ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ހަމައެކަނި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) ގެ ވަކީލުން ވަޑައިގަތުމުގެ ބަދަލުގައި ޕީޖީ ހުސެއިން ޝަމީމް ވަޑައިގަތުމަކީ މުހިންމު ކަމެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ޝަރީއަތް ކުރިއަށް ދަނިކޮށް ޕީޖީގެ ވަކީލުން ސަކަރާތް ޖެހުމާއި، ހުނުމުގެ މައްސަލަ ބޮޑުވެ ނަސޭހަތްތެރިވެފައި ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީީހުގެ ތެރެއިންނެވެ.

މިކަމާއި ގުޅިގެން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކުރީގެ ރައީސެއްގެ ޝަރީއަތް އަދި ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތުގެ ޝަރީއަތަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ފަރާތުން ސީދާ ޕްރޮސެކިއުޓަ ޖެނެރަލް ވަޑައިގަތުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި ރައީސް ޔާމީންގެ ޝަރީއަތް ގާތުން ބަލަމުން ގެންދަވާކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ދިފާއުން ހެކިވެރިޔާއާއި ސުވާލުކޮށް ނިމުމުން ދައުލަތަށް ވަނީ "ކްރޮސް އެގްޒަމިން" ކުރުމުގެ ފުރުސަތު ދީފައެވެ. މި ފުރުސަތުގައި ދައުލަތުގެ ވަކީލުން ސުވާލު ކުރައްވަމުން ގެންދެވިއިރުގައި ދައުލަތުގެ ވަކީލު އައިމިނަތު ޝަހުމާ ހުނުމުން، މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ކޯފާ އިސްކުރައްވާ އެފަދައިން އަމަލުނުކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"ދައުލަތުގެ ވަކީލުން، މިއީ ހީ ސަކަރާތް ޖަހާ މަޖިލީހެއް ނޫން. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކޮއްޓާއި ހީސަކަރާތް ޖެހުމުގެ މަޖިލީހެއް ނޫން. އެފަދަ އަމަލުތައް ކުރައްވާނަމަ ޝަރީއަތުން ޖެހޭނީ އެ ވަކީލަކާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅު އަޅަން" ގާޒީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސާބިގާ ނައީމް

    އަމްރުއަކަށް ނޭނގޭނޭ ދާން ރަނގަޅުމީހަކާ ނުރަނގަޅުމީހެއް ކިޔާކަށް. ޝަރީއަަށް އަތްބާނަން ނޫޅޭ. އަމްރުގެ އަހެނުންކަރީ އޮންނަން ރަނގަޅުމީހުން އަހަރެމެން ކިޔާދީފާނަން.

    49
    4
    • ޢ

      2023 ގެފަހުން އަމްރުމެންގެ ސަރީއަތްހިންގާއިރު ޕީޖީ އިންނާނެ

      35
      2
    • ބަރޯ

      ސޯލުބޭ ކައިރީ ބުނެގެން ޕީޖީގެ މަގާމަށް އައިސްސަ ކަލޭ ދާންވީނު އެތަނަށް. ޢެމްޑީ އެއްގެ މަގާމު ލިބުނީމަ ހީވަނީ ލައްކައެކޭދޯ. ހަމައެކަނި ކަލޭގެ ތި ވާހަކައިންވެސް ސަރުކާރުގެ އެކި ފަންތިތަކުން ސަރީއަތަށް ނުފޫޒު ފޯރުވާކަން ހާމަވޭ.

      38
  2. މަހުދީ

    އަމްރު ކަލޭތީ ރާއްޖޭގޭ އުއްތަމަ ފަނޑިޔާރުތަ. ޝަރީއަތަށް ނުފޫޒު ފޯރުވާ ވަރަކަށް އޮރިޔާންވާނީ. ކަލޭގެ ކޮރަޕްޝަން ބަލާނެ ދުވަހަކަށް. އިންތިޒާރުކުރޭ

    33
  3. Anonymous

    ކަލެއައް ކުއްލިއަކައް ލިބުނު މުއްސަނދިކަން ދިވެހިން މާ ކާރިން އެބަބަލާ

    35
  4. ހަސަނު

    އަމްރަކަސްނެގޭނެ ދާންވާމީހުނާ ނުދާންވާމީހުން. އަމްރުވެސް މަޑުންހުރޭ.

