ޖާސޫސުކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެން އިންޑިއާއަށް ނިސްބަތްވާ ދެމީހުން ހައްޔަރުކުރީ ގައުމީ ސަލާމަތަށް ނުރައްކާވެގެން ކަމަށް ފުލުހުން ކޯޓުގައި ބުނެފިއެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާގެ އެ ދެ މީހުނަށް ކުރަނީ ޖާސޫސް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ. ސްޕައި ކެމެރާ ހަރުކޮށްގެން އެއާޕޯޓު ތެރޭގައި ޖާސޫސް ކުރަން އުޅުނު ކަމަށް ވެސް ވަނީ ތުހުމަތު ކުރެވިފައެވެ. އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ:

  • މޯޑް އޯވައިސް- 26 އަހަރު- އިންޑިއާ- ފިރިހެން
  • ގޮގްޑާ ހާރޫން- 41 އަހަރު- އިންޑިއާ- ފިރިހެން

މި ދެމީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގައުމީ ސަލާމަތަށް ނުވަތަ އެއާޕޯޓުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ތުހުމަތު ކުރެވިގެންނެވެ.

މި މައްސަލައިގައި އެ ދެ މީހުންގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ.

ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މައްސަލައާއި ގުޅުންހުރި ތަކެތި އޭނާގެ ދަބަހުން ފެނިފައިވާ ކަމަށާއި އަދި މައްސަލައާއި ގުޅިގެން ބަންދުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.

ދެ މީހުން ވެސް ބަންދުކޮށްފައިވަނީ ޖީނާއި އިޖުރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

ދެ މީހުން ވެސް ޖާސޫސު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. އަދި، އެމީހުންގެ ސަބަބުން ގައުމީ ސަލާމަތާއި އެއާޕޯޓުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.

މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަހްމަދު

    އެމީހުން އުޅުނީ ޖާސޫސް ކުރާކަށްނޫން. ސާވޭ ކުރަން.

    37
    4
  2. ޅިޔަނުބެ

    ދިވެހިންގެ ކަންތައް ނިމެނީ!

    46
    3
  3. ފާޠިމާ

    ރެޑް ހޭންޑުން ހިފުނީމާ ވެސް އެމް. ޑީ.ޕީ ސަރުކާރުންނާއި އެޕާޓީން ތިކަމަކަށް އެއްބަހެއް ނުވާނެ، ތިމީހުންނަކީ އިންޑިޔަގެ ޖާސޫސީ އިދާރާ ރާ ގެ މީހުންތޯ ނޫންތޯ ބަލައި ރައްޔިތުންނަށް ތިކަމުގެ މައޤލޫމާތު ދޭންޖެހޭނެކަމަށް ގިނަބަޔަކު ބުނެއެވެ.

    46
    2
  4. ޖާނޭ

    ތިޔަވަނީ އަހަރެން އަބަދުވެސް ބުނަމުން އަންނަ ވާހަކަ. ތިޔަ ވަނީ ހަތަރެސްކަން ހަމަ. ދެން އިތުރު ކަމަކަށް ވާނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަގުރާމަ. ތިޔައީ ނުބައި ފެށުމެއްގެ ރަގަބީލު ކަމަށް ހީވޭ. އިންޑިއާ އަކީ އަބަދުވެސް ރާއްެޖެ ހިފުމަށް އެތކެއް ފަހަރު މަސައްކަތް ކޮށްފައިވާ ޤައުމެއްކަން ތާރީޚް ހެކިދޭ. އަހރެމެން ވަރަށް ބުއްދިވެރިކޮށް ތިޔަ މައްސަލަ ޙައްލުކުރަނއ ފެނޭ.

    35
  5. ޖަމާލުދީން ކެޑޭޓް ޖުނިއާ

    ބަރާބަރު

    23
  6. އައުޓް

    ތީގެ ކިތަންމެ ބަޔަކު ރާއްޖޭގެ އެކި ހިސާބުތަކުގަ ވާނެކަމަށް ލަފާކުރެވޭ.

    44
  7. އިބްރާހިމް

    މިދެމީހުން އުޅުނީ ޖާސޫސްކޮށްދޭން. މިއަދު ނިޔާވި ފައުޒިއްޔާއަކީ އިންޑިއާގެ ޖަލުތަކުގައި ނުޙައްޤުން އަނިޔާދީފައިވާ އަންހެނެކެވެ. އެވެސް ޖާސޫސްކުރުމުގެ ތުހުމަތުގައެވެ. އިންޑިއާގެ ޖާސޫސުންނަށް ރާއްޖޭގެ ޤާނޫނުތަށް ތަންފީޒްކުރާނެކަމަށް އުންމީދުކުރަން.

    50
    • އިލްޔާސް ވަހީދު

      ނުކެރޭނެ ދަށުވެފަތިބިބަޔެއް

      37
      3
      • ހަޖަމް

        އެމީހުން ބަންދު ނުކުރާނެ ފިދަނަ ދިފާއީބާރު

  8. ޗޯޓާމޫ ބަޅީބާތު

    އެދީދި ހަމަ ފުއްޓަތްކެއްޖަހާލާއިރައް ބިރުންގޮސްވިރޭނެ އޭރުން ނޯންނާނެ ޤައުމީސަލާމަތައްވީ ނުރައްކަލެއް

    4
    1
  9. ފޯއްވަޅި އަލީ

    މިކަހަލަ ޖޯކް މީ މިމީހުން އަމިއްލަ އަށް ކުޅޭ ފިލްމް، އެމްޑީޕީ ގެ އިސް ސަފުގަ ތިބީ ފިލުމް ކުޅޭން ކޮމެޑީއަނުން. ބުޅައްބެ ގެ ފޯނު ވެސް ލަންޑަނުގެ 5* ރެސްޓޯރަންޓަކުން ފޭރި ގަތެއްނު، އެވާހަކަ ގަބޫލު ކުރި ބަޔަކު ވެސް ތިއްބެއްނު. މީ ރައްޔިތުން ނަށާ ބޭރު ދުނިޔެ އަށް އޮޅުވާލަން ޖަހާ މަޅި ތަކެއް، އިންޑިއާ މީހުން މިރާއްޖޭ ގެ ތިބި އެހެން ގައުމު ތަކުގެ އެންބަސީ ތަކަށް ވެސް ޖާސޫސް ކުރާ ކަން އެގައުމު ތަކުން ދަނޭ!! މުޅި ގައުމު ހަލާކު ކުރަނީ އެޖެންޑާ19 ގެ ނަމުގަ!

    26
  10. ހުސާމް

    ތިވާނީ އިންޑިއާ ދެމީހުންނޭޭ ލިއެވުނީ އޮޅުމަކުން ކަމަށް، އިންޑިއާ މީހުން ކަމުގަވަނީނަމަ އަވަހަށް ދޫކޮށްލާ، ނޫންނަމަ އެކިއެކި ތުހުމަތު އިންޑިއާގަ ތިބި ދިވެހިންގެބޮލުގާ އަޅުވާ ހައްޔަރުކޮށް ނުވިތާކަށް މިހާރު އިންޑިއިން ލިބެމުން އަންނަ ކޯޓާތައް ބަންދުވެގެން ހިގައިދާނެ، މިގައުމަކު އިންޑިއާ މީހުން ކުންވެރިއެއް ނުވާނެ

  11. Anonymous

    ޖާސޫސު ކުރަން އެއްޗެއް އޮބޮތްތަ؟

  12. ނަޝީދު

    ކޮބާ ސަރުކާރުގަ ތިބި ހިމާރުތަކާ ރާކަނިމަސް ކެވިއްޖެ ހަމަ ހުވާކޮށްފަ ބުނަން މިބައިގަނޑުގެ ވެރިކަން ނިންމަން އެކަކު ނިކުތަސް ނިކުންނާނަން

  13. ކޮއްޔާ

    އިންޑިޔާގެ ހަގީގީސިފަ އެފެންނަނީ // މި ގައުމު އޮތީ ދަށުވެފަ // މިގައުމުގާ ޖާސޫސް ކޮށްގެން ހޯދަންޖެހޭނެ މައުލޫމާތެއް ނޯންނާނެ ހުރިހާ ކަމެއްގެ ހުރިހާ މައުލޫމާތެއް އެމީހުންނަށްލިބޭ / އެނގޭ // ތަބަކުގަ //

  14. މޮހޮނު

    1. އެއާރޕޯޓްތެރޭހައި އެއްޗެއްގޮއްވާލައިގެން ރާއްޖެ އިގްތިސޯދު ފުނޑާލުން، އެހިސާބުން ރާއްޖޭގެ ސަލާމަތާއިމެދު ފަތުރުވެރިންނަށް އިތުބާރު ގެއްލި ރާއްޖެ ފަގީރު އިންޑިޔާ ފައިބުޑަށް ސަލާން ޖަހަންދާންޖެހޭނެ. މިހާރު ނަގާފައި ހުރި މާސިންގާ ލޯންތަށް ނުދެއްކިގެން ބަދަލުގައި އިންޑިޔާއާށް ރާއްޖޭގެ ރަށްތަކެއް ދޭންޖެހި މުޅިމިގައު އިންޑިޔާގެ ކޮންޓްރޯލް ދަށަށް ގެންދިއުން.
    2. އެއާރޕޯޓްތެރޭހައި އެއްޗެއްގޮއްވާލައިގެން ރާއްޖޭގެ ދީނީ އިލްމްވެރިންގެ ބޮލުގައި އެކަން އަޅުވައި ރާއްޖެއަކީ ހައްދުފަހަނަޅާފައިވާ ދީނީ މީހުންތިބި ތަނެއްކަމަށް ދުނިޔެއަށް ދައްކައި އެންމެ ފަހުން މިސަރުކާރުން އެއަރޕޯޓް ސެކިއުރިޓީ އިނޑިޔާގެ ބެލުމުގެދަށުން ގެންދަން ހަމަޖައްސައި އިންޑިޔާގެ އިތުރު ސިފައިން މިރާއްޖެއަށް އެތެރެކޮށް ދުރު ރާސްތާ ޕްލޭންގެ ދަށުން މިގައުމު އަޅުވެތިކުރަންފެށުން.
    3. އިލެކްޝަނާއި ކައިރިވެފައި އޮތް މިވަގުތު އިންޑިޔާ ބަޔަކު މިބާވަތުގެ ކަމެއް ކުރިޔަސް ދިވެހި ފުލުހުންނާއި ސިފައި އެމީހުން ހައްޔަރުކޮށް ތަހުގީގު ހިންގާނެކަން ރައްޔިތުންނަށް ދެއްކުމަށް ހިންގާލި ޑްރާމާއެއް. ދެން ރައީސް މީހާއަށް ބުނެވޭނެތާ އިންޑިޔާގެ ހައްދުފަހަނަޅާފައިވާ ބަޔަކު މިރާއްޖޭގައި ހިންގާން އުޅުނު މިބާވަތުގެ ކަމެއް ހުއްޓުވައި އެމީހުންގެ ޝަރީއަތް ހިންގަމުން އެބަގެންދަމޭ.
    4. ގޭސްގަނޑެއް އަނބުރާލައިގެން ރޯޔަލް ލިވާތުކުޅީގެ މައްސަލަ އޮއްބާލައި ރައްޔިތުންގެ ފޯކަސް އެހެންދިމާލަކަށް އަނބުރާލުމަށް ހިނގާލި ޗަރުކޭހެއް.

    މިއިން ހަމަ ގޮންމެ ގޮތަކަށްވެސް މިކަންވެދާނެ، ދިވެހި ފުލުހުންނަކީ ޗަރުކޭސްކުޅުމަށް މޮޅުބައެއްކަން ތާރީހުން އެބަފެނޭ.

  15. ބޭރި

    ޢިންޑިއާ ބައެއް ވިއްޔާ މަށްސަލައެއް ނެތް އެހެންގައުމެއްގެ ބައެއްވިއްޔާ ޖަލު މީގެ ކުރިންވެސް އިންޑިއާމީހުންވަނީ ސަރުކާރުގެ ހަރަދުގަ ގައުމަށްފޮނުވާލާފަ.

  16. ދަރި

    ރާއްޖެ މިހާބޮޑަށް އިންޑިޢާއަށް ހުޅުވާލާ އިންޑިޢާގެ އަޅުވެތިކަމުގެ މިސްރާބަށްދާއިރު
    އަދިވެސް ޖާސޫސްކުރަންޖެހޭވަރުގެ ކަންކަން ހުރީތޯ ގައުމީސަލާމަތަށް ނުރައްކާވެގެން ހައްޔަރުކުރަން ޖެހޭކަމަކީ އާދައިގެ ކުޑަކަމެއްކަމަށް ބެލެވޭކަށްނެތް ވީމާ، ޖާސޫސުކުރަން
    އުޅުމުގެ އަދަބު ލިބެންޖެހޭނެ މިއީ ވަރަށްވިސްނަންޖެހޭކަމެއް އެއީ ގައުމީސަލާމަތަށް
    ނުރައްކާވުން އެއީ ގައުމު މިނިވަންކަންގެއްލިދާނެކަމަކަށް ވެދާނެތީ

  17. މުޙައްމަދު

    އިންޑިޔާ މީހުން ނޫޅޭނެ ރައްޖޭގަ ޖާސޫސް ކުރަން. ދިވެހި ސަރުކާރުން އެދިގެން އެއަރޕޯޓް ސާވޭ ކުރަން އުޅުނީ ކަމަށްވާނީ. މި ސަރުކާރުން އިންޑިޔާގެ ކުށެއް ފެންނާނެބާ.

  18. އާދަންބެ

    އެއާޕޯޓުގައި އެއްޗެއް ގޮއްވާލާ ދިވެހިން ބޮލުގައި އެކަން އަޅުވައި ހަރުކަށި ބައެއްކަމަށްދައްކައިގެން މިތަން އިނދަޖައްސާލުމަށްފަހު އިންޑިއާ އަށް ނުރައްކާވްތީ މިތަން އިންޑިއާގެ އޮޓޮނޮމަސް ރީޖަންއަކަށް ހަދާ ބޮޑެތި ގައުމުތައް އެކަމަށްއެއްބަސްކުރުވުމުގެ ނުރައްކާ ރޭވުމެއް. މިބައިމީހުންގެ ރޭވުންތައް ޗައިނާއިން ކައިރިން ބަލަމުންދާކަމުގެ ހަބަރު ލިބޭ. ކޮންމެ ޕާޓީއަކަސް ރާއްޖޭމިނިވަންކަން ކޮންޕްރޮމައިޒް ކުރާނެހެނެއް ހިޔެއްނުވޭ.