މާލެއަށް އަލަށް ތައާރަފްކުރި މިނީ ބަސްތަކުގެ ސަބަބުން މާލޭގެ މާލޭގެ ޓްރެފިކަށް އެތައް ގޮންޖެހުމެއް ކުރިމަތިވާކަމަށް ޓެކްސީ ހިދުމަތް ދެމުން އަންނަ ފަރާތްތަކުން ބުނެފިއެވެ.

މާލޭގައި މިނީބަހުގެ ހިދުމަތް ދޭން ފަށާފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެންނެވެ. މި ހިދުމަތް ދިނުމަށް ނިންމާފައި ވަނީ އެ ހިދުމަތް ދޭން ފަށާ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށް ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން އެއްވެސް ފައިސާއެއް ނުނަގާ ގޮތަށެވެ. އެ ދެ ހަފްތާގެ މުއްދަތު ހަމަވިޔަސް އުމުރުން 65 އަހަރު ފުރިފައިވާ މީހުންނާއި، ސްކޫލް ދަރިވަރުންނަށް ހިލޭ ބަސް ދަތުރު ކުރެވޭނެ އެވެ.

މިނީ ބަހުގެ ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭކަމަށް އެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީ އާދި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެހެން ނަމަވެސް މިނީ ބަސްތަކަކީ މާލޭގެ މަގުތަކާ އެންމެ އެކަށޭނެ އުޅަނދު ނޫން ކަމަށް ޓެކްސީގެ ހިދުމަތް ދެމުން އަންނަ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

"ވަގުތު"އާ ވާހަކަދެއްކި ޓެކްސީ ޑްރައިވަރަކު ބުނީ ކުރިއާ އަޅާ ބަލާއިރު މާލޭގެ ޓްރެފިކް ހައިވުމުގެ ސަބަބުން ކާރު ދުއްވުމަކީ އުނދަގޫ ކަމަކަށް ވެފައިވާ ކަމަށެވެ. އޭނާ ބުނީ މަޖީދީ މަގުގައި ބަހުގެ ހިދުމަތް ފެށި ފަހުން ޕާކު ނުކުރެވޭ ގޮތަށް އޮތް ނަމަވެސް ބަސްތަކުގެ ސަބަބުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

"އެންމެ ބޮޑު މައްސަލަ އަކީ ވަކި ބަޔަކަށް ވަކި ގޮތެއް ހަދާތީ. މަޖީދީ މަގުގައި ވަންވޭކޮށްފަ ކޯނު ޖަހާފަ ހުއްޓަސް ބަހަށް ވަދެވޭ އެކަމަކު އެހެން ވެހިކަލްތަކަކަށް ނުވަދެވޭ." އޭނާ ބުންޏެވެ.

އިތުރު ޓެކްސީ ޑްރައިވަރަކު ބުނެފައިވާ ގޮތުގާ އަގުހެޔޮކޮށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ރައްޔިތުންގެ ފޯރުކޮށްދޭން ޖެހޭކަން ގަބޫލުކުރާ ކަމަށާއި، އެހެން ނަމަވެސް އެ ހިދުމަތެއްގެ ސަބަބުން އެހެން ހިދުމަތްތަކަށް އެކަމުގެ ސަބަބުން ދަތިވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ގާތްގަނޑަކަށް 12 އަހަރު ވަންދެން ހައްްލު ނުވެ ހުރި މައްސަލަތަކެއް ކުއްލިއަކަށް ސަރުކާރުގެ ވަކި ހިދުމަތެއް ދޭން ހައްލު ކުރުމުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މީގެ ކުރިންވާނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ޓްރެފިކް ޕޮލިހުންނާ އެކު ވެސް އެތައް ފަހަރަކު މަޝްވަރާކޮށްފަ މަގުތަކަށް ހައްލެއް ގެނެވޭތޯ. މިސާލަކަށް މަޖީދީ މަގު މެންދުރު 11 އިން ފެށިގެން ރޭގަނޑު 11 ޖަހަންދެއް ހުޅަނގުން އިރަށް ސޯސަން މަގާ ހަމަށް ދުއްވޭ ގޮތަށް ކޯނުޖަހާފަ އޮންނަ އޮތުން ނިމުމަކަށް ގެނެވޭތޯވެސް ވަރަށް ގިނަ މަޝްވަރާތަކެއް ކުރިން" އޭނާ ބުންޏެވެ.

މީގެ އިތުރުން މައުލޫމާތު ދިން އެހެން ފަރާތަކުން ވަނީ މާލޭގެ ބައެއް ސްކޫލްތައް ހުންނަ ސަރަހައްދުތަކުގައި ކޯނު ޖަހާފައި ނުނަގާ މައްސަލައާ ގުޅިގެންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ހެނދުނު ޖަހާ ކޯނު ހުރެދާނެ މެންދުރު ފަހު 2 ޖެހުމާ ހަމައަށްވެސް ނުނަގާ. ނޫނީ ހަވީރު ޖަހހާ ކޯނު ހުރެދާނެ ރޭގަނޑާ ހަމައަށްވެސް ހަމަ ނުނަގާ. މިއީ ބަލައިގަނެވޭނެ ކަންކަމެއް ނޫން. މިކަމުގެ ސަބަބުން އަޅުގަނޑުމެން ދެމުންދާ ހިދުމަތަށް އެތައް މައްސަލަތަކެއް އެބަ ދިމާވޭ" އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. އަހުމަދު

    އަހަންނަކަށް ފާހަގައެއްނުވޭ އުނދަގޫވާކަމެއް.... މަވެސް މަގުމަތީ ދުއްވަން....

    53
    8
  2. 1234

    މިނީ ބަހުގެ ޚިދުމަތަކީ ރައްޔިތުން ބަލައި ގަންނަ އަދި އެތައް ރައްޔިތުންންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް. ޓެކްސީ ޑްރައިވަރުންނަށް ހަޖަމް ނުވެގެން މިކަން އުޅެނީ. ބަސް އަދިވެސް ތަންކޮޅެއް ގިނަ ކޮށްފަ ބަހުގެ ސައިޒް ކުޑަ ކުރެއްވިއްޖެނަމަ މަގުމަތީގެ ޓްރެފިކަށް ވެސް އަދި ބަހުގެ ޚިދުމަތަށްވެސް އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށް ފެނޭ.

    57
    6
  3. އަލީ އަލީ

    ޓެކްސީ ޑްރައިވަރުން ހިތް ފުރޭވަރު މިހާރު ނުވާތީ ދައްކާ ވާހަކަދޯ!

    55
    2
  4. ޔޭސް ޓު ބަސް

    ޓެކްސީ އަކަށް އާދޭސް ކުރަން 40 ވަރަކަށް މިނެޓް ހުރެ ޓެކްސީ ނުލިބިގެން ކުޑަ ޕިކަޕުގަ ވެސް ދަތުރު ކޮށްފިން. އިރާދަ ކުރެއްވިއްޔާ ދެން އެެހެން ނުވާނެ. އަވި ދިނަސް ވާރޭ ވެހުނަސް، މާލެ އަކަސް، ހުޅުމާލެ އަކަސް ހަމަ ބަސް އޮވޭ. ވަރަށް ބޭނުން ތެރި ހިދުމަތެއް. ކޮންމެ މީހެއް އަތުގަ އަމިއްލަ ވެހިކަލެއް ނޯވެދާނެ، އެހެން ވިޔަސް ދަތުރު ކުރަން މިހާރު އެއްވެސަ ހާސް ކަމެއް ނެތް. މީގެ ކުރިން ހެންވޭރުން މާފަންނަށް ޓެކްސީ އެއްގަ ދާން ޖެހުނަސް ހުޅުމާލެ ގޮއްސަ ދާން ޖެހޭނީ

    56
    1
    • ނަނަނަ

      ތެދެއް މިބުނީ، މަ ދިޔައިން ދަރި އުނގުގަ ބައިންދައިގެން ޕިކަޕެއްގަ ސްކޫލަށް.. އެ ގަޑިއަކީ ޓެކްސީ ޑްރައިވަރުން ރެސްޓް ނަގާ ގަޑިވީމަ ޓެކްސީއެއް ހަމަ ލިބޭނެ ގޮތެއް ނުވީ.

