އައްޑޫސިޓީ ހުޅުދޫ ކައިރިން މޫދުގައި އުމުރުން ދުވަސްވީ އަންހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ހުޅުދޫގެ ކަނޑޫއެޅެ ބީޗް ސަރަހައްދުންނެވެ. ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 78 އަހަރުގެ އަންހެނެކެވެ.

އޭނާ މޫދުގައި އޮއްވާ ފެނުމުން ހުޅުމީދޫ ސިއްޙީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. ހުޅުމީދޫ ސިއްޙީ މަރުކަޒަށް އޭނާ ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ.

ނިޔާވެފައި އޮއްވާ ފެނުނު އަންހެން މީހާއަކީ އާއްމުކޮށް މޫދަށް ގޮސް އުޅޭ މީހެކެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ފުލުހުންގެ ބަހެއް ނުލިބޭނެ. ފުރޮޅުލީ ބަހެއްވެސް.
    މާލޭގެ މަގެއްގެ މަތިން ރޯމާ ރޯ ދުވާލު ތިން ޕާޓޭން އަހަންނަށް ވަޅިން ބިރުދައްކައިގެން ފައިސާތަކެއް ފޭރިގަތް މައްސަލަ އަހަރެން ޕޮލިހަށް ގޮސް ހުށައެޅިން އޭގެ ފަނަރަ މިނެޓު ފަހުން. އެ މައްސަލައަކަށް މިއަދަށް ހައެއްކަ އަހަރުވެއްޖެ. ބަލާފަ ގުޅާނަމޭ ބުނި. އަދިވެސް އެ ވިދާޅުވާ ފަދަ ބަހެއް ނުލިބޭ.

    9
    1
  2. މޮޔަމީހާ

    ބަހަށް އޯޑަރުކޮށްފަ އޮތީ އެ އަންނަން ދުވަސްނަގާނެ އުމުރުދުވަސް ވެސް ނަގަން ޖެހިދާނެ،،

    5
    1