ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަކަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

އެންމެ ދެކުނުގެ އަތޮޅުތަކަށް ނެރުނު ރީނދޫ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.

އެ ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ހަވީރު 16:30 އަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލުވެސް ނެރެފައެވެ. އެ ސަމާލުގައި ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ސަމާލު ނެރެފައެވެ.

މިރޭ 8:00 އާ ހަމައަށް ނެރުނު އެ ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 20 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު