ސަރުކާރާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ތަރުޖަމާން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ޒާތީ ގޮތުން ޖައްސަލައިގެން އުޅެނީ މުއިއްޒުގެ ވެރިކަމެއްގައި މާރިޔާގެ ފިރިހެން ދަރިފުޅާއި ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލަމްގިރި އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ތަހްގީގު ކޮށްފާނެތީތޯ ސުވާލު ކުރުމުން މާރިޔާ އެސުވާލަށް ޖަވާބުދީފިއެވެ.

މާރިޔާ ކޮންމެ ދުވަހަކު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި އޭނާގެ ފާޑުކިޔުން ހަމައެކަނި އަމާޒު ކުރީ މުއިއްޒު އަށެވެ. މުއިއްޒު އާއި މުއިއްޒުގެ އަނބިކަނބަލުންނާއި އަދި އާއިލާ ސަލަފް ޖަމިއްޔާ އާއި ގުޅުވައި އޭނާ ކޮންމެ ދުވަހަކު ވެސް ދައްކަމުން ގެންދާ ވާހަކަތައް މިއަދު ވެސް ތަކުރާރު ކުރިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި "ދިޔަރެސް" އިން ވަނީ މާރިޔާ މުއިއްޒު އާއި ގުޅޭ ގޮތުން ވާހަކަ ދައްކަނީ އެހެން ވެރިކަމެއް އައިސްފިނަމަ މާރިޔާގެ ދަރިފުޅާއި އަލަމްގިރިގެ މައްސަލަ ތަހްގީގު ކޮށްފާނެތީ އެފަދަ ބިރުވެރިކަމެއް އޮވެގެންތޯ ސުވާލު ކޮށްފައެވެ. ޖަވާބުގައި މާރިޔާ ވިދާޅުވީ އެއްވެސް މައްސަލައެއް ތަހްގީގު ކޮށްފާނެތީ އޭނާ ބިރު ނުގަންނަ ކަމަށެވެ.

"އަޅުގަނޑާއި ބެހޭ ގޮތުން ކުރައްވާނެ ތަހްގީގެއް ހަމަ ކުރައްވަންވީ. ކޮންމެ ބޭފުޅަކާއި ބެހޭ ގޮތުން ވެސް ކުރައްވަންވީ. އަޅުގަނޑަށް ޔަގީން ތިކަހަލަ ކަމެއް ނޯންނާނެކަން." މާރިޔާ ވިދާޅުވިއެވެ.

އަލަމްގިރި ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކާއި އެތައް ދިވެހި ފިރިހެނުންނެއް އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް މިދިޔަ އަހަރު ލީކް ވެފައި ވެއެވެ. އަލަމްގިރި އާއިއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 150 އަށް ވުރެ ގިނަ ކަމަށް ވެއެވެ. އެވީޑިއޯތައް ފުލުހުންނަށް ލިބުނެވެ. ނަމަވެސް ތަހްގީގުކޮށް ދައުވާ ކުރީ ދެތިން މީހެއްގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުރީ ވެސް ކުރު މުއްދަތެއްގެ ޖަލު ހުކުމެއް އަންނަ ދައުވާ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. Anonymous

    މާރިޔާ އޮފީސް ނިމިގެން ދައުލަތުގެ ކާރު ގަރާޖުގައި ބާއްވާފައި، ކެމްޕޭން ކުރަން ޖަގަހަޔަށް ނުދަނީ ކީއްވެތޯ، މާރިޔާ ދުއްވާ ކާރަކީ މިނިސްޓަރު ރަސްމީ މަސައްކަތުގައި ބޭނުން ކުރަން ދައުލަތުން ދީފާ އޮންނަ އެއްޗެއް ކާރުގައި ދެވޭނި ރަސްމީ މަސައްކަތަށް، އަމިއްލަ ކަންކަން ކުރަންވާނީ އަމިއްލަގޮތުން !