      12
  5. ދަރަނި ދަންތުރަ

    ހުރިހާ ޑުރައިވަރުން ސޯލިބޭ އަށް ސާބަސްދީ އަތްޖަހާ އަލިފާން ކެވިއްޖެދޯ

    21
    24
  6. ނަދީމް

    މޮޅު ވާހަކަ ނުދައްކާ … ރައްޔިތު މީހާ އަށް ލުއިފަސޭހަ އެއް ވާން ފެށީމަ މޮޅު ދެއުޅިއެއް ނުވާ ޅެންބައިތު ކިޔަސް ވާނެ މޮޅެއް ނޯންނާނެ..

    51
    1
  7. ދެން ކޮންރުޅިއެއް އަންނާކަށް

    ދެން ތިވާހަކަ ކަލޭމެން ދައްކާނެ ކަމެއް ނެތެވެ! ޓެކްސީ ޑްރައިވަރުންގެ ނުބައިކަމުން ދަތުރަށް ބޮޑުފީ ނެގުމަށް ޑިމާންޑްކޮށް ސަރުކާރަށާއި ރައްޔިތުންނަށް ކިހާ ޖެއްސުމެއް ކުރީމުނޫންހެއްޔެވެ! މާލޭގައި 5 މިނިޓުން ދެވޭ ދަތުރަކަށް ވެސް ތިނަގަނީ -/30 ރުފިޔާއެވެ. ޕަބަލިކް ޓްރާންސްޕޯރޓް ފަށަން ސަރުކާރަށް މަޖުބޫރު ކުރުވި ބަޔަކީ ޓެކްސީ ޑްރައިވަރުންނެވެ. ތިއޮތީ ކަލޭމެން ފޭހުނު އިލޮށިގަނޑު ކަލޭމެންގެ ލޮލަށް ހެރިފައެވެ. މިހާރު ރައްޔިތުން ތިބީ އުފަލުންނެވެ.

    58
    4
  8. އެއްކަލަ

    ގޮންޖެހުން ކުރިމަތިވަނީ ޓެކްސީ ޑްރައިވަރުން ޖީބަށް. މޮޅެތި ވާހަކަ ނުދައްކާ ތިބޭ!

    48
    2
  9. އަޕްތީ

    ލަދުހަޔާތުގެ ކަންފުޅެއްވެސްނެތީބާ މިޓެކްސީ ޑުރައިވަރުންގެ މިހާރު ކުރާކަމަކީ ޖެއްސުންކުރަން ބަސް ދުއްވާ މަގުތަކުގަ މަޑުކޮށްގެންތިބެނީ މިފަރު މިބައިގަޑަށް ބޭނުން ގޮތެއް ހަދަން ފުރުސަތު ދީގެން ނުވާނެ

    57
    4
  10. ޒާ

    ތެކްސީ ޑްރައިވަރުންގެ ބަސް މިކަމުގާ ހޯދާކަށް ނުޖެހޭ. އެމީހުންކީ އަބަދުވެސް މިކަން ވިޔަނުދޭން އުޅުނު މީހުން. މިހާރުވެސް މަގުގާ ތަން އޮތަސް ހިތުހުރިގޮތަކަށް ހިތުހުރިތާކަށް ކާރު މަޑުކޮށް ދުއްވާ އެހެން އެއްޗިއްސަށް އެވަރަށް އުނދަގޫކުރޭ.

