ނ. މަނަދޫގައި އެތަކެއް ގަޑިއިރުތަކެއް ވަންދެން ގިނަ ގޭގެއަށް ކަރަންޓު ކެނޑިފައި އޮތުމަށް ފަހު އަލުން އެގެ ތަކަށް ކަރަންޓު ދީފި އެވެ.

މަނަދޫގެ ބައެއް ގެތަކަށް ކަރަންޓު ކެނޑުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ތިނެއް ޖަހާ ކަންހާ އިރު އެވެ. ކަރަންޓު ކެނޑުނު ގޮތަށް އިއްޔެގެ ބޮޑު ބައިވެސް ކަރަންޓު އޮތީ ނުލިބި އެވެ.

މަނަދޫ ކައުންސިލްގެ ރައީސް އަބްދުއް ރަހުމާން ސަބީހު "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ ކަރަންޓު ދެވޭވަރުވީ އިއްޔެ އިރުއޮއްސެން ކައިރިވެފައި އޮއްވާ ކަމަށެވެ.

ކަރަންޓު ކެނޑުނީ އެ ރަށުގެ ފެނަކައިގެ އާ އިމާރާތުގެ މަސައްކަތް ކުރި ބަޔަކު މަސައްކަތް ކުރުމުގެ ތެރޭގައި ކޭބަލަކަށް ގެއްލުންވެގެން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ 100 އެއްހާ ގެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ކަމަށެވެ.

"އެ ސަރަހައްދަކީ މާ ގިނަ ފިހާރަތަކެއް ހުންނަ ސަރަހައްދެއް ނޫން. އެހެން ނަމަވެސް ގޭގޭގައި ކަރަންޓް ނެތުމުން މީހުންނަށް ވަރަށް ދަތިވި" ސަބީހު ވިދާޅުވި އެވެ.

ކަރަންޓް ކެނޑި، ގިނަ އިރުތަކެއްވިއިރު ވެސް މައްސަލަ ހައްލު ނުވެގެން ގިނަ ބަޔަކު އައީ މީސް މީޑިއާގައި ވެސް އެކަމުގެ ޝަކުވާ ކުރަމުންނެވެ. ނަމަވެސް މަނަދޫން ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އެރަށަށް ކަރަންޓް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ކަރަންޓްގެ ހިދުމަތް އަލުން ދިނުމަށް ގިނަ އިރުތަކެއް ނެގި ސަބަބެއް ވެސް ފެނަކަ އިން ސާފުކޮށެއް ނުދެއެވެ.

މަނަދޫ އަކީ 3000 މީހުން ދިރިއުޅެމުންދާ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޒީމާ ސޯލިހު / މަނަދޫ

    ވަރަށް އަވަހަށް މިރަށަކީ، ސޯލޭ ޕަނައްލީ ހަކުރާ ރަށަކަށް ހަދާނޭ ވާހަކަ މޫންޓީ މަ ކާއިރޫ ބޮނޫ...

  2. މޫންޓީ ކައުންސައިލެންސަރު

    ހެޔޮވާނީ ކިހިނެތް؟ މަ ކޮން އިރަކު ޗަކ މަހެން ބޮނޫ؟