ހަރުކަށި ފިކުރުގެ މީހުން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް ކެމްޕެއިން ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ 2013 އިން ފެށިގެން 2018 އަށް ހިނގާދިޔަ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ނުފޫޒު ސަރުކާރަށް އޮތް މިންވަރު ފެނިގެން ދިޔަ ކަމަށެވެ. އެހެންކަމުން އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަނބި ކަނބަލުންނަކީ ކޮން ބޭފުޅެއްތޯ ބައްލަވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބަކީ އެއީ މުއިއްޒު އަނބިކަނބަލުންގެ އެއްބަނޑުއެއްބަޕާ ބޭބެ. ސަލަފްގައި އެ ބޭފުޅާގެ ބޮޑު ބޭބެވެސް އުޅޭ. އެބޭފުޅާގެ އެޑްރެހަކީ މއ. ބާބުލް އަވާލީ. އަޅުގަނޑުމެން ނުދައްކަމޭ ބާބުލްއަވާލީގައި ވަކިން ނަމާދުކުރި ވާހަކައެއް. ނުދައްކަމޭ މިއީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބޭފުޅުންނޭ ވެސް. އަޅުގަނޑު މެން ނުބުނަމޭ ކޮނޑޭއަށް ރައީސް ސޯލިހް އަރާ ވަޑައިގެންނެވީމަ އެއަށްވުރެ ދެގުނައަށް މީހުން ނިކުމެ ތިއްބޭ މުއިއްޒު ވަޑައިގަތީމަ. ކޮނޑޭއަކީ ތަފާސްހިސާބުތަކުން ނިސްބަތުން އެންމެ ގިނަ މީހުން ސީރިއާއަށް ފޮނުވާފައިވާ ކަމަށް އޮންނަތަން." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީއިން ދައްކާ ވާހައަކީ މުއިއްޒަށް ސަލަފް ޖަމިއްޔާތަކަށް ނިސްބަތްވާ މީހުން އެންޑޯޒް ކުރައްވަމުންދާ ވާހަކަ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ހަރުކަށި ފިކުރުގެ މީހުން މުއިއްޒަށް ތާއީދުކޮށް ކެމްޕެއިން ކުރައްވަމުން ގެންދާ ވާހަކަ ކަމަށެވެ.

"ޔާމީންގެ ސަރުކާރުގައި އެބޭފުޅާގެ އަނބިކަނބަލުންގެ ނުފޫޒް ސަރުކާރުގެ މައްޗަށް އޮތް ކަމަށް އެ ބޭފުޅުންގެ ސަޕޯޓަރުން ވެސް ދެއްކި ވާހަކައެއް. އެހެންވީމަ ވަރަށް ގާތުން ބަލާލަން ބޭނުންވި ޕީއެންސީގެ ކެނޑިޑޭޓްގެ އަނބި ކަނބަލުން ކަންކަން ހިނގަމުންދާ ގޮތް." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ 2018 ގައި އޮތް އަނިޔާވެރިކަމާއި ހުދުމުހްތާރުކަން ހަނދާންކުރަންޖެހޭ ކަމަށެވެ. ހުރިހާ ސިޔާސީ ބޭފުޅުން ތިއްބެވީ ޖަލުގައި ކަމަށާއި އަދި ބައެއް ބޭފުޅުން ހަށިކޮޅަށް އޮތް ބިރުން ބޭރު ގައުމުތަކުގައި ތިއްބެވި ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއަދު އެ ބިރުވެރިކަން ނެތް ކަމަށް ވިދާޅުވިއެވެ. މިއަހަރު މިއީ އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރާ އިންތިހާބު ކަން ފާހަގަކުރައްވަމުން ވިދާޅުވީ މިއަދު ކޮންމެ މީހަކަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަން އިއުލާނުކުރައްވަން ކެރޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

67 ކޮމެންޓް

  1. ރަންނަމާރި

    ވެއްޓެނީ، ދެން ބާރަށް ތެޅޭވަރަކަށް ދާނީ ހުޅުނބު.

    58
    1
    • Anonymous

      ހުޅަނގުން މުސްލިމުންނަށް ދިން ނަމެއް ހަރުކަށި ފިކުރަކީ. އެކަމަކު އައިއެސްއަކީ ހިލަރީމެން އުފެއްދި ޖަމާއަތެއްކަން ފަޅާ އެރީމަ މިހާރު ހުޅަނގުމީހުންވެސް ހަރުލަށި ފިކުރު ނުކިޔާ. މާރިޔާ މެނަކީވެސް މުސްލިމުންނަށް މަލާމަތްކުރާމީހުންވީމަ ތިހެން ތިކިޔަނީ.

