ކެމްޕޭނަކަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ނޫން ކަމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށް އެމްޑީޕީ ސަޕޯޓަރުން ނުކުމެ ޕީޕީއެމް މީހުންނަށް ހަމަލާދީ މާރާމާރީ ވަނީ ހިންގާފައެވެ.

އެކަމާއި ގުޅުގެން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކެމްޕޭން ކުރުމުގައިވެސް އަދި ކެންޑިޑޭޓަކަށް ތާއީދު ކުރާކަން ހާމަކުރުމުގައިވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެ، ކެމްޕޭނަކަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި މިފަދަ ކަންކަމުން ދުރުވެތިބުމަށް ގޮވާލާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުރާދޫގައި ދެޕާޓީގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގަމުންދާއިރު، އެރަށުގައި ހަރަކާތްތެރިވަމުން ގޮސްފައި ވަނީ ހަތް ވަރަަކަށް ފުލުހުންނެވެ.

ގުރައިދޫގައި ބޮޑު ހަމަނުޖެހުންތައް ހިންގިއިރު، ރައީސް އިބްރާހިމް ސޯލިހް ކެމްޕޭން ދަތުރުފުޅުތަކުގެ ރަށްތަކަށް އަރާއިރު ފެންނަ މަންޒަރާއި ގުރައިދޫން މިހާރު ފެނިގެންދާ މަންޒަރު ވަރަށް ތަފާތެވެ. އިދިކޮޅު ގިނަ ބަޔަކު ރައީސް ރަށަކަށް އަރާ ވަގުތު ބަނދަރު ސަރަހައްދުގައި ތިބޭނަމަ، އެސްއޯ ފުލުހުން އެރައްޔިތުންނަށް އަނިޔާކޮށް، ރައީސް ނުފެންނަ ހިސާބަށް ޖައްސައެވެ.

ނަމަވެސް މިއަދު އިދިކޮޅު ކެންޑިޑޭޓް ރަށަކަށް އަރަން ތައްޔާރުވެފައިވަނިކޮށް އާންމުން ހިންގި މި ހަމަނުޖެހުން ފުލުހުން ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، ގުރައިދޫގައި ދެ ބައެއްގެ މެދުގައި މިއަދު ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި މި ހަމަނުޖެހުމާއި ގުޅިގެން 22 އަަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުންނާރު

    އެކަމަކު ކަލޭ ތިހެންބުނީ ހިތާދެކޮޅަށެވެ ކަލެއަށް މަޖުބޫރުވީއެވެ ދެންވެސް މުއިއްޒުއަށް ސަޕޯޓު ކުރުން އައުލާކަންބޮޑެވެ.

    30
    4
  2. Anonymous

    ލަދެއް ހަޔާތެއްނެތް މީހުން ކުރަން އެންމެރަގަޅުކަމަކީ މަގުމަތީގައި އޮރިޔާމާހިގުން!

    • Anonymous

      މިރާއްޖޭގައި ﷲ ގެ ތައުހީދުގެ ބިންގާ އަޅުވާ ދެއްވި ބޮޑު ޝޭހުގެ ދަރިކަބަލުން މެޑަމް ސާޖިދާ ހުރި ސަވާރީޔަކަށް ހަމަލާދިނުމަކީ ރައީސާއި ހޯމްނިނިސްޓާރ އާއި ޕޮލިސް ކޮމިޝަނާ ވަގުތުން ވަގުތަށް އިސްތިއުފާ ދޭންޖެހޭވަރުގެ ބޮޑު ޖަރީމާއެއް !

  3. ދަރަނި ދަންތުރަ

    ކޮބާ އުފާވެރި އަމާންރާއްޖެ ފަހަރި ދައިތަ އަށް ވެސް އަމާން ކަމެއްނެތް

  4. ރިލޭ

    މުއީޒުއަށް އޮންނަ ތާއިދު ފެނި ހަޖަމް ނުވަނީ / ނިމެނީ ނިމެނީ ،،،،

  5. މުޙައްމަދު

    މާތް ސޭކު ކަލޭގެއަށް ނުކެރުނު ދޯ އެމްޑީޕީ އެކްޓިވިސްޓުން ހުއްޓުވާކަށް. އިބޫ އަރާ ރަށްރަށުން ޕޕމ ސަޕޯޓަރުން ގަޔަށް ބޮލަށް އަރަން ފުލުހުންނަށް އަމުރު ކުރަން ކެރެނީ. ކޮބާ ސޭކުގެ ލަދުހަޔާތް. ނުކުރޭނެ ފިޔަވަޅު އަޅާކަށް. ގެއަށްދާން ތައްޔާރުވޭ.