ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައެޅުއްވި އާ ޑިފެންސް އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސައިފައިވާ ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ، ޖެނެރަލް ކަމާލް ގަނަރަޓްނެގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ކާނަލް ހަސަން އާމިރު ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި އެގައުމުގެ ޑިފެންސް މިނިސްޓްރީން ވަނީ މަރުހަބާ ދަންނަވާފައެވެ. ޑިފެންސް އެޑްވައިޒަރުގެ މި ޒިޔާރާތުގައި އެ މަގާމުގައި ކުރިން ހުންނެވި ކާނަލް އިސްމާއިލް ނަސީރު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑިފެންސް އެޑްވައިޒަރުގެ މަގާމުގައި ކާނަލް އިސްމާއިލް ނަސީރު ހުންނަވައިގެން ދިފާއީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، ކާނަލް އިސްމާއިލް ނަސީރަށްލަންކާގެ ޑިފެންސް ސެކްރެޓަރީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ކުރިއަށް އޮތްތަނުގައި ވެސް ދިފާއީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ހަރުދަނާވެގެން ދާނެކަމުގައި ހާމަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައިލަންކާގެ ޑިފެންސް ސެކްރެޓަރީގެ އިތުރުން އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ މިލިޓަރީ ލިއޭޒަން އޮފިސަރ މޭޖަރ ޖެނެރަލް ދިނޭޝް ނަނަޔައްކަރަ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހަންމަދު

    ލަންކާގެ ޑިފެންސް ސެކްރެޓަރީ ޖެނެރަލް ކަމަލް އަކީ ލަންކާ ސިފައިން ތަމަޅަ ޓައިގަރުން ނާ ކުރި 30 އަހަރަށް ދިގުދެމިގެން ދިޔަ ހަނގުރާމަ ނިމުމަކަށް ގެނެވުނު 2009 ވަނަ އަހަރު ތަމަޅައިގެން ވަރުގަދަ ލީޑަރު ޕުރަބާކަރަން މަރާލީ ބެޓޭލިއަންގެ ކޮމާންޑަރަކަށް ހުރި ހިތްވަރު ގަދަ ބަތަލެކެވެ..80 ގެ އަހަރުތަކުގެ ކުރީކޮޅު ފެށުނު އެ ހަނގުރާމަ ފެށުނު ތަނާހެން އާމީންގެ ތެރެއަށް ވަދެ ފްރަންޓް ލައިންގައި 30 އަހަރު ވަރަށް ހިތްވަރާއި އެކު ފުރާނަ އަތްމައްޗަށް ލައިގެން ސާބިތު ކަމާއިއެކު ފަސްނުޖެހި ހުރެ ހަގުރާމަ ނިންމާލަދީ ،ގައުމަށް އަމާންކަން ގެނެސްދިން އަދި އެހެން މީހުން ނަމޫނާއެއްގެ ގޮތުގައި ބަލައި ގަންނަން ޖެހޭ ކުޅަދާނަ ސަޚްސިއްޔަތެއްގެ ވެރި އެކެވެ.....