ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފިރިހެން ޓީޗަރަށް އަނިޔާކުރި މައްސަލައިގައި ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޓީޗަރަށް އަނިޔާކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ޓިއުޝަނަށް ކިޔަވަން ދިޔަ ފިރިހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ މާލޭގެ ސްކޫލެއްގައި ކިޔަވައި ދެމުން އަންނަ 29 އަހަރުގެ ދިވެހި ޓީޗަރެކެވެ. އެ ޓީޗަރު ހިފަހައްޓައި އަނިކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސް މީޑިއާގައި މި ފަހުން އާންމުވެފައިވެއެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެ ޓީޗަރު މިހާރު ހުރީ ސަސްޕެންޑްކޮށްފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޮންބެ

    ވީޑިއޯ އިން ފެނުނު ކަންކަމަށް ބަލާއިރު، ޓީޗަރަށް ހަމަލާދިނީ އެންމެ މީހެއް ނޫން. އެތައް ބަޔަކު. އެހުރިހާ މީހުން ހޯދާ އަދަބު ދެވެންވާނެ،.

    9
    2
    • ސަ

      ރާއްޖޭގެ ހުރިހާ ކުޑަކުދިން ހައްޔަރު ކޮށްފަ ކުޅިކުޅޭ މީހުން މިނިވަން ކުރަންވީނު މިވަރުން ދަންޔާ ؟

      6
      5
  2. މަރީ

    ކަރަށް ވަޅިޖެހި މީހާ އެކަމަކު ހައްޔަރެއް ނުކުރެ. ޒީރޯ ޓޮލަރަންސް.

    14
  3. ސދމ

    ކުޅިކުޅޭ މީހުން ހައްޔަރު ކުރެވޭތޯ ބަލާބަލަ ފުރަތަމަ. ސަދޫމް އިންސާފު މިތާ މިއޮތީ

    10
    1