ރާއްޖެއާއި ދުނިޔޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކިޔަވާކުދިން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ވަރަށް މުހިންމު ދެ ދާއިރާއެއް ފާހަގަ ކުރެވޭ ކަމަށާއި އޭގެތެރެއިން އެއްކަމަކީ އިޤްތިޞާދު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްޞަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިޤުތިޞާދު ކުރުމަކީ އެންމެ ކުޑައިރުން ފެށިގެން ކޮންމެ ކުއްޖެއްގެ ކިބައިގައި ހަރުލައްވަންޖެހޭ ވަރަށް މުހިންމު އާދައެކެވެ.
ރައީސް ވިދާޅުވީ ދެވަނަ ކަމަކީ ތިމާވެށި ހިމާޔަތް ކުރުމެވެ. ތިމާވެށި ހިމާޔަތްކުރުމަކީ އެންމެ ޅަފަތުން ފެށިގެން ވެސް ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފައެއްކަމުގައި ރައީސް ވިދާޅުވިއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު ހިތް ހަމަޖެހުމާއެކު އައު އަޒުމަކާއެކު ކިޔެވުން ފެށުމަށް ރައީސް ސޯލިހް މިއަދު އިލްތިމާސް ކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ސްކޫލަކަށް ހާޒިރުވެ ކިޔެވުމަކީ، ގިނަ ކަންތައްތައް އެކަމުގައި އެކުލެވޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކިޔެވުމުގެ ތެރެއިން، އަޚްލާޤީ ރިވެތި ސިފަތައް ލިބިގަތުމާއި ފިލާވަޅުތައް ދަސްކުރުމާއި އަދި އޭގެ އިތުރުން ދުޅަހެޔޮ، ހަށިހެޔޮ، ޒިންމާދާރު ކުދިބަޔަކަށް ވުމަކީވެސް މުހިންމުކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވަނީ ސްކޫލުގެ މާހައުލަކީ އުފާވެރި މާހައުލަކަށް ހެދުމަށްޓަކައި އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން މަގުތައް ކޮށައިދެނީ ހަމައެކަނި ދަރިވަރުންނަށް ނޫންކަން ފާހަގަކުރައްވައި، ޓީޗަރުންނަށް ރަނގަޅު ގޮތްތައް ހޯދައިދެއްވުމާއެކު، ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ވެސް ގިނަ ކަންތައްތަކެއް ކުރަމުންގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ޓީޗަރުންނާއި މުދައްރިސުންގެ ޢިލްމީ ޤާބިލުކަން އިތުރުކޮށް، ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުން ކުރައްވާ މި މަސައްކަތްތަކާއެކު ކިޔަވައިދިނުމުގެ ދާއިރާއާ މެދު ޝައުޤުވެރިކަން އިތުރުވެ، ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ފަސޭހަވެގެންދާނެކަމަށާއި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ދަރިންނަށް ދޭ ތަޢުލީމުގެ ފެންވަރު މަތިވެ، ޢިލްމީ ގޮތުން ކުރިއަރާފައިވާ ޒުވާން ޖީލެއް އުފެއްދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި 271 ސްކޫލެއްގައި ކިޔަވައިދޭނެއެވެ. އަދި އެ ސްކޫލް މަދަރުސާތަކުގައި 92 ހާހަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލުކުރާއިރު އޭގެ ތެރެއިން ސަރުކާރުގެ 217 ސްކޫލްގައި 76 ހާހަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދާނެއެވެ. އަދި 8300 އަށް ވުރެ ގިނަ ޓީޗަރުން އެ ސްކޫލްތަކުގައި ހަރަކާތްތެރިވަމުންދާނެއެވެ.
ކަލޭ އިސްކަން ދެނީ ރައްޔަތުންނާއި ދަރިން އިޤްތިޞާދު ކުރުވާފަ އަޗާތަޅަން ރައްޔަތުންގެ ފައިސާ ހިފައިގެން ރާއްޖެއިން ބޭރަށް ދަތުރު ކުރަން ދޯ؟ ލަދެއް ހަޔާތެއް ނެތޭ ދޯ؟
އެކަމު ސަރުކާރުން އިސްކަން ދޭންވީ އެގޮތް މިގޮތަށް ދަޢުލަތުގެ ރައުސުލްމާލް ލޫޓްވާލަން.
ފުރަތަމަ މީނާވީ އަލިފްބާ ޖަހަން ދަސްކުރަން!
ސަރުކާރުންވެސް އިގްތިސާުކޮށް ނަމޫނާ ދައްކަން ޖެހޭ. އަބަދުވެސް ބްނާއަޑުއިވޭ ބައްޕަ މަންމަ ހަމައެކަނި ދަރިފުޅު ނަމާދުކުރާށޭ ބުނެފަ ބައްޕަމަންމަ ވެސްނަމާދުކޮށްފަ މިސާލުދައްކަން ޖެހޭނެއޭ. އެހެންވެ ސަރުކާރުންވެސް ބޭކާރު ޚަރަދު ކުޑަކޮށް ސިޔާސީ މަގާމު މަދުކޮށް ކުންފުނީގެ ވެރިންނަށާއި ކުރީގެރައީސުންނަށާއި މަޖިލީހުގެ މެމްބަރުންނަށް ދޭ ނުބައްދަލު ބޮޑެތި މުސާރަތަކާއިކުރާ ބޭކާރު ޚަރަދުތައް ވަގުތުން ވަގުތައް ކުޑަކުރޭ .ނަމޫނާ ދައްކާ .
