މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމަށް ވުރެ، ގާބިލު އެއްވެސް ބޭފުޅަކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.

ނ. ކުޑަފަރި ރައްޔިތުންނާ ސިޔާމް ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި މައުރޫފް ވިދާޅުވީ، ރާއްޖޭގެ ރައީސް ކަމަށް ސިޔާމް ގެނައުމަށް އެބޭފުޅުން މަސައްކަތް ކުރައްމުން އަންނައިރު، ދިވެހި ރައްޔިތުން ސިޔާމް އަކީ އެކަމަށް އެންމެ ގާބިލު މީހާތޯ ސުވާލު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ އެމަނިކުފާނަށްވުރެ، ވަކިން ގާބިލު އެއްވެސް ބޭފުޅަކު މިއަދު ރިޔާސީ ރޭހަކު ނެތޭ." މައުރޫފް ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ، އެގޮތަށް ވިދާޅުވާން ކެރިވަޑައިގަންނަވަނީ ސަބަބުތަކެއް ނެތި ނޫން ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ ސިޔާސީ ތަޖުރިބާއަށް ބަލާއިރު، މީގެ 25 އަހަރު ކުރިން އެމަނިކުފާނު ސިޔާސީ ހަޔާތް ފައްޓަވާފައިވާ ކަމަށާއި އެމަނިކުފާނު މިވަގުތު ވެސް ފާހަގަ ކުރެވިގެން ދާނީ މަޖިލީހުގެ އެންމެ ގިނަ ދުވަސްވީ މެމްބަރުގެ ގޮތުގައި ކަމަށް މައުރޫފް ވިދާޅުވިއެވެ.

"މިއަށްވުރެ ވަކިން ބޮޑު ސިޔާސީ ތަޖުރިބާއެއް އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީސް. އެ މަޖިލީހަށް އެތައް އަހަރެއް ކުރުމަކީ އެއީ ސިޔާސީ ގޮތުން އެމަނިކުފާނަށް ލިބިފައިވާ ސިޔާސީ ތަޖުރިބާގެ އަލަގަދަ ހެއްކެއް." މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ، ސިޔާމް އަކީ އަބަދު ވެސް އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ސިޔާމް އަކީ "ގައުމުގެ ރައްޔިތުންނަށް އޯގާތެރިކަމާ ގެދޮރުވެރިކަމާ ގައުމުގެ ރައްޔިތުންނަށް ހިނިތުންވުމާއި އުފާވެރިކަން ގެނެސްދިނުމަށް މަސައްކަތް ކުރާ" ބޭފުޅެއް ކަމަށް ވެސް މައުރޫފު ވިދާޅުވިއެވެ.

ނ. ކުޑަފަރިއަށް ސިޔާމް މިއަދު ވަޑައިގަތުމުން އެރަށުގެ ގިނަ ރައްޔިތުން ވަނީ ސިޔާމް އަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޒާ

    މިހުރިހާ ދުވަހު ފިލާ ތިބިތާކު ތިބެފާ ނިކުމެ އަނެއްކާ އަނގަފެޅީދޯ؟

    22
    1
    • އިބްރާ

      މަލަގަ ތި މައުރޫފް ނޫންތޯ 500 އަހަރަށް ޔާމީނަށް ވެރިކަން ދިނީވެސް މިއަދު ސިޔާމޭ ކިޔަގެން ވާހަކަ ދައްކާކަށް ލަދެއްވެސް ނުގަނޭ.

