ގަވާއިދާ ހިލާފަށް ޕާކު ކުރުމުން ޖަހާ ސްޓިކާގެ ޖޫރިމަނާ އެއްކޮށް މާފު ކޮށްދިނުމަށް އިދިކޮޅު ކޯލިޝަން ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތުމުން ޑިފެންސް މިނިސްޓަރ ރައްދު ދެއްވައިފިއެވެ.

ށ.ފުނަދޫގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ދެއްކެވި ވާހަކަތަކާއި ގުޅިގެން މާރިޔާ ވިދާޅުވީ، މުއިއްޒު މާލޭ މޭޔަރު ކަމުގައި ހުންނަވައިގެން ޕާކިންގ ސްޕޮޓްތައް ވިއްކާލީ އަމިއްލަ ނަފްސަށް ކަމަށެވެ.

މޭޔަރު ކަމުގައި ހުންނަވާ ޕާކިންގ ސްޕޮޓްތައް ވިއްކާލުމަށްފަހު އަމިއްލަ ތަނެއްގެ ގޮތުގައި ޕޭމަންޓުގައި ހުރީ ގޮޅިޖާހަފަ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

”އަޅުގަނޑުމެންނަށް އޮޅުން ނުފިލައިގެން މިއުޅެނީ، މުއިއްޒުގެ މޭޔަރު ކަމުގައި ޕާކިންގއަށް އޮތް ތަންކޮޅެއްވެއްޖެއްޔާ އޭނާ ވަނީ ބޮޑުއަގުގަ ވިއްކާފަ. އާންމު ރައްޔިތަކަށް ތަނެއް ނެތޭ، ވިއްކާލިއްޔޭ. މިހުރިހާކަމެއް މިހެންކޮށްފަ އަމިއްލަތަނެއް ހެން ޕޭމަންޓު މަތީގަ އެއޮތީ ގޮޅިޖަހާފަ. އެހެންވީމަ ތަންނުހަދާ މިގޮތަށް ތޮއްޖައްސާފަ ދެން ފައިން އެރީމަ މިބުނަނީ ތިމއްނަ މާފްކޮށްދެއްވާނަމޭ“ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ޕާކު ކުރާނެ ތަނެއް ނުދައްކާ، މާލެ ތޮއްޖެއްސެވުމަށްފަހު ޖޫރިމަނާ ކުރެއްވުމަށްފަހު ކެމްޕޭނު ޖަލްސާތަކުގައި އެ ޖޫރިމަނާތައް މާފުކުރައްވާނެ ކަމަށް ވިދާޅުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިއީ ރައްޔިތުން ވިސްނާލަން ޖެހޭ ކަމެއްކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މިކަމުންވެސް އެނގޭ ކަމަކީ ޑރ. މުހައްމަދު މުއިއްޒުގެ ރޭވުންތެރިކަމެއް ނެތް ކަމެއް ކަމަށާއި 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައިއިރު މުޅި މާލެ ތޮއްޖައްސާފަ އޮތް އޮތުން ނިމުމަކަށް ގެނައީ މިސަރުކާރުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މުއިއްޒުގެ އެ އަމަލުން އެނގިލައްވަނީ ޑިސިޕްލިންޑް ސޮސައިޓީއެއް އުފެއްދެވުމުގެ ވިސްނުން އެބޭފުޅާ އެއްވެސް ވަރަކަށް ނުގެންގުޅުއްވާކަންކަމަށް މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ބިގް ބޮސް

    ޑިސިޕްލިން އެންމެ ރަގަޅީވެސް މުޅިދުނިޔެއިންވެސް ދިވެހަރާއްޖޭގަ.އެހެންވީމަ ތިކަހަލަ ވާހަކަ ކިހެނެއް ގަބޫލުކުރަނީ؟

    30
    2
    • އަހުންގޯތި ހަސަނު

      ފިދަނަ މާރިޔާ ކަލޭމެން އެންމެ ތާހިރީ ތަންތަން ވިއްކާވާހަކަ ދައްކަން ލަދުހަޔާތުގެ ކަންފުއްޅެއްވެސް ހުރި ބައެއްނޫން ވިއްޔަ

      16
      2
  2. ގދފދ

    މީނަ ހާދަ މުއިޒްވެފައޭދޯ މިހުންނަނީ

    58
    5
  3. ހަސަން މަނިކު

    ކުރިންއާބާދީ މަދުރަށްރަށުގައި ޕްރޮޖެކްޓްތައް ނުހިންގޭނެކަމަށް ވެސް ބުނީ ހަމަތިއަނގައިނޫންތަ

    42
    4
  4. Anonymous

    މާރިޔާއަކީ ރައްމައްޗަށް މަރަށް އަރައިގެން އުޅޭ މާކަނާއެއް! ދެންޖެހޭނީ ޖަލުގައި އޮންނަން!

