ނ.ވެލިދޫ ކައިރީގައި ޕިކްނިކް އައިލެންޑެން ތަރައްގީ ކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ.

މި މަޝްރޫއުގެ ދަށުން 1.5 ހެކްޓަރުގެ ބިން ހިއްކުމާއި، 412 މީޓާރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމާއި 50 މީޓަރުގެ ސަރަހަށްދެއްގައި ރޮކް ބޯލްޑާ ގްރައިޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މި މަޝްރޫއުގެ އަގަކީ 20،693،664 ރުފިޔާއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އެމްޓީސީސީއިން ދަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގެ ކައިރީގައި ޕިކްނިކް އައިލެންޑް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މާފުށީ ކައިރީގަޔާއި ގުރައިދޫ އަދި މާލޭ ކައިރީގައި ތަރައްގީ ކޮށްފައިވާ ކުޑަގިރި ފާހަގަކޮށްލެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮރެއާ

    ގަލަމުން ދެލި ހިކެންދެން ސޮއި ކުރާތި. މަ ވޯޓު ހަމަ މުއިއްޒުއަށް

  2. ޕީޕީއެމް ޕީ އެން ސީ

    ކުރީގަ ރ މައުމޫން ވޯޓަށް ދެ ހަފްތާއަށް ވީމަ މަޝްރޫއުތަކުގަ ސޮއި ކުރާހެން ތި ހަދާނީ. ކާކު ތި ގަބޫލުކުރާނީ މިހާރު؟

  3. ދޮންތު

    ތިޔައީވެސް ހަމަ ޓާސަރީ ހޮސްޕިތަލައް ވާގޮތްވާކަހަލަ ވާހަކައެއް ދެންތިބޭ ބަލަން

  4. ޑައެލޯގް

    ބަލަ ހާދަމަސައްކަތެކޭދޯ ތިހަވާލުކުރަނީ ބަޖެޓްގައި ޖަހާފަތަ ތިކަންތިކުރަނީ މުޅިންވެސް ވޯޓުގަތުމަށެވެ. ތިއީ މިދައުރުގައި ކުރިކަމަކަށް ނުވާނެއެވެ. ދައުރެއްގައި ކުރިކަމަކަށްވާނީ މަދުވެގެން އެކުރާކަމެއްގެ %40 ނިމިފައިވާނަމައެވެ.

  5. އިބޫ ހޯލިސް

    1.5 ހެކްޓަރުގެ ބިން ހިއްކަން 20 މިލިއަން ރުފިޔާ؟
    ތަންފުކެށްބޮޑުވަރުތީ، މީނާ އުޅުނޭ އަނގަ ފުޅާކޮށްފަ ހުޅުމާލެ ފޭސް 1 އަކަމީޓަރެއް 20 ރުފިޔާއަށް ހިއްކައިގެން އެކަމާ ކަންބޮޑުވެގެން
    ޢޭގެ 5 ގުނަ އަގުގަ ތި ހިއްކަނީ މިހާރު