    12
  11. ވެލާނަޑަރު

    މަގުމަގު ގައި ހުއްޓިގެން ޓެކްސީތަކަށް އަތް ނަގަ ނަގަ ތިބޭ މީހުން ނުފެނެ މިހާރު. ތިން ހަތަރު ތަނުން މީހުން ނަގައިގެން މަގުގައި ޓެކްސީތަކުން ކުރި ރަސްކަން މި ނިމުނީ . އަންހެން ކުދިން ސެޓްކުރަން ޓެކްސީ ކުރި ކިތައް މީހުން ހުސްކާރު މަޑުކޮށްގެން އެ ތިބީ . އެއްދުވަސް ވަރެއްގައި ކެމެރާއެއް ކަރުގައި އަޅުވައިގެން ސަލްޓަންޕާކަށްގޮސް ތިބެގެންވެސް ބަޔަކު ބިޓު ސެޓް ކުރި . ޓެކްސީގެ ރަން ޒަމާން ނިމުނީ . ކޭސް ކްލޯސް .

  12. ފާތިމަތު ޒިމްނާ

    ޓެކްސީތަކާހެދި މާބޮޑަށް އުނދަގޫވެ ޓްރެފިކްވޭ. އެމީހުންގެ އަހުލަގުވެސް އެހާދަށް. މާގައްޑާވެގެން އުޅޭބައެއް.

    10
  13. އަލްޖިބްރާ

    ބަސް ދުއްވިއަސް ތިޔަ ޓެކްސީތަށް މަގުމަތީ އުޅޭހާހިދަކު ތިޔަ އުދަގުލެއް ނުފިލާނެ ! ތިޔަ ޓެކްސީ ދުއްވާމީހުނަށް ލިބޭ ބައިވަރު މަދުވާތީ ދައްކާ ވާހަކަ !

  14. Anonymous

    ބަސް ހުއްޓާ ތަންތަން ފާހަގަ ކުރަން ފެށުމުން ޓެކްސީ ޑްރައިވަރުންނަށް "ދަތި" ވާ ކަމަށް އެމީހުން ބުނަން ފަށައިފި. ބަސް ހުއްޓާ ތަންތާ ބަހުގެ އިންތިޒާރުގައި ތިބޭއިރު ވަރަށް ގިނަ ހުސް ޓެކްސީ މީހަކު އަރައިތޯ މިހާރު މަޑުކޮށްލާ. ކުރީގައި ޓެކްސީގައި މީހަކު ނެތަސް އަތް ނެގިޔަށް ނުހުއްްޓާ. ފަހަރެއްގައި ހުއްޓިޔަސް ޑްރައިވަރު އެވަގުތު ދާހިތް ނުވާ ކޮޚަކަށް ދާން ބުނެފިއްޔާ ބޯ ހަލުވާލާފައި ނޫނެކޭ ބުނާނެ.

  15. ގާދިރު

    މަގުމަތީގަ އެއްވެސް ދަތިކަމެއް ނެއް ޓެކްސީ ތަކުން އަގު ހެޔޮ ކުރުން ރަނގަޅު ނޫނީ ކުރިޔަށް އޮއިތާގަ ދަތުރު މަދުވާނެ ބަސް ހިދުމަތަކީ ވަރަށް ފުރިހަމަ ހިދުމަތެއް

  16. Anonymous

    ނިކަމެތި ރައްޔިތަކަށް ލުއިފަސޭހައެއް ލިބެން ނޭދޭ ބައެއްކަން މިއެނގެނީ.
    އަހަރެމެން އެރީމަ ވެސް ބޭލުވި ހުޅުމާލެނޫންވެޔޭ ކިޔާފައި
    ގިނަލާރިކެވިފައި ހުންނާނީ
    ބަލަ މީ މީދުނިޔޭގެ އެހެން ތަންތާވެސް ކުރާކަމެކޭ. ކަލޭމެން ދެން މަގުތަކަށް ނުނިކުތީމަ އުނދަގޫ ނުވާނެނު

    11
  17. ނަނަނަ

    މިނީ ބަހުން އުނދަގޫ ވިޔަސް އޯކޭ. އަހަރުމެން ބޭނުމީ މިނީ ބަސް..

