ރާޅާ ދެކޮޅަށް ފަތާށާއި އަމާޒަށް ތީރު ޖަހަން ދަސްކުރި މީހެއްގެ މައްޗަށް ނިރުބަވެރިކަމުގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރިކަމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ.

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނު މައްސަލައާއި ގުޅިގެން ދައުވާ ކުރާ ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުއަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ ދައުވާގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވާފައެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި މުނީޒު ވަނީ އަމާޒަށް ތީރުޖެހުމުގެ ތަމްރީނާއި، ރާޅާއި ދެކޮޅަށް ފެތުމާއި ތަންތަނަށް އެރުންފަދަ އުކުޅުތައް ދަސްކޮށްފައެވެ.

މިގޮތުން އަމާޒަށް ތީރު ޖެހުމުގެ ޓްރެއިނިންގ ލިބިގަތުމާއި، ތ ކަނިމީދޫއަށް ދާ ދަތުރުތަކުގައިވެސް އަމާޒަށް ތީރު ޖެހުމާއި، ރާޅާއި ދެކޮޅަށް ފެތުމާއި، ތަންތަނަށް އެރުން ފަދަ އުކުޅުތައް ދަސްކޮށްފައިވާތީ ދައުލަތުން ވަނީ އޭނާގެ މައްޗަށް ނިރުބަވެރިކަމުގެ އަމަލެއް ކުރަން ބޭނުންވަ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާއެއް ވެސް އުފުލަފައެވެ.

ނިރުބަވެރި ޖަމާއަތަކަށް ތާއީދުކުރާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން އޭނާއަށް ކުރެއެވެ، އެކަމަކު ތިން ދައުވައަށް ވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ.

ދައުވާ އިއްވަމުން ދައުލަތުން މިއަދު ފާހަގަ ކުރި ގޮތުގައި "ދިވެހި ސަރުކާރުގެ ވެރިން އަތުޖެހޭ ހިސާބަށް އަތުވެއްޖެނަމަ މަރާލަންޖެހޭ" ކަމަށް މުނީޒު ވަނީ ބުނެފައެވެ. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެހެންވެއެވެ.

މި މައްސަލައިގައި ހިމެނޭ ހުރިހާ ދައުވާއަކަށް ވެސް މުނީޒު އިންކާރު ކުރާއިރު ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އެންމެ މުހިއްމު ހެކިންގެ ގޮތުގައި ހިމެނެނީ ސިއްރު ހެކިންނެވެ.

ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލައި މައްސަލަ ބައްލަވާ ފަނޑިޔާރު އަލީ ނަދީމް ވަނީ މަދަނީ މިންގަނޑުން ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައެވެ. އަދި ދިފާއީ ހެކި ހުށަހެޅުމަށް ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

އަލީ މުނީޒާއެކު ހައްޔަރުކުރި މީހުން ދައުވާ ނު އުފުލާ ބަންދުގައި ގިނަ ދުވަހު ބައިތިއްބާތީ އެ ފަރާތްތަކުގެ އާއިލާތަކުން ވަނީ މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހަރުގެ

    އަދިވެސް މި ދިވެހިނެ ތަރައްގީއެއް ނުވެ. މާޝަލް އާރޓްސް ކްލާސްތަކުގައި އެކަންދަސްކުރާ އެންމެންވެސް ހައްޔަރުކުރަންވީނު.

    68
    2
  2. ހުސޭނުބޭ

    ގާޒީން ހާދަ ބޯ ރަގަޅޭ. އޭނާގެ މައްޗަށް ޒިނޭގެ ދަޢުވާވެސް ތި އުސޫލުން ކުރެވޭނެ. އެކަމުގެ ހުނަރާއި ހަތިޔާރު ހުރީމާ..... ލޮލް

    57
    2
    • ހުސެއިން

      އަމާޒައް ކުޅިކުޅުން ގޯހެއްނުވަނީތޯ އެކަންކުރި ހުރިހާމީހުންގެ މައްޗައް ދައުވާނުކުރީ؟؟؟ލާދީނީ ޝަހިންދާގެ ފަޕެޓެއްތީ ކުރީގެވެސް އަދި މިހާރުވެސް!

