ރައީސުލް ޖުުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ރަސޫލެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެދާނެ ކަމަށް އަލީ ރަޒީމް ބުނެފި އެވެ.

އަލީ އެގޮތަށް ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަނީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ފަދަ، އަދި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކުރެއްވި ފަދަ ހެޔޮ ވެރިކަމެއްކަމަށް އިމްރާން މިއަދު ވިދާޅުވުމާ ގުޅިގެން އަލީ ކުރި ޓުވީޓެއްގައެވެ.

އަލީ ރަމީޒު ބުނީ ރައީސް ސޯލިހުއަކީ ރަސޫލެއް ކަމަށް އިމްރާން ވިދާޅުވެދާނެ ބިރު އޭނާގެ ހިތުގައި އެބައޮތް ކަމަށެވެ.

https://twitter.com/aliramyz/status/1568902507627413504

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން މިއަދު ފެށި "ވިއަވަތި" ރާއްޖެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ތަރައްގީކޮށް ހަމަހަމަ ފުރުސަތު ތަނަވަސްކުރުމަށް ރައީސް އެންމެ އިސްކަމެއް ދެއްވާ ސިޔާސަތު ކަމަށެވެ.

''މި ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ދެން ކުރަން އޮތް އެންމެ މުހިންމުކަމަކީ ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވި ފަދައިން ފުރިހަމަ ގޮތެއްގައި މި ހުރިހާ ފަރާތްތަކެއް ހިމެނޭ ފުޅާ ދާއިރާގެ މަޝްވަރާ އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުން.'' އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހެޔޮ ވެރިކަމެއްގަ ހުންނަންޖެހޭ އެންމެ މާތް, އެންމެ މަތިވެރި, އެންމެ މޮޅު, އެންމެ ވިދާ ބަބުޅާ ސިފައަކީ ފުރިހަމަ ސިފައިގަ އެންމެން އެކުގައި މަޝްވަރާކުރުން ކަމަށެވެ.

"މިއީ ހެޔޮވެރިކަމެއްގައި ހުންނަން ޖެހޭ ސިފަތައް. ރައްޔިތުންނާ މެދު އޮންނަންޖެހޭ އޯގާވެރިކަން. ރައްޔިތުންނާ މެދު އޮންނަންޖެހޭ ގާތްކަން. މިއަދުގެ މި ވެރިކަމުން އެ ސިފަތައް އެންމެ ރީތި ގޮތުގައި އެންމެ ފުރިހަމަ ގޮތުގައި ފެންނާތީ މި އެންމެން މިތަނަށް އެއްވެ މިތިބީ" ގުރުއާނުން މިސާލު ނަންގަވައި އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަކީ ރައީސް ސޯލިހް ހަމައެކަނި ރިޔާސީ އިންތިހާބާއި ދިމާކޮށް ވެވަޑައިގެންނެވި ވައުދެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ވެރިކަން ކުރަން ޖެހޭނެ ކަމަށް ރައީސް އީމާންވެލައްވާ ގޮތް ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގެ މިވީ ދުވަސްތަކުގައި މަރުކަޒީ ބާރުވެރިކަން ދޫކޮށް، ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމަށް ކުރެއްވި މަސައްކަތުން ހެޔޮ ނަތީޖާތަކެއް ލިބިފައިވާކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"ލާމަރުކަޒީ ނިޒާމު ފައްކާ ކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ވައުދެއްގެ ގޮތުގައި ވިދާޅުވެފައިވާ ބަސްފުޅެއްނޫން. އެއީ މިޖަޒީރާ ރާއްޖޭގެ ވެރިކަން ހިންގަންޖެހޭނެކަމަށް އެމަނިކުފާނު އީމާންވެ ވަޑައިގަންނަވާ ގޮތް. އެމަނިކުފާނުގެ ޕެޝަން. އެމަނިކުފާނު ވެރިކަން ކުރައްވާ ވައްޓަފާޅިއާއި ސްޓައިލް." އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ މިއަދު އެންމެ އިސްކަން ދޭންވީ އެއްކަމަކީ ރައީސް މުޅި ރާއްޖެއަށް ދޫކުރެއްވި ލާމަރުކަޒީ ސިޔާސަތު ހިފެހެއްޓޭނެ ގޮތް ވުން ކަމަށެވެ.