    13
  18. ކެކެކެ

    ކުރިން ބުނީ މާލެތެރޭގަ ދުއްވަން ޓެކްސީ ނުލިބެނީ މަގުތަކުގެ އަޑިގުޑަންކަމުން ޓެކްސީ ހަލާކުވަނީއޭ ކިޔާފަ..ކާކުހޯ ފަސޭހަ، ދަތުރެއް (މާލެއިން ހުޅުމާލެއަށް) ކުރެވެން އޮއްވާ މާލެތެރޭގަ ދުއްވާނީ؟؟މިހާރު މިނީ ބަހުގެ ހިދުމަތް ދޭންފެށީމަ މާލެތެރޭގަ ޓެކްސީތައް ތޮއްޖެހެން ކީއްކުރަން ދުއްވަނީ؟؟ދާންވީއެއްނު ފަސޭހަ ދަތުރުކުރަން ހުޅުމާލެއަށް..ތިޔައީ މިއީ މަގޭ ޓެކްސީ ބޭނުން ގޮތެއް ހަދާލާނެކަމަށް ބޮޑާ ބަސްތައް ބޭރުކުރި ޑުރައިވަރުން ހާލަތު..ކުރިންވެސް މާލެތެރޭގަ ބަސްދަތުރުތައް ކުރަން ފެށީމަ އެކަން ހަޖަމް ނުކުރެވުނު ބައެއް..

    32
    3
  19. ޅަހުއްތު

    އެއްވެސް އުނދަގުލެއްނުވޭ. ތިއުޅެނީ ރައްޔިތުން އަތުން ފެލަމުން ދިޔަ ރުފިޔާ ނުލިބޭތީ ކަންބޮޑުވެގެން.ބަހުގެ ޚިދުމަތަކީ ވަރަށް ރަނގަޅު ޚިދުމަތެއް.ކުރިޔަށް ގެންދަންވީ.

  20. ބަންކަރު

    ބަހުގެ ސަބަބުން ވާނީ ފަސޭހަ. ޓެކްސީ ތައް އުވާލަންވީ

  21. މިތުރާ.

    ޓެކުސީ އަށް ނާރާތީދޯ، !؟

  22. ހައިރާން

    އެއްކަމެއްވެސް ނުވޭ. އިތުރު މަގުތަކުގައި ބަސް ދުއްވަން ފަށަންވީ. އަދި މިހާރު ދުއްވާ މަގުތަކުގައި ދެކޮޅަށް ދެބަސް އެއްފަހާ ދުވާގޮތަށް ހަމަޖައްސައިދޭންވީ. އަދި މާލެއިން އެއަރޕޯޓަށް ދާ ބަހަކާއި އަންނަ ބަހެއްވެސް އޮންނަންވީ. މީގެ އިތުރަށް ސްކޫލް ބަސްވެސް ތަޢާރަފުކުރަންވީ. އޭރުން މި ނިޒާމު މުޅިން ފުރިހަވެގެންދާނީ. ރައްޔިތުންނަށް ފަސޭހަވެފައި ތަކުލީފުތައް ކުޑަވެފައި ފަސޭހަވާނެ. ޕަބްލިކް ޓްރާންސްޕޯޓް ވަރުގަދަވާންވީ. ޕާކިން ކަންތައް ހަމަޖެއްސުމުގެ ގޮތުން ބިލްޑިންގ ކޯޑަށް އަމަލުކުރަންވީ. އެއާ ޚިލާފަށް ފިހާރަ ހަދަން ހުއްދަ ނުދޭންވީ.

  23. އަހްމަދު

    ކުރިން މަޖީދީ މަގުން ފެހިބޯޑް ދިއްލިފައި ހުންނަ ޓެކްސީ ހޯދަހޯދާވެސް ނުފެނޭ. މިހާރު ބަސްދުއްވަން ފެށިފަހުން މުޅިންވެސް ފެންނަނީ ފެހިބޯޑް ދިއްލާފާ ހުންނަ ޓެކްސީ. ވަކިކަމެއްނެތި ދުވާރު މަތީ މަޑުކޮށްލާއިރަށް މިހާރު ޓެކްސީ އައިސް އެބަ އަހާ ދަތުރަކުދާންތޯ؟ މީގެކުރިން ދާހާ އެއްޗަކަށް އަތްނަގަނަގާ އެބަތިބެން ބައިގަޑިއިރު ވަންދެންވެސް. ހަމަޔަގީނުންވެސް ރައްޔިތުންނަށް މިހާރު ލުއިފަސޭހަ ވެއްޖެ.