    45
    1
  2. 27

    2018 ގައި އެމްޑީޕީ އާއި އިންޑިޔާ އެމްބަސީން މިރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ހޯދާދޭން ހެދި އުުކުޅަކީ ސިޔާސީ ގިނައަދަދެއްގެ މީހުން ޖަލައްވަދެ ރައީސު ޔާމީނު ސަރުކާރަށް ނަފުރަތު އުފައްދާ ރައްޔިތުން ޖަޒުބާތުގައި ޖައްސާ ގުންބޯ ހައްދާލާ، ވޯޓަށް މަކަރުހަދާ އޮޅުވާލާ، އަދާލަތު ޕާޓީގެ ދެތިން ޝޭހުން ބޯކާލާ ގުންބޯ ހައްދައިގެން އެމްޑީޕީން ހޯދި ސަރުކާރެއް !

    38
    1
  3. އެއިރޯޑޯމް

    ލާދީނީ ބަައިގަޑު އަދި ގައުމުގެ ގައްދާރުން ފަލީހަތްކުރައްވައި ، މިމީހުންގެ އަތުން ބާރުތައް ނެތިކުރައްވާންދޭވެ. އާމީން

    51
    2
    • ނައްނި

      އާމީން އާމީން އާމީން

  4. ޙެހެހ

    ޤުރުއާންގެ ކަލިމަތަށް މައްޗަށް ފައިން އަރާފަ އެއީ މަޖަލަކަށް ކުރިކަމެއް ކަމަށް ބުނި މިހަކު މިއަދު ހަދާނެ ކިތަންމެ ދޮގެއް ، ވެރިކަމުގެ އެންމެ މަތީމަޤާމް ދިނީމަވެސް ކޮންކަމެއްވީ ، ރައްޔިތުންނާއި ނޫސްވެރިން ގޯސްވީ ، އެކަމަކު އާއިލީ ލޭގެ ކުލަ ހުރިމީހަކަސް ތިބީ ދައުލަތުން މުސާރަ ކަނޑައަޅާފަ

    47
    1
  5. ބަލަކު

    ކޮންމެގޮތެއްވިއަސް މިފަހަރު މާރިޔާ ސަލާމަތްވާނެގޮތެއް ނެތް ޒިންމާ ނޫފުލާ ޑިފެންސުމިނިސްޓަރެއް ގައުމުއިންޑިއާއިން ހިފަންބޭނުންނަމަ ހިފޭނެގޮތް ތަނަވަސްކޮށްދިން އަލަމްގިރީގެ ލިވާތުކުޅި ކުޅުނު ސަރުކާރުގެ ބޮޑެތިމީހުންނަށް ސަލާމަތާއި ރަށްކާތެރިކަންދިން. (ގައުމުގެ ބޮޑުބަނޑޭރި ގެއަށް) ގައުމުގެދިފާއީ މަރުކަޒަށް ރަށްޔަތުންގެ ނުރުހުމާއިއެކު އިންޑިއާގެ އެމްބަސީގެ އެމްބެސަޑަރު ވެއްދުން މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން ކުރާނެކަމެއްނޫން.

    34
    1
  6. ބަލަކު

    ކޮންމެގޮތެއްވިއަސް މިފަހަރު މާރިޔާ ސަލާމަތްވާނެގޮތެއް ނެތް ޒިންމާ ނޫފުލާ ޑިފެންސުމިނިސްޓަރެއް ގައުމުއިންޑިއާއިން ހިފަންބޭނުންނަމަ ހިފޭނެގޮތް ތަނަވަސްކޮށްދިން އަލަމްގިރީގެ ލިވާތުކުޅި ކުޅުނު ސަރުކާރުގެ ބޮޑެތިމީހުންނަށް ސަލާމަތާއި ރަށްކާތެރިކަންދިން. (ގައުމުގެ ބޮޑުބަނޑޭރި ގެއަށް) ގައުމުގެދިފާއީ މަރުކަޒަށް ރަށްޔަތުންގެ ނުރުހުމާއިއެކު އިންޑިއާގެ އެމްބަސީގެ އެމްބެސަޑަރު ވެއްދުން މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން ކުރާނެކަމެއްނޫން މިކަމުގެ އަދަބުލިބެންޖެހޭނެ މިއީ ގައުމަށް ގައްދާރުވުން މިކަމުގެ އަދަބުލިބެންޖެހޭނެ.

    21
    1
  7. ަސދަސދ

    އައްނި ކުރިމަރި ނުލީވެސް އަލަމްގިރި މައްސަލަ މީހުން ނަގާނެތީ.