"މިދައުރު ނިމުމަށްފަހު އަތޮޅުތަކަށް ފަތުރާލައްވާފައިވާ ލާމަރުކަޒީ ސިޔާސަތު ދެން އިންޗިއަކަށްވެސް ފަހަތަށް ޖެއްސުމަށް އެއްވެސް މީހަކަށް ފުރުސަތު ދީގެން ނުވާނެ. ގައުމެއް ތަނަވަސްވި ކަމަށްވާނީ އެންމެން ތަނަވަސް ވުމުން. އެންމެ ފަގީރު މީހާވެސް އުފާވީމަ. ހުރިހާ ރަށްތަކެއް އެއްވަރަށް ތަރައްގީވެގެން." މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ރަދީފުލް ކުމާރު

    އިމްރާނެކޭ މައުމޫނެކޭ ނެތް ހަމަ އެއްވެސް ތަފާތެއް.

    74
    4
    • ޒައިކް

      އަލީ ދިވެހި އުންމަތުގެ ރަމީޒަކީ ލުކައުގެ ދަރި ލުކައު.. އޭނާއަށް ކިޔަންވީވެސް ލުކަޢުގެ ދަރި ލުކަޢު

  2. ހަނީ

    އިމުރާންވަޒީފައަށްޓަކައިބުނެފާނެއިބޫއަކީރަސޫލެކޭވެސްވަޒީފައަށްޓަކައިކޮންމެވާހަކައެތްވެސްބުނެފާނެ

    40
    2
  3. ނުނން

    ލަވައަލީ ޔާނުގެ ޑޮލަރު ކޮމެންޓެއް ނެތްދޯ ؟؟؟

    19
    83
    • މަރީ

      ޑޮލަރާ ރަސޫލާއާ ބެހުމާ ވަރަށް ތަފާތު. ވާނުވާގަތަ ތިހުރީ

      3
      1
  4. ނަޢީމް

    ހަމަ ރަނގަޅަށް އަލީރަމީޒު އެ ވިދާޅުވީ. މިހާރު އިމްރާން ދައްކާ ވާހަކަތަކުން ފިއްކަނޑައިގެންދޭ. ދުނިޔެއާ ހެދީ ހާދަ ވަރެކޭ އެހުންނަނީ. ލަދުވެސް ގަނޭ ޝޭހެކޭ ކިޔަން.

    71
    4
    • ޞުކެއިލް

      ސެއިހް ލަވަ އަލީ....ޑޮލަރު ގުނުމާ ބެހޭ ފަތުވާ އެއް ދެއްވަބަލަ

      12
      32
      • ހުވަދު

        ކަލޯ ދީބަލަ

        3
        1
  5. ނަދާ

    ޓްރޫ އަލީރަމީޒް

    56
    7
  6. ބިގަރު އައްލާ

    މައުމޫނު ބުނާފަދަ ސެއިހް ....ޑޮލަރު ގުނުއްވި އިރު ކޮންތާކުތޯ ހުންނެވީ

    11
    14
  7. ޙުސައިން

    އިމްރާން ދައްކާފައި ހުރި ވާހަކަ ތަކަށް ބަލާއިރު، އެމަނިކުފާނު ނެތް، މާ ގޯސް ވާހަކައެއް ދައްކާފައެއް. ފިތުނަ އުފައްދަން، ތަފާތު ހެޑްލައިންތައް، ޖަހައިގެން ޖޯޝް އަރާ މީހުން އެއީ ގޯސް ވާހަކައެކޭ ކިޔަނީ..... ސަލަފް ޖަމިއްޔާ ކުރާ މަސައްކަތް ގޯހީ ކީ ނޫން. ޢަލީ ރަމީޒު އަދި ޖަމްޢިއްޔާގެ ރައީސް ގެ ވިސްނުން، ހަމަޔާއި އިންސާފުން ބޭރުން، ވަކި ޖަޒްބާތުތަކެއް ހިތުގައި އުފެދިގެން، ބަސްބުނާކަން ވަރަށް ފާހަގަވޭ، އެ ފަރާތްތަކުގެ ސޯސަލް މީޑިއާ އެކައުންޓްތަކަކީ އަސްލު އެފަރާތްތަކުގައި ކަމަށް ވަންޏާ.