      • ޢަހުމަދުވަގާރު

        ކިބާ މިސްކިތް ގޮއްވާ ގުރޫޕް. މުސްލިމުން ޓެރަރިޒަމް ގެ ކަންތައް ނުކުރެޔޭ ބުނީމާ ހައިރާން ވޭ

        1
        3
        • ވަހީދު

          މައްސަލައަކީ ޓެރަރިސްޓުންނަށް ވަނީ މުސްލިމުންނަށް އެކަނި ވީމާ. ހުރިހާ ފިކުރެއްގެ މީހުންނާ ގައުމުތަކުންވެސް ޓެރަރިޒަމް ގެ އަމަލު ހިންގާއިރު ނަންވަނީ މުސްލިމުންނަށް އެކަނި ވީމާ. މިއީ ހަގީގަތުގަ ޓެރަރިޒަމް އުފެދޭ ސަބަބަކީވެސް. ބަޔަކު ހިންގާ ޖަރީމާތަކަށް އަންސާފު ނުލިބުން.

  2. އޮޑިޓު އީޑިއަޓް.

    ނަމާދު ކުރުމަކީ ހަރުކަށި ފިކުރު. ބުރުގާ އެޅުމަކީ ހަރުކަށި ފިކުރު. އަޖައިބެއްނު ދެން މީ!

    60
    1
  3. ނަމަ

    މާރިޔާ ދެން ވެސް ބަލަން ނުހުރެ ތިޔަބުނާ ހަރުކަށި މީހުން ހިފާ ހައްޔަރު ކޮއްފަ ޓެސްޓު ކުރަންވީނު ހަރުކަށި ވެފަ ހުރި މިންވަރު ބަލާފަ އަދަބު ދޭންވީނު

    49
  4. އެއްކަލަ މިހާ

    4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4 4

    32
  5. ނަނަނަ

    ޙަރުކަށި ވިޔަސް އެހެން ބަޔަކަށް ވިޔަސް އެއީ ދިވެހި ރައްޔިތުންނޭ ފިނދަނާ، އިންޑިއާ ރައްޔިތުންނެއް ނޫނޭ…

    51
  6. ކަމަނަ

    މިހާރު މަށަށް ހީވަނީ މުއިއްޒުއަށް ކެންޕެއިން ކޮންދޭންވެގެން މާރިޔާ އުޅޭހެން ކަމަނާ އަވަހަށް މުއިއްޒުގެ އަނބިކަމަނާގެ އަރިހަށް ގޮސް ތައުބާވެ އިއްޒަތުންނަފުސު ސަލާމަތްކުރޭ ﷲއީ ފާފަފުއްސަވާ ފަރާތް ވަގުތަކީ ވަރަށް މުހިއްމުއެޗެއް އަވަސްވެގަނޭ ތަރުޖަމާނުކަމުން ދުރުވޭ މިހާރު ތިޔާދެއްކެނީ ތިޔަފަދަ މަގާމެއްފައިހުރެ ދައްކަންނުވާގޮތަށް ވާހަކަ ގާސިމަށްވުރެ ދެކެވޭ ވާހަކަ މުޑުދާރު ވެއްޖެ

    44
    1
  7. ބަދަވި

    އަޅުގަނޑުމެން ނުދައްނަވަން އެމްޑީޕީއާ ގުޅިފައި ވަނީ ހަރުކަށިހިންދޫންނެކޭ

    47
    1
  8. ޞާބިރާ

    މޮޅު ވާހައެއް ދައްކައިގެން ވެސް ބޯކެވޭތޯ ބަލާތި . މިހާރު އެންމެ ގިނަ ބަޔަކަށް އެންމެ ރީތިކަމަށްވަނީ 4 . ހަރުކަށި ފިކުރަކީދީނާއި ދެކޮޅު ޤައުމިއްޔަތާއި ދީނުގެ ޢަދާވާތް ތެރިންނަށް ބައިޢަތު ހިފައިގެންތިބޭމީހުން ނެއް ނޫންތޯ.