  2. ދެބޯގެރި

    މައުރޫފޫ ހަމަ ހޭގަތޯ ތިޔަ ހުންނެވީ އަވަގުރާނަ ގޮވަން ސިޔާމަށްވުރެ ޤާބިލް ބޭފުޅަކު ނުހުންނާނެ ފައިސާހުރީތީ މުއްސަނދިކަންހުރީތީ ދަޅަދައްކައިގެން ވޯޓުގަނެގެން މެމްބަރުކަމަށް އައިސް މެމްބަރެކޭ ކިޔާފަ މަޖިލީހަށް ހާޒިރުނުވެ އަތޮޅެއްގެ ހުރިއްޔާހުރި ފަޅުރަށެއް އަންބޮނޑިޔަށްލައި ހިތުހުރިގޮތެއްހެދިޔަކަސް ސިޔާސީ ގޮތުން މީހާ އުރަތްޕެއްހުރި މީހަކަށްނުވާނެ ދައުރުވަމުންދާ ފޯނު ކޯލު އަޑުއަހާލުމުން ސިޔާމުގެ ޤާބިލްކަން ހާވެގެންދޭ އިތުރަކަށް ތިޔަ ބުނ ޤާބިލްކަން ހާޟަކޮށްދޭނެކަމެއްނެތް

    19
    1
  3. ޔަހުޔާ

    ސިޔާމަށްވުރެން ގާބިލުމީހަކު ނުހުންނާނެ ހުތުރުއެއްޗެހިކިޔައި އަވަގުރާނަ ގޮވާކަށް.
    މިކަމުގައި ސިޔާމާއި ވާދަކުރާނީ ގާސިމާއި ކޮލިގޭ ކުދިން.
    އެވެސް އަދި އެވެރިންގެ މުވައްޒިފުންނަށް.

    21
  4. ޢަހޫތަ

    ފޮށީގަ ފުޅިގެންނަން ވަރަށް ގާބިލް

    15
  5. ހުސޭނުބޭ

    ހުދު އަސް ދުއްވަން ވަރަށް ޤާބިލް ބޭފުޅެއް. އެވެސް ވަށައިގެން މުއައްޒަފުން ބައިތިއްބައިގެން. ސިޔާމަށް ވޯޓުލީމާ ކޮންމެ ރައްޔިތަކަށް ހުދު އަހެއް ލިބޭނެތޯ!

    19
  6. އަލަމް ގީރު

    ރިޔާސީ އިންތިޚާބު އައުމުގެ ކުރީގައި އޭނަ އަތް ހުސްނުކުރެވޭތޯ ބަލާތި

    17
  7. ޝަމް

    ޝިޔާމުގެ ގާބިލުކަން އެންމެރަނގަޅަށް ކިޔާދެވޭނީ ރާޑޯ ޒާހިރު އަށް..

    16
  8. ދުމައިން

    ކަނޑުކޮހުން! ފުރަހަނި ސުއައިބު އައިސް ބައެއްގެބޯކާލައިގެން ނަޓުއަޅުވާ ކަނަކަށް ބަގުޅިކޮށްލިލެއް ރީތިކަން ބަލާލާ! ނުވިތާކަށް ސުއައިބުފަސްބައިގަ އެމްޑީޕީ ކަށީގަ ކަނޑާނަގާފަހުރި އަންހެނަކުލާ ބަނދެފައޮތީ ސުއައިބު ނުކަސިޔާރު ވެދާނެތީ. ސުއައިބަކީ "ނޯގޯތި ނޯވޯޓު" ކިޔައިގެން މިރާއްޖޭގަ ހިނގާ އެންމެބޮޑު ނާއިންސާފާ ވައްކަމާ ތަފާތުކުރުމުގެ ޕޮރުގުރާމުގެ މޭސްތިރިޔާ! ހުރިހާ މޮޅެއް އެމްޑީޕީއަށް، ނިކަމެތިކަން ސިޔާމަށް.

