މިރޭ މަޣްރިބު ނަމާދަށް ހުއްޓައި ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ނަމާދަށް ހުއްޓާ ނިޔާވީ، ފ. ނިލަންދޫ ފަހަމާ، ޒައިނަބް ސުލައިމާންއެވެ އޭނާ ނިޔާވީ އިންޑިޔާގައެވެ.

އޮންލައިން ނޫސް ސީއެންއެމް އިން ނިލަންދޫ މީހަކާއި ހަވާލާދީ ބުނީ ޒައިނަބަކީ އޭނާގެ ފިރިމީހާއާއެކު ވަރަށް ގިނައިން އިންޑިޔާއަށް ދަތުރު ކުރާ މީހެކެވެ. ނަމަވެސް އޭނާ އަކީ ސީރިއަސް ބައްޔަކަށް ފަރުވާ ހޯދަމުން މީހެއް ނޫނެވެ.

"ޒައިނަބް ދިޔައީ ޒައިނަބްގެ ފިރިމީހާއާއެކު ދެ މީހުން އެކަނި. ދެން މިރޭ ނަމާދަށް ހުއްޓާ ކުއްލިއަކަށް ހަމަ ނިޔާވެގެން ވެއްޓުނީ. ޒައިނަބަކީ މީހުންނަށް ވަރަށް ހެޔޮ، ވަރަށް ހިތްތިރި މީހެއް. އެ ދެ މަފިރިންނަކީ ވެސް ވަރަށް ރަނގަޅު ވަރަށް ހިތްހެޔޮ ދެމަފިރިން. ޒައިނަބުގެ ކުއްލި ވަކިވުމަކީ މުޅި ނިލަންދޫއަށް ވެސް ލިބޭ ބޮޑު ހިތާމައެއް. މުޅި ރަށަށްވެސް މިތިބީ ޒައިނަބުގެ ކުއްލި ވަކިވުން ގަބޫލް ކުރަން ވެސް ދަތިވެފައި،" މައުލޫމާތު ދިން މީހާ ސީއެންއެމް އަށް ބުންޏެވެ.

ޒައިނަބުގެ އުމުރަކީ 57 އަހަރެވެ. ދެމަފިރިންގެ ދަރިން ބޮޑެތިވެ ދަރިންނަށްވެސް ދަރިން ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ

    97
  2. ޢެދުރުދައިތަ

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ

    17
  3. އުގުރި

    ހެޔޮ ކަމެއް ނުވަތަ ހެޔޮ އަމަލެއް މަތީ ހުރެ މަރު އާސް ޖެހުމަކީ އުންމީދު ކުރާގޮތެވެ..

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ

    28
  4. ތަކުރު

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ

    13
    1
  5. ހުސޭނުބޭ

    ހާދަ ރިވެތި މަރެއް! މައްޔިތާއަށް ރަޙްމަތްލައްވާށި.

    25
  6. މުޙައްމަދު

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ

    12
  7. ާމުހައްމަދު

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ

    11
  8. ރަން ރީނދޫ

    إنالله وإنا إليه راجعون

    10
  9. ނަސީރު

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ

    10
  10. ވާގޮނުސްކޮ

    اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ

    10
  11. މާލިކު

    إنالله وإنا إليه راجعون