    38
  9. އަލިފާންކަނި

    ޜައީސް ޞާލިހުގެ އަބިކަބަލުންގެ ބައްޕާފުޅަކީ ކާކުތޯ މާރިޔާ ވިދާލުވެ ދެއްވަބަލަ.ބުނާކަށް ނުކެރޭނެ. ބުނެބަލަ އެއީ ޚާއިނެކޭ،ދިވެހިރާއްޖެއަށް ޢައްދާރުވެފަހުރިމީހެކޭ.ދިވެހި ރާއްޖޭގެ އެތައް ބައެއްގެ މަރުގެ ޒިއްމާ އުފުލަން ޖެހޭނެ މީހެކޭ.ދިވެހިރާެްޖެއަށް ކުލީސިފައިން ގެނަސްގެން ވެރިކަން ބަދަލުކުރަން އުޅުނު ޚާއިނެކޭ. މާރިޔާ މެނަކަށް ޙަޤީގަތާ އެއްގޮތަކަށް ތެދުބަހުން ވާހަކަ ދައްކާކަށް ނުކެރޭނެ ހަދާނީ ދޮގު.ތިއީ ސިފައިންނަކީ ފިދަނަތަކެކޭ ބުނި މާރިޔާނު. ތިއުޅެނީ މިހާރު އެ ފިދަނަތާ އެކު ލަދެތް ނުގެނޭތަ

    51
  10. ާ މ .ލަމުޙާ

    ހަރުކަށި މަދުކަށި ފުށްކަށި ކިޔާނެކަމެއް ނެތެވެ. ތިޔަކިޔަނީ އަޞްލު ދީން ދަންނަ އެއްޗެއްގެ ވާހަކަ އެއް ނޫނެވެ.

    38
  11. އިބުރާހީމް

    މީނާ އަކީ ރާއްޖޭގެ އެއްވެސް ވުޒާރާއަކަށް ކުފޫ ހަމަވާ މީހެއް ނޫން. ހެޔޮބަހެއް ނުބުނެވޭ ތާނގާއި، މީހުންނަށް ބެވުން ނޫންކަމެއް ނުުކުރޭ.

    40
  12. ކަށި ހަރު

    "ހަރުކަށި ފިކުރު" މީ ލާދީނީ މީހުން ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ބެނުން ކުރާ ލަގަބެއްކަން އެންމެނަށްވެސް އެނގޭ. ނަމާދެއް ކޮށްފިއްޔާ ހަރުކަށި. ދީނުގެ ހައްގުގަ ބަހެއް ބުނެފިއްޔާ ހަރުކަށި. ﷲ އަށް ނަސްްރުދީ ކާފަރުންނާ ދެކޮޅަށް އެއްޗެއް ބުނނެފިއްޔާ ހަރުކަށި. އެހެން ވެއްޖިއްޔާ މަވެސް މީ ފަޚުރުވެރި ހަރުކަށި މީހެއް.

    36
  13. Anonymous

    ވާހަކަ ވިހައިގެން ވެސް ތިކުރެވެނީ ބޭކާރު މަސައްކަތެއް މާރިޔާ މެމް. އެމްޑީޕީއާއި އިދިކޮޅު އެންމެންނަކީ ހަރުކަށިމީހުން ކަމަށް ހަދާފަ ޖަލަށް ލަންވީނުންތަ؟ މުއިއްޒުގެ އަނބިކަނބަލުންނޭ ކިޔޭ ފެންވަރުގެ މީހެއްނޫން މާރިޔާ ދީދީއަކީ. މުއިއްޒުގެ އަނބިކަނބަލުންނަކީ ކިޔަވައިގެންހުރި އަހްލާގު ރަނގަޅު ހިންގުންތެރި ނަމޫނާ ކަނބަލެއް. ކަމަނާ މުއިއްޒު އާއި ހިތްޕުޅާވަނީތޯ ؟

    33
  14. ޱިފެ ްސް

    އެއީދިވެހިން ތޯ؟
    އެމީހުނަށް ވޯޓް ދިނުމުގެ ހައްޤު ލިބިގެން ވޭތޯ؟
    މި އިން ތިހާބުގަ އިންޱިޔާ ކުދިންނަށް ވޯޓް ނުލެވޭނެ!
    ލަލަލާ

    25
  15. Anonymous

    ހަރުކައްޓެއް މަޑުކައްޓެއް ކިޔާނެކަމެއްނެތް ތި ގޭމް ކުޅުނަސް ވާނެކަމެއްނެތް ވޯޓު ދޭނީ މިފަހަރު މުއިއްޒު އަށް

    41
  16. ދެލޯބަޑި

    ކަލޯ ދައިތާ ކަށިމިޔަރު ހިފަން އިންޑިއާސިފައިން ގޮވައިގެން ކެޔޮޅުޖަމުގޮސް ހަރުކަށީ އިންސާނުންތޯ މިޔަރުތޯ ބަލަން ސައިންޓިފިކު ދިރާސާއެްކުރަންދާންވީނު ގަމާރާ ހަރުކަށްޓާ މަޑުކަށި މިފަހަރު ދަށްކާލާނަން މުޅިއޮޑީގަ މުއިއްޒުގެ ދެފައި ކަލޭވެސް 4،✅ ވޯޓުދެއްވާ ހަށްލަކީ އެއީ.