  24. ގުދުގުދާބެއްޔާ

    މިއުޅެނީ ލިބޭ އެތި ކުޑަ ވެގެން! މިނީބަސްގެ ޚިދުމަތެއް ނުހުއްޓޭނެ! ދެން ހަޅޭއްލަވަލަވާ ތިބެލާ! ހުޅުމާލޭ ގައި ޓެކްސީ ދުއްވަން ތިބި ޑުރައިވަރުން ބުރިޖް އެޅުމުގެ ކުރިން އެމީހުން ގެ އަމިއްލަ މިލްކަކަށް ހުޅުމާލެ ހަދައިގެން ތިއްބާ ބުރިޖް އަޅާ މާލޭގައި ދުއްވާ ޓެކްސީތައް ހުޅުމާލެ އަށް އެރުމުން ތިބި ވަރަށް ފުއްޕާފައި! ބުނަނީ މާލޭ ޓެކްސީ ހުޅުމާލެއިން ދަތުރު ނަގައިގެން ނުވާނެޔޭ! މިހިރީ މިމީހުންގެ ވިސްނުން ހުރި ހިސާބު!

  25. Anonymous

    ދަތުރު މަދުން ލިބެނީ ދޯ!!! ބޮޑާ ނުހާކާ!!!އަދި ފަހުން ނާރާނެ މީހުން ބަހަކަށް!!!

  26. އަކްމެޑް

    30 - 45 މިނެޓް ޓެކްސީއެއް ނުލިބިގެން ހުރެ ހުރެ ޕިކަޕު ނަގައިގެން ކުރިން ދަތުރު ކުރަން ޖެހެނީ. ޑްރައިވަރުން ހިތްޕުޅާ ވާތަނަކަށް ނުދާތީ ދަތުރު ނުކުރޭ. ނޫނީ އެމީހުން ދާން ބޭނުން ނުވާ ކޮޅަކަށް ވާތީ ދަތުރު ނުނަގާ. ފެހިބޯޑު ދިއްލައިގެން 4 މީހުން އަރުވައިގެން ދަނީ. ޓެކްސީގެ ވާހަކަ ކޮޅަކުން ނުލާނެ

  27. ތާޅާ

    ބަޔަކަން ރަގަޅު އާމުދަނީއެއް ލިބެޔާމުން ހަސަވެރިވެގެން މާލޭ ބޮޑެތި ސިޔާސީ މަހުޖަނުން ކުރިކަމެއްތީ

  28. 🚍♥️

    ޓެކްސީ ޑްރައިވަރުން ބަނީ އިޒްރޭލް ގެ ވާހަކައިން އިބްރަތް ހޯދަން ޖެހޭ. ދުވަހަކު ޝުކުރުވެރިވާ ބައެއް ނޫން މީކީ. މާފަންނުން ހެންވޭރަށް ދާންވެސް ނާރުވާނެ. ދުރު ދަތުރުކުރަން ދޯ ކާރު ހުންނަނީ. އެހެން އެއްވެސް ގައުމެއްގަ ނޫޅޭހެން އެތައް ދަތުރެއް އެއްފަހަރާ ނަގައިން ދާ ބައަކު ލިބޭ އެއްޗަށް ޝުކުރުނުކޮށް ދެން ބުނީ ދަތުރަކަށް 30 ނަގަން. ޕްރައިވެޓް ޓްރާންސްޕޯޓޯ. ބޭނުން އަގެއް ކިޔެއޯ. ސަރުކާރުން މިނީ ބަސް ހިދުމަތް ފުޅާކުރަންވީ. މިނީ ބަސް ފޯރ ލައިފް 🤟