އެއް ޖިންސުން އެތައް ބަޔަކާއިއެކު ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރްގެ މައްޗަށް ދައުލަތުން ކުރި ހުރިހާ ދައުވާއަކަށް އޭނާ އިއުތިރާފު ވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އަލަމްގިރްގެ މައްޗަށް ސާބިތުވީ އޭނާގެ މައްޗަށް އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެވެ.

އަލަމްގިރްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށީ އިއްޔެ ހަވީރު އެވެ. ދައުވާތަކަށް އިއުތިރާފުވެ އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ދެމެހެއްޓުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އަލަމްގިރްގެ އިއުތިރާފު ބަލައިގެންފައެވެ.

އަލަމްގިރްގެ ޝަރީއަތް އިއްޔެ ފުރަތަމަ ފެށީ އޮންލައިންކޮށެވެ. ނަމަވެސް އަލަމްގިރް ކުށަށް އިއުތިރާފުވުމުން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުން މެދުކަނޑާލުމަށް ފަހު އަލަމްގިރް އާއި ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރުކޮށް އަލުން ޝަރީއަތް ފެށިއެވެ.

ޝަރީއަތުގައި އަލަމްގިރްގެ ފަރާތުން އެދުނީ ވީހައިވެސް ކުޑަ އަދަބެއް ކަނޑައަޅައި ދިނުމަށެވެ. ދައުލަތުން އެދުނީ އޭނާއަށް ކިހައި ވަރެއްގެ އަދަބެއް ކަނޑައަޅައި ދޭން ކަމެއް އަދި ސާފެއް ނުވެއެވެ.

ފެންމަތިވެގެން އުޅޭ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ވެސް ދައުވާ އުފުލީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ. އެ ދެ ގާނޫނޫގައި ވެސް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ބަޔާންކޮށްފައިވާ ނަމަވެސް، އެ ދެ ގާނޫނުގެ ތެރެއިން ލުއި އަދަބެއް ލިބެނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.

ގާނޫނުލްއުގޫބާތުން ދައުވާ އުފުލުމުން މިމައްސަލައިގައި ހިމެނޭ މީހުންނަށް އެންމެ ބޮޑު އަދަބަކަށް ވެސް އަންނާނީ ނުވަމަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ޖިންސީ ކުށުގެ ގާނޫނުން ދައުވާ އުފުލިނަމަ ހަތް އަހަރާއި ދިހަ އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސައިނާ

    އެހެން ވެއްޖިއްޔާ އޭނައް ދޭނެ އަދަބެއް ނެއް ތާ! ދޫކޮށްލާ

    20
    1
  2. ބޭބެ

    އޮ ހޯ. ދި އެންޑް. ވަﷲ އައުލަމް

    19
  3. ކޮ

    ކޮން ކުޑަ އަދަބެއް؟ ގައުމު ބަންޑުން ޖެހޭއިރުވެސް ކުޑަ އަދަބުތަ ދޭންވީ؟ 10 އަހަރައް ޖަލައްލާ ކުޅިކުޅުނު އެންމެން

    26
    2
  4. ލުނބޮއެ

    އަލަމްގިރި ދާ ނުވާ އެއްޖިންސް

    17
  5. މަ

    ސާބިތު ކުރާކަށްނު ޖެހޭނީ...

    12
  6. އޭ އަސްމާ

    ކޮން ނުވަމަހެއް ހަތް އަހަރެއް ކިޔާކަށް، ޖެހޭނީ އިސްލާމީ ޝަރީއަތުގަ އޮތް އަދަބުދޭން. މާތްﷲ އެންގެވި ގާނޫނުގެ މައްޗަށް ކަލޭމެން ކޮންޤާ ޫޫނޫނެއް ހަދާކަށް

    16
  7. ދުންނިކަ

    މިހާރު އެންމެ މުހިންމީ ހުރިހާ ދާއިރާތަކުންވެސް މައްސަލަތައް އަވަހަށް ނިންމުން. ކުށްކުރި މީހާ ކުށުގެ މަތިން ހަނދާންނެތި އެތައް އަހަރެއްވެ ކުށްކުރިމީހާ މީހުންނާއިނދެ ދަރިންލިބި އެތައް އަހަރެއް ފަހުންވެސް ހުކުމާ ހިސާބަށް އެބަދޭ. މިކަން ބަލައެއް ނުގަނެވޭނެ.

    24
  8. މަވިޔަސް

    ތިޔަނޫން ގޮތެއް ހެދޭކައްވެސް ނެތްތާ!
    އެއްކަމަކީ އެސޮރަކީ ތިންބާރުގެ ފަހަރިޔަކައްވުމާއި،
    ދައުލަތުން ހާސިލްކުރަން ބޭނުންވާ ކަންތައް ހަސިލްވެއްޖެތާދޯ!
    އަނެއްކޮޅުން ދައުލަތުގަ އެސޮރައް ކާންދީ ބޯންދީ ގިނަދުވަހު ބެލެހެއްޓޭނެ ފައިސާވެސް ނެތުން ކަމައް ވެދާނެއެވެ.

  9. ތެދު

    ދެންމީނައާ އެކީއުޅުނު މީހުންނައް އެއްވެސް އަދަބެއް ނެތީތޯ.

    19
  10. ރައްޔިތުމީހާ

    އޭނާ އެކަނި އެކަނި ތަ ކުރީ...

    15
    1
  11. އަސްތާ

    ހީކުރިގޮތަށް ނިމެނީ. 200 އެތައް މީހުނެކޭ ފުރަތަމަ ކީ. ދެން 2023 އަށް ތަޅުއަޅުވަން ޖެހޭ މީހުންނޭ އެމީހުން އެކަންޔޭ ކިޔާފަ މައްސަލަ ނިންމާލަނީ ދޯ؟ ތިމައްސަލަ އަދި ފަހުން ބަލަން ވާނެ

  12. ހުވަދޫ އަލިބެއްޔާ

    މީނާ އާއި އެކު ލިވާތު ކުރި މީހުންގެ މައްޗަށް ސާބިތު ނުވެއްޖެ ނަމަ މީނަ އަމިއްލަ ހައްޓާއި އެކު ލިވާތު ކުރިމަށްތަ ވާނީ؟؟؟؟

  13. ބާރައްއަތްޖަހާ

    ކުޑަކެކުރި ބޮޑުކެކުރި އުސޫލު އަދިއެވެސް އެންމެ ތިންމީހުން
    ދެންތިބިމީހުން ނޭންގެ ހަމައެކަނި ބުނަންއެނގެނީ ޢަދަދު

  14. ަސދަދ

    ކެނެރީގޭ ސޮރާއި ދެމީހުން އެރަށެއްގައި ހުންނަ ޖަލަކަށްވެސް ނުލާތި.
    އެހެން ނޫނީ ތިދެމީހުން ޖަލުން ނިކުންނަންވެސް ބޭނުންނުވެދާނެ.

  15. ނިޒް

    އެސޮރުގެ މައްޗަށް އެކަނި ކުށްސާބިތުވީމާ ތިކަން ތިއޮތީ ނިމިފަ....ދެން ނުތިބޭނެ ކުށްވެރިވާ މީހަކު

  16. ާދަލޭކް

    ބަނޑު ބޯޑުވެގެން ވިހަން ޖަލަށް ފޮނުވަނީ ތޯ؟ނުވަމަސް ކިޔާތީ މިހެން އަހާޅީ.

  17. ސަޅި

    އަލަމްގިރި އެކަން ކުރީ އެކަނިމާ އެކަނި ކަމަށްވަންޏާ ދަޢުވާ ގޯސް. އެ ވާނީ އަމިއްލައަށް އެދުން ފުއްދިކަމަށާއި، ޤާނޫނު ބުނާގޮތުން ނަމަ އޮރިޔާން ކާޑު ހެދުން. އެހެންވީމާ އަލަމްގިރީގެ މައްޗަށް މާބޮޑު ދައުވާއެއް ކުރެވެން ނެތް. ކޮށްފިއްޔާ، އޭގެ އަނެތް އަތްވެސް ހޯދަން ޖެހޭ. އެއް އަތް ތެޅިއަސް އަޑެއް ނުގޮވާނެ،. ގިރި އަށް އަރުވާލި މީހުންވެސް ތިބެންވާނެ

  18. ކުޅޭ

    ކީއްވެ އެއް ކުށަކަށް ދެ ހުކުމެއް އަންނަނީ. ބޭކާރު ކުޅޭކުޅޭ މަޖިލީހުން ހަދާ ފެއިލްވެފައިވާ ގާނޫނުތަކެއް.