މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް މިނީ ބަހުގެ ހިދުމަތް 9،329 މީހަކު ހޯދާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ކުރި ޓްވީޓެއްގައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގައި މިނީ ބަހުގެ ހިދުމަތް ހޯދާފައިވާ މީހުންގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.

އެގޮތުން އޯކިޑް މަގު ރޫޓުން 4،095 މީހަކު ވަނީ މިނީ ބަހުގައި ދަތުރުކޮށްފައެވެ. އަމީނީ މަގު ރޫޓުން 4،099 މީހަކު އަދި ސޯސަން މަގު ރޫޓުން 1،135 މީހަކު ވަނީ މިނީ ބަހުގެ ހިދުމަތް ހޯދައިފައެވެ.

އެހެންކަމުން އެ ދުވަހު އެކަނިވެސް މާލެ ސަރަހައްދުން 9،329 މީހަކު މިނީ ބަހުގެ ހިދުމަތް ވަނީ ހޯދައިފައެވެ.

ފުރަތަމަ ދުވަހުއެކަނި ވެސް 2،000 އަށްވުރެ ގިނަ މީހުން ބަހުގައި ދަތުރުކޮށްފައިވެއެވެ.

ފުރަތަމަ ދެހަފްތާގެ ތެރޭގައި ބަހުގެ ޓެސްޓު ދަތުރުތައް ކުރަމުންދާއިރު ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ.

އަދި ރަސްމީކޮށް ހިދުމަތް ފެށުމުން ސްކޫލް ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި 3 އަހަރުން ދަށުގެ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަޑޫދޫ މީހާ

    މީ ރިޔާސީ އިންތިޚާބުއަށް އިބޫ ސާލިހުކުރާ ކެމްޕިޔަނެއްތަ! ބުރިޖުމަތިން ދަރުކުރާމީހުންގެ އަދަދު ބަލާލަބަލަ! އެކަމަކު މިވާހަކއެއްނުދައްކައި! ދެންބަލާބަލަ ތިލަމާލެ ބުރިޖުމަތިން މީހުންދަތުރުކުރާ އަދަދު! ކޯއްޗެއްހަދަން ތިޔައުޅެނީ! ރައްޔިތުން މިހާހުރިހާކަމެއްވެސް ވަރަށްރަގަޅަްށްދަނޭ! ފިޔަވައްޗޭ ކިޔަފައި އަންހެނުންގެ ކޮޑަށް އަރައި އެތަކެއް މިލިޔަން ރުފިޔާ ޚަރަދު ކުރާއިރު އުކުޅަހު ފިޔަވަތިން ލިބުނު އެއްވެސް ފައިދާއެއްނެތް!މިވެސް ކެންޕިޔަނެއް! ނުދޭނެ ރައްޔިތުންނެއްވޯޓެއް!

    5
    1
    • އާން

      ކޮން ބަހެކޭ ކިޔާކަށް ސޯލިހު. ބުރިޖުން ދަތުރުކުރި މީހުންގެ އަދަދު ޖަހަން ކެރޭނެބާ ؟؟ ފ ކުޅި ސަރުކާރު އިސްތިއުފާ.

  2. ހިލްޔާ

    ހިލޭ ބަސް ދުއްވަން ބޭއްވީމަ އަރާނެދޯ. ދެން ކޮންމެ ނިކަމެތި މީހެއްގެ އަތުން ކުޑަ މާލޭގަ 7 ރުފިޔާ ކޮޅަށް . ހުޅުމާލެއަށް ފޭސް2 އަށް 10 ދެވޭ އިރު.