ތަނަކަށް އެއްވާން ބޭނުން ނަމަ ހައްޖަށް ދާންވީ ކަމަށް ވިދާޅުވެ ޕީޕީއެމްގެ އެއްވުމެއްގައި ކުރިން ދެއްކެވި ވާހަކަ "ރީކޯލް" ނުކުރެއްވޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ޔާމީންގެ ފަސް އަހަރު ދުވަހުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން އެއްވެ އުޅުމުގެ ހައްގު ނުލިބިގެން ކުރި މަސައްކަތަށް ރައްދު ދެއްވަމުން އެމަނިކުފާނު ވިދާޅުވި ބަސްފުޅު ހަނދުމަފުޅު ނެތްކަމަށް ވިދާޅުވީ ރޭ ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޕްރެޒެންޓަރު ކުރި ސުވާލަކާ ގުޅިގެންނެވެ.

ޔާމީން ވެރިކަމުގައި ހުންނަވަނިކޮށް ޕީޕީއެމުން ބޭއްވި އެއްވުމެއްގެ ތެރެއިން އެމަނިކުފާނު ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައި ޕްރެޒެންޓަރު ސުވާލު ކުރައްވަން ފެއްޓެވުމުން ސުވާލު މެދުތެރެއިން ހުއްޓަވާލައްވައި އެއީ ކޮން ވާހަކައެއްތޯ ޔާމީން، ޕްރެޒެންޓަރު ގާތުގައި އެއްސެވިއެވެ. އަދި އެއީ ކޮން ބަސްފުޅެއްކަން ތަންކޮޅެއް ތަފްސީލްކޮށް ޕްރެޒެންޓަރު ކިޔައި ދިނުމުން ވެސް ވިދާޅުވީ އެކަން ހަނދުމަފުޅަށް ނާންނަ ކަމަށެވެ.

ރައީސް ޔާމީނާ ކުރި ސުވާލުގައި ޕްޒެންޓަރު އިޝާރާތްކުރީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރުގެ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްއިން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވި ވާހަކަފުޅަށެވެ.

"އަބަދު މި ދައްކަނީ ތަންތަނަށް އެއް ނުވެވޭ ވާހަކަ. ބަލަ ތަންތަނަށް އެއްވާ ނަމަ، ހައްޖަށް ދާން ވީނު،" ޓީވީތަކުން ލައިވްކުރި ބޮޑު ޖަލްސާއެއްގައި ރައީސް ޔާމިން ވިދާޅުވެފައިވެއެވެ.

ނަމަވެސް ރައީސް ޔާމީން ހައިރާންކަންމަތީ ރޭ ވިދާޅުވީ އެފަދަ ވާހަކައެއް ވިދާޅުވި ކަމަށް ރީކޯލް ނުކުރެއްވޭ ކަމަށެވެ.

"ދެން ތިކަހަލަ ވާހަކަ. ހައްޖަށް ދާކަށް މުޒާހަރާކުރަން ބޭނުންނަމަ. އަޅުގަނޑަކަށް ރިކޯލެއް ނުކުރެވޭ އިނގޭތޯ.ހަމަ އެއްގޮތަކަށްވެސް،" ރައީސް ޔާމިން ވިދާޅުވި އެވެ.

އެމަނިކުފާނުގެ އެ ޖަވާބާ ގުޅިގެން އަނެއްކާވެސް ޕްރެޒެންޓަރ ވަނީ ތަނަކަށް "އެއްވާން ބޭނުންނަމަ ހައްޖަށްދާންވީ ނޫންތޯ" ވިދާޅުވި ނޫންތޯ އައްސަވާފައެވެ. ނަމަވެސް ދެންވެސް ރައީސް ޔާމީން ވަނީ އެ ގޮތައް ވިދާޅުވި ކަމަށްވެސް އެއްބަސްވެވަޑައިނުގެންފައެވެ.

"ނޫން. އެއްވާން ބޭނުނަމަ އެއްްވާނެ ތަންތަން އެ ހުރީ ކަނޑައަޅާދީފައި ނޫންތޯ. ޔާމީން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިހާރު ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކަށް ތާއީދު ކުރާ މީހުން ގެންދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ރައީސް ޔާމީންގެ އެ ވާހަކަފުޅަށް ބައެއް މީޙުން ރައްދު ދިނީ އޭރު ރައީސް ޔާމީން އެގޮތައް ވިދާޅުވީ ވީޑިއޯ ކްލިޕްކޮޅަކާ އެކުއެވެ. އަދި ބައެއް މީހުން ވަނީ އެގޮތައް ކުރިން ވިދާޅުވެ ފަހުން ރާގު ބަދަލުވެފައިވާ ބައެއް ވާހަކަފުޅުތައް ހަނދާން އާކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ހޯހޯ

    ތީމާ ނުކުރާކަމެކޭ މަމީ ރަށުނެތްމީހާ.....

    12
    1
  2. ނައިފަރު ޝިޔާމް

    ޔާމީނަކީ ބޮޑުވެގެންވާ މުނާފިޤެއް. ދުވަހަކު ތެދެއް ނުހަދާނެ! މިވަރު ބޮޑު ދޮގުވެރިއެއް ވެރިކަމަށް ގެންނަން ތެޅިއަރުވާ މީހުންވެސް ވާހުށީ މުނާފިޤުން ގެ ގޮތުގައި.

    42
    62
    • މަރީ

      އަންނިއަށްވުރެ ބޮޑު ދޮގުވެރިއެއް މިދުނިޔެވެސް ނުދެކޭ

  3. ލަކީ

    ޙެހެ. މިހާރަކު ދޮގެއް ނެހެދޭނެ

    32
    3
  4. Anonymous

    ފިރިމީހާ ގެއަށް ވައްދާ ތަކެތި ހަރާމްތޯ ހަލާލުތޯ އަނބިމީހާ ވެސް ނުބަލާނެ ކަމަށް ބުނި ހަނދާން އެބަހުރިތަ؟

    37
    15
  5. ނަބީލް

    ނުހުންނާނެ މިހާރު އެހެރީ ވެރިކަން ނުލިބިގެން ބޯގޮވާފަ ކުރިންބުނި އެތި ކެންސަލް

    37
    40
  6. ޙައިރާނެއް ނުވޭ.....

    ލަދުޙަޔާތުގެ ކަންފުޅެއް ވެސް ނުހުންނަ މީހުން ކޮންމެފަދަ ވާހަކައެއް ވެސް ދައްކަފާނެ އެވެ. އެކަމަކު ޕްރޮގްރާމްގައި މި ލިޔުމާއިއެކުގައި އެވާ ވީޑިއޯ ކްލިޕް ވެސް އެމަނިކުފާނަށް ދައްކާލި ނަމަ އެވެ.

    35
    20
  7. Anonymous

    ލޮލް. ތިބޭފުޅުންވެސް ހައިރާންވެގެން ތިޚަބަރު ޖެހީ ދެއްތޯ! މިވަރުގެ ވެރިއަކު ދެން ކޯޓުގައި ތެދެއްހަދާފާނެތޯ!

    36
    26
  8. ކަދުރޭ

    ޔާމީން އެކައުންޓަށް ކޮންމެ ދިމާލަކުން ފައިސާ ވަނަސް އެވާނީ ހަލާލު ފައިސާ. އެފައިސާ މި ފައިސާ ގެ ވެރި ފަރާތަކީ ޔާމީން. ގޯސް ހަދާނީ އޭނާގެ ދަށައް ތިބިމީހުން. ޔާމީން ނުބުނާ ގޮތައް ދަށައް ތިބި މީހުންނައް ކަމެއް ކުރެވިގެންނުވާނެ. އަހަންނަށް ދެރައީ އިސްލާމު ވެރިކަމެއް ކުރާ ގައުމެއްގެ ރައީސަކަށް ޔާމީން ފެންނަން ތާއީދު ކުރާ މަދު ބަޔަކު ނަމަވެސް ތިބީމަ. ކޮންމެ ފަދަ ކަމެއްކޮއްފަ ރެކެން މަސައްކަތް ކުރާނެ. އަހަންނަށް ފެންނަނީ މި މައްސަލަ ސްޕީންކޯޓައް ބައްދަން. ވެރިކަމެއް ކުފޫ ހަމަނުވޭ.

    7
    8
  9. ފާތުމަ އެޅި މިސްކިތް

    ޙަމައިގެ ނުތިބޭ މީހުން ފެނަޭތަ!

    29
    17
  10. Anonymous

    ހަހަ، ދެންހަމަ ހަނދާންނެތިދާނެދޯ ލޮލް.

    24
    14
  11. ރާކަނި ސައްތާރު

    މިވަރު ގަޅިން ވެރިކަން ކުރަން މިއުޅެނީ....އަލަތު ކައިވެންޏަށް ފުލެޓް ކޮބާ !؛ ބެޔަސް ނުބެޔަސް ކޮބާ... ތިޖޫރީގެ ފޫ ކޮބާ !

    .

    30
    26
  12. ޫހުނަރު.

    ޢެމަނިކުފާނު ދައުލަތުގެ ފައިސާއިން ކުރިވައްކަންތަށް ހަދާން އެބަހުރިޓޯ އާއި މިލޔަނުން މިލިޔަނުން ނެގިޑޮލަރު ތަކުގެ މަތިން ހާދާން އެބަހުރިތޯ ދެންފަހަރަކުން ނަމަވެސް ޕްރެޒެންޓަރ އައްސަވާލަދެއްވާތި. މިޙާރުވެސް ވެރިކަމުގަ ހުރިދުވަސް ވަރު ކޮށްފަހުރި ވައްކަންތަކާ ގުޅިގެން ޝަރީއަތަށް ދަމާވާހަކަ އަޑުއިވޭ. ޢަދި ޝަރީއަތަށް ދަމާކަން އެނގިލައްވާތޯވެސް އައްސަވާލަދެއްވާތި.

    6
    10
  13. ހަސަން

    ބޮޑައް ބެލެވެނީ ސަރުކާރު ޕޮންސާ ކޮއްގެންހެން މިލިޔުމަކީ

    30
    26
  14. ސޯޅީޙޫ

    ތިކަމުގައި އެއްވެސް މައްސަލައެއް ނެތް. މީހަކު ކަމެއްގެ މަތިން ނުވަތަ ބުނި ބަހެއް ހަނދާންނެތި ދިޔުމަކީ އިންސަނީ ތޮބީއީ ކަމެއް. މިއަށްވުރެ މާކަންތައް ގަނޑުބޮޑެތި ކަންކަން މި ގައުމުގައި މިހާރު ހިނގަމުން ނޫންތޯ މިދަނީ.

    27
    10
    • އަލީ

      ވައްކަން ކުރި ހަނދާންވެސް ނެތުނީ ދޯ

  15. އަލްޖިބްރާ

    ކަލެއަކީ ސިކުޑި ހަމަނުޖެހޭމީހެކޭ ބުނަންޖެހެނީ މިހެންވެގެން ! މިވަރުގެ މީހަކާ ޤައުމެއްގެ ވެރިކަން ދެވަނަ ފަހަރަށް ހަވާލު ކުރާނީވެސް ސިކުޑި ގޮވާފާ ތިބި ބަޔަކު !

    26
    35
  16. ސެތަސިސް

    ވައްކަންކުރާމީހުން ވަރަށް ދޮގުހަދާ ކަންކަން އޮޅުވާލާނެ އިއްޔެކީ އެއްޗެހި ނުކިޔާކަމަށް ތިބުނަނީ އެއެއްޗެހީގެ ރެކޯޑިންވެސް ތިބޭފުޅާއަށް ނުފެންނަނީތަ

    22
    19
  17. Anonymous

    ރ ޔާމީނުގެ ސަޕޯޓަރެއްނޫން ވިޔަސް ވަކިފަރާތަކަށްނުޖެހި އެއްޗެއް ބުނަންޏާ ބުނެވޭނީ ހަނދާންނެތުމަކީ ކޮއްމެ އިންސާނެއްގެ ކިބައިގައިވެސް ލައްވާފައިވާ ކަމަކަށްވާއިރު ކޮންމެ މީހަކަށްވެސް ބައެއްކަންތަށް ބައެއްފަހަރު ހަނދާނުގައިނެތުމަކީ ވެދާނެކަމެއްކަން މިހަގީގަތް ގަބޫލުކުރަންޖެހޭ ދޮތެ؟ އަދި އެދުވަސްވަރަކީ އެމަނިކުފާނު ބޮޑު ކެމްޕެއިނެއްގެ ވަރަށްގިނަ ހަރަކާތްތަކެއް އެމަނިކުފާނު ބައިވެރިވެގެން ހިންގި ދުވަސްވަރެއްވީމަ ވިދާޅުވި ވާހައެއްވެސް މީހަކު ކުއްލިއަކަށް އަހާލާއިރު ކަންހިނގިގޮތަށް ސީދަލަށް ޖަވާބުދޭން ހަނދާންނެތުމަކީ އިންސާނީ ހައިސިއްޔަތުން ކޮންމެ މީހަކަށްވެސް ގަބޫލުކުރެވޭނެކަމެއް،

    21
    4
    • އިބުރާހިމް

      ރަނގަޅު. ވައްކަން ކޮށްފަ އެކަން ވެސް ހަނދާން ނައްތައިލީ

      1
      2
  18. ޢަހޫ

    ޔާމީނު ކައިރީ އަހާބަލަ ރެލީ ބައިސްކަލެއް ވަގަށް ނެގިންތޯ.

    28
    21
  19. ޢަހޫ

    ޔާމީނުކައިރީ އަހާބަލަ ރެލީބައިސްކަލެއް ވަގަށް ނެގިންތޯ

    17
    19
  20. ފުއާދު

    އާރާއި ބާރު ހުރި އިރު ދެއްކި ވާހަކަތަކާއި ކުރިކަންތައްތައް މިހާއަވަހަށް ހަނދާން ނެތުމަކީ ވެރިކަމަށް ކުފޫ ހަމަނުވާކަމުގެ ހެއްކެއް.

    23
    22
  21. Anonymous

    ރ ޔާމީނު ވިދާޅުވީ ތެދުފުޅެއް، އަހަރުމެން މުސްލިމުންނަށް އެއްމެ ރަނގަޅު އެއްވުމަކަށްވާނީ ހައްޖަށްގޮސް އެއްވާ އެއްުވުންތަށް މިއީ ހަގީގަތް ބަޔަކަށް ހަޖަމުނުވިޔަސް، ދެން ކޮންމެ އިންސާނަކުވެސް ފަދައިން ރ ޔާމީނަށްވެސް ބައެއްކަންތަށް ހަނދާންނެތޭ ވަގުތުވާނެކަންވެސް ގަބޫލުކުރަންޖެހޭ، މަލާއިތް ބެއިކަލެއް ނޫންވިއްޔާ،

    17
  22. ހަސަނާ

    ހިނދުކޮޅުގަ ދެކެވޭވާހަކަތަކެއް ހަނދުމަފުޅު ނުހުންނާނެ ބައެއްރަށްރަށަށް ގޮސްފަ އެބަހުރި އެހެން ނަންނަމުން ރަށަށް ނިސްބަތކޮށް ވާހަކަ ދައްކާފަ

    20
    16
  23. Anonymous

    އިސްލާމް ދީނުގެ ރުކުނަކަށް ޖޯކު ޖަހާފަ މިތަނުގަ ކޮބާ ތަ
    އެހާ އެއްވާން ބޭނުމިއްޔާ ހައްޖަށް ދާންވީނުހޭ ބުނީމަ

    16
    27
    • އެއްވާބެ

      ބަލަގަ މީހުން ހައްޖައްދަނީ، ތިމާ ހިތްއެދޭ ކަމެއް ނުވެގެން ނުވަތަ ބޭނުންވާ ކަންތަކުގެ އަޑު އުފުލުމަށް އެތަނުގައި އެއްވެ ތިބޭކަށެއް ނޫނެވެ. އެތަނަށްދަނީ 7 އުޑުމަތިން ހެއްދި ފަރާތުން އެކަމަށް ކުޅަދާނަކަން ލިބިގެންވާމީހުން އެތަނަށް ގޮސް ހައްޖުވުމަށް އަންގަވާފައިވާތީއެވެ. އަދި އެތަނަށް ގޮސް އެއްވެ ތިބެ މުޒާހަރާއެއް ނުކުރާނެއެވެ. ކިއެއްތަ މާތްﷲ ހަޟްރަތުގައި ކަންކަމަށް އެދި ދަންނަވާނީ އެހެންމީހުންނަށްވެސް ސިއްރުން. އަދި އެއީ އެއްވެ ތިބެ ކުރާކަމެއްވެސް ނޫން. ބައިބޯވި ވަރަކަށް ތިމާ އެދޭ ކަންތައް އަވަހަށް ފުރިހަމަވާކަށް........

  24. ބައެއްފަހަރު

    އަހަރެންވެސް ވަރަށް ގިނަ ވާހަކަތައް ހަނދާންނެތޭ. އިންސާނުންވީމަ ވާގޮތް.

    34
    14
  25. ސަން

    ކުރިން ބުނިއެތި ކެންސަލް

    6
    2
  26. މޕ

    ތިޔައްވުރެން މާގިނަ ވާހަކަ އެބަހުރި އެމްޑީޕީ ގެ ހުރިހާ ބޮޑުންގެ ތެރޭގަ ކިޔޭނެ

    21
    5
  27. ހަސަން

    ތިކަމައް ވުރެން އަހަންނަށް މާގޯސް މިސަރުކާރުގެ ދީނީކަންތައްތަކާ ދޮކޮޅު ކަންތައްތައް މާގިނަ

    24
    3
  28. މުޙައްމަދު123

    ޔާމީނަށް ހަނދާންކޮށްދޭން މި ޚަބަރުގައި އެ ވީޑިއޯ ހިމަނާލަން ޖެހޭ.

    9
    10
  29. ބަހަބަރު

    ޔާމީނަކީ ކޮންކަހަލަ މީހެއްކަން ވިސްނާ މީހުންނަށް ފަހުމްވާނެ ކަމެއްމީ.

  30. ރާމީ މާފަންނު ވައިނުޖެހޭގެ

    ޔާމީން އަކީ ވަރަށް ގިނަ މަސައްކަތްތަކެއް ވާރޭ އަކަށް އަތްވަކަށް، ބައްލަވާ ލެއްވުމެއްނެތި ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި ނިއްމަވާލެއްވި ބޭފުޅެކެވެ. އަދި އެހުރިހާ މަސައްކަތެއްގެ ދެމެދުންނާއި ދޭތެރެއިން، ގިނަގިނައިން ނޫސްވެރިންނާއި ބައްދަލު ކުރައްވަވާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަވާ އެބޭފުޅާގެ ޙިޔާލުފުޅު ދެއްވެވި ބޭފުޅެކެވެ. އެއާއި އިދިކޮޅަށް އިބޫ އަކީ ބަރަވެލި ސްޕީޑްގައި މަސައްކަތްކޮށް، ނޫސްވެރިނަށް ފިލައިގެން އުޅޭ މީހެކެވެ. ވީމާ އިބޫ އަތުން "ކެނޑޭނެ ބުޅިއެއް" ނޯންނާނެއެވެ. އިނގިރޭސި ބަހުން ބުނާނަމަ، އިބޫ އަކީ، "ޕްލޭއިނގް ސޭފް" ހަދާ މީހެކެވެ. (ފަސޭހަކަން މަތީ ތިމާއަށް ފައިދާ ލިބޭ ގޮތަށް ކަންކަން ކުރާ މީހެކެވެ). ވީމާ ޔާމީން އެހާ ގިނަ މަސައްކަތް ރައްޔިތުންނަށް ކޮށްދެއްވަވާ އެހާ ގިނަ މަސައްކަތް ކުރަމުން ދާއިރު، "ބުޅި ވެސް ކެނޑޭނީ ކެޔޮޅުންގެ އަތުންނެވެ". ޙައްޖަށްދާން އެވިދާޅުވި ވިދާޅުވުމަކީ އެގޮތުން ހިނގައިދިޔަ ކަމެކެވެ.

  31. Anonymous

    ލޮލް، ދެން ކަލޭމެން ވަކި ހަނދާންގަދަވެގެން ވާކަމެއް އެބައޮތްތަ؟ ވީކަމެއްއެބައޮތްތަ؟އަނގައިން ފޮނި ސަޅިބައިސާ ކަނޑަން ތިއްބާ އޮރިޔާންވެ ނިމިއްޖެ. މުނާފިގުން ވެސް ވަރައް ރީއްޗަށް ފެނިއްޖެ. ގިރިގިރިފަޅުފަޅު އާބާދު ވެއްޖެ. ޔާމީން ނަސީބެއްނު ނުބުނިކަން އެއީ އޮޅިގެން ބުނީ އެއްޗެކޭ. ދެންވެސް އިންޝާﷲ ރައީސް ޔާމީން

    5
    1
  32. ނޭގެ

    އިސްލާމް ދީނުގެ ރުކުންތަކަށް މަލާތްމާތްކުރާމީހާގެ ޙުކުމަކީ ކޮބާ؟

  33. ާއަލީ

    ލިވާތު ކުޅިސަރުކާރު

  34. ސަލީމާ

    މަގޭ ވޯޓް ރ ޔާމީން އަށް

  35. ސަލީމާ

    މާނަ އޮޅުވާނުލާބަލަ އެންމެ ގިނައިން މުސްލިމުން ދަނީ ހައްޖު އުމްރާ އަށް ގަންޖާބޯ ނަޝީދު ހުންނަނީ ހަމައިން ނެއްޓިފަ

  36. ރަން ރީނދޫ

    ބޭކާރު ވާހަކަތައް ހަނދާން ކުރަން ވަގުތެއް އަހަރުމެން ގެ ރައީސް އަކަށް ނެތް. 25 ބުރީގެ އިމާރާތް ތަކާއި ބުރިޖްތަކާއި ތަރައްޤީ ގެ މެގަ ޕްރޮޖެކްޓް އަހަރުމެން ހަނދާން ހުންނާނީ.