ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަކީ ހަރުކަށި ފިކުރު ފަތުރާ، އެ ފިކުރު އުފައްދާ "މެޝިނެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ތުހުމަތު ކުރައްވައިފިއެވެ.

ބޮންޑެ އެގޮތަށް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. ވައްޑޭ ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ހާއްސަ ޖަމާއަތެއް އެކުލަވާލުމަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ.

ބޮންޑެ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަމުގައި އިސްކޮށް ތިއްބެވީ ބަޣާވާތް ކުރި ބައެއް ކަމަށާއި ވަކިން ހާއްސަކޮށް ހޯމް މިނިސްޓްރީގައި އިސްކޮށް ތިއްބެވީ ހައްތަހާވެސް އިތުރުފުޅު ހައްދަވާ ބޭފުޅުން ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި - ފޮޓޯ: މަޖިލިސް

"އެމީހުންނަކީ ރަށު ތެރޭގައި ނުވަތަ ރައްޔިތުންގެ ކުރިމަތީގައި މިވެނި މީހަކު އަފްރާޝިމް ގަތުލުކުރީ މިވެނި ބައެކޭ ބުނެފައި އަނެއްކާ ދެވަނަ ފަހަރަށް އެއީ އެބައެއް ނޫނޭ އެހެން ބައެކޭ ކިޔާފައި ވާހަކަ ދެއްކި މީހުން މިހާރު އެތިބީ ހޯމް މިނިސްޓްރީގައި ހޯމް މިނިސްޓަރުކަން ކުރަން ތިބީ." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގެ މައްސަލަވެސް ހޯމް މިނިސްޓްރީން ބަލަމުން ނުދާ ކަން އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި، ޖަލުތަކުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެތި ދީ، ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތު ވެސް އޭނާ ވަނީ ކުރައްވައިފައެވެ.

"މިހާރުވެސް ތިބި ޒުވާން ޖީލަށް މަސްތުވާތަކެތި ބޯން ދީގެން ޖަލުތަކުގައި މި ހަރުކަށި ފިކުރު އުފައްދާ މެޝިނެއް ހޯމް މިނިސްޓަރަކީ މިހާރު. ހަރުކަށި ފިކުރު އުފައްދާ މެޝިނެއް އެއީ." ބޮންޑެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކެހުރި

    ތިކަހަލަ މެޝިން ބައިވަރު. މިސާލަކަށް ލާދީނީ މެޝިނާއި އަދީބު ގެންގުޅޭ ނިދާ މެޝިނާއި ފައިސާ ޗާޕްކުރާ މެޝިނާއި ރިޝްވަތު މެޝިނާއި އެމްޑީޕީން ވޯޓުލަން ގެންގުޅޭ ކޮންގްރީޓް މެޝިންފަދަ މެޝިންތައް ބައިވަރު

    42
    4
  2. މަގޭ ހިޔާލު101

    މި ބޮންޑާޔަކީ ބުއްޅަބޭގެ ބޯ އީއެއް. މި މީހުންގެ ފެންވަރަކީ މި މީހުންގެ ކުރިމަތީ ﷲ އާއި ރަސޫލާޔަށް ވުރެންވެސް ބުއްޅަބެޔަށް ކިޔަމަން ވާނެ. މީ ގެ ދެތިން ކެނާއިން އުޅޭނެ އެޕާރޓީގަ...

    49
    3
    • މަވެސްބުނާނީ

      އަސްލުވެސް މިހާރު ތިޔައީ ހަމަ ކެނައިން ކަމަށް،

      10
    • ހަކުރު ދެންޏާ ބޮޑުބޭބެ

      އެއީ އަންނިގެ ޑިފެންސް މިނިސްޓަރު..އެހެންޏާ ފަހެ، އަންނި ދައްކާފަ ހުރި "ބޯންޖެހޭނެ ބޮވެންޖެހޭނެ" އެކަހަލަ މިކަހަލަ ވާހަކަތަކާ ދެކޮޅަށް އެއްޗެކޭ ބުނާކަށް ނުކެރޭ..އަންނި ކޮންމެފަދަ މޮޔައެއް ގޮވިޔަސް ދިފާއުގަ ނުކުންނާނެ..އަދި އަންނި ބުނާ އެކިކަހަލަ ވާހަކަތައް ރީތިކޮށްލައިގެން ތަރުޖަމާވެސް ކޮށްދޭނެ..

      15
  3. ޖުއްބާ

    ބޮންޑާއެއްކަމަކު މިފަހަރު ތިބުނީ ތެދެއް. އިމުރާނަކީ މުއްލާއެއް.

    22
    7
  4. ޝައިޚް

    އޭނައަކީ ތިބުނާ ޒާތުގެ މީހެއްނޫން! އެކަމަކު އޭނައަކީ ފައިސާއަށް ދީންވިއްކާ ، ޖާހަށް ޢަބުރުވިއްކާ ، މުދަލަށް ދޫވިއްކާ މުނާފިގެއް!

    20
    1
  5. ބޯންޑޭ

    މީއީ ޔުނިވަރސިޓީ އޮފް ޗާންދަނީމަގުގެ ގުރެޖްއެޓެއް. ވަންޑޮލަރ ޕްލީޒް

    16
  6. ފަރޭ

    މި ދެމީހުން އެކަކާއި ރައްޓެހިވާން އުޅުނު ކަހަލަ؟ އަބަދު އިމްރާނަށް އަޅައިގަނެގެން އުޅެނީ..

    ފިރިހެން ކުޅި ހުއްޓުވަން ނޫޅޭ..؟ އެވާހަކަ ދައްކަން ނޭޣޭ.. ގައުމުގެ ރިސޯޓު ތަކުން ކުލިބޮޑުކުރަން ވީމާ، ރައްޔަތުން ފެލާފަ ޓެކްސް ނަަގަން އެކަނި އެގޭ ގޮލައެއް މީ

  7. ވަގުތު

    ކުރީގެ އިސްލާމިކް މިނިސްޓަރު ޒަކަރިއްޔާ (މޭ ހީ ރެސްޓް އިން ޕީސް) އިމްރާން، އިޔާޒް، ރައީސް އޮފީހުގަ އުޅޭ ޒާހިރު، އިލްޔާސް، މީ އެއްކަމެއް ކުރާ އެއް ބައެއް.

  8. ކޮންކަމެއް

    އެ މެޝިންގެވެސް ބޭނުންކޮށްގެންނެއްނު ވެރިކަމުގަ ތިޔަ ތިބެނީ. ނުކެރޭނެ އެ މެޝިން ނަގާ އެއްލާލާކަށް. އޭރުން އެ މެޝިނުން ކުރާނެ ވެރިކަން ވެއްޓުމުގެ މަސައްކަތް. އެއީ ހަރުކަށި ފިކުރަށްވުރެ ތި މީހުން މާ ބިރުގަންނާނެ މަސައްކަތެއް.