ޓެރަރިޒަމްގެ ކުށަށް ދައުވާ ލިބޭ މީހުން އިންސާފުގެ ކުރިމަށް ގެނައުމަށް މި ސަރުކާރުން ބޭނުންނުވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ

ރާއްޖޭގައި އައިސިސް އާއި އަލްގައިދާ އަށް ތާއީދު ކުރާ އަދި ޓެރަރިޒަމް އަށް ފައިނޭންސް ކުރާ ކަމަށް ތުހުމަތު ކުރެވޭ އެތައް ބަޔަކާއި ކުންފުނިތަކެއް އެމެރިކާ އިން ކަނޑައަޅައި ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

މި ނިންމުމާއި ގުޅޭގޮތުން ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެރަރިސްޓުން ނުވަތަ ޓެރާ ފައިނޭންސަރުން ކަމަށް ބައެއް ދިވެހި ލޭބަލްކޮށް އެ މީހުންގެ މައްޗަށް ބޭރުގެ ސަރުކާރަކުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

ރާއްޖޭގައި މިހާރު އޮތް ޑިމޮކްރެޓިކް ސަރުކާރުން ޓެރަރިޒަމްގެ ކުށަށް ދައުވާ ލިބޭ ފަރާތްތައް އިންސާފު ކުރިމައްޗަށް ގެނައުމަށް ނުކުޅެދިފައިވާ ކަމަށާއި އެ މީހުން އިންސާފުގެ ކުރިމަށްޗަށް ގެނައުމަށް ސަރުކާރުން ބޭނުންނުވާ ކަމަށް ވެސް ދުންޔާ ވިދާޅުވެފައިވެއެވެ.

ދިވެހިން މިއަދު ބޭނުންވަނީ ގާނޫނު ތަންފީޒު ކުރުމުގެ ގާބިލްކަން ހުރި ސަރުކާރެއް ކަމަށް ވެސް ދުންޔާ ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީ އިން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި އަލްގައިދާ އާއި އައިސިސް އަށް ތާއީދު ކޮށް ޓެރަރިޒަމް އަށް ފަންޑު ކުރާ 20 ދިވެއްސަކާއި 29 ކުންފުންޏެއް ކަނޑައަޅައި އެ ފަރާތްތަކުގެ ނަން ހާމަ ކޮށްފަ އެވެ.

އޭގެ ތެރޭގައި ރާއްޖޭގައި ހިންގާ ޓެރަރިސްޓް ސެލްތަކުގެ މީހުންނާއި ބޮޑެތި ކުށް ކުރާ ނުރައްކާތެރި ގޭންގުތަކުގެ މީހުންނާއި ވަކިވަކި ފަރުދުން ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފަތުރައި ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ކަމަށް ތުހުމަތު ކުރެވުނު މުހައްމަދު އަމީން އާ ގުޅުން ހުރި ކުންފުނިތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފުރުސިޔާނާ

    ބަފަޔަކީ ޓެރަރިސްޓެއް

    6
    5
  2. ލލ

    އަދީބް ބޭރުގައި ބަހައްޓައިހެން ޔަހޫދީން ފަންޑުކުރާ ސިޔާސީ ނޫސްތަކުގައި ލިޔާ ބޭކާދޮގު ވާހަކައިން މިއަދު ކުރާނެ މަކަބޮޑު ފައިދާއެއްނެތް، ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް މިއުޅޭ ސިޔާސީން ނަކީ !

  3. މީނާއޭނާ

    އާނއެކޭ އާނއެކޭ ގޭގަހުންނަ ޖިމުގަ ފިލްމުކުޅެ ރިލީޒްކުރިމީހުންވެސް ދޯ

  4. ސަމީރުއިންޑިއާ އައުޓް

    މީނާގެ ބާފާ އަކީ ވަކިން ގޭތެރޭ ޖަމާ އަތް ހަދައިގެން އުޅޭ ބޮޑު ޓެރަރިސްޓެއްް،،،

  5. Anonymous

    ބަންގާޅުގައި ވެރިކަން ކުރަން މީނަ ރަނގަޅުވާނެ. ރާއްޖެއަކަށް ކަމަކުނުދޭ.

  6. ރަން ރީނދޫ

    އެމެރިކާ އެއީ އެންމެ ބޮޑު ޓެރަރިސްޓް. ޢިރާޤުގެ ކުށެއް ނެތް އެތައް ބަޔަކު ގަތުލުކުރި. ހަމަ އެވެސް އޯކޭ. ހެއްވާ ބައެއް.އަބޫގުރައިބު ޖަލާއި ގުއަންޓަނާމޯ ގައި ލާއިންސާނީ އަދަބު މީހުންނަށް ދިނަސް އެނުވޭ ކުށަކަށް.

  7. ޙޮބޭ

    ބައްޕާފުޅު ވެރިކަމުގައި ތިގޮތަށް ކަންކުރީ ޑުރަގުގެކަންކަމުގައި ދެއްތޯ؟

  8. ސުބު

    ހާދަހީވެޔޭ ނާޒިމުގެ ރަނިންމެއިޓް އަކީ ކަމަނާހެން.