ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެތައް މިލިއަން ބަޔަކު ހާލުގައި ޖެހިފައިވާ ކަމުގެ ހަބަރު އެއްސެވީ ފުން ހިތަމާއާ އެކުގައި ކަމަށެވެ. އަދި، ޕާކިސްތާނަށް ކުރިމަތިވެފައިވާ ހިތްދަތި އުދަނގޫ މިވަގުތުގައި ދިވެހި ރައްޔިތުންގެ ހެޔޮ ދުއާ ވަނީ ޕާކިސްތާން ރައްޔިތުންނާ އެކުގައި ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ޕާކިސްތާނަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން އެ ގައުމުގެ ބައެއް ހިސާބުތަކަށް ބޮޑެތި ގެއްލުންވެ މިހާރު އޮތީ ފެނު އަޑީގައެވެ. އަދި އެ ކާރިސާގެ ސަބަބުން 1000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު 300 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ވަނީ މަރުވެފައެވެ.
ކާރިސާގެ ސަބަބުން ޕާކިސްތާނުން އިމްޕޯޓް ކުރަން ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެ އަދި އެކްސްޕޯޓުވެސް ދަށްވާނެ ކަމަށް ބެލެވެއެވެ.
ކާރިސާގެ ސަބަބުން އެތައް ލައްކަ ޖަނަވާރެއް ވެސް މަރުވެފައިވާ އިރު އޭގެ ސަބަބުުން އެއްގަމު މަހާއި އަދި ކިރު ފަދަ ކަބޯތަކެއްޗަށް ވެސް ވަރަށް ދަތިވާނެ ކަމަށް ބެލެވެއެވެ.
އެ ގައުމުގައި ތަކެތީގެ އަގު މި ފަހުން އިންތިހާއަށް އުފުލިފައިވާ އިރު ފެންބޮޑުވުމާއެކު ތަކެތީގެ އަގު އިތުރަށް މައްޗަށް ވެސް ދާނެ ކަމަށް ބެލެވެއެވެ.
މިހާރު ބެެލެވިފައިވާ ގޮތުގައި ކާރިސާއާ ގުޅިގެން 4.4 ބިލިއަން ޑޮލަރު އިތުރަށް ދަރަނިވެރި ވެސް ވާނެއެވެ.
މުސްލިމު ގައުމެއްގެ ރައްޔިތުން ހާލުގައިޖެހުނު ޚަބަރު އަޑުއިވުނީ މިއަދުތޯ!ތީ ކަލޭގެ ދުވެލި، ތިޔަރުގެ މީހުންނަށް ގައުމުގެ ވެރިކަން ކުރެވިދާނެބާ! ވެރިކަން ތިޔަކުރަނީ ދައުލަތުގެ މާލިއްޔާ ގާތްމީހުންނަށް ކޯލިސުގެ ބައިވެރިންނަށް ބަހައިހުސްކުރަމުން! ތިޔައީ ނުކިޔަވައިތިބޭ ނާގާބިލް ،ކަރަޕުޓު، ދޮދުހަދާ މީހުންނަށް ވެރިކަން ކުރެވޭނެގޮތް!
ޕާކިސްތާނު ކިޔާ ގައުމެއް އޮންނަކަށް އިބްރާހީމް ރައީސަށް އެނގުނީ ޔާމީނު ރައީސް ތައުޒިޔާވިދާޅުވުމުން.
މިއަދުތޯ ރައީސް ސޯލިހުއަށް އެގުނީ ޕާކިސްތާނު ފެނުއަޑިގަކަން މިހާ ރެސްޕޮންސް އަވަސްވީމާ ދެންވާނީ ކިހެނެއްބާ؟ އިންޑިޔާ ގެ ހިންދޫ އަކު މަރުވިޔަސް ވަގުތުން ތައުޒިޔާ ފޮނުވޭ ލާދީނީވިޔަސް މީބޮޑުވަރު!
އެމަނިކުފާނަށް އެގުނުއިރަކުން ނޫންތޯ ހަމަދަރުދީ ފޮނުވޭނީ. ކާރިގަ ތިބޭމީހުން ނުބުނާނެ އަވަހަކަށް އެމީހުން ބުނީމަކަންނޭގެ އެ އެގުނީ.