ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިހާރު ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ވެލިދޫއަށް ވަޑައިގެންނެވިއިރު، އެރަށުގެ ޕީޕިއެމްގެ މެންބަރުން މުޒާހަރާ ކޮށް އަޑު އުފުލާފައިފިއެވެ.

އެރަށުން ވާހަކަ ދެެއްކި މީހަކު "ވަގުތު"އަށް ބުނީ މި އިހުތިތާޖުގައި ރައީސް ސޯލިހް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެރަށަށް ވެފައިވާ ވައުދުތައް ފުއްދާފައި ނުވާތީ އެކަމާއި އަޑު އުފުލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވެލިދޫގައި އަޅަން ބުނި ހޮސްޕިޓަލުގެ އެއްވެސް މަސައްކަތެއް ފެށިފައި ނުވާތީ އެކަމާއިވެސް އެރަށު ރައްޔިތުން ވަނީ ރައީސް އެރަށަށް ވަޑައިގެންނެވި ގަޑީގައި އަޑު އުފުލާފައެވެ.

ރައީސް ވެލިދޫއަށް އަރާވަޑައިގެންނެވިިއިރު ޕީީޕީއެމް އިން ކުރި މުޒާހަރާ - ފޮޓޯ: ކިޔުންތެރިއެއް

"މީގެ އިތުރުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާގެ ބައިވެރިން ޝުއޫރު ފާޅު ކޮށްފައިވޭ. މި މުޒާހަރާ ހުއްޓުވަން ފުލުހުންވެސް ހަރަކާތްތެރިވި.".

އެރަށު ވާހަކަދެއްކި މީހާ ބުނިގޮތުގައި އެރަށަށް ރައީސް ވަޑައިގެންނެވިއިރު، ޕީޕީއެމްގެ މެންބަރުން މުޒާހަރާ ކޮށްފައި ވަނީ ބަނދަރު ސަރަހައްދުގައި ރައީސްއަށް ފެންނަ ހިސާބުގައެވެ. އަދި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ކޮންމެވެސް ވަރަކަށް ބާރުގެ ބޭނުން ކުރި ކަމަށްވެސް ބުންޏެވެ.

ރައީސް ވެލިދޫއަށް އަރާވަޑައިގެންނެވިިއިރު ޕީީޕީއެމް އިން ކުރި މުޒާހަރާ - ފޮޓޯ: ކިޔުންތެރިއެއް

މީގެ ކުރިިންވެސް ރައީސް ރަށްރަށަށް ކެމްޕެއިން ދަތުރުގައި އަރާ ވަޑައިގަންނަވާއިރު، އިދިކޮޅުން މުޒާހަރާ ކުރެއެވެ. މި މުޒާހަރާތައް ހުއްޓުވަން ހާލަތާއި ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށް މީހުން ހައްޔަރުކޮށްފައި ވެެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަވާލާ

    ފުލުހުން ބޭނުން ކޮށްގެން މުޒާހިރާ ހުއްޓުވިދާނެ ، އެކަމަކު އަހަރެމެން އަތުގައި އޮތް ހެޔޮ ފާހަގަ ފުލުހުންނާ ސިފައިން ބޭނުން ކޮށްގެން ވެސް ޗޯރޭ އަށް އަތުނުލެވޭނެ ، ﷲ އިރާދަކުރެއްވިޔާ މިފަހަރު ޗޯރޭ ސައިޒު ކޮށް އިންޑިޔާ އަށް އެކުސްޕޯޓު ކޮށްލާނަން ، މުއިއްޒު 2023 އިންސާ ﷲ

    18
    7
  2. ވެދުން

    ކިތަންމެ މުޒާހަރާއެއް ކުރިޔަސް އިންޝާﷲ އަހަރެމެންގެ ރައީސް އިބޫ އެއްބުރުން ހޮވޭނެ...

    5
    23
  3. އިދުރީސް

    ވާ ހުރިހާ ވައުދަކީ ފުއްދަން ޖެހޭ ވައުދެއް ނޫން