ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން ދަނިކޮށް މަރުވި ދިވެހި ދަރިވަރެއް ކަމަށްވާ ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހްގީގު ކުރަން ބަންގްލަދޭޝްގެ މެޖިސްޓްރޭޓް ކޯޓަކުން އެގައުމުގެ ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.
ބަންގްލަދޭޝްގެ ރާޖްޝާހީ މެޑިކަލް ކޮލެޖްގައި ކިޔަވަމުން ދިޔަ ރައުދާ މަރުވެފައި ވަނިކޮށް ފެނުނީ 2017 ވަނަ އަހަރުގެ މާޗް 29 ވަނަ ދުވަހު އެވެ. އޭނާ މަރުވެފައި އޮތީ އޭނާ ދިރިއުޅެމުން ދިޔަ ހޮސްޓެލްގެ ކޮޓަރީގައެވެ. ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ފުލުހުންގެ ތަހްގީގުގައި ނިންމި ނަމަވެސް ރައުދާގެ ބައްޕަ އާއި އަދި އެހެން ބައެއް ފަރާތްތަކުން ވެސް ވަނީ ރައުދާ ވަނީ ގަސްދުގައި މަރާލާފައި ކަމަށް ތުހުމަތުކޮށްފައެވެ.
ރައުދާގެ ޕޯސްޓްމޯޓަމަށް ފަހު އޭނާ މަރުވީ ދަންޖެހިގެން ކަމަށް ނިންމައި، އޭނާ ވަޅުލާފައި ވަނިކޮށް އަނެއްކާ ފަހުން ކޯޓުން އަމުރުކޮށްގެން ގަބުރު ނަގައިގެން ވެސް ޕޯސްޓްމޯޓަމެއް ހެދިއެވެ. އެ ޕޯސްޓްމޯޓަމް އިން ވެސް ދެއްކީ ރައުދާ މަރުވީ ދަންޖެހިގެން ކަމަށެވެ.
މައްސަލަ އަލުން ތަހްގީގު ކުރަން ބަންގްލަދޭޝްގެ މެޖިސްޓްރޭޓް ކޯޓަކުން އަންގާރަ ދުވަހު އަމުރުކުރީ އެފަދަ އަމުރެއް ނެރެދިނުމަށް ރައުދާގެ ބައްޕަ 2019 ވަނަ އަހަރު ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށްފަހު އެވެ.
އަންގާރަ ދުވަހުގެ އަމުރާއި ގުޅިގެން ރައުދާގެ ބައްޕަގެ ވަކީލް ބަންގްލަދޭޝްގެ މީޑިއާގައި ވާހަކަދައްކަމުން ވިދާޅުވީ ރައުދާ އޮތް ކޮޓަރިއަށް ކޮލެޖްގެ މުވައްޒަފުންނާއި ދަރިވަރުން ވަނީ ދޮރު ހަލާކުކޮށްލައިގެން ކަމަސް ބުނާ ކަމަށާއި ނަމަވެސް ދޮރަށް އެއްވެސް ގެއްލުމެއް ލިބިފައި ނެތް ކަމަށެވެ.
އޭގެ އިތުރުން ރައުދާ ދަންޖެހިފައި ހުރިކަމަށް ބުނާ ފަންކާގައި ވެސް މީހަކު އެއްޗެއް އެއްސި ކަމުގެ އެއްވެސް ނިޝާނެއް، އަދި ބަރުއެއްޗެއް އެލުވިކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. "މިފަދަ ސުވާލުތަކަކަށް ޖަވާބު ނުލިބޭތީ ކޯޓުން އަމުރުކުރީ އަލުން މައްސަލަ ތަހްގީގު ކުރަން." ވަކީލް ވިދާޅުވިއެވެ.
ވަކީލް ވިދާޅުވީ ކޯޓު އަމުރު ވަރަށް އަވަހަށް ފުލުހުންނަށް ފޮނުވާނެ ކަމަށާއި މައްސަލައިގެ ތަހްގީގު ކޯޓު އަމުރު ލިބުމުން ފުލުހުން ފަށާނެ ކަމަށެވެ.
ރައުދާގެ މަރުގެ ތަހްގީގުގައި ފުލުހުން ވެސް ކުރިން ބައިވެރިވިއެވެ. ނަމަވެސް އެމައްސަލައިގައި ދިވެހި ފުލުހުން އަމަލުކުރި ގޮތާއި ގުޅިގެން ވެސް ރައުދާގެ ބައްޕަ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކެރެފާ އާއިލާ އަކީ ރާއްޖޭގެ ހަލާކު... ކޮރަޕްޝަން ގެ ބޮޑުން... ކަންތައް ފޮރުވަނީ
ނޮވެމްބަރު 3ގެ ފަހަތުގައި އޮތީ ތިބައިގަނޑުކަމަށް މާލޭގެ މުސްކުޅިން ބުނޭ
އެއީ ރަށްޔިތުން ތާއީދު ކުރާތީތާ ކެރަފާ އާއިލާޔަށް
" ޑޮކްޓަރ އަފްރާޝީމް ޢަލީ ޤަތުލުކުރި ޙާދިސާގެ މަޢުލޫމާތު އަލިފުން ޔާ އަށް އެނގޭ". އަނެއް ދުވަހު މިކުއްޖާފަކީރު މަރާލި! މިކަމުން ޝައްކު ކުރެވެނީ މި ސަރުކާރަށް!!!! މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ
ކެރަފާ މިއާއިލާގައި ސަހަލު އެކަކުވެސް ނެތީދޯ ، ދިވެހިންގެ ހަލާކާގުޅިފައިވާ އާއިލާއެއް ، ދިވެހިން ހޭއަރަށް ވެއްޖެ ދޯ