    25
  8. އިލި

    ބަނޑިދޫ އުމަރުބެ ނުހިމެނޭތަ އެލިސްޓްގާ ............ނިކަން ބަގުލަދޭސް ފިރިހެންކުދިންދެކެ ލޯބިވާނެ

    18
  9. ޫުުުު މމމމ

    😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

    12
    1
  10. ޅަދީ ގޯތި އާމިރު

    މާރިޔާ ކައިރިން އަހާލަ ބަލަ އިބޫ އަންހެނުންގެ ބައްޕަ އަކީ ކާކު ތޯ ؟

    24
    • ޚަލުބަބުރު

      މރިޔަަަަ މަމަ

  11. އަހްމަދު

    މުއިއްޒު ހޮވިއްޖެނަމަ މީނާމޮޔަވެދާނެހެން ހީވޭ!

    44
    1
  12. އެލސަން ހޯގް

    އިންތިހާޔަށް ހަޔާތްކުޑަވުމަކީ ޝަރުތެއްތޯ މިހަދަ މަގާމްތަކަށް.

    37
  13. ހަސަން

    މާރިޔާ ދަރިފުޅު އަކީވެސް ފިރިހެން ކުޅި ކުއްޖެއްތަ! މީވާ ގައުމެއް.

    31
    2
    • Anonymous

      އިނގިރޭސިވިލާތުން ގެގަނެގެން އުޅެނީ ރައްޔިތުންގެ ލާރިން ވައްކަންކޮށްގެން. ދިމްޔާތުއޭކިޔާ އަނގަފުޅާކުރާނެ ދައިތަ ގަނޑު

      30
  14. ރަނާ

    ޢެއީ އިލްޔާސްމެން އެބުނާ ރަގަޅު ޝުކުރު ވެރިވުން ހައްޤު ވެރިކަން ކުރާ މީހާގެ ވެރިކަމުގަ ކަންތައް ކުރާގޮތް ﷲ ނަހީކުރައްވާފައިވާ އެފަދަ ބޮޑުފާފަ ކުރީމަ ވެސް ދައުވާ މި ކުރީ އެންމެ ތިންމަސް ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ދެން ބުނޭ ޝަރުޢީ ދާއިރާގެ ކަމެކޭ ޔާމީނުގެ މައްސަލަ ވީމަ އެކަމަށް އަތް ބޭނޭ. ޢިލްޔާސް މެން ތިބޭނީ މިހާރު ތައުބާވާނެ ޖެހޭ ހިސާބުގަ އެފަދަ ވާހަކަ ދައްކައިގެން. ޢެބުނަނީ އިބޫއަށް ވޯޓް ނުލައިފި ނަމަ ފާފަ ވެރިވާނެޔޭ.މިމޯހުނޭ ބުނަނީ ފެންވަރުނެތް މީހުނަށް މަތީ މަގާމްތައް ލިބުމަކީ ފަހު ޒަމާނުގެ އަލާ މާތޭވެސް

    28
    1
  15. ލަލީތާ

    މިމީހުން ލަދެއް ނުގަންނާނެ މަނަމަ އެވާހަކަ އަޑު އިވޭވަގުތުންފެށިގެން އިސްތިޢުފާދޭނަން އެކަމަކު ލަދެއްހުރެގެންތާ ދެން އަދި ދީނީ މީހުންދެކެ މާބޮޑަކައްވިޔަ މިމީހުން ބިރުގަންނަނީ ދީނީ މީހެއްކަން އެނގިއްޖެއްޔާ ހީވަނީ ދެފަޔައް ހިނިއަރައިގެން ތެޅިގަންނަހެން ހުރެބަލަ ތިޔަބިރުންއުޅޭ ކަންތަކާانشالله ލަސްތަކެއްނުވެ ކުރިމަތިލާންޖެހޭނެ

    31
  16. އަހްމަދު

    އަޒާން ގިޔަސުވާލުނުކުރެއްވިނަމަވެސް މިސަރުކާރު ބަދަލުވެއްޖެނަމަ ތިޔަބާވަތުގެ އިސްލާމްދީނާ ފުށުއަރާ ގޮތައްކުރެވިފައިވާ ހުރިހާމައްސަކައެއްވެސް ތަހްގީގް ކުރެވެންޖެހޭ