    8
    0
  5. Anonymous

    ވެރިކަން ކޮއްފައިވާ ރައީސަކު އޭނާގެ ވެރިކަމުގެ ދައުރުގައި އަވަހާރަކޮށްލަން އުޅުނު މީހެއްގެ މައްސަލަ ނުބަލާ އޭނައަށް ހިމާޔަށްދީ އަދި ސިންގަޕޫރަށް މިހާރު އެވަނީ ފުރުވާލާފާ. އޭގެ އިތުރަށް އޭނާއަކީ އެމްއެމްޕީއާރުސީގެ ވައްކަމުގެ އެންމެ އިސް ސަފުގައި އުޅުނު މީހާ. އަދުލުއިންސާފު ގާއިމުކުރުމަށް އައި ބައެއް ތި ސަރުކާރަކީ. ކޮބާތޯ އިންސާފު؟ ދައުރެއް ތި ނިންމާލަނީ ގައުމަށް ނުހަނު ބޮޑު ތަރައްޤީ އެއް ގެނެސްދެއްވި ރައީސަކު ޖަލުގައި ބާއްވައިގެން . ކޮބާތޯ ލަދު؟ މިކުޅިވަރު އެހެންމީހުންވެސް ކުޅޭނެކަން ދަންނާތި؟

    12
  6. އަދުހަމު

    ފިނދަނަ އިލޯޅި

  7. ާއަމްބަ

    ޕާކް ކުރާނެ ތަން ނުދައްކާ ސްޓިކާ ނުޖަހާނެ.
    އެއީ ރިޔާސީ ވައުދެއް. 5 އަހަރު ނިމިއްޖެ،….

    11
  8. އިމާ

    ގާނޫނު އަސާސީއައް ކޮޅައް އެރިމީހެއް .. ޔޫކޭ ގަ ގަނޑުވަރުތައް ގަނެފެ ދިވެހި ދައުލަތުގެ ފައިސާއިން

    11
  9. އަލީ

    ކޯޗެކޭ ކިޔާ ދައިތައެއްތަ މީ. މޯދީއަށް އަޅުވެތިވުން ނޫންކަމެއް ދަންނަ ސަންޕައެއް ނޫންތީކީ. ގައުމުވިއްކާލި ގައްދާރެއް. ގާނޫނު އަސާސީއަށް ފައިން އެރި ލުއްޗާއެއް ތީ. ގައްދާރު!

    10
    2
  10. ިމުހައްމަދު

    އެހެންވީމަ ތަންނުހަދާ މިގޮތަށް ތޮއްޖައްސާފަ ދެން ފައިން އެރީމަ މިބުނަނީ ތިމއްނަ މާފްކޮށްދެއްވާނަމޭ. މިހެން މާރިޔާ ވިދާޅުވިކަމަށް ނޫހުގައި މިއޮތީ. ހާދަ ފައިން އެރުމުގެ ކަންތައް ބޮޑުވެއްޖެއޭ.

    5
    4
  11. ޅއ

    ޕާކުކުރާާތަން ނުދައްކާ އިސްޓިކާ ނުޖަހާނަމޭވެސް ބުނި

    11
  12. އަޙުމަދު

    ސިފައިންގެ ފުލެޓްތަކުން ޒަކަރިއްޔާ މަންސޫރު އާއި ޝަމާލަށް ޕެންޓަހައުސް ދީފައި ހުރިކަމަށް ރަށުތެރޭގައި ވަރަށް ބޮޑަށް އެބަކިޔާ، 10 އަހަރުވަންދެން ފައިސާ ދައްކަމުން ގެންދިޔަ ބައެއް ބޭފުޅުންގެ ފުލެޓު ނުލިބުނީ ބައެއް ފުލެޓު ތަޅާލީ ޕެންޓަހައުސް ހަދަން ޖާގަ އިތުރުކުރުމަށް ކަމަށެވެ ، މި ކަމަށް ޖަވާބެއް ދިނުމަށް ވަރަށް ބޮޑަށް އިޙްތިރާމް އާއި އެކު ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙުމަދު ދީދީގެ ކުރެން އެދެން. އެވަރު ހިތްވަރެއް އެބަހުރިތޯއެވެ.

    7
    1
  13. ތަކުރު

    މިއީ އިބޫގެ ކެންޕޭނު މެނޭޖަރޯ. އެކަމު އިބޫގެ ކެންޕޭނާ ބެހޭ ވާހަކައެއް ނުދެއްކެ. އަބަދުވެސް މުއިއްޒު މުއިއްޒު. ޙީވަނީ މުއިއްޒުގެ ކެންޕޭނު މެނޭޖަރ ހެން. މުއިއްޒު ދާތަން ތަން ބެލުމާ ދައްކާ ވާހަކަ އަޑުއަހާ އެއަށް ރައްދުދިނުން. ޙީވަނީ މުއިއްޒުދެކެ ހިތާވީހެން. މިދައިތަގަނޑު

    13
    1
  14. ނީން

    މާރިޔާ އެމްޑީޕީ އަށް ކެމްޕެއިން ކުރުމުގެ ބަދަލުގައި މުއިއްޒު ވެގެން މާވަރަކަށް މިއުޅެނީ އަނެއްކާ ރޯގާ އެއްތަ؟

    12
    1
  15. ރޒނ

    ތީގެ އަނެއްމީހާ ހުރީ އަންނިއާހެދި މޮޔަވެފަ.

