ނ. މަނަދޫގައި، 40 ހައުސިން ޔުނިޓް އަޅަން 40 މިލިއަން ރުފިޔާ އަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއަކީ މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނާފައިވާ މަޝްރުއޫއެކެވެ.

ޕްލޭނިން މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރުއޫގެ މަސައްކަތް ހަވާލުކޮށްފައި ވަނީ "ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް" އާއެވެ.

މި މަސައްކަތް ނިންމުމަށް ދީފައި ވަނީ 270 ދުވަހުގެ މުއްދަތެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމެންޓު ޑިރެކްޓަރު އަހުމަދު ވިޝާން ނަސީމްއެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫނެވެ.

މި މަޝްރުއޫގެ ދަށުން 700 އަކަފޫޓުގެ ދެބުރީގެ 40 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފައެވެ. މިއިން ކޮންމެ ހައުސިން ޔުނިޓެއްގައި ހިމެނޭނީ ތިން ކޮޓަރިއާއި ތިން ފާހާނަ އާއި، ސިޓިންރޫމް، ބަދިގެ، ކާގެ އަދި ލޯންޑަރީ އަދި ސްޓޯރޫމެކެވެ.

މި ހައުސިން ޔުނިޓުތަކުގެ ވަށައިފާރު ރޭނުމާއި، ވަށައިގެން އަލިކުރުމާއި އެސަރަހައްދުގައި މައިޒާނެއް ގާއިމްކުރުމާއި ޕާކް ކުރާނެ ސަރަހައްދެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނޫނު

    މަނަދޫގަ ކީއްކުރަން އަޅާ ފްލެޓެއްތަ؟

  2. ފާއިޒު

    އިންތިޚާބަށް އެއްޗެއް ލިބޭތޯ.

  3. Anonymous

    ތިޔަފްލެޓް އަޅަން ދާމީހުން ކިތައް ތަނުގައި މަސައްކަތް ކުރާނެބާ
    މިހެން މިބުނީ މަނަދޫ ޕޮލިސް ސްޓޭޝަން އަޅަން ދިޔަ މީހުން މިހާރު ހަދާނީ މެމްބަރު ބަގޭގެ އެއްބަޑު އެއްބަފާ ރަމީޒް ކިޔާ ކުއްޖަކު ގެ ގޯތި ކަމަށް އަޑުފެތުރިފައި ވާތީ
    މިހުންނަނީ ޒީރޯ ޓޮލަރެންސް ބާ ؟