    29
    2
  17. Anonymous

    އިބުރާހީމް ސޯލިހު އަދީބު އުނގަށް ލައިގެން އޭނާ ހިމާޔަތްކުރަނީ އަނެއްކާ އެއީ އެމްއެމްޕީއާރުސީ ވައްކަމުގެ ބޮޑުމީހާއަށްވީމާ ގަންނާކުރައްވާ ބިރަކުންތޯ ނޫނީ ހުދު ކާފޫރަކަށްވީމާތޯއޭ؟

    33
    1
  18. Anonymous

    ގާނޫނު އަސާސީ މައްޗަށް ކޮޅުފައިންއަރާ ހިމާރެއްހެން ހަޅޭއްލަވަމުން ދިޔައީ ކާކުތޯ

    32
    2
  19. ނަނަނަ

    ކަލޭނޭ މި ފިނދަނަ އަކީ މިހާތަނަށް މިރާއްޖެ ދުށް އެންމެ ގޮތްކުޑަ، ހަޔާތުގެ ކަންފުޅެއްވެސް ނުހުންނަ އަންހެނާ. އަލަންގިރި ކީއްކުރަން މަގުމަތީ އޮއްވާ ފެނުނަސް މީނަގެ ހަޔާތެއް ކުޑައެއް ނުވާނެ.

    13
  20. ޒުވާރި ޒަރީރު

    ވ. މުއުތަބަރު ފަރާތަކުން ހަބަރު ލިބިފަ ވާ ގޮތުގަ އަލަމްގިރި އާ އެކީ ގުޅުން ހިންގި މީހުންގެ ތެރެއިން ވީޑިއޯލީކުވި 5މީހަކު ގައިގެ އެކި ތަންތަނުގަ ރަތް ފިއތް ތަކެއް ނަގައިގެން ޑރ އަށް ދައްކާ ކަމަށް، މި ތަނުން 1 އެއިޑްސް އަށް +ވް ވެފަ ވާކަމަށް ހަބަރު ލިބޭ އޭނަ މިވަގުތު ހުރީ އިންޑިއާގަ ދިވެހިން އާއްމު ކޮއް ގޮސް ނޫޅޭ ސިޓީ އެއް ކަމަށް ވާ އުއްތަރޕްރަދޭޝް ގަ ކަމަށް ވަނީ! ރައްްޔިތުން ވ ވިސްނަވާތި..

    8
    1
  21. ެިފިނދަނަ

    ކަލޭ ކިތައްމެ ވަރަކަށް އުޅުނަކަސް މުއިޒެއް ސެޓެއްނުވާނެ..

    14
  22. އަބްދޫ

    ގާނޫނުއަސސީގަ ބުނަނީ ބޭރު ބަޔަކައި އެކުހަދަ އެގްރިމެންޓުގަ ރާއްޖޭގެ ގާނޫނުތަކުން އިސްތިސްނާކުރެވޭކަންކަން ހުންނާތީ ދަވްލަތުން އެ އެގްރީމެންޓްގާ ސޮއިކުރުމުގެ ކުރިނަ ރައޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭނޭ ކަމަށް. މިހެން އޮއްވާ މާރިޔާ ވަނީ އެގްރީމެންޓެއްގަ ސޮއިކޮށްގެން ބޭރުބަޔަކު މިގައުމަށް އަރުވާފަ. މިމައްސަލާގެ ތަހުގީގު ހިގާނެ . އެ ސޮއިގެ މަައްސަލާގަ މާރިޔާ ހައްޔަރުކުރާން ޖެހޭނެ. އެއީ އުފެދުމުގަ ވެސް ބާތިލް އެގްރީމެންޓެއް. ވީމާ ބަދަލު ގަ ދޭންޖެހޭ ފައިސާ ދައްކަން މާރިޔާ ތައްޔާރުވާންޖެހޭނެ، މިލްކިއްޔާތު ވިއްކާލާފަ ވެސް ބަދަލުދެނޭނީ މާރިޔާގެ އަމިއްލަ މިލްކިއްޔާތުން.

    17
  23. Anonymous

    ހަރުކަށި މީހުންނާއި ޑޮޓުންނާއި ބޮޑުތަނުން ބޮޑުކޮށް ގުޅުން އޮތީ އެމްޑީޕީއާއި އެހެންވެތާ ސީރިޔާއަށް ދިޔަމީހުން ނުގެނެވިގެން ތެޅިބާލަނީ !