    28
  17. ދެލޯބަޑި

    ކަލޯ ދައިތާ ކަށިމިޔަރު ހިފަން އިންޑިއާސިފައިން ގޮވައިގެން ކެޔޮޅުކަމުގޮސް ހަރުކަށީ އިންސާނުންތޯ މިޔަރުތޯ ބަލަން ސައިންޓިފިކު ދިރާސާއެްކުރަންދާންވީނު ގަމާރާ ހަރުކަށްޓާ މަޑުކަށި މިފަހަރު ދަށްކާލާނަން މުޅިއޮޑީގަ މުއިއްޒުގެ ދެފައި ކަލޭވެސް 4،✅ ވޯޓުދެއްވާ ހަށްލަކީ އެއީ.

    22
  18. Anonymous

    ހަރުކަށި ފިކުރަކީ ލިވާތު ފިކުރުތޯ ؟

    32
    • ނާރު

      އެެއީ މަޑު މިޔަރު ތޯހިރު ލަދުރަކި ފިކުރު

  19. ދިވެހި މުސްކުޅިން

    މުއިއްޒުއަކަށް ނެން ސަޕޯޓެއް ވޯޓްދޭ އެކަކުވެސް ނެން ހުސްގޮނޑި ނުބަހައްޓާނަމަ ތަންކޮޅެއް ގިނަވެދާނެ ފަހަރެއްގާ ލިސްޓުން ފުލުން 2އަކަށް ގޮސްދާނެކަމަށް ރަމަލު ހިސާބުން ދައްކަނީ

    38
    • ކޮމެންޓްކުރާމީހާ

      ރަމަލަކީ އަހަރެމެން ޤަބޫލުކުރާއެއްޗެއް ނޫން..

      17
  20. ޢަލިފްަަަ

    ކަލޭ ތީ ހަރުކަށި މީހުން އުފައްދާ މެޝިނު ގަނޑު...ނިމެނީ ނިމެނީ

    13
  21. މެޔޮނައިސް

    ދައިތަ ގަނޑު ކައިރީ އުޅެނީ ހަރުކަށި މީހުން..އިލިޔާސް އިޔާޒު ކަހަލަ ސޭކުން

    11
  22. ގިނި

    ލާދީނީ މާ ނުބައި ހަރުކަށްޓަށް ވުރެ.
    ހަރުކަށި ވެސް އެއީ ކަލޭމެން ސިޔާސީ ބޭނުމަށް ކިޔާ އެއްޗެއް.
    އެއީ ދިވެހިނ، ކަލޭމެން ތީ އިންޑިއާ ކާފަރު ސަރުކާރަށް ގައުމު ދީލާލި މީހުން

    14
  23. މާޟީ

    އަހަރެމެން ނުދައްކަން ފިރިހެނުން ފިރިހެނުން ނާ ކައިވެނި ކުރާވާހަކަ އެއް

    14
  24. އަހްމަދު

    މީޑިޔާގެ ސަމާލުކަން ހޯދަން ދޮގު ހަދާނެކަމެއްނެއް! ކަލޭ ދައްކާވަހަކަ އެމްޑީޕީ މީހުންވެސް ޤަބޫލު ނުކުރޭ!!! ކަލެއަށް ތިހާ ކަންކަން ޔާޤީންވާނަމަ ކީއްވެތޯ ފިޔަވަޅު ނޭޅިގެން އުޅެނީ!!!

    15
  25. Anonymous

    ގޮތްހުސްވެގެން އުޅޭ މާރިޔާ! ތިޔައީ މާފަސްބައިރީތި މީހެއްނޫން! މާރިޔާއަކީ ކާކުކަން ރައްޔިތުން ދަނޭ!

