ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރެވޭނެ އެންމެ ފަސޭހަ ފޯމިއުލާއަކީ ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކީ ޖަމީލް ކަމަށް ނިންމާނަމަ ހާދަ ރަނގަޅޭ ބައެއް ފަހަރު ހިތަށް އަރާ ކަމަށެވެ.

އެއީ ރައީސް ސޯލިހަށް އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމަށް އެންމެ ފަސޭގަ ފޯމިއުލާއަކަށް ވާނީ އެ ފޯމިއުލާ ކަމަށްވާތީ ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖެއްސެވީ އެ ކޯލިޝަންގެ ސެނެޓް މެމްބަރުންނެވެ. އަދި ރަނިންމޭޓަކަށް ޖަމީލް ހަމަޖައްސާފައި ވަނީ ޔާމީނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީންގެ ފޯމް އިއްޔެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅިއެވެ. ނަމަވެސް އީސީން ނިންމާފައިވަނީ އެ ފޯމު ބަލައިނުގަތުމަށެވެ.

އީސީން އިއްޔެ ވިދާޅުވީ ރައީސް ޔާމީންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ބަލައިނުގަތް ސަބަބަކީ، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ރައީސް ޔާމީނަށް އައިސްފައި ވުމެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ކޮމިޝަނުން ނިންމީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އައިސްފައި ވުމާ އެކު، ރައީސް ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭ ކަމަށެވެ.

އެހެންވެ، އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ.

މި މައްސަލަ މިހާރު އިދިކޮޅުން ވަނީ ސްޕްރީމް ކޯޓަށް ވައްދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ކައިލާ

    ޕީއެމް ކެޑިޑޭޓަކީ ފަހަރި އިމްރާނު ބިން އުރަމަތި

  2. ޥަސީމު

    ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކުރެވޭނެ އެންމެ ފަސޭހަ ފޯމިއުލާއަކީ މަގޭފަހަރި.

  3. އަލިފް

    ދެފުއްކެހެރި އައުޓް

  4. އއ

    ދީނޭ ކިޔައިގެން ކުރީގަ އުޅެވުނީ އެގަބޫލު ކުރާތީއެއްނޫން!!! މަޝްހޫރުވާންވެގެން !!!މިހާރުވާންހުރިކަންތައް އެނގޭ ހިސާބައް އިމްރާނުގެ ކަންތައް ދިޔައީ.

    13
  5. Anonymous

    ހެހެހެ. ޖަމީލަށް ވާނީ ކަލެޔަށް ބޮޑުބިރަކަށް. ހުވަފެނުންވެސް ފެންނާނެ.

    17
  6. ޗަކޮއެ

    ކަލޯ މައިތިރިވޭ ތި މަޤާމު ގެއްލޭ ދުވަސް ވަރަށް ކައިރިވެއްޖެ،،، ކަލޯ ތި މަޤާމަށް އައްޔަން ކުރި އިރު ވެސް ހުކުމް އޮތީ ބާޡިލް ނުކޮށަް ،، އެހުކުމް މަތީ އިންދާ ޤާނޫނާއި ޙިލާފަށް ތި މަޤާމަށް އަރާ ތިހުރީ

    15
  7. ޙަސަނުބެ

    ތީވާ ޝައިޚެއް،

  8. ކޮމެންޓްކުރާމީހާ

    މޮޔަގޮވަނީއޭ ހާދަ ހިތަށްއަރައެވެ.

    10
  9. ޟަނޓޭ

    މިބައިގަނޑުގެ ދެންކާނާއަކީ ޖަމީލް

  10. ހުވަދޫ އަލިބެއްޔާ

    މި އަނިޔާވެރިކަމާ ދެކޮޅަށް ބުޅަލެއް ނެރުނަސް ބުޅަލަށް ވޯޓު ދޭނަން..

    11
    1
  11. އަރުމާން

    އިމްރާން ހަމައިންނެއްޓިއްޖެ ރައްތަކައް ދަތުރުކުރިއިރު ފެނުނުމަންޒަރުތަކާއަޑުތަކުން

    10
  12. އާމިނަތު

    މިވަރުގެ ގޮތެއްނެތް ޔަހޫދީ އިންސާނަކުމިގައުމުގަ ނެތް ޕީޕީއެމް ފަހަތުން ނުދުވެ އަމިއްލަ ދިރިއުޅުން ރަނގަޅު ކުރެވޭތޯބެލުން ބުއްދިވެރި ޕީޕީއެމް ފަހަތުން ނެއްޓެން ނޭގިގެން ތިއުޅެނީ އެއީ ފަހަރިއެއް ނޫން ޢަދިއަންހެނެއްވެސް ނޫން ޢެއީ ޕާޓީއެއް އަޅައިގަތަސްތީބޮޑުވަރު

  13. ޔާ ސީ ނު

    އަނިޔާވެރި އިމުރާނު.

