ރާއްޖޭގައި ރިސޯޓްތައް ހެދުމުގައި އިންޑިއާގެ ކުންފުނިތަކުގެ ދައުރު ފުޅާކުރަން އެ ގައުމުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ދިމާކޮށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އިއްޔެ ބޭއްވި އިންޑިއާ-ރާއްޖެ ބިޒްނަސް ފޯރަމްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޝްރީ މުރަލީދަރަން ވަނީ ރާއްޖެއިން ގެންގުޅޭ އިންޑިއާ ފަސްޓް ޕޮލިސީ އާ ގުޅިގެން ރާއްޖެއަށް ތައުރީފު ކުރައްވައިފައެވެ.

އަދި ރާއްޖެއިން އިންޑިއާއާއެކު ހުރިހާ ދާއިރާތަކަކުން ވެސް ގުޅުން ބަދަހިކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މުރަލީދަރަން ވިދާޅުވީ ރާއް ޖެއާއި އިންޑިއާގެ ވިޔަފާރީގެ ގުޅުން ފަހަކަށް އައިސް އިތުރަށް ބަދަހިވެފައިވާ ކަމަށެވެ. އެގޮތުުން 2020 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ރާއްޖެއާއި އިންޑިއާގެ ވިޔަފާރީގެ ގުޅުން 31 އިންސައްތަ ކުރި އަރައި އަދި މިހާރު އިންޑިއާއަކީ ރާއްޖޭގައި ދެ ވަނަ އަށް އެންމެ ބޮޑު ވިޔަފާރީގެ ޕާޓްނަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ ކުރިއަށް އިންޑިއާ ރާއްޖެ ބިޒްނަސް ފޯރަމްގެ ތެރެއިން--

އަދި އެހާ ބޮޑަށް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔައީ އިއްތިފާގުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ކޮވިޑްގެ ތެރޭގައި ވެސް ރާއްޖެއިން އިންޑިއާއާއެކު އެއާ ބަބަލްއެއް ގާއިމުކޮށް ދެ ގައުމުގެ ރައްޔިތުން މެޑިކަލް ޓޫރިޒަމް އަދި ވިޔަފާރީގެ ބޭނުމަށް ވިސާ ނެތި ދަތުތުކުރެވޭނެ ގޮތް ހެދި ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގައި އިއްޔެ ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް ސޯލިހް. --- ފޮޓޯ: ރައީސް އޮފީސް

މީގެއިތުރުން އިންޑިއާގެ އެހީގައި 2.8 ބިލިއަން ޑޮލަރާ ގާތް ކުރާ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތަކެއް ހިންގަމުން ދިއުމާއި މަސްވެރިކަމާއި މަސް ފެކްޓްރީ އެޅުން ފަދަ ކަންކަމަށް ވެސް އިންޑިއާއިން އެހީތެރިވަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިންޑިއާ ކުންފުނިތަކުން ރާއްޖޭގައި އިންފްރާސްޓްރަކްޗާގެ އެތަކެއް މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށް ވިދާޅުވެ މުރަލީ ދަރަން ވިދާޅުވީ ރާއްޖޭގެ ރިސޯޓުތައް ހެދުމުގައި އިންޑިއާގެ ކުންފުނިތައް ކުރިއަށް ވުރެ ބޮޑަށް ޝާމިލުވާ ތަން ދެކެން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އިންޑިއާ-ރާއްޖެ ބިޒްނަސް ފޯރަމްގެ ސަބަބުން އިންޑިއާއާ ރާއްޖޭގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޑެނީ

    ތިއުޅެނީ ދިވެހިން އަޅުވެތި ކުރުމަށް މިހާރު ވެސް ތާޖް ރިސޯޓް ތަކުގައި ސީނިއަރ ލެވެލްގެ ވަޒީފާތައް އިންޑިޔާގެ ގަމާރަކައް ނޫނީ ނުދޭ

    13
  2. ހެޔޮރިސޯޓެއް

    އާއިލާޔާ ދުރުގައި ރިސޯޓުގައި އުޅުމުގެ ޝައުގުވެރިކަމެއް ނެތް މަށެއް މާރަނގަޅުވާނެ ތޯއްޗެ އަންހެނުން ގޮވައިގެން އެހެން ގައުމަކަށް ދިޔަސް ރޭގަނޑު ނިދަން އަންހެނުން ކައިރިޔަށް އާދެވޭނެ ވިއްޔާ

  3. ޫހުސެން

    ހުރިހާ ރަށްތަށް ދިވެހީން ގިރިސްޓޯރީގަ ޖެހިފަ ތިއްބާ ވިއްކާ ހުސްކޮއްލާ. އިބޫ އަށް ސާބަސް. !!!!

  4. ފީވަކު

    ރާއްޖޭގެ މުއްސަދިކަމާއި މިނިވަންކަމަށް ނަޒަރު ހިންގަހިންގާ ތިބިބަޔަކު، މިސަރުކާރުގެ މަޖުބޫރީގައި ސަރުކާރު ފިއްތާލައިގެން މިގައުމުން ހޯދެން ހުރިހުރިހާ މަންފާއެއް، ގަލެއްވިޔަސް ، ކަނޑުވިޔަސް، ރަށެއްވިޔަސް، ތިމީހުންފަސްޓް ޕޮލިސީކިޔާގެން ، ހުރިހާ ފައިދާޔެއް ހޯދާގަންނާން އުޅޭތަން މިފެންނަނީ، މީދެން ވަރަށް ނާތަހުޒީބީ ސެލްފިޝްގޮތެއްނޫން. މިރާއްޖެޔަކީ ހަމައެކަނި އިންޑިއަރ މީހުންނަށް ފުރުސަތު އޮންނަންޖެހޭތަކަށްވާކަށް ނުޖެހޭ ، އަދި ވަކިބަޔަކު ފަސްޓްޕޮލިސީއަކަށް ވާކަށެއްވެސް ނުޖެހޭ، ބަގުލަދޭޝް މަސައްކަތުމީހުން ގެނައުން ހުއްޓުވާލާފަ، އެވެސް މުސްލިމުނަށް އަނިޔާކުރާ އިންޑިއަރ މީހުން އިތުރުކޮށް މިގައުމާއި އަދި ކާރީގައިވަޝާގެން ތިބިގައުމުތަކަކީ މިމީހުންގެ މަނާތަކެއްހެން، އެތަންތަން ދޮވެލާނަމޭ ހިތާ އުޅޭބަޔެއްތީ.