  9. ދަރަނި ދަންތުރަ

    ގާބިލްވީމަތޯ މަޖިލީހުގެ ހާޒިރީގެ އެއްމެ ފުލުގައި އޭނާގެ ނަން ލިޔެވެނީ ބުރާންތި ވިޔަސް ބޮޑުވަރު ތީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން މަޖިލީހަށް ނުދެވޭ މީހަކު މި ގައުމުގެ ރައީސް ކަމަށް ކުފޫ ހަމަވަނީ ކިހެނެއްބާ ؟

    15
  10. ޕޮގުބާ

    ގާބިލް މީހަކު ނުހުންނާނެ ކިހާވަރެއް ދީގެން ތިއުޅެނީ ތިހެން ދައްކާކޮސް ވާހަކަތަކަށް ޕީޕީއެމް އާއި އެމްޑީޕީ މީހުން ސަމާލުކަމެއް ނުދޭނެ އެދެ ޕާޓީ މީހުންގެ ވޯޓް ނުލާތަ ވެރިކަމަށް އަންނަން ތިއުޅެނީ

    11
  11. ޢެޑަމް

    ހައްްތަހާ ދަރަނިވެރިން ސަރުކާރު
    ޅިބުނީމަ އެންމެފުރަތަމަަވެސް
    ޜައްޔިތުންގެ ފައިސާއިން ހިންދަމާނުލެވިފަހުރި ދަރަނިތައް
    ނިންމާނީ! ނުހޮވާނަން!!

    12
  12. ޢަލިފްަަަ

    ތިހެން ބުނޭ ކޮންމެ ޕާޓީ އެއްގެ ބޮސް ވެސް..ހީ.ހީ.ހީ ހަލާކު...

    10
  13. ޑައެލޯގް

    މައުރޫފް ކަލެއަށް ޝިޔާމަށްވުރެ ގާބިލްމީހަކު ނުހުންނާނެއެވެ. އެއީ ކަލޭ ރީލޯޑްކުރަނީ ޝިޔާމުވީމައެވެ.

    16
  14. މަ

    އެހެންވެތަ ކަލޭ ކައިޒީންއާއެކު ރިސޯޓްއަށް ދިޔައީ؟

    14
  15. އައްލާބެއްޔާ

    ކަލޭ ތީ އައުރާނަ ގޮވާ މީހުނަށް "ކުނިފުޅަ " ގޮވާ މީހެއް. ޜައީސަކަށް ކަމުދާ މީހެއްނޫން..

    14
  16. ޙެހެ

    ނާހަމަ ތެދެއް އަހަަރެންނެތިންސިޔާމުގެ ވާހަކަ ދައްކާކަށެއް

  17. ބޮލި މުލައް

    ޤާބިލުކަމާ އިހުސާންތެރިކަން ސިޔާމުއާއި ގާސިމުގެ ފަރާތުން ފެނޭ.
    ރައްޔަތުންގެ ފައިސާއިން ބޮޑު މުސާރަ ނަގައިގެން މަޖުލީހަށް ނުގޮސް ރައްޔަތުންނަށް ޙަރާމްކޯރުވަނީ އަދި ޤައުމުގެ ރައީސްކަން ދީފިނަމަ ކިހާވަރެއް ކުރާނެ

    12
  18. އަހްމަދު

    މައުރޫފަށް ތިޔަހެން ފެނުނަސް އަހަރެންނަށްފެންނަގޮތުގައި ސިޔާމަށްވުރެ ނާގާބިލް މީހަކުނެތް.

  19. ވިސްނާ

    މަޖިލީހުގެ ހާޒިރީއަށް މައުރޫފްބެއްލެވިތޯ ރ.ޔާމީންބޭފުޅާގެ ވެރިކަމުގެ ކުޑަދުވަސްކޮޅުގައި
    ގައުމަށްގެންނެވި ތަރައްޤީއާ ކުރިއެރުމާ ގައުމުގެރަށްޔިތުންގެ ހިނިތުންވުން މައުރޫފަށް
    އެނގިލައްވާތޯ މިކަންކަމަށް ބެއްލެވީމަ އެނގިލައްވާނެ ރިޔާސީރޭހުގަ އެންމެ ގާބިލްބޭފިޅެއް

  20. ކިސް

    ތިއައްވުރެ ކަމުނުދާ މީހަކު ރިޔާސީ ރޭހަކުނެތް.