    10
    25
  8. މުހައްމަދު

    މައުމޫނުބުނީ ރަނގަޅުވާހަކައެއް ތުބުޅި ދިގުކޮށްފަ ޖުއްބާލާފަ ފަގުޑިއެއް އެޅީމަ ބައެއްމީހުންނަށް ހީވާކަހަލަ މަމީ ދީނީ އިލްމު ވެރިއެކޭ

    13
    24
  9. ކޮޔާ

    ވަޒީފައަށްޓަކައި ޢިމްރާނު ތިދައްކަ ވަހަކައިން ރައްޔިތުން ރަތަށް މިއަރަނީ

    26
    2
  10. އަނދޭ

    ކަނޑައެޅިގެން ބޮޑު ދޮގެއްހަދާލީ. ކަލޭ ތިބުނީ ކަލެއަށް ހީވާ އެއްޗެއް. ރަގަޅުވާނީ އަވަހަށް ތައުބާ ވިއްޔާ. ސަލާމް

    7
    14
    • ރަދީފްއޮފިޝިއަލް

      ކަލޭ ދޭބަލަ މަހަށް.

      1
      3
  11. ޖާނޭ

    ލިވާޠު ކުރި މީހުނާއި، ﷲގެ ދީނަށް ފުރައްސާރަ ކުރި މީހުން ދިފާޢުކޮށް ފޮރުވުމާއި، ރައްޔިތުންގެ ފައިސާއިން ދީނުގެ ޢަދުއްވުންނަށް ޚަރަދު ކުރުމާއި ވައްކަން ކުރާ މީހުނަށް ދައުވާ ނުކުރަަން ނިއްމާ ސަރުކާރެއް ހިންގާ ވެރިޔަކުގެ ކިބައިގާ، އެންމެންގެ މައްޗަށް މާތް ކުރެއްވި މުޙައްމަދުއްރަސޫލުﷲ އާއި ހަމަކޮށް ވެރިކަން ކުރެޔޭ ބުނާ މީހެއްގެ އީމާން ކަމާ މެދު ސުވާލު އުފެދެއެވެ. ކީރިތި ރަސޫލާގެ ކާފަ ދަރިކަލުން ޝަހީދުކޮށް، އަހުލު ބައިތުންނަށް އިޙުތިރާމު ނުކުރި ޔަޒީދު ބުނު މުއާވިޔަތު ފަދަ ނުބައި ޖައްބާރެއް ފަދަ މީހެކެވެ. ކުރި މަގުގައި ޝައިޚް އިމްރާނު މުރުތައްދު ވުމީވެސް ވަރަށް ކައިރި ކަމެކެވެ. އެކަމަށް ވެސް ޑރ. އިޔާޟް ހިތްވަރުދޭނެއެވެ. މީގެ ކުރިންވެސް އިމްރާނު ސިފަ ކުރެއްވީ ސައްޔިދުނާ ޔޫސުފް ޢަލައިހްސަލާމް ފަދައިންނެވެ. ލަދުވެތި ކަމުގެ ކަންފުޅެއްވެސް ނެތެވެ.

    7
    1
  12. Anonymous

    އެހެންވީމަ ހަމަ ހަޤީގަތުގަވެސް ލަވައަލީއަކީ ސިޔާސީ މީހެއްތާ! ޕީޕީއެމްގެ ދީނީގޮފީގެ ވޯކަލިސްޓްތާދޯ މިއީ..