      1
      1
  3. ދޫސް

    ތީރަކީ ހަރިޔަަރެއް. ކަނޑި ބަޑި ތީރު އެއީ ހުސް ހަނގުރާމަވެރި ހަރިޔާރު. އެ ހަތިޔާރު ގެނގުޅެފަ އަދި އެކަހަލަ ކަމެއް ކުރަން ފަރިތަ ކުރީމަ ދެކަން ގުޅޭގޮތް އެވަނީ. ތީރު ނުޖަހާ ފަތަން އަދި އުސްތަންތަނަށް އަރަން އުޅުނު ނަމަ ތިހެން ދައުވާ ނުކުރާނެ. ހަނގުރާމަވެރި ހަތިޔާރެއްގެ ފަރިތަކުރުން ކުރިޔަށްދާނީ އެހެންވެ

    8
    30
  4. ޙހހހހ

    ޕާކޯ ހަދާ ކުއްޖެއް ފްރީ ޑައިވް ނުކުރާތި. ޢަދި ފްރީ ޑައިވްކޮށް ފީނާ ކުއްޖެއް ބޯވައަށް ދަގަޑު ނުޖަހާތި. ޢެހެންދޯ ތި ކިޔަނީ ؟ ކޮންމެވެސް އެއްކަމެއް ކުރާށޭ ؟ އަޖައިބު

    35
    2
  5. ބުރުމާބެ

    ބަލަގަ އަމާޒައް ތީރުޖެހުމަކީ މިހާރު ކުޅިވަރުތަކުގައިވެސް ބޭނުންކުރާ ކުޅިވަރެއް. ތިހެންވިއިރު ދުނިޔޭގަ ދިރިހުންނަން ކައިބޮއެހަދާމީހާވެސް ކުއްވެރިވާނެތާ. ޓެރަރިޒަމްގެ ހަމަލާއެއް ދޭން ދުނިޔޭގަ ދިރިހުންނަން ކެއީތީ.

    32
    2
    • ކެކެކެ

      ހެހެހެހެ....އަސްލުވެސް..އޭރަށް ކުރެވޭނީ ޖަނަވާރަކާ ދެކޮޅަށް ނުވަތަ މަސްމަހާމެއްސާއި ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގި ކަމުގެ ދައުވާ..އެއީ އެއްގަމުގަޔާއި ކަނޑުގަ ތީރު ޖަހައިގެން ޝިކާރަކުރުމުން...

      14
  6. ވައިނަޒް

    ތީރުޖަަަހަން ފަރިތަކުރުމަކީ ސުވާލުއުފެދޭކަމެއްމެއް.

  7. ފުންނާބު

    ދަރިންނަށް މަސް ކަނޑަން ދަސްކޮށް ދޭން މި އުޅެނީ. ތިވީގޮތުން މަސްކަނޑާފިނަމަ ނިރުބަވެރި އަމަލަކަށް ވާނީ. އެހެން ވީމަ މަސް ނުކަނޑާ އިންގޮތަށް ގަރުދިޔަ ކައްކަން ދެން ދަސްކޮށްދޭނީ.

  8. ގާސިމް

    ޢަމާޒަށް ބަޑިޖެހުމަކީވެސް ކުޅިވަރެއް އެކަމަކު ވަކި އުސޫލެއް އޮވޭ. ނުބައި ނިޔަތުގަ ކޮށްފިއްޔާ ގޯސް ހަމަ

    3
    2
    • ހުސެއިން

      ޕީޖީއަށް އެކަނި އޭނަގެނިޔަތް އެގެނީދޯ؟

  9. ޚަލީލު

    މިހާރު ހުރި ޕީޖީއަކީވެސް ރާޅާ ދެކޮޅަށް ފަތަން ދަސްކޮށް، އެގޮތަށް ފަތަމުންދާ މީހެއް.