    13
  26. ޛުހުރާ

    ހަރުކަށި ފިކުރުގެ ހިންދޫން ކަމަށް ދޫ އޮޅިގެން ވެސް ވިދާޅުވެވޭނަމަ ދޯ

    13
  27. Anonymous

    އަހަރުމެން ކާރިއަކަށްނައަދޭ ޑރ.މުއިއްޒަށް ވޯޓުހޯދަން ކެމްޕެއިންކުރަމުން ހަރުކަށި އަދި މަޑުކަށިވިޔަސް އެކަކުވެސް، އެކަމަކު މަށާއި މަގޭ އާއިލާ އާއި ހުރިހާ ރައްޓެހިންވެސް ވޯޓުދެނީ މުއިއްޒަށް، އަހަރުމެންނަކީ އެމްޑީޕީ މެމްބަރުން ކަމުގަވިޔަސް އެމްޑީޕީ ސަރުކާރު ގެންގުޅޭ ބޭއިންސާފު އަދި ނިކަމެތި ރައްޔިރުންނާއިމެދު ނުވިސްނާ ސިޔާސަތު ގަބޫލު ނުވާތީއެވެ. ޝަރުއީ ނިޒާމަށް ބެލިއަސް އެމްއެމްޕީއާރސީގެ ޚިޔާނާތުގައި 200އަށްވުރެ ގިނަމީހުން ބައިވެރިވެފައިވާއިރު އެއިން އެއްވެސްމީހަކަށް ޝަރީއަތް ނުހިންގާ އަދި އެއްމެ މައިވަގު އަދީބުކާރިން ކަލޭމެން ބޭނުންގޮތަށް ހެކިނަގައިގެން އެވަގުން މިނިވަންކޮށް އުދުއްސާލާފަ ހަމައެކަނި ރ ޔާމީނަށް ހުކުމްކޮށް ޖަލުގައި ތަޅުވަނީ، މިފަދަދަ ބޭއިންސާފު ބަޔަކަށް ދެވަނަފަހަރަކަށް ވެރިކަންދޭން ބޭނުމެއްނޫން، ޑރ.މުއިއްޒަށް ތާއީދުކުރަނީ އެބޭފުޅާދައްކާފައިވާ ނަތީޖާއަކީ ނިކަމެތި ރައްޔިތުންނާއިމެދު ވިސްނާ އަދި މުޅިގައުމަށް ފައިދާކުރަނިވި ނަތީޖާއަށްވެފައި މިހާރު ރިޔާސީ ރޭހުގައި އެފަދަ ތައުލީމީ ގާބިލު މީހަކު ނެތީމައެވެ.

    21
  28. ހަރުކަށި މާރިޔާ

    މިތާ އަސްލު ޓެރަރިސްޓުންނަކީ ކަލޭމެން.

    15
  29. Anonymous

    އެމްޑީޕީ ފިކުރަކީ ފަނާކުރާ ޑޮޓުންގެ ފިކުރުު ޑޮޓުންނަށް ހިމާޔަތްދީގެން އުޅޭ ސަރުކާރެއްމީ، ޒަމާނުއްސުރެން ދިވެހިރާއްޖޭގައި ކާވެނި ވަރި ދަރިން ރަޖިސްޓުރީ ކުރަމުން އައީ، މިއަދު އެއީ ކުރަން ނުޖެހޭ ކަމެއްގެ ގޮތުގައި ދައްކައިގެން ޑޮޓުން އުޅޭގޮތަށް ކައިވެނި ވަރި ރަޖިސްޓުރީ ނުކޮށް އުޅޭ ޑޮޓުން ގެ ހިމާޔަތުގައި އެމްޑީޕީ ސަރުކާރު އުޅެނީ !

    11
    • Anonymous

      ސީރިޔާއަށް ދިޔަ މީހުނަށް ހިމާޔަތްދީ އެމީހުން ފޮރުވާއިގެން އުޅެނީ އެމްޑީޕީގެ މިސަރުކާރުން ވޯޓް ހޯދަން އެމީހެންގެ އާއިލާގެ ހަރުކަށީ ކޮންބަޔެއްތޯ، ޑޮޓުންނަށް ވެސް ހިމާޔަތްދީގެން އުޅެނީ !

