އިދިކޮޅު ޕީޕީއެމް އިން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތްތައް މިހާރު މަޑުޖެހިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވާފައިވާ ރިޔާސީ ޤަރާރުގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ "ސަންގް ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ޕީޕީއެމް އިން ކުރިއަށް ގެންދިޔަ ހަރަކާތްތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ޔާމީން ވިދާޅުވީ ރައީސް ސޯލިހް ނެރުއްވި ރިޔާސީ ޤަރާރަކީ ޤާނޫނު އަސާސީ އާއި އަދި ޤާނޫނުތަކާއި ވެސް ހިލާފު ޤަރާރެއް ކަމަށެވެ. ނަމަވެސް އެފަދަ ޤަރާރެއް އޮއްވާ އިންޑިއާ އައުޓް ހަރަކާތްތައް ކުރިއަށް ނުގެންދަނީ ފުލުހުންނާއި ކުރިމަތިލާން ބޭނުންނުވާތީ އާއި އަދި އާއްމުންގެ މެދުގައި ހަމަނުޖެހުންތަކެއް އުފައްދަން ބޭނުންނުވާތީ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އެއީ ގާނޫނާއި ހިލާފު ގަރާރެއްވިއަސް، ރައީސުލްޖުމްހުރިއްޔާގެ ގަރާރެއް އޮތްކަމުގައި ވަންޏާ ފުލުހުން ތަންފީޒް ކުރާނެ. އެހެންވީމަ މިހާރު މުޒާހަރާއެއް ކުރަން ނޫނީ ރައްޔިތުން އަޑުއުފުލަން ނިކުތީމަވެސް ފުލުހުން ރައްޔިތުންނާއި ދޭތެރޭ ކަންކަން ކުރާ ގޮތް އަޅުގަނޑުމެންނަށް ފެނިގެންދޭ. އަނިޔާވެރި ހާލަތާއި ނުބައްދަލު ފޯސް ބޭނުންކުރޭ" ޔާމީން ވިދާޅުވިއެވެ.

ޔާމީން މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ "ފާޅުގައި އިންޑިއާ އިން ދިވެހިރާއްޖޭގެ ދާހިލީ ކަންކަމާއި އެދަނީ ބެހެމުން." ކަމަށެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދާއި އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެއްފަހަރާ އިންޑިއާ އަށް ހާޒިރުކޮށްފި ކަމަށާއި އެހެންކަމުން އެއީ ވެސް އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތް މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާއަކަށް މިކަހަލަ ގަރާރެއް ނުނެރެވޭނެ އިނގޭތޯ. ރައީސުލްޖުމްހޫރިއްޔާއަށް އާންމު ހަލާތުގައި ޤާނޫނީ ބާރު ލިބޭ، ޤާނޫނީ އަމުރު ހިންގާ ގަރާގެއް ނުވަތަ ގަވައިދެއް ރައީސަކަށް ނުހެއްދެވޭނެ. ޤާނޫނުގައޮ އެޖާގައެއް ނުލިބޭ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ޖެހިގެން ޤާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑް ކުރެވިދާނެ ކަމަށެވެ. އެކަމަކު އެއީ ކުއްލި ނުރައްކަލުގެ ހާލަތު ހިންގައިގެން ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓާލަން ބޭނުންނުވާ ކަމަށެވެ. "އަޅުގަނޑުމެން ކޮންމެހެން އިންޑިއާ އައުޓްގެ ހަރަކާތް ހުއްޓާލަން ވެގެނެއް ނޫން. ހަމަ މި ގަރާރު އޮތީމަ އިތުރު ހަމަނުޖެހުމަށް ދާން ބޭނުން ނުވާތީ މިހަރަކާތް ހުއްޓިފައި އޮތި" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ދެން ކުރިއަށް ގެންދެވޭނީ ގަރާރު ބާތިލް ކުރަން މިހާރު ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައަށް ގޮތެއް ނިމިގެން ކަމަށެވެ. ނަމަވެސް އެމައްސަލައިގެ ޝަރީއަތް ކުރިއަށް ދިއުން ލަސްވާތީ ވަރަށް ބޮޑަށް އެކަމާއި ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފުނަމާ

    އިންޑިޔާ އައުޓް ވަޔަކުނުހިފާނެ ދައްކާނެ ވާހަކައެއް ނެތިގެން ކުރާނެ ކަމެއް ނޭގިގެން އުޅޭބަޔެއްތީ.

    5
    9
  2. ގަރާރުހޯ

    އެއީ ރައީސްގެ ބޭގަރާރު އެއެތި ނެރުނުވާހަކަ މަޖްލިހައް އެންގިބާ އެއީ ކުއްލިނުރައްކަލުގެ ގަރާރުވެސް ނެރެފައަންގަން ޖެހޭވިއްޔަ އެއީ އަދިކުއްލި ނުރައްކާ މީ ބޭރުބައެއްގެ މަސްލަހަތު ހިމާޔަތް ކުރަންނެރުނު ކުރުގޮތަކައް ބުނަންޏާ ދިވެހިންގެ ގައުމުގަ ދިވެހިންގެބާރު ކަނޑުވާލަން ނެރުނު ގަރާރެއް އަދި އެވެސް ބޭރު ބައެއްގެ ކުރިމަތީ

  3. ސލ

    އިންޑިއާ އައުޓް ހަރަކާތް ވަރުގަދައަށް ކުރިއަށް ގެންދަން
    ޖެހެއެވެ އިންޑިއާގެ ނުފޫޒުން ރާއްޖެ ސަލާމަތްކުރުމަކީ
    ރާއްޖޭގެ ދާޚިލީ މިނިވަކަން ހަރުދާކުރުމަށް ކުރަންޖެހޭ ކަމެކެވެ.

    7
    3
  4. Anonymous

    ތީ ވައްކަން ކުރުމާއި އަނިޔާވެރިވުން ނޫން އެހެން ކަމެއް ކުރަން ދަންނަ މީހެއް ނޫން. އެޅި ބްރިޖާއި ފްލެޓުގެ އަޞްލަކީ ވެސް ވައްކަން. ފްލެޓު ދޭން ވެސް ބައެއް މީހުންގެ އަތުން ބައިލައްކަ ރުފިޔާ އަތުލި. ފްލެޓް ހައްގުވާ ބައެއް މީހުންގެ ފޯމު ބަލައިނުގަތް ކަލޭގެ ހައުސިންގ މިނިސްޓްރީން. ދެން ވަގުކަލޭގެ ކޮން ވާހަކައެއް ދައްކާކަށްތަ؟

    2
    8
  5. ހުސްދޮގު

    ގަރާރުގެ ސަބަބަކުން ނޫން. އިންޑިއާ އަށް ޔާމީނުގެ ސަޕޯޓަރުން ދިޔައީމާ ނުވަތަ ރެންޑަމްކޮށް ދިވެހި ރައްޔިތުންގެ ފޯނު އިންޑިއާ އަށް ދިއުމުން އެއަރޕޯޓްގައި ޗެކް ކުރާއިރު އިންޑިއާ އައުޓާ ގުޅޭ މެސެޖްތައް ހުރިނަމަ އެމީހުންނަށް އިންޑިއާގައި އުދަގޫތަކާ ކުރިމަތި ލާންޖެހޭތީ މިހާރު އެކެމްޕޭނުގައި މީހުން ބައިވެރިވާލެއް މާބޮޑުތަނުން މަދުވީތީ ލަދުން ސަލާމަތްވުމަށް އެކަން ހުއްޓާލީ.

    3
    7
  6. އަވަށުމީހުން

    އެހެންނެއްނޫން ވީޔެއް.. އިންޑިޔާއިން ރޔާމީނުވެސް ގަނެލީ.. އިނގޭވިއްޔާ މިފައިސާ އެފައިސާ މީހެއްކަން.. ރަގަޅު އަދަދެއްދީފިއްޔާ މެމްބަރުންނާއި
    އެކު ޕާޓީވެސް ބަޔަކަށް ވިއްކާލާނެކަން..

    1
    1
  7. މާމީ

    އިންޑި އާ އައުޓު ކިއާނަން