    10
    1
  16. ހުސޭނުބޭ

    އަޅެ މިއީ މުއިއްޒާ ފާވެފައި ހުރި ހަންޑިއެއްތަ؟

    13
    1
  17. ސުޓިކާ

    ކަމަނާ ހ|ަމައިގައި އެންމެން ތިބެންނުޖެހޭނޭ ވަކާލާތު ކުރާބައިގަޑު ވިމަ ނެތިން އެއްޗއް ބުނަން.ތިމަންމެންގެ ސަރުކާރެއްގައި ސުޓިކާ ނުޖަހާނަމޭ ބުނި މީހާ ބަޖެޓް ފުއްދުމަށް ސިޔާސީ މަގާމުތަކަށް މުސާރަމިދެނީ ރައްޔިތުން ފެލައިގެން ސުޓިކާ ފައިސާ އިން.

  18. ރަން ރީނދޫ

    މުއިއްޒުތަ ޖޫރިމަނާ ކުރަނީ ،ނޫނީ ބަޖެޓް ހޯދަން ޗޯރު އިބްރާހިމް ފުލުހުން ލައްވާ ކުރުވާ މަސައްކަތެއްތަ. އެމްޑީއެން ޙަމީދު އާއި އެންމެންގެ ފަހަރި އިމްރާން އާއި ދެމީހުން ޗޯރު ގެ އޯޑަރަށް ކުރާ ކަމެއް ކަމަށް ރަށު ތެރޭގައި ކިޔާ އުޅެނީ

    9
    1
  19. އެއްބުރުންމުއިއްޒު

    ހާދަ އަޚުލާގު ދަށޭ ބަލަފައިންއެރީވެސް ކަލޭ ޤާނޫނުއަސާސީގެ މައްޗައް ބިސްމިވެސް ލިޔެފައޮތްފޮތެއްއެއީ ތިޔަ ވައިއަނގަތެޅުންހުއްޓާލާ ތިޔައްކިޔަނީ ވައިއަނގަ

    14
    2
  20. ސޭކިސްޓް

    އެހެން މީހުންގެ ވާހަކަތަކަށް އާޝޯޚުނުވެ ރައްޔިތުންނަށް ތިޔަހާ ހެޔޮއެދޭ ބަޔަކު ނަމަ އަވަހަށް ޕާކިންގ ސްޓިކާތައް މަޢާފްކޮށްލަދީބަ. އޭރުންތާ ވޯޓެއްވެސް ލެވޭނީ..!!

  21. މޮހަދާ

    މިކަލޭގެ ޖަލަށްލާންވާނެ.

  22. މުޙައްމަދު

    ދައުލަތުގެ ޖާރިޔާ ހާދަވަރެކޭ މިވަނީ.

  23. ޝަރީފް

    އެމް.ޑީ.ޕީ ސަޕޯރޓަރުން މިހާރު ބުނަނީ މާރިޔާ ކެމްޕޭނުކޮށްދެނީ މުއިއްޒަށޯ، މާރިޔާގެ ދުލުން މުއިއްޒުގެ ނަން ކިޔާ ކިޔާ އިބޫ ސޯލިހުގެ ނަންވެސް ހަނދާންނެތިއްޖެޔޯ، އަޖާބެއްފަހެ މީހަކު ނުވާނެތަ؟؟ އެހެންމީހުން އޮރިޔާންކޮށްފައި ކެމްޕޭނުކުރާނީ ޔަޤީންކަން ނެތީމަ.. ނަމުން ޑިމްކޮރެޓިކު، ކިހިނެއްވާ ކަމެއްކަމެއްވެސް މި މިޙުންނަށް ނޭންގެ.

  24. ފިނދަނަ

    ލާދީނީ މާމަގަނޑު އަބަދު ރާފޮދު ހިއްޕަވައިގެން ހުނނަވައި ތިމާ އާ އެއފެންވަރު މީހުންނަށް ފާޑު ކިޔާބަލަ. މުއިއްޒު އޮތީ ބަހާ އަމަލުން ގާބިލު މީހެއްކަން ދައްކާފަ. ލާރި ހޯދަން ސްޓިކާ ނުޖަހާނަމޭ ބުނި ޗޯރު ދައުރެއް ނިންމާލަނީ ސްޓިކާ ޖަހައިގެން ރައްޔިތުން ފެލައިގެން. މިފަހަރު ދެން ޖެހޭނީ އިރާދަކުރެއްވިޔާ އަނެއްކާވެސް މަގުމަތީ ދުވަން