  30. ބުއްޅަބޭ

    އެމްޑީޕީއާ ގުޅެމުން ދަނީ މަޑުކަށި ފިކުރުގެ މީހުންދޯ؟

    9
    1
  31. ބަޚީލުކައްޓަލަ

    އެމްޑީޕީއާ ގުޅި ކެމްޕޭންކުރަމުން ދަނީ އަލަމްގިރި ފިކުރުގެ މީހުންދޯ؟ ހެ ހެ

  32. ބަޚީލުކަލޭގެ

    ބުރުގާދެކެ މީނާ މިހާމިބިރުގަންނަނީ މީނަގެ ކަށި ހަރުވެދާނެތީ ދޯ؟

    12
  33. މުޙައްމަދު

    އަޅެ މޮޔަގޮވަނީތަ ނޫނީ ހަމަތެދެއްތަ ! ނޫނީ އެފަޅި ބޮޑީތަ

    10
  34. ޥައުދުބޮޑޭ

    މި ޒުވާނާ ފެންވެރި ދުވަހެއް ވެސްނޭނގޭ މަޑުކަށި ކަމުން

  35. ގުއިދައިތަ

    ޑރ އިޔާޒާއި ޒައިދު އަކީ ހަރުކަށި ފިކުރެއް ނޫން ދޯ. ޢާނ އެހެންނު ވާނީ މިމީހުންނަށް ސަޕޯރޓް ކުރަންޏާ ބިން ލާދިން ފަދަ މީހުންނަކީ ވެސް ސުޕަރހީރޯއިން. އަފްގާނިސްތާނުގެ ތާލިބާނުން ވެސް އިބްރާހިމަށް ސަޕޯރޓް ކުރަންޏާ މާރިޔާއަށް އެވަރު ބައެއް ނުތިބޭނެ. ހަރުކަށި ފިކުރޭ ކިޔާ އިރު ތިމާމީހާ އަައުރަ ނިވާ ކޮށްގެން ހުރެ ނޫސް ކޮންފަރެންސް ދީބަލަ.

  36. މިވަރެއްނެތް

    ދެން ލިވާތު ފިކުރާޢީ، ރޯޔަލްރޭޕަކީ ކޮން ފިކުރެކޯ. މަރީ

  37. ޕެޓީ ކޭޝް ބެއްޔަ އައުޓް

    މީނަ ކޮންމެސް މީހަކާ ލެނޑި ނުގަނެ ހަމަ ނުވާނެ. ހާދަ އުޅުމެއް އަހުލާގެއް ނެތް އަންހެނެކޭ. މާލޭ ބޭޅުން ހެދިގެން ތެޅުނަސް ނެތޭ ރިވެތި ސިފައެއް ލިބިފައި.

  38. ކޫޑި

    ހެހޭހެހޭ ހެހޭހެހޭ ހެހޭހެހޭ އަނހާ ޖަހާ 4 ޖަހާ ހެހޭހެހޭ 4 ޖަހާ ބުންބުން ބުންބުން 4 ޖަހާ ޕޮށްޕޮށް 4 ޖަހާ އެއްބުރުން މުއިއްޒު4✅ އެއީމިގެންނަން އުޅޭބަދަލުގެ މޭސްތިެިޔާ އިންޝާﷲ އެއްބުރުން މުއިއްޒު މުޅިގައުމު މުއިއްޒުއަށް،🩷🩷🩷🩷🩷🩷🩷🇲🇻🇲🇻🇲🇻🇲🇻🇲🇻🇲🇻

  39. ކޫޑި

    ހެހޭހެހޭ ހެހޭހެހޭ ހެހޭހެހޭ އަނހާ ޖަހާ 4 ޖަހާ ހެހޭހެހޭ 4 ޖަހާ ބުންބުން ބުންބުން 4 ޖަހާ ޕޮށްޕޮށް 4 ޖަހާ އެއްބުރުން މުއިއްޒު4✅ އެއީމިގެންނަން އުޅޭބަދަލުގެ މޭސްތިރިޔާ އިންޝާﷲ އެއްބުރުން މުއިއްޒު މުޅިގައުމު މުއިއްޒުއަށް،🩷🩷🩷🩷🩷🩷🩷🇲🇻🇲🇻🇲🇻🇲🇻🇲🇻🇲🇻

  40. ބާ ގާޑިޔާ

    އަޅުގަނޑު މެން ނުދަންނަވަން، މާރިޔާ ކިޔެވީ އެފްޕީއައިޑީ ދަވާލި ފައިސާ އިންނެކޭ. އަޅުގަނޑު މެން ނުދަން ނަވަން ގެ ހެދީ ސަރުކާރުން ދަވާލި ފައިސާ އިންނެކޭ ވެސް

  41. އިލިބޯ

    ކަލޭ ސަރުކާރަށް ސުވާލެއް ކިތަށްމީހުންނަށް ލިވާތުކޮށްގެން އަފޫއާންމެއްދެވިދާނެތޯ ދީފިންތޯ ދިނިންތޯ މިހާރުވަނީ ދީފަތޯ؟ ޖަވާބު ދެއްވުމުގަ 250 މީހުންނަށްވުރެ މަދުވެގެންނުވާނެ.

  42. މަޑުކަށި

    މަޑުކަށި ފިކުރުގެ މީހުންދަނީ އިބޫއަށް ތާއީދުކޮށް ކެމްޕެއިން ކުރަމުން. - މާރިޔާ
    އެހެންވީމާ ބެލެންސްވޭނު. ކޮންކަމަކާ ތި ތެޅި ފޮޅެނީ.

