރަމުންނެެވެ.

އެންޑީއެމްއޭ އިން މިއަދު ބުނީ، ރާއްޖޭގެ މެދު ރާއްޖެ ތެރެއާއި ދެކުނުގެ ބައެއް ސަރަހައްދުތަކަށް މިއަދު އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި ހަތް އަތޮޅަކަށް އުނދަ އެރުމުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވާ ކަަމަށް އެންޑީއެމްއެޭ އިން ބުނެފައި ވެއެވެ.

އެގޮތުން ތ. އަތޮޅުގެ އަށް ރަށަކަށް އުދައިގެ އަސަރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކިނބިދޫ އަށް ގެއަށް ފެންވަދެ ގެއްލުން ލިބުނުއިރު، ގުރައިދޫ މީހުން ދިރިއުޅޭ ހިސާބަށް އުދައިގެ އަސަރު ކުރި ނަމަވެސް ގޭގެަށް ލޮނު ވަދެފައެއް ނުވެއެވެ. ގާދިއްފުށީގައި 35 ގެއަކަށް ލޮނު ވަދެ ގެއްލުން ލިބުނުއިރު، މަޑިފުށި 60 ގެއަކަށް ލޮނު ވަދެފައި ވެއެވެ. އަދި ދިޔަމިގިލީގައި ފަސް ގެއަކަށް ލޮނު ވަދެ ގެއްލުންތައް ލިބުނުއިރު، ތިމަރަފުއްޓަށްވެސް އުދައިގެ އަަސަރުކޮށްފައި ވެއެވެ. އަދި އޮމަދޫ 15 ގެއަކަށް އުދައިގެ އަސަރުކޮށް، އެކި ވަރުގެ ގެއްލުން ލިބުނެވެ.

ގދ. ރަތަންދޫއަށް އުދަ އަރާފައި

އޭގެ އިތުރުން ލ. އަތޮޅުގެ މާވަށަށް އުދަ އަރައި ހަތަރު ގެއަކަށް އެކިވަރުގެ ގެއްލުން ލިބުނެވެ.

އަދި ގއ. އަޮތަޅު ކޮލަމާފުއްޓާއި، މާމެންދޫއަށް ކޮންމެވެސް ވަރަކަށް އުދަ އަރާފައި ވެއެވެ.

އެންޑީއެމްއޭގެ މައުލޫމާތަށް ބަލާއިރު، ގދ. އަތޮޅުގެ ފަސް ރަށަކަށް އުދައިގެ ސަބަބުން ގެއްލުން ލިބިފައި ވެއެވެ. އެގޮތުން ގދ. މަޑަވެލީގެ 98% ގޭގެއަށް ލޮނުވަދެ އެކި ވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ. އޭގެ އިތުރުން ފަރެސްމާތޮޑާ މީހުން ދިރިއުޅޭ އެއް ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހޯނޑެއްދޫ ފިޔޯރީ ރަތަފަންދޫ އަށް އުދަ އަރައި އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.

އޭގެ އިތުރުން އައްޑޫ ސިޓީގެ ރަށްތަކަށްވެސް ވަނީ އުދަ އަރާފައެވެ. އެގޮތުން މަރަދޫ 50 ގެއަކަށް ލޮނުވަދެ އޭގެ ތެރެއިން ދެ ގެއަކުން މީހުން އެހެން ގެއަކަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްފައެވެ. އަދި މަރަދޫފޭދޫ އަށް އުދަ އަރއިގެން ގާތްގަނޑަކަށް 30 ގެއަކަށް ލޮނު ވަދެ ގެއްލުންތައް ލިބިފައި ވެއެވެ.

އަދި ޅ. ކުރެންދޫއަށް އުދައިގެ އަސަރުކޮށްފައިވާއިރު، ނައިފަރަށް ވާރޭ ވެހި ފެންބޮޑުވެގެން ފެންހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮރަލް

    ޑިސާށްޓަރ ކޮބާތޯ އެވެ؟

  2. ޑޯޒީނ

    މިއަދުގެ ހުތުބާ ހަންދާން ވީ

  3. ނުކުރާށޭ

    އާބާދީގައި 10 ހާހުން ދަށުގެ ހުރިހާ ރަށްރަށުން މީހުން ބާލާ އެހުރިހާ އެންމެނަށް މާލެ ސަރަހައްްދުން ގޯތި ދޭންވީއޭ ތިޔާއީ ދެން ކޮން ސަކަރާތެއްތޭ ކުދި ކުދި އާބާދީ ތަކުގައި މީހުން ބޭތިއްބުމަކީ މާލެ ސަރަހައްދަށް އޮތް ޑިމާންޑް މިހާރު އިނގެއޭ ގޯއްޗަށް އެދި ފޯރމް ލާން އިއުލާން ކުރުމުން ހަފްތާ އެއްގެ ތެރޭގައި 30 ހާސް މީހުން ވަނީ އެޕްލައި ކޮށްފައޭ މިއިން އެގިގެން ދަނީ ރާއްޖެތެރެ އަކީ އެއީ އެއްވެސް މުސްތަގްބަލެއް އޮތް ތަންތަނެއް ނޫނޭ އެތަން ތަނަށް ޚަރަދު ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ

  4. ހަސަނު

    މާތްﷲ އާ ވަކީލު..އިންސާނާގެ އަތުގައޮތި ކޮންބާރެއް..
    މާތްﷲއަށް ބިރުވެތިވެ..ﷲއަކުބރު...

    14
  5. ޑައެލޯގް

    މިފެންނަނީ ރަސޫލާއަށް ފުރައްސާރަކުރުމާ އިސްލާމްދީނާ ދުރު ސަރުކާރެއް އޮތުމުން ފެންނަ މަންޒަރުކަމަށްބެލެވެއެވެ. މިފަދަ ސަރުކާރަކަށް ތާއިދުކުރާމީހުންނަށްވެސް އެކަމުގެ ހިތިފެންނާނެއެވެ.

  6. އަލީ

    ފާހިޝް އަމަލު ތައް ގިނަވެ އެއްޖިންސުން ގުޅުންހިންގީމާ ފިޔަޅުނޭޅެ، ދީނަށްފުރައްސާރަ ކުރުމުން ހައްޔަރަ ނުކުރެވެ. މާތްﷲ އަށް ބިރުވެތިވާ މީހަކު ވެރިކަމަކުނެތް. ނަތީޖާ ފެންނަމުން މިދަނީ.

  7. ދޭންވީއޭ

    ކީއްކުރަންތޭ ދެން ރާއްޖެތެރޭ ކުދި އާބާދީ ތަކުގައި ވެސް އަދި ބޮޑެތި އާބާދީ ތަކުގައި ވެސް މީހުން ދިރިއުޅެނީ އުޅޭނެ ކަމެއް ނެތޭ ތިއޮތް އައްޑޫ އެއާރޕޯރޓް އިން ވެސް އަހަރަކު 90 މިލިއަން ޑޮލަރު ގެއްލުމުގައި ހިންގަނީ އެއަށް ވުރެން ރަނގަޅުވާނެ ނޫންތޭ އެފައިސާ އިން މާލެ ސަރަހައްދު ފުށި ދިއްގަރު ފަޅު ހިއްކާ އެތަނަށް ރާއްޖެތެރޭ އެންމެނަށް ހިލޭ ގޯތި ދީގެން ބަދަލު ކުރިއްޔާ ދެން އައްޑޫ ދޭނީ ޗައިނާ އަށް ކުއްޔަށް އަހަރަކު 100 މިލިއަން ޑޮލަރަށް 100 އަހަރަށް ކުއްޔަށް ދޭންވީއޭ..