ފާހާނަ ސާފްކުރާ ކެމިކަލް ފުޅިއެއް ބޯލައިގެން ދިވެހި އަންހެނަކު މަރުވެއްޖެއެވެ.

ވިހަ ކެމިކަލެއް ބޮއެގެން އަންހެނަކު މަރުވެފައި ވަނީ އުތުރުގެ ރަށެއްގައެވެ.

އެރަށު ކައުންސިލްގެ ރައީސް "ވަގުތު"އަށް ވިދާޅުވީ، ފާހާނަ ސާފްކުރުމަށް ބޭނުންކުރާ ކެމިކަލް ފުޅިއެއް ބޯލައިގެން އިއްޔެ އެރަށުން މަރުވެފައި ވަނީ އުމުރުން 26 އަހަރުގެ އަންހެނެއް ކަމަށެވެ.

އެ ޒުވާނާ އެންމެ ފުރަތަމަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، އެމަޖެންސީގައި މާލެ ފޮނުވާލި އިރު އެމީހާ ވަނީ މަރުުވެފައި ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ފުލުހުންވެސް ބަލަމުން އަންނަ ކަމަށެވެ.

އަމިއްލައަށް މީހުން މަރުވާ މައްސަލަތަކުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެ އަންހެން މީހާއަކީ ކައިވެންޏެއްކޮށް ދަރިއަކުވެސް ހުންނަ މީހެއް ކަމަށް ވެއެވެ.

_______________________________________

އެޑިޓަރުގެ ނޯޓު:
ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. އަމިއްލައަށް މަރުވުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ހިމެނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސާޑޫ

    ކިހާދެރަކަމެއްދޯ..

    37
    1
  2. ޓައްޕު

    މަރުވީމާ ކަންދައްކަން ދަރުމަޔަށް ރޮއެދިނުމުގެ ބަދަލުގައި ދުނިޔޭގައި ހުންނައިރު އަޅާލާ އޯގާތެރި ވާށެވެ އެއްވެސް މީހަކު އަމިއްލަޔަށް މަރުވާކަށްނޭދޭނެ އެހެނަސް ހަތަރު އުދަރެސް ފެނުޖެހި މިދުނިޔޭގެ ތެރޭ ފިތި ނޭވާ ހާސްވެ ގޮތް ހުސްވަނީ ދުނިޔޭގައި ހުންނައިރު އޯގާތެރިވެ އެހީތެރިވަމާ

    50
  3. Anonymous

    ކިހިނެއް ވެގެން އަމިއްލައަށް މަރުވީ ސަބަބެއް އޮންނާނެތާ

    22
  4. ވަރައްދެރަ

    އީމާންތެރިކަން ކުަޑައީ

    26
    17
  5. ޅިޔަނުބެ

    ހިލޭ ކައުންސެލިންގ ދޭތަންތަނުން އަވަހަކަށް އެޕޮއިންޓްމެންޓެއް ނުލިބޭ އަހަރަކާ ގާތަށް އިންތިޒާރު ކުރަން ޖެހޭ

    14
  6. މީހާ

    ދޭންވާ ފަރުވާ ނުދެވި ލަސްވުން އެއީ ވެފައިވާ އިހުމާލެއް. 1 ޖެހި އިރު ހިނގިކަމެއް 4 ޖެހިފަހުން މާލެ ފުރުވާލެވުނީ. އެވެސް ސީއެމްބިއުލަސްގަ. އެރަށުގަ އެއާޕޯޓު އޮވޭ. ޑޯނިޔާ ފްލައިޓާ ހެލިކޮޕްޓަރު ހަމަ އެއެޔާޕޯޓަށް ޖައްސައިގެން މަޖިލިސް މެމްބަރުންގެ އާއިލާމީހުން މާލެގެންދޭ. ނިކަމެތިމީހާ ދާންމިޖެހެނީ ކަނޑުމަގުން.

    12
  7. Anonymous

    އެވާނެބާ ކުއްލި މަރަކަށް؟؟؟