  43. އާމިރު ބުނި ސާނިޔާ

    "ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބަކީ އެއީ މުއިއްޒު އަނބިކަނބަލުންގެ އެއްބަނޑުއެއްބަޕާ ބޭބެ"

    މާރިޔާ ނުބުނޭތަ އިބޫގެ އަންހެނުންގެ ބައްޕަ އަކީ ކާކު ތޯ އެއް؟

  44. Anonymous

    64 އަހރުގެ ޒުވާނެއް މާރިޔާ މެޑަމް އަކީ

  45. އަޙުމަދު

    މާތް ﷲގެ ތަނަވަސް ރަޙުމަތްފުޅުން މި އިންތިހާބުގައި ސަރުކާރު ބަލިވެއްޖެ. ދެން އޮތީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުން އިންޝާ ﷲ އެކަން 9 ސެޕްޓެމްބަރ ގައި ފުރިހަމަ ވެގެންދާނެއެވެ.

  46. އެލެކުސް ބުލޫ

    ގައުމާއި ދީނުގެ އަދުއްވުންނަކީ ކޮންބައެއްކަން އެންމެހައި ދިވެހީންނަށް އެނގެންއެބަޖެހޭ. ފެންނަންހުރި ކަންކަމގެ މައްޗަށް ވިސްނާބަޔަކަށް ވާންވީ. ދުނިޔޭގަމިހިގާ ކަންތައްތައް އެނގޭ އިހްލާސްތެރިން ވެރިން ހޮވަންވީ. ބޭރު ގައުމުތަކުގެ ނުބައި މަޅިފަތީގަ ނުޖެހި ގައުމު ހިންގޭނެ ބަޔަކު ދެނެގަނޭ. . ޔާﷲ އަޅަމެންނާ އަޅަމެންގެ ދަރިންނަށް ހެޔޮވިސްނުންދެއްވައި މަކަރުވެރި ހީލަތްތެރިންގެ ކިބައިން ސަލާމަތްކޮށްދެއްވާށީ. މިގައުމުގެ މިނިވަންކަމާ އިސްލާމްދީނަށް ނޭދެވޭ އަސަރުކުރާގޮތަށް ކަންތައްތައް ކުރާފަރާތްތަކުގެ ބާރުތައްނެތިކުރައްވައިފާންދޭވެ...

  47. Anonymous

    މާރިޔާދީދީ މިޤައުމުގެ ޝަރަފުވެރި ކަބަލުންނާއި ބެހިގަތީމާ އެއްޗެއް ބުނެލުން ރަގަޅުވާނެ !
    1/ 3 ނޮވެމްބަރު ގެ ބޮޑު ބަޅާވާތުގެ ބޮޑު ސިއްކަޔަށް މާފުދީ ދޫކޮށްލީ ރައީސު ސޯލިހުގެ އަންބި ކަބަލުން ފަޒުނާގެ ނުފޫޒުގަތޯ ؟
    2/ ކެރަފާ ކުދިން މަނީ ލޯންޑާ ކުރާއިރު މަނިޓަރީގައި ހުންނަ އަލީ ހާޝިމަށް ނުފޫޒު ފޯރުވަނީ ފަޒުނާތޯ ؟

  48. ާދަލޭކް

    ބަލަ އިސްލާމް دين ގެ رکن ތަކަށް އަމަލުކިރުމަކީ ހަރުކަށި ފިކުރުތޯ ބުރުގާ ނައަޅާ ތިހުންނެވީ ވެސް ހަރުކަށި ވެދާނެތީތޯ މަރުވެގެން ކައްވަޅައް ތިރިކުރެވި 3 މުތް އަޅާފަ ދިއުމަށް ފަހު އަޒާބު ލިބެންފެށީމަ ވިދާޅުވާނެ ދުނިއެ މަތީގައި ހިރަފުހަށް ވިނަމަހޭ.

  49. Anonymous

    ރޯދަމަހު މެންދުރު ރެސްޓޯރެންޓް ގައި .
    ރިސޯޓް ގައި . ހަރުކަށި ފިކުރުތޯ

    • Anonymous

      2018 ގައި އެމްޑީޕީ އާއި އިންޑިޔާ އެމްބަސީން މިރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ހޯދާދޭން ހެދި އުުކުޅަކީ ސިޔާސީ ގިނައަދަދެއްގެ މީހުން ޖަލައްވަދެ ރައީސު ޔާމީނު ސަރުކާރަށް ނަފުރަތު އުފައްދާ ރައްޔިތުން ޖަޒުބާތުގައި ޖައްސާ ގުންބޯ ހައްދާލާ، ވޯޓަށް މަކަރުހަދާ އޮޅުވާލާ، އަދާލަތު ޕާޓީގެ ދެތިން ޝޭހުން ބޯކާލާ ގުންބޯ ހައްދައިގެން އެމްޑީޕީން ހޯދި ސަރުކާރެއް !