    5
    8
    • މަރީނާ

      މީ ސިޔާސީ ވާހަކައެއް ނޫން. ދީނާ ބެހެންޏާ ކޮންމެ މީހަކަށްވެސް ބެހެވޭނެ. ވާނުވާ ބޮއިގެންތަ ތިއުޅެނީ

      4
      1
      • ފިތުނަ

        ދެން ކީއްވެޔޯ ލާރި ގޯނި ގުނާ މީހުންނޭ ކިޔައިގެން ޓުވީޓު ނުކުރަނީ. ވައްކަން ހުއްދައީތަ އަލީ ރަމީޒަށް؟ މީނަ މިއުޅެނީ ފިތުނަ އުފައްދަން

        1
        1
  13. ޗަކާސްބޭ

    އިމްރާނާކީ ރެޑްވޭވް ސަލީ ބުނާފަދަ ދައްޖާލެއްބާ؟

    3
    1
  14. ބަބުރު

    ދެންއަންނަވެރިކަމެއްގަ އިމްރާނުގެ ކުފުރުބަހަށް ދައުވާކޮށް ޖަލަށްލެވޭނެހެން ވަރަށްހީވޭ.

    4
    1
  15. ގައިދުރު

    ޅަވަ އަލީ ކާފަރުންގެ އައި ޕެޑް ބޭނުން މިކުރަނީޔޯލަ؟؟؟؟؟؟؟؟؟.މީހަކު ހައިރާނެއްނުވާނެތަ؟؟؟؟؟؟

    1
    7
  16. Anonymous

    ލަވައަލީ..... ޑޮލަރުގެ ކޮމެންޓެއްނެތީ އެ ގުނަން އުޅުނީތަ އަނެއްކާ

    2
    7
  17. ކެޕްޓަން މާކަނާ

    ޢިމްރާން ދެއްކި ވާކަހަ އެއޮތީ ރިކޯޑިން ފެންނަން. ލަވައަލީގެ ޝައިތާނީ ފުތުނަ ހުއްޓާލަންޖެހޭ

    2
    4
  18. ލަވް

    މީހާ އުމުރު ދެބައިވަންދެން ގަޔަށްދޫ ބޮޑު ގަމީސް ލާފަ ހިތްފުރެންދެން ނާޗަރަންގީ ކުޅެފަ އަނެއްކާ ލަވަތަށް ވެސް މީހަކު ބިރުން ފިއްކަނޑައިގެން ދާ ވަރުވޭ ވަސްވާސް މިހިތް ކުރުވީ ރަތް މަލޯ ކިޔާފަ!!! އަދި ލަވަތަށް ވެސް ގުނާ ހުސްނުވޭ!!! މިހާރު ދެން ޝޭހަކަށް ވެގެން ފަތުވާ ދިނީމަ ދެން ކީކޭ ބުނާނީ!!! އިމްރާން ދެކެ ގަންނާ ކުރައްވާ ބިރު އަހަރެން ވަސްވާސް އަލީ ދެކެވެސް ގަނޭ!! ސޮރީ!!

    2
    4
    • Anonymous

      ބަލަ ކުރީިގަ ލަވަ ކިއަކަސް މިހާރު ނުކިޔައޭ. ކީއްކުރަންތަ އެލަވަތައް ތި އަޑުއަހަނީ މޮޔަވެގެން. ކިތައްމެ އެއްޗެކޭ ކިއަސް ތިޔަ އިމްރާނަށް ޝޭޚެކޭ ކިޔޭވަރެއް ނޫން މިހާރަކު.

      1
      2
  19. މަރީ

    މަޤާމުގެ ދަހިވެތިކަމުގަ ކުފުރު ވާއިރުވެސް ނޭނގޭ. ޝޭހެކޭ ކިޔައިގެން ހުރެ ތިފަދަ ވާހަކަ ދައްކަން ބިރެއް ނުގަނޭތަ

    3
    1
  20. ދަންޑަހެލު

    عن علي رضي الله عنه: أن رسول الله صلى الله عليه واله وسلم قال: «من اقتراب الساعة: إذا كثر خطباء المنابر، وركن علماؤكم إلى ولاتكم، فأحلوا لهم الحرام، وحرموا عليهم الحلال، فأفتوهم بما يشتهون، وتعلم علماؤكم ليجلبوا به دنانيركم ودراهمكم، واتخذتم القرآن تجارة» .
    رواه الديلمي.