ހ. ޝީރީންވިލާގައި ރޭ މަރާލި ޒުވާން އަންހެން މީހާގެ ކަރުގެ އިތުރުން ހަތަރެސްފައި ވެސް ބުރިކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ އަނިޔާވެރި ގަތުލްގައި މަރާލާފައި ވަނީ 22 އަހަރުގެ ޒުވާން އަންހެނެއް ކަމަށްވާ ޝިއާއު މުހައްމަދު ސައީދު އެވެ.

އޭނާގެ ގާތިލަކީ އުމުރުން 23 އަހަރުގެ ރާއްޖޭގެ ޒުވާން ސްކޭޓަރު އަލީ ޝާހިލް އެވެ.

ޝިއާއުގެ އާއިލާ ބައެއް މެންބަރުންނާއި ހަވާލާދީ އޭނާގެ ގާތް މީހަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ޝިއާއުގެ ދެއަތް ވެސް އުޅަނބޮއްޓާ ހިސާބުން އޮތީ ބުރިކޮށްލައިފަ އެވެ. ދެ ފައި ވެސް އޮތީ ބުރިކޮށްލައިފައި ކަމަށް އޭނާ ބުންޏެވެ. ކަރު މުޅިން ބުރި ވެފައި ނުވާ ކަމަށާއި ނަމަވެސް ކަރު ވަކިނުވެ އޮތީ "ކިރިޔަކިރިޔާ" ކަމަށް އޭނާ ކިޔައިދިނެވެ.

ޝިއާއުގެ ހަށިގަނޑު ފުލުހުން ނެރުނު އިރު ދެ ބޮޑީ ބޭގް ވެސް ނެރުނެވެ.

ޝިއާއުގެ މަރާއި ގުޅިގެން މީހަކު ހައްޔަރުކުރިކަން ކަށަވަރު ކޮށްދިނުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ.

ޝިއާއުގެ ހަށިގަނޑަށް ދީފައި ހުރި ގެއްލުންތަކަށް ބަލާއިރު އޭނާގެ ހަށިގަނޑު ނައްތާލަން ޝާހިލް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމުގައި ބައެއް މީހުން ބުނެއެވެ. ނަމަވެސް އެކަން ވެސް އަދި ރަސްމީ ފަރާތަކުން ކަށަވަރުކޮށެއް ނުދެއެވެ.

ޝާހިލް އަކީ ރުޅިގަދަ، މީހުންނަށް އަނިޔާ ކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެއެވެ. ޝާހިލް ވަނީ ޝިއާއުގެ ކަރު ބުރިކޮށްލުމުގެ އިތުރުން އަތާއި ފައި ވެސް ބުރިކޮށްލާފައި ކަމަށް ވެއެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އެރުވިއިރު ހުރީ ހަޒްމެޓް ސޫޓް ލައިގެންނެވެ. ނަމަވެސް އެއީ އޭނާ ހައްޔަރުކުރިއިރު ހުރިގޮތް ކަމެއް ނުވަތަ ފަހުން ފުލުހުން އޭނާ ސޫޓަކަށް ލެއްވީ ކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

ޝިއާއުގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. އަހުމަދު

    ކުޑަ ދަރިފުޅާއި އެކު އުފަލުގައި މަގުމަތީން ހިނގާފަ ދަނިކޮށް ހައްޔަރުކުރި ޝެއިޚު ނިޝާން ހައްޔަރު ކުރިއިރު ފުލުހުންތިބީ ފުލްގިޔަރުގައި!!! އަދި އަތުގައި ބިޑި އަޅުވާފައި..

    144
    15
  2. ނައުމާ ޙަސަން

    މިއީ ނަމުން އިސްލާމީ ވެރިކަމެއް ހިނގާ ޤައުމެއް ، އެމެރިކާ ގައިވެސް އެނޫން ކިތަމެ ޤައުމެއްގައި މީހުން މަރާ މީހުން މެރުމަށް ޙުކުމް ކުރުމަށްފަހު މަރަމުން ގެންދެއެވެ ، ނަމަވެސް ރާއްޖެ އަކީ ދުނިޔޭގައި ނެތްވަރުގެ ޑިމޮކްރަސީ އެއް އޮތްޤައުމެކޭ ބުނެ މިފަދަ ބޮޑެތި ޖަރީމާތައް ކަމަކަށް ނުހަދައެވެ. ވެރިންގެ ހިތުގައި ރައްޔިތުންގެ މައްޗަށް އޯގާތެރިކަމެއް ދީނަށް ވަފާތެރިކަމެއް އޮތްނަމަ މިފަދަ މީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޛް ކުރާނެކަމަށް ބަލަންޖެހެއެވެ.

    145
    4
    • ހުސްކުރަނީ

      މަރުގެ ހުކުމް ތަންފީޒު ނުކުރާހާހިނދަކު މި ގައުމު އޮންނާނީ މީހުންމަރާ ގައުމުތަކުގެ އެންމެ އުހުގަ.މީހުން މަރާމީހުން ނަށް އުފަލުގަ އުޅެވޭހެން ހަދާފަ އޮންނަ ގައުމެއް މީ

  3. ނައުމާ ޙަސަން

    މިއީ ނަމުން އިސްލާމީ ވެރިކަމެއް ހިނގާ ޤައުމެއް ، އެމެރިކާ ގައިވެސް އެނޫން ކިތަމެ ޤައުމެއްގައި މީހުން މަރާ މީހުން މެރުމަށް ޙުކުމް ކުރުމަށްފަހު މަރަމުން ގެންދެއެވެ ، ނަމަވެސް ރާއްޖެއަކީ ދުނިޔޭގައި ނެތްވަރުގެ ޑިމޮކްރަސީ އެއް އޮތްޤައުމެކޭ ބުނެ މަރަށް މަރު ހިފުމަށް އިންކާރުކުރެއެވެ.

    77
  4. ކިލާ

    ތިމީހާގެ އަމަލު ހުރިގޮތުން މިހާތަނަށް މާލޭގައި ހިންގާފައިވާ ބޮޑެރި މާޑަރ ކޭސްތަކުގައި މީނަ ބައިވެރިވެފައި ވާކަމަށް ބެލެވޭ

    77
  5. ކުއްވެރިކުރަން

    ކުއްވެރިންނާހެދި ބޮޑު ބަލާއެއް ފުލުހުންގެ އަތައް ބާރުދީބަލަ ކުއްވެރިން ބެކަޕް ކުރަނީ ސިޔާސީ ނުފޫޒުގަދަ ވެރިން އެހެންވެ ކަމެއްނުވަނީ

    81
    3
    • ފުތާބެއްޔާ

      ފުލުހުން އަތުގަ ބާރު އޮތަސް އެމީހުން ވެރިން ބޭނުން ބަޔަކު ހައްޔަރު ކުރަންވީމަ ނޫނީ ތަންކޮޅެއް ނިކަމެތި މީހެއް ވިއްޔާ ހުރި ގަދަކަން ދައްކަން އެ ބާރު ބޭނުން ކުރަނީ. އޭގެ މިސާލެއް ޝެއިޙް ނިޝާން ހައްޔަރު ކުރަން ވީމަ ކަޅު ހެދުމުގަ މޫނު ނިވާކޮއް ފުލް ހަތިޔާރާ އެކީ ދަރިފުޅާ އެކީ މިސްކިތައް ދަނިކޮށް އައިސް ހައްޔަރު ކޮށްގެން ގެންދިޔައީ. އެކަމަކު މިޔަދު އިންސާނަކު ކޮށާ ކުދި ކޮއްލީމަވެސް އެއްކަލަ ފުލްގިއަރ އެއް ނެތް ހައްޔަރު ކުރާކަށް. އެކަމަކު މިމީހުން ނަމޫނާ އަކަށް ބަލާ ތަންތާގަ ގާތިލެއްގެ ސީނަކަށް ފުލުހުން ދާނީ ހަތިޔާރާ އެކީ އެތަނުން އެބޭނުން ކުރަން ޖެހުނަސް ކުރާނެ.

      18
      1
  6. މއކ

    ޝަރިޔަތުގަ ދެންބުނޭ އެއީ މަށެއްނޫނޭ. ސަލާމަތްވާނެ. އެހާވެސް ލޫޕްހޯލްގިނަ މޮޅު ގާނޫނު އަސާސީއެއް އޮންނަގައުމެއް.

    78
  7. މަރަށް މަރު ތަންފީޒު ކުރާށޭ ސޯލިހު

    މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު ! މަރަށް މަރު !

    91
    1
  8. ބަހަބަރު

    ގާތިލުގެ ވޯޓް ހޯދަން އޭންޔާ އެކީ ސަރުކާރުން ޑީލްއެއް ހަދާނީ، އޭނާގެ ދާއިރާއިން އޭނާގެ ވޯޓް ބޭނުންވާ ސިޔާސީ ކުއްތާތައް ވެސް ހަމަ އެފަދަ ވާނީ.

    63
  9. ހަސަނު

    މަރްހޫމާގެ ފާފަފުއްސަވައި ހެޔޮރަހްމަތްލައްވާށި. މިކަހަލަ ނުލަފާމިހުން މާ މަޝްހޫރުކޮށް ސައިޒް އޮޅުވާލަނީ މީޑިއާތަކުން. އަދި މިފަދަ މީހުން އެނގިތިބެވެސް ފައިސާހުރިއްޔާ ގިނަ އަންހެންކުދިންނަށް އޯކޭ.

    77
  10. Anonymous

    ކޮންމެ ކަމެއް ސިޔާސީ ނުކުރާށޭ ކިޔާ މީހުނައް ބުނެލަންއޮތީ މީގެ ކުރިން މީހަކުގެ ލޮލައް ކުނިކޮޅެއް ހެރުނަސް އެކަން އެޅުވީ ރައީސް ޔާމީންގެ ބޮލުގައި، މިހާރު ކޮންހާ ވާހަކައެއް ދައްކާކައް، ނުވިތާކަށް އަފްރާޝީމް މަރާލީ ޔާމީނޭ ކިޔާ ހެކި އެބަހުއްޓޭ ކިޔާ ގޮވާނެގިމީހެއް މިއަދު އެހެރީ ހޯމއމިނިސްޓަރަކައް ލާފަ. އެހެންވީމާ ބުނާނީ މިއީ ހަމަ ސުންޕާ ސަރުކާރެކޭ ހުރިހާ ސުންޕާ ސަރުކާރެއްގައި ހިނގާނެ މިހުރިހާ ކަމެއްވެސް

    21
    1
  11. އިންތިގާލީ އިއްބެ

    މަގުމަތީގަ މާރަމާރީ ހިންގާ ކުޑަކުދިންގެ ކުރިމަތީގައި މީހުން މެރީމާ އިންސާނީ ހައްގު ތަކަށް މަސަތްކަތް ކުރާ ވެގެން އުޅޭ ބައިގަނޑު އަޑެއް ނީވޭ ކުޑަކުދިން މިތިބެނީ ނަފްސާނީ ގޮތުން ބަލިކަށިވެފަ . ފިޔަވަޅު އަޅާނެ އިދާރާއެއް ނެެތް މީތި ކަޑަދޯ

    19
  12. މަރީ

    އިރުރައް ފުރުސަތެއްނުދީ ، ތިޔަ ޖަނަވާރު ދަންޖައްސާ، މިހާރުން މިހާރައް،
    ވަގްތުން ވަގްތައް އިންސާފު ހޯދަދީ،
    ތިޔަމީހާ އަކީ މުޖުތަމައައް ހުރި ބޮޑު ނުރައްކަލެއް،

    21
  13. ގާތިލް

    ޕާޓީ ކުރާ ޑުރަގު ބޯ އަންހެނެއް ކަމެއް އޭނާ ވަނީ... އެކަމަކު މަރަށް މަރު 👊👊👊

    10
    5
    • އެކަމަކު

      ކޮންމެހެނެއް އުޅުނު އަންހެނަކަސް އެފިރިހެން މީހާއަށް އޭނާ މެރުމުގެ ޙައްގެއް ނޯންނާނެ. އެއްވެސް އިންސާނެއް ހައްޤަކާނުވަލައި މަރައިގެންނުވާނެ. އެއަންހެން މީހާ ދެން ޔަގީނުންވެސް ދާނީ ޝަހީދެއްގެ ގޮތުގައި ސުވަރުގެއަށް

      6
      1
      • ގާތިލް

        لاحولولاقوت الاباله
        އެއްވެސް އިންސާނަކަށް އަނެއް އިންސާނަކު ދަނީ ސުވަރުގެއަށް ނޫނީ ނަރަކަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަށޭ ބުނެ ކަނޑަ އެއް ނޭޅޭނޭ

  14. ނސމމ

    ސިޔާސީ ލީޑަރުން ވަރަށް ގިނައިން ތަުއޒިޔާ އބަކިޔާ، ކަންބޮޑުވުން ފާޅުކޮށް މެސެޖް އެބަކުރޭ. އާއިލާގެ އެންމެންނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރޭ އެބަ. އެކަމަކު އިންސާފު ހޯދުމަށް އާއިލާގެ ފަރާތުން ޖެހޭނީ ސަލާމް ޖަހަން. އެ މާރާމާރީ އަކި ސިޔާސީ ހަތިޔާރަކަށް ހަދާލެވޭ. އެންމެފަހުން ގަތިލްގެ ކުށެއް ނެތްކަމަށް ސާބިތުވެ އެވެ.

    15
  15. ނ.ނ

    މިކަންކަހުއްޓުމަކަށްގެނެވޭނީ (ސިޔާސީ ޕާޓީތައްއުވާލައިގެން)

    10
    2
  16. ދެރަކަމެއް

    މިކަހަލަ ޖަނަވާރެއް އެއްވެސް ހާލެއްގައި ދެވަނަ ފަހަރަށް މުޖުތަމައަށް ނެރެގެން ނުވާނެ. މަރާލައި. މާދަމާ އަންހެން ކުއްޖާގެ ކެރެކްޓާގެ ވާހަކަ ދައްކަން ފަށާ މީނަ ދިފާއުކޮށް ނޫނީ މޮޔައަކަށް ހަދާލާނެ. އަދި އަދުލް އިންސާފޭ ކިޔާ ލޯޔަރުންވެސް ނިކުންނާނެ މީނާގެ ކޭސް ހިފައިގެން. ދީފައުގަ ބަހެއް ބުނެލި މީހެއްވިއަޔާވެސް މަރަންވީ.

    15
    2
  17. ގައުމު ސަލާމަތްކުރޭ!

    މެކްސިކޯ ފަދަ އެންމެ ނުރައްކާތެރި ގައުމުތަކުން ފެންނަކަހަލަ ނުބައި ހަބަރުތައް މި ރާއްޖެއިން މި ފެންނަނީ!

    23
  18. ރަބަރޭ

    މަރަށް މަރު ހިފުމަށް އެއްމެހާ ސިޔާސީގޮތުން ފުންނާބު އުސް ފަރާތްތަކަށް ގޮވާލަން އަދި މިވަގުތު ރާއްޖޭގެ ވެރިކަމުގައި ހުރި އިބޫސޯލިހުއަށް ވެސް ގޮވާލަން އެމެރިކާ، އިރާން، ސައޫދީ އަރަބިއްޔާ، ޖަޕާން، ސައުތު ކޮރެއާ، ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް މަރަން މަރުހިފާ

    19
    1
  19. ޅަގުރާ

    ސޮޑު ސްކޭޓަރު ޖަހާބަލަ. އަންހެނުންގައިގަ ތަޅަން އެކަނި ކެރޭނީ ތިކަހަލަ ސޮޑު މީހުންނަށް

    16
  20. ދީދީ

    މާދަމާ ކޯޓަށް ގެންގޮސް މުއްދަތު ޖަހާފައި ތިން ހަތަރު އަހަރު ވަންދެން ތަހުގީގު ހިންގާފައި ޝަރީއަތަށް ފޮނުވުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީމައި އެއޮފީހުގެ މޭޒުމަތީގައި އަނެއް ދެއަހަރު ކޮށްފައި ޝަރީއަތަށް ފޮނުވީމައި އަނެއް ހަތަރު ފަސް އަހަރުން ޝަރީއަތް ނިންމާފައި ކުށް ސާބިތުވެއްޖިއްޔާމު ހުކުމްކޮށްފައި ޖަލުގައި ބަހައްޓާފައި މަރުގެ ހުކުމް ތަންފީޒުކުރާނީތޯ ނުކުރާނީތޯ ކިޔާލަކިޔާލައި ތިބީމައި އޮންނާނީ ގައުމުގައި އަދުލު އިންސާފު ގާއިމް ކުރެވިފައި. މިވެސް އަޅާލާނެ ޔާރެއް ނެތް ނިކަމެއްޗެއްވެއްޖިއްޔާމު.
    މާލޭގެ ގަދަރުވެރި ނުވަތަ ރާއްޖޭގެ ސިޔާސީ ބާރުވެރިއެއްގެ ގާތްމީހެއް ނުވަތަ އެއިރެއްގައި ސަރުކާރުގައި އޮންނަ ސިޔާސީ ޕާޓީއެއްގެ ބާރުހުރި މީހެއްނަމަ، ޕޮލިހުގެ ތަހުގީގާއި ޕްރޮސެއުޓަރު އޮފީހުގެ ޕްރޮސެސްއާއި ފަނޑިޔާރުގެ ޝަރީއަތުގެ މަޖިލީހާއި ދާނީ ފިނިހަކަ ސްޕީޑްގައި، އަދި ހަމަ އެގޮތަށް ގާނޫނުގައި ހުންނަ ކުޑަކުޑަ ލޯވަޅަކުން ކުށްވެރިޔާ ސަލާމަތްވެ މައްސަލަ ނިމިދާނެ.
    ގަބޫލުކުރިޔަސް ނުކުރިޔަސް މިއީ މިރާއްޖޭގެ އަދުލު އިންސާފު އޮތްގޮތް.
    އެހެންވީމައި މިދުވަސްކޮޅު ނިކަން ބާރަށް މިވާހަކަވެސް ދައްކާނެ، ތިންހަތަރު މަސްފަހުން މީހުން މިކަން މަތިން ހަނދާން ނެތުނީމައި އެކަން ނިމުނީ.

  21. ހުމާ

    ގިނަ އިއްތިފާގިތަކެއްވެސް ވާ ކަމެއް. ހަމަ މިގޭގަ މިދިޔަ އަހަރު އޮގަސްޓު 7 ގަ މަރުގެ ހާދިސާއެއް ހިންގުން. މަރުވި މީހާޔާ މަރާލިކަމުގެ ތުހުމަތުކުރެވޭ މީހާގެ މަންމަގެ ނަމަކީ ޝީލާ. ނިސްބަތްވަނީ އެއް ރަށަކަށް. ގާތިލުކަމަށް ތުހުމަތުވާ މީހާގެ މަންމަގެ ގެއަށް ކިޔާ ނަމާ ބައްޕަގެ ގެ ދެރަށެއް ނަމަވެސް ނަން އެއީ އެއްނަމެއް.