އަދިވެސް ދަރިވަރުންތަ އިސްކަންދޭވީ އިޤްތިޞާދު ކުރުމަށް، މީވަރަށް ވާހަކަ
ދަރިވަރުން އިސްކަންދޭން ވީ އިގްތިސާދު ކުރަން. ސަރުކާރުން އިސްކަން ދިނީ ކޯޓުން ބޭރުގަ ބަދަލުގެ ގޮތުގަ ޕާޓީ މީހުނަށް ބިލިއަނުން ބަހާލަން. ސަޅިދޯ؟
ހެދުނު ފުރަތަމަ އިސްކަން ދޭނީ ނާސްތާއަށް
ދަރިވަރުން އިސްކަންދޭންވީ ﷲ އަށްބިރުވެތިވާން. މިނޫން ދުވަހެއް އެބައޮތްކަމާ، މަރު ތިބާާއާއި ބައްދަލް ކުރާނެކަމާއި، މަރު ތިބާއާއާއި ބައްދަލް ކުރާނެވަގުތެއް އެއްގޮަތަކަށް ވެސް ނޭގޭކަމާއި، ހަމަޔަގީނުންވެސް މަރާބައްދަލް ކުރަންޖެހޭނެކަމާއި، މަރަށް ނުފިލޭޭނެކަމާއި، ސުވަރުގެއަށް ދަހިވެތިވެ ފަރުޟުތައް އަދާކުރުމަށާާއި، ސުވަރުގެއަށް ދަހިވެތިވެ ގިނަގިނައިން ހެޔޮކަންތައްތައް ކުޅައުމަށް ދަރިވަރުންނަށްް ނަސޭހަތްތެރިވާންވީ. އޭރުން އެހެން ހުރިހާ ކަމެއްވެސް ހުންނާނީ ރަގަޅަށް.
ދަރިވަރުން އިސްކަންދޭންވީ ﷲ އަށްބިރުވެތިވާން. މިނޫން ދުވަހެއް އެބައޮތްކަމާ، މަރު ތިބާާއާއި ބައްދަލް ކުރާނެކަމާއި، މަރު ތިބާއާއާއި ބައްދަލް ކުރާނެވަގުތެއް އެއްގޮަތަކަށް ވެސް ނޭގޭކަމާއި، ހަމަޔަގީނުންވެސް މަރާބައްދަލް ކުރަންޖެހޭނެކަމާއި، މަރަށް ނުފިލޭޭނެކަމާއި، ސުވަރުގެއަށް ދަހިވެތިވެ ފަރުޟުތައް އަދާކުރުމަށާާއި، ސުވަރުގެއަށް ދަހިވެތިވެ ގިނަގިނައިން ހެޔޮކަންތައްތައް ކުޅައުމަށް ދަރިވަރުންނަށްް ނަސޭހަތްތެރިވާންވީ. އޭރުން ހުރިހާ ކަމެއްވެސް ހުންނާނީ ރަގަޅަށް.
އިގްތިސޯދުކުރަންވީ ދަރިވަރުން ނާއި ރައްޔިތުން ސިޔާސީމީހުން 24ގަޑިއިރު ރައްތިތުންގެ ޓެކްސްފައިސާ ތަޅާބުރުވުމުގަ
ތިމާމީހާ އިސްކަންދެނީ ޖާހާއި ލައްޒަތުގެ ބޭނުމުގައި ދައުލަތުގެ ލާރި ބަހަމުން، ލިބެން ނުޖެހޭމީހުންނަށް ދެމުން ސިޔާސީ ބޭނުމުގައި މަޤާމްތައްދީ ދައުލަތުގެ ޚަޒާނާ އެންމެންގެ ލޯމަތީގައި ހުސްކުރަމުން. ދެން ދަރިވަރުންނަށް ކޮން ނަސޭހަތެއް ދޭކަށް.
އިގުތިސާދުކޮއްފަ ގިރިއަކަށް އރރީމަ ނިމުނީ
ބަލަ ސޭކުއިލިޔާސް ބުނި ރަސޫލާދުވާދެއްވި ރައީސްބުނީ އިސްކަންދޭންވީ އިގްތިޞާދުކުރުމައްކަމަށެވެ. ސޭކުއިލިޔާސް އެގޮތަށްބުނީމަ މަހީކުރީ އިސްކަންދޭންބުނާނީ ﷲ އަށްބިރުވެތިވުމަށާއި ދީނުގެރުކުންތަކަށްކަމަށެވެ. ވެދާނެ ދުވާދެއްވާފަހުރިލެއްބޮޑުކަމުން ލައްޒަތަށް އިސްކަންދޭންގޮވާލީކަމަށެވެ. އެކަމަކު އިގްތިޞާދުކުރަންވެސް އެގަމާރަށްނޭގެއެވެ. ލޯނަކީ ދަންތުރައޭބުނެ މުޅިގައުމު ދަރުވާ އަޅުވެތިކޮށް ވިއްކާލައިފިއެވެ.