  50. ތަައިރޯޑް

    މުއިއްޒު ދެކެ އެންމެ ލޯބިވާ މާރިޔާ އަށް ވެދުން ސަލާމް

  51. Anonymous

    ލާދީނީ މީހުނާ އެލްޖީބީޓީކިޔު މީހުންދަނީ އެމްޑީޕީއަށް ވެރިކަން ދިނުމަށް މަސައްކަތްކުރަމުން.

  52. ތުން ތުން

    ޔާމީނު ގެންގުޅުނު ގޭންގު ގަވެސްތިބީ ހަރުކަށިފިކުރުގެ މީހުންނޭ ކިޔާ އަޑު އިވޭ، އެބައިމީހުންގެ ނިދުމާ ކެއުންވެސް ހިލޭ،

  53. ބޯހަލާކު

    މިފަހަރު ވެރިކަމަށް އަރުވަނީ ސަލަފު ޕާރޓީންދޯ، އޯކޭވާނެ އަފުގާނިސްތާނުގެ ވެސް އޮތީ ތާލިބާންގެ ވެރިކަން، އޯކޭވާނެ،🤔

  54. ސައުދީ

    މާރިއާ އަށް ބުނެލަންއޮތީ ހަރުކަށިފިކުރޭ ކިޔައިގެން ދައްކާ ވާހަކަ މިހާރު ނުވިކެޔޭ. ކޮންމެވެސް އެހެން ކަމަކާ އުޅޭށޭ. މުއިއްޒު މިކަން ނިންމާފިޔޭ.

  55. Anonymous

    މީނާ މީ ހަރުކަށި ހިންދޫއެއް. ދާންވީނު އިންޑިއާއަށް އެމީހުން ރުއްސަން.

  56. ފޯއްވަޅި އަލީ

    ތެދެއް ހަރުކަށީ މީހުން ދަނީ މާފަންނު ފެންތަގީ ދަށުގަ ސްކޫލް ޔުނިފޯމް ގަ ފިރިހެނަކު ގޮވައިގެން އޮއްވާ މަ އަތުލައިގަނެފަ،،،

  57. ސަންފަ

    ލާދީނީ ބައިގަނޑު ހަރުކަށިި ފިކުރޭ މި ކިޔަނީ އިސްލާމްދީންގެ އުސޫލު ތަކާ އެއްގޮތަށް ނަމާފު ކޮށް ރޯދަހިފާ އުޅޭ މީހުނަށް. އެފަދަ މީހުން ދެކެ މިއާލާތް ގަނޑު ވަރަށްް ބިރު ގަންނާނެ. މާރިޔާގެ މެންގެ ބަހުން ނަމަ ހަރުކަށު ފިކުރު ގެ މީހެއް އިޔާޒަކީވެސް އެއީ ތުނބުޅި ހުރެފަ ނަމާދުގެ ނިޝާން ނިތުކުރިން ފެންނާތީ، އެކަމަކު ޕާރޓީއަށް ސަޕޯރޓުކުރާތީ މިވަގުތު ވަނީ އެބައިން ނެއްޓިފައި

  58. ޝާވިން

    ކަނޑައެޅިގެން ދޮގެއް. ނޫނީ ނާގާބިލުކަމުގެ ސާފު ހެކި.

    ސަބަބަކީ ހަރުކަށިފިކުރުގެ މީހުން ވޯޓުލުން ހަރާންކުރަމުންދާތަން އެންމެނަށް ފެނެ.

  59. Anonymous

    ކަލޭމެނަށް ކަށިމަޑު ޔަދީންނާއި ވިލަތުގެ ނަސާރާއިން ދަނީ ކެމްޕޭންކުރަމުން އަދި ފައިސާ ގޯނި ގޯނި ހިފައިގެން ޒިޔާރަށް ކުރަމުން އެދަނީ، މަނިޓުރީގައި ހުރި އަލީ ހާޝިމް އެހުރީ ނޭގޭކަމަށް ހެދިގެން ކަލޭމެން މަނީ ލޯންޑާކުރާ އިރުވެސް ، ފަޒުނާގެ ނުފޫޒު އޮތީ !

  60. މުޙައްމަދު

    ފަސްނަމާދުކޮށް އެއްމެންވެސް ނަމާދުކުރަން ޖެހޭނެކަމަށް ދެކޭ ހަރުކަށިމީހެއް މަށަކީ!