    31
  5. ރަސީދު

    މިއީ މަގާމު ދިފާއުކުރަން މިކަލޭގެ ދައްކާ ވާހަކަ

    30
  6. ވިސްނާލުމަށް އެދެމޭ

    އަ ހަންނަ ހީވަނީ އަމުރު ދިއުމުން މާރަގަޅުވާނެ...ޕޖ ހިންގަނީ މި ހާރު އެސްޓިއޯއިން ކަމަށް ނިންމީތަ...ޕަބްލިކް ކުންފުނިތަކުގެ މޑއިން ޝަރުއީ ދާރާއާ ބެ ހުންވެސް ސަޅިދޯ މި ހާރު..މިފެންވަރަށް ގައުމެއްގެ ޝަރުއީދާއިރާއަށް ނުފޫޒުފޯރުވައިގެން އަދުލު އިންސާފު ލިބޭނެތަ ސަރުކާރު ނުރު ހޭމީ ހަކަށް.....ދެން ޕޖ ކޯޓަށް ދާނެކަމެނެތް އަމުރުކޮށް ހުކުމް އިއްވީމަ ރަގަޅުވާނެ ކުންފުނިތައް ބޭނުންވާގޮތް ކޮބައިތޯ ބަލައިފަ..

    25
  7. ރާމީ މާފަންނު ވައިނުޖެހޭގެ

    މިހީރީ ސަރުކާރުން ބާރު ފޯރުވާވަރު. މިމީހުން ބޭނުން ވަނީ 2023 ގައި ޔާމީން ރައީސް ކަމަށް ހޮވިވަޑައިގަންނަވާނެތީ ކަޓުވާލަން. އެހެންކަމަކާ އުޅޭ.

    28
  8. Anonymous

    ބޯއި ފްރެންޑު ތަ ދާން

    17
  9. Anonymous

    ރ ޔާމީނުއަށް ނުހައްގުން މިސަރުކާރުން ހިންގަމުންދާ ޝަރީއަތަކީ މިރާއްޖޭގައި ހިންގާފައިވާ އެއްމެބޮޑު ޚިޔާނާތުގެ ޝަރީއަތްކަމަށް "އަމުރު" ކިޔާމީހަކު ބުނަނީ އެއީ ކިހާވަރެއްގެ ތެދު މައުލޫމާތެއް އޭނައަށް ލިބިގެންބާއޭ ހިތަށްއަރާ؟؟ ރ. މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނުގެ ޅިއަނު އިލްޔާސުއިބުރާހީމް ބައިވެރިވެގެން އެއަށްވުރެބޮޑު ބިޔަ ޚިޔާނާތެއް (އެފްޕީއައިޑީ) ވެސް ހިންގާފައިވާއިރު#!!

    26
  10. ޥާލުސޮރު

    ކީކުރަން ދާމިހެއް ބޮލަށް ފިތިވަ އުންސުރު ހަމަނުވާ ވާހަކަ އެކަނި ދައްކާނީ

    13
  11. ކަލީމް

    އިބޫދިއަސް މާރިޔާ އިމްރާންދިޔަސް ނުހައްގުން ކުރާކޮއްމެކަމެތް ބަލަން ރައްޔިތުން ތިބޭނެކަމަށް ހީކުރުމަކީގޯހެއް ތިމާމެން ފާޓީނޫނީ މިދިޔަރިއާސީއިންތިހާބުގެ ވޯޓްތަކުންވެސްފެއްނާނެ އެކަކައް ލިބުނު ހެވީވެއިޓް ފޯސް އެއްމެޓަނެއްނޫން ތިގެއްނަތެޔޮބޯޓަކައްވުރެބަރުރުވާނެ އޭރު އުމުރުހަމަނުވާ އެތައްބަޔަކު މި5އަހަރުތެރޭ ތިބޭނެ ހަމައެފަރާތައެކު އެފިކުރުގަ

    14
  12. Anonymous

    މީނަގެ ސަރީއަށް 2023 ގަފަހުން އޮންނާނެ އެދުވަހަކުން ދާންވާ މީހަކު ހޯދަފަ ތައްޔާރަށް ބަހަށްޓާ!

    15