  5. އަލިފުތް

    އިބްރާހިމް މުޙަައްމަދު ސޯލިހު ވަކި ބަޔަކު ފަސްޓް ކިޔާގެން ނާތަހުޒީބީ ބަޔެއްގެ ދަށުވެގެން އެމީހުންގެ ފަލްސާފާގެ ތެރެޔަށް ގައުމުގެންގޮސް އެމީހުން ބުނާހާގޮތަކަށް ކަންކަން ފަހިތިކުރަނީ ތީ މިގައުމުގެ ރައްޔަތުންބޭނުންވާތީ ގައުމަށްފައިދާ ހޯދަން ކުރާކަމެއްނޫން، ތީމިސަރުކާރުން ރައްޔަތުންނަށް ގައްދާރުވުން، ފައިސާގެ ދަހިވެތިކަމުގަ ، ކުރުމުއްދަތަށް ލޯނުދީ ދަށުކޮށްފަތިތިބީ، ބުނިހާ އެޗަކަށް އާކިޔާ ސަރުކާރުގެ ނުކުޅެދުންތެރިކަން މިފެންނަނީ

  6. ހިޔަޅު

    ބިޒްނަސް ފޯރަމް އޭކިޔާފަ މިރާއްޖޭގެ ސަރުކާރަށް އެއްމެ ގިނައިން ޑީލްހަދާގެން އެކިއެކި ނާޖާއިޒް ފައިދާ ހޯދާ އެމް އެމް އެކްސް ޕޯޓް އިން ކޮށްގެން އުޅޭ ކަމެއް ގެ ގޮތުގަ މިފެންނަނީ ، ސޯލިހުއަށް ވެދުމެއް އެއަރުވަނީ އެމް އެމް އެކްސްޕޯޓްގެ މުތާ، މިގައުމުގެ ވެރިން އެބަޖެހޭ ތަހުޒީބްވާން އަދި ގައުމަށް ފައިދާވާގޮތަށް މަސައްކަތް ކުރަން ..

  7. ޑައެލޯގް

    އިބޫ އިންޑިޔާއިން ރިސޯޓްވެސް ތަރައްގީކުރާނެއެވެ. އަދި އެހެނިހެން ފިޔަފާރިތައްވެސް ރާއްޖޭގައި ކުރިއަރުވާނެއެވެ. އަދި އިންޑިޔާގެ ސިފައިންގެ ބޭސްތައްވެސް މިތާ ތަރައްގީކުރާނެއެވެ. އަދި އިންޑިޔާމީހުންމިތާ އާލާވާގޮތްވެސް ތަރައްގީކޮށް ދިވެހިންއަތުން ދިވެހިރާއްޖެ އަތުލެވޭނެގޮތްވެސްތަރައްގީކުރާނެއެވެ. އިންޑިޔާމީހުން ބޭނުންވިކަހަލަ ގަމާރަކު ރާއްޖޭގެ ވެރިކަމަށް އެމީހުނަށް ގެނެވުނީއަދިކިރިޔާއެވެ. ދެން އެމީހުން ރާއްޖެއަކުން ނުނެއްޓޭނެއެވެ. ވޯރާ ވިޔަފާރިވެރިން ނާސިރު ފޮނުވާލީވެސް އެހާވަރުންނެވެ.

  8. ހުސޭނުބޭ

    ދެން ރިސޯޓުތަކު ވައިދަށުން ދަތުރުކޮށްފައި ދާއިރުވެސް ދުވާނީ އޯބަތްވަސް.

    12
  9. އަލީ

    އޮ.ހޮ.ހޯ. މީދޯ މިކުރަން އުޅުނު ކަމަކީ.

  10. އަލިބެ

    އާނ ތިދަނީ އަސްލު ޕްލޭނާ ދިމާލައް

  11. ކާންޖީ ޕޫރާ

    ފުރަތަމަ އިންޑިއާގައިއުޅޭ ފާޙާނާތައްޓެއް ލޮލުންނުދެކޭ އެތަް މިލޔަން މީހުންނައް ފާޙާނާތައްޓެއް ހޯދާދެވޭތޯބަލާ އޭރުންމާރަނގަޅުވާނެ

  12. ވާނުވާ

    ހެޔޮނުވާނެ އެމީހުން މިތާ ޓޫރިޒަމް އަށް އަތްގަދަ ކުރިޔަނުދީ.. އެމީހުން އަތްގަދަ ކޮށްފިޔާ މުޅި ސިނާއަތް ހަރާބު ކޮށްލާނެ.... މުހާރު ދިވެހިންށް ލިބޭ އެތިކޮޅު ލިބެން ދަތިވާނެ. ތީ ވަރަށް ބޮޑާ ބައެއް. އަމިއްލަ އެދުން ވަރަށް ބޮޑުވާނެ. ޢިންޑިޔާ ފަސްޓު ޕޮލިސީ އެއީ ސީދާ އަމިއްލަ އެދުން އިސްކުރުން