ޗިލްޑްރަންސް އޮމްބަޑްސްޕަސަންގެ އޮފީހަށް މައްސަލަތައް ހުށަހަޅަން ހިލޭ ގުޅޭނެ ނަންބަރެއް ތައާރަފްކޮށްފިއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އޮފީހަށް ދެ އަހަރު ފުރުމާއި ގުޅިގެން އެ އޮފީހުގެ ހިލޭ ގުޅޭނެ ނަންބަރެއްގެ ގޮތުގައި އިފްތިތާހު ކޮށްފައިވަނީ 1656 އެވެ.

އެ އޮފީހުން ބުނީ، އެ ނަންބަރުގެ ސަބަބުން އާންމުންނަށް ވީހާ ވެސް ފަސޭހަކަމާއި އެކު ހުށަހަޅަން ބޭނުންވާ މައްސަލަތައް ހުށަހެޅޭނެ ކަމަށެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ އިދާރާތަކުން ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރާ މިންވަރު ދެނެގަނެ، މި ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބާރުއެޅުމާއި، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާއި އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާއި އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ.

މީގެ އިތުރުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ އިތުރުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙުޤީޤުކޮށް މުޠާލިޢާކުރުމަކީ ވެސް އެ އޮފީހުގެ މަސްއޫލިއްޔަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޯހޯ

    ކޮބައި ސެއިހުގެ ދަރިޔަށް ދިން ބިރުވެރި ނަފްސީނީ އަނިޔާ އެއީ މައްސަލައެއްނޫން ކޮން ކުޑަކުދިންގެ ހައްގެކޭ ކޮބާ މަޑުއްވަރީ ރޭޕް ލަދިނީ ޔަހޫދިން ނަކީ އިޒްރޭލުންވެސް މުސްލިމު ކުއްޖެއްވިޔާ ނޮންނަނެ ހައްގެއް މިތަނަކީ މިހާރު އެރަޖާގެ ޖައްބަރު ވެރިކަމެއްކުރާ ދައުލަތެއް ކުޑަކުދިންގެ ހައްގޭ ކުރަނީޔޭ ފެށެނީޔޭ ބަލަނިއްޔޭ ރައްޔިތުންނިކުމެ އެބަޖެހޭ ގައުމު ސަލާމަތްކުރަން

    2
    1
  2. ޙޯހޮހޯ