ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް (25) އާއި އެކީ އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ ޝަރީއަތުގެ އަޑުއެހުން މާދަމާ ކްރިމިނަލް ފަށަން ތައްޔާރުވެއްޖެއެވެ.

އޭނާގެ އަޑުއެހުން އޮތީ މާދަމާ މެންދުރު ފަހު 3:30 ގައެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެއްޖިންސުން ގުޅުން ހިންގި ކުށުގެ ދައުވާއެވެ.

ޖިންސީ މައްސަލަތަކުގެ ޝަރީއަތް ބާއްވާނީ ސިއްރުން ކަމަށްވާތީ މި ޝަރީއަތް ކުރިއަށް ގެންދާނީ ސިއްރުކޮށްގެންނެވެ.

އެ މައްސަލައިގައި ނަޝީދު ހައްޔަރުވެސް ކުރިއެވެ. ނަމަވެސް އޭނާ ފަހުން ވަނީ ދޫކޮށްލާފައެވެ.

އަލަމްގީރްއާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ނަޝީދު ހިމެނޭހެން ތިން މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއުވެސް ހިމެނެއެވެ.

މި މައްސަލައިގައި އަލަމްގީރް ހައްޔަރުކޮށްފައިވާއިރު، އޭނާގެ ޝަރީއަތް މިއަދު ހަވީރު ވަނީ ފަށައިފައެވެ. އަލަމްގީރްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައި ވެއެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ މި މައްސަލައިގައި ބިދޭސީންނާއި ދިވެހިން ވެސް ހިމެނެއެވެ.

އަލަމްގީރް އާ އެކުގައި އެއް ޖިންސުން ގުޅުން ހިންގި އެތައް ބަޔަކު ފެންނަ ވީޑިއޯތައް ވަނީ ލީކްކޮށްލައިފައެވެ. އޭގެ ތެރެއިން ބައެއް މީހުން ރާއްޖެ އިން ބޭރަށް ވަނީ ފުރައިފައެވެ.

ފުލުހުން އަންނަނީ ވީޑިއޯތަކުން ފެންނަ މީހުން ދެނެގަނެ، މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މައިދައިތަ

    މީނަގެވެސް މައިންބަފައިން ތިބޭނެ ދޯ

    6
    1
  2. ކުރުކުރު

    މި މީހުންގެ ފޮޓޯ ނުޖަހަފާނަން ޕްލީޒް. ވ ފަކުރު ގަންނަނީ. ޚަބަރު ކިޔަން ނުހުޅުވިއަސް ފީޑުގަ ހުންނާތީ ފެންނަނީ ވ ހޮޑުލވާ.

  3. ވަޑި އަހައްމަދޭ

    ފެނުނަސް ހޮޑު ލަވާ

    7
    1
  4. Anonymous

    ތިސިއްރުވިއަސް ފަހުން ލީކުވާނެ،ދޯ!

  5. ބަލްގީސް

    މި އެއްޖިންސުލް ގުޅުންހިންގިކަމަށް ވެގެން މިއުޅެނީ ހަމަ ކާނަލް ނަޝީދާ ނާޒިމްޢަބްދުއްސައްތާރު އާދެމީހުންތަ؟ ރާއްޖެ ޓީވީ ގައި އުޅެ ނަސީރުވެސް ހިމެނޭ. އެކަމަކު ނާޒިމް ޢަބްދުއްސައްތާރާ ކާނަލް އާދެމީހުން ގަން އެބަހިންގާ.ތިކަހަލަ ކިތައްމީހުން މާލެއިން ތިކަން ބަލައިފިއްޔާ ފެނިދާނެތަ؟ އަދި އަލަމްގިރީ ގްރޫޕްގައި ވެސް އެއޮތް ބައިވަރު މީހުން ތިބިއިރު އެއިން އެއްވެސް މީހެއްގެ ނަމެއް ނުކިޔާ މިދެމީހުން އެކަނި ކޯރި އަޅައިގެން މިއުޅެނީ.މިއީ ޒާތީކަމެއްކަން މިހާރު އެބައެނގޭ.ކަމަކީ ގޯސްކަމެއް. އެކަމަކު ހަމަ މިދެމީހުންގެ ވާހަކަ ނޫން އެހެން ވާހަކއެއްނުދެއްކޭ.

    2
    2
  6. ޔަޖީ

    ކޮން އަލަމްގީރެއް ، މާލޭގެ 40% ޒުވާނުންނާ މެދު އުމުރުގެ އެތައް ބައެއް ވަނީ ތި ވަބާގަ. އެކުގައި އެއް އެޕާޓްމެންޓް ތަކުގަ ދިރިއުޅޭ ކިތަންމެ ކަޕްލް އެއް އެބައުޅޭ. ޕާޓީތަކުތެރެއިން ކެނޑިފަ ކިތަންމެ ޒުވާނުން ތި ޗަރުކޭސް އެބަކުޅޭ މަޖަލަށް އެންޖޯއި ކޮއްލަން. ތި ތިލަވެގެން ތިއުޅެނީ ތައިލެންޑް ކޮވިޑައް ބަންދުކުރީމަ. ގިނަ ބޮޑުން ތި ޕާޓީ ކުރަން ދަނީ ބެންކޮކައް. ތިކަހަލަ 1000 ދިވެހި އަލަމްގީރު ފެންނާނެ މި މާލެއިން ހޯދަން އުޅެފީޔާ.

  7. ހަގީގަތަކީ

    އަހަރެންނައް ބުނެދެވެނީ ފަނޑިޔާރުންވެސް އިބުރަތް ލިބިގަންނަންވީ ޕާކިސްތާނައް ވަމުންއެދާގޮއް ކޮންބާރެއްތޯ އަހަރުމެންގެއޮތީ ކަމެއްނުވާނެކަމައް ބިރުވެތިކަމެއްނެތި ވަކިބަޔަކުބުނާހާގޮތަކައް ސަރިޔަތުގެ ކަންކަން ނިންމަމުންގެންދިއުން ދުނިޔޭގެ ނިއުކުލިއަ ބާރެއް ޕާކިސްތާނަކީ އެކަމަކުބަލާ ވަމުންދާގޮއް އިމާރާތްތައް ބިލްޑިންގްތައް ކަރުދާސްކޮޅެއްހެން ފުނޑުފުނޑުވެގެން ފެނާއެއްކޮއްގޮސް އެގެއްލެނީ ކިތައްފުރާނަތޯ ނެތިގެން އެދަނީ މާތްﷲގެ ކުޅަދުންވަންތަކަން ބަލާލަބަލަ ޕާކިސްތާނުގެ އެސިޓީ ކުރިއަރާފަ އޮއްގޮއް މިހާރު އެތަން އޮއްގޮއް އެހެންވީމަ މާތްﷲ އައްބިރުވެތިވޭ މިފަނާވަނިދުނިޔޭގެ އެދުމައް އަމިއްލަ ނަފްސް ވިްކާނުލާ