    12
  14. ޢަހިމަދު

    ޢިމްރާން ސޯލިހާއިއެކު އިސްލާމްދީނުގެ އަދުއްވުންނާއިއެކު ބައިއަތު ހިފައިގެން އުޅުމުންވެސް ރ. މޭޓަކަށް ނުލީމަ ކަޑަވެގެން ކިޔޭނުކިޔޭނޭގިގެންތިއުޅި.

    11
  15. ޔާ ސީ ނު

    ވަގުތު މިނިވަން ނޫސްވެރިކަމޭ ކިޔާ.ކޮމެންޓު ކުރީމާ ބިރުގަނެ.ވަގަތު ކަޑަ

    6
    0
  16. ޔާ ސީ ނު

    މަބުނީ މީނައަކީ ވަރައް ެޗެހި ހިތައް އަރާމީހެކޭ. ެއެކަމަކު މީހެއްގެ ބޮލުގަ މަރުގެ އިލްޒާމު އެޅުވި ދުވަހު މީނަ އެއްވެސް އެއްޗެއް ހިތަކައް ނާރާ

    12
  17. ޔާ ސީ ނު

    މާ ބޯބޮޑު މީހަކައް ވެގެންސިޔާސީ ކަންކަމުގަ..ހިނި އަންނަނީ މިގޮލާ ފެނުނީމަ

    11
  18. ހަގީގަތް

    ކަލޭ ހާދަ ބިރެކޭދޯ ތިގަންނަނީ އިދިކޮޅުދެކެ

  19. އާދަނު

    އަގައެއް އެބަ އޮތްތާ ވަގުތު ކައިރިވީމާ!!!!! 2024 ގެ ކުރީކޮޅުންފެށިގެން ކަލެޔަށް އޮތީ ޖަލު! ތަންމަތިބޮނޑި ބަދެގެން ހުރޭ!

  20. ސަނާ

    އެންމެ ގިނަވެގެން ޞާލިޙަށް ނެގޭނީ %30-%25

  21. ފަހަރިކަލޭގެ

    މި ދެން ކާކު ޑރ. ޖަމީލާ ބެހޭގޮތުން އަގަ ހުޅުވަންވެސް؟؟/!!! ފަހަރިބޭގެ ލަދު ކޮބައިހޭ؟؟؟ޖާރިޔާބޭއިން ލަދެއް ނުގަންނާނެ. ރާއްޖެ އަވަށްޓެރިއެއްގެ ކަރުބުޑަށް ލައިދީ، ބައިތުލްމާލް ދަވާލުމުގެ ޖަރިމާގެ އެނެމްބޮޑު ބައިވެރިއަކީ ޖާރިޔާބޭ. ބޭނުންވަނީ މުސާރަފުޅެއް ކަށަވަރުކުރަން. އަނެއް 5 އަހަރު ޖާރިޔާއިން ކަށވަރުކުރެވޭނެ ހަމަ އެކަނި ގޮތަކީ އެއީ. މީހާގެ ނެތް ފެންވަރެއް. ދަންނަ އެއްޗެއް ހަރާން.

  22. އަހްމަދު

    އަޅެ މިބަހްލޫލު މީ ލަދެއްހަޔާތެއްވެސްހުންނަމީހެއްނޫންތަ މީނަޔަކީ އަންހެނުންގެއުރަމަތީ ހިފަމުންދުވާމީހެއްކަމަށް ރަށުތެރޭގަމީހުން ކިޔަމުންދާއިރު ލަދެއްހަޔާތެއްނެތި އެހެންމީހުންގެ ކަންކަމާބެހިއުޅޭއިރު މީނަގެ ދަރިން ކީކޭބާ ހިތައްއަރާނީ މަހަމަސަހަރޯއޭހިތައްއަރާ

  23. ޚާލިދު އިބްރާހީމް

    ސޯލިހަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ އެންމެ ރަނގަޅު ފޯމިއުމާ އަކީ އިންޑިއާ އަށް ރާއްޖެ ވިއްކާލުން.

  24. Anonymous

    ފަހަރި ފޯމިއުލާ

  25. ކެކެ

    މީނަ ކީއްވެ ޖަމީލުއާ އަޅައިގަނެގެން މި އުޅެނީ؟

  26. ހުސޭނުބޭ

    ވީމާ އުއްމީދެ ކެނޑީގެން ނުސީދާކޮށް މީނަވެސް މި ބުނަނީ ސޯލިބޭ ނުހޮވޭނެޔޭ! އެއީ ޔަޤީންކަމަކީ ޑރ ޖަމީލް ޕީޕީއެމެ ފަރާތުން ކުރިޔަށް ނުނެނެރޭނޭކަން!

  27. ހަސްރަތް

    މި އިމްރާނަކީ ދެން ހުރިހާކަމެއް އިގޭ ޝެއިޚެއް. ފަހަރި ވަކިކުރުން ފިޔަވައި ހުރިހާކަމެއްގެ ޝެއިޚެއް

    4
    1
  28. ލޭޒާ

    މީނަ ނިތްކުރީގަ ކުރިން ހުންނަ ނަމާދު ކުރަގަޑަށް ވީ ކިހިނެތްބާ؟ އެވެސް މޮޑީ ރުއްސަންވެގެން ކޮސްމެޓިކް ޑާރމަޓޮލިޖިސްޓެއް ކާރީގަ ބުނެގެން ލޭޒާއިން ފޮހެލީ ބާ؟

  29. ސަނާ

    މިކަލޭގެ ހަމަ ބިރުން މި އުޅެނީ މީނައަށް އޮތް އިނާމުގެ ބޮޑުކަމުން@ ދައްކާނޭ ވާހަކައެއް ކިޔަނޭ އޮށްޓަރެއްހުރި އެއްޗެއް ނެތީމާ ތަންތަނަށް އަރާ ކޮސްގޮވާތަން މި ފެންނަނީ. އިރާދަކުރެއްވިއްޔާ ބޮޑު ބައްޔަކުން ބަލިކޮށްލާނަށް މިފަހަރު.

  30. ނެގުނުކަތީބު

    ބަލަ ހައްޖެވެރިންގެ ދުއާ މިހާރު ކަމުނުދިޔައީތާ؟ ކުރިންބުނީ ސޯލިހް ކާމިޔާބުކުރާނީ ހައްޖުވެރިންގެ ދުޢާ އާ އެކީއޭ. މިހާރު އެދުއާއަށްވުރެ ޖަމީލް މާމަތިވެރި ވީތާ؟ މީހަމަ ތަނެއްގާހުރި ސޭކު މަރުމޯލެއް. ފައިސާގެ ދަހިވެތިކަމުގައި ނުކިޔާނެ އެއްޗެއް މީނާގެ ނެތް.

  31. ތިހާން

    އެއްވެސް އޮށްޓަރެއް ނެތް ކޫސަނި ވާހަކަ. ހަމަ އިބުރޭގެ ވެރިކަން ރައްޔަތުން ނިންމާނެ.

    7
    1
  32. ޔުމްނާ

    ފޯމިލާ އަކީ .... ދޮން ބުރުސޫރަ ރީތި އަންހެން ކުދިންނާ ، ފައިސާ

  33. ބެއްޔާ

    ސޯލިހު ބުނީ މުޅިރާއްޖޭގެ ސަޕޯޓް ލިބިއްޖެއޭ. އެކަމަކު މީނާ މިއުޅެނީ އަދިވެސް ފޯމިއުލާ ނޭގިގެން. ކިޔާ އެއްޗެއް އެބަ ދިމާވޭތަ؟

  34. Anonymous

    އިމްރާން މިވެރިކަމުގަ މިއޮތްމަދު ދުވަސްކޮޅު އަނގަހިމޭނުން ލައިގެން ހުރޭ ، ވެރިކަން ނިމުނީމަ ގޭގަ ނުވަތަ ކުޑަ ގޮޅީގަ.

  35. ޑައެލޯގް

    އިމްރާން ހާދަބިރުގަންނަ މީހަކަށް ޖަމީލުވެއްޖެއެވެ. މީގެ ކުރިންބުނީ ޔާމީނަށް ރަނިންމޭޓަކު ނުވެގެނޯ ޖަމީލުނެގީ! ޔާމީނު ޖަލުގައިއޮވެގެންވެސް ޑރ. ފާސްއޮތް ތަޖުރިބާހުރި ރަނިންގމޭޓެއް ނަގައިފިއެވެ. އިބޫއަށް ހުރިހާބާރެއްއޮވެ އަދިވެސްއެއުޅެނީ ރަނިންގމޭޓެއް ނުލިބިގެނެވެ. މިކަމަށް އިބޫވެސް އެއްބަސްވެއެވެ. އިބޫބުނި ރަނިންގމޭޓެއް ނެގުމޯ އެންމެ އުދަގުލީ

  36. ލިކާ

    ފިތުނަވެރިޔާ

  37. Anonymous

    ކަލޭތީކާކުތަ ޔާމީނުގެވާހަކަދައްކަން މިފަހަރުމިބޭއްވޭރިޔާސީއިންތިހާބު ކާމިޔާބުކުރާނީ ރައީސް ޔާމީނު ޝުކުރީއްޔާ

  38. އިޔާޒް

    މުނާފިގު އިމްރާން

  39. މޯދި

    މުއްލާ ބޯގޯސްވަނީތަ/

  40. ނީޒާ

    ޖަމީލްގެ ސަލާމަތަށް ސިފައިން ވަރަށް ސަމާލު ވާން ވާނެ. މިކަހަލަ ހަރުކަށި މީހަކު އިރުކޮޅު ކޮޅުން ޖަމީލުގެ ނަންފުޅު ކިޔުމަކީ ބިރު ހުރި ކަމެއް

  41. ހަސަން ސަމީރް

    ނާޒިމް ނޫން ޗޮއިސްއެއް މިފަހަރު ނެތް! ނާޒިމް 2023

    1
    1