ބޯހިމެނުމަށް މީހާގެ މައުލޫމާތު ނަގާނީ މިރޭ ދަންވަރު 12ގެ ފަހުން އެ މީހަކު ދިރިއުޅޭ ތަނަކުން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.

އެ އޮފީހުން އެގޮތަށް އަންގާފައިވަނީ ބޯހިމެނުމާ ގުޅޭ ގޮތުން އާންމުކުރި މެސެޖެއްގައެވެ.

މާދަމާ އިން ފެށިގެން މި މަހު 25ގެ ނިޔަލަށް ކުރިއަށް ގެންދާ ބޯހިމެނުމުގެ މަސައްކަތް ކުރާ ޓީމުތައް ގޭގެ އަށާއި މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތް ކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު ނުވައަކުން އިރުއޮއްސި ހަޔަކާ ދެމެދުގައެވެ.

ބޯހިމެނުމުގައި އެއް ކުރާ މައުލޫމާތު:

  • ދިވެހިންނާއި ބިދޭސީންގެ އާބާދީ
  • އާބާދީ އިތުރުވާ މިންވަރު
  • ހިޖުރަކުރާ މިންވަރު
  • އުމުރުފުރާތަކަށް އަންނަ ބަދަލު
  • މަސައްކަތް ކުރާ އާބާދީ
  • ރަށްރަށުގެ އިޖުތިމާއީ އަދި އިގްތިސާދީ ހާލަތު
ހއ. މާރަންދޫ މަގުމަތި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

 

"މިރޭ 12:00 ގެ ފަހުން ފުރާނަމަ ނުވަތަ އެހެން ތަނަކަށް ބަދަލުވާ ނަމަ މިރޭ ދަންވަރު ނިދާ ތަނަކުން އެ މީހާގެ މައުލޫމާތު ލިބޭނެ ގޮތް ހަމަޖައްސައިދެއްވާ،" އެ އޮފީހުގެ މެސެޖުގައި ވެއެވެ.

އެ ވަގުތުތަކުގައި ތަޅުލާފައި ހުންނަ އިމާރާތްތަކަށް ވަދެވޭނެ ގޮތް ހަދައި ދިނުމަށާއި އަދި ގޭބިސީތަކާއި މަސައްކަތްކުރާ ތަންތަނުގެ އިސްވެރިންނާ ބައްދަލުވާނެ ގޮތް ހަމަޖައްސައިދިނުމަށް ވެސް އެ އޮފީހުން ވަނީ އެދިފައެވެ.

އަށް އަހަރު ފަހުން، އަނެއްކާ ވެސް ރާއްޖޭގައި ބޯހިމަނާއިރު އެ މަސައްކަތުގައި 4000އަށްވުރެ ގިނަ ވޮލަންޓިޔަރުން ބައިވެރިވެއެވެ. އަންނަ މަހު ހައެއްގައި ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް، ދާއިމީ ނަތީޖާ އެ މަހުގެ 20 ގައި އިއުލާނުކުރަން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮޔަސޮރު

    މާރަންދޫގެ މަގުތަކުގައި ތާރަ ނާޅާތަ ކީއްވެ އެކަންނުވީ؟

  2. ރީދޫ ނާރު

    އެޑްމިޓް ކޮށްފަ ހޮސްޕިޓަލްގަ.. ދެން އަހަރެން ބިލޯންގިންސް ޓު ހޮސްޕިޓަލް ދޯ؟

  3. ދެރަ

    8 އަހަރު ފަހުން ބޯހިމަނަން އައި ގްރޫޕް އައިލާ މީހަކާ ދިމާލަށް ބޯގޯހޭ ބުނި.... "ބޯގޯސް މީހާ އުޅެނީ މިތާގަ ޔޭ" އެއީ ޑްޕްރެޝަން ހުންނަ ފަރާތެއް، ބޯގޯހޭ ބުނަން ހެޔޮ ނުވާނެ!!! ވަރަށް ބޮޑަށް މިކަން ކުއްވެރިކުރަން!!! އާއިލާ މީހަކާ ދިމާލަށް ބޯގޯހޭ ބުނީމަ ވާނޭ ދެރަ ނޭގޭ ވަރުގެ ރަހުމްކުޑަ ފަރާތްތަކެއް ބޯހިމަނަން މިއަންނަނީ.. ވަރަށް ހިތާމަވެރި!!! މިކަހަލަ ކަންކަން އިސްލާހު